މާފަންނު ހުޅަނގު ޖަގަހަ ހުޅުވުމުގެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީން ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީޕީއެމް
11 ސެޕްޓެމްބަރ 2023 - 22:49
ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިމެނޭ ސަރަހައްދު މި ސަރުކާރުން ހިއްކަން ނިންމާފައިވާއިރު، އެ ސަރަހައްދުން ދޫކުރާ ގޯތިތަކުގެ ކަށަވަރުކަން ވެސް އޭނާގެ ސަރުކާރެއްގައި އޮންނާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، މާލޭގައި ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ހަފުލާއެއްގަ އެވެ.
މުއިއްޒު ވިދާޅުވީ، ހުޅުމާލެ ފޭސް 3 ސަރަހައްދުން ވެސް ގޯތިތައް ކަށަވަރު ކޮށްދޭނެ ކަމަށެވެ.
މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒުގެ ސަރުކާރެއްގައި ޕްލޭން ކޮށްފައި ވަނީ ސަރުކާރުން ގާއިމްކުރާ ހާއްސަ ފަންޑެއް މެދުވެރިކޮށް ބިމުގައި ގެދޮރު އިމާރާތްކޮށް ދިނުމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ސަރުކާރުން އެކަމަށް ގާއިމްކުރާ ފަންޑުން ހޭދަކުރާ ފައިސާ އަނބުރާ ހޯދާނީ ގެދޮރު އިމާރާތްކޮށް ނިމުމުން ފައިސާ ދެއްކޭނެ ނިޒާމެއްގެ ތެރެއިންނެވެ. ގެދޮރު އިމާރާތްކޮށް ނިމުމުން ގިނަ މީހުންނަށް ބޭންކްތަކުން ލޯނު ލިބޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
ގެދޮރުވެރިކަމުގެ ލޯނުގެ އިންޓްރެސްޓް ފަސް ޕަސެންޓަށް ދަށްކުރުމާއި ލުއި ލޯނު ދިނުމަށް ވެސް މުއިއްޒު ވަނީ އޭނާގެ މެނިފެސްޓޯގައި ހިމަނައިފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ "ބިންވެރިޔާ" ޕްރޮގްރާމުގެ ދަށުން ގޯތި ލިބުނު އެންމެންނަށް އެ މީހަކަށް ގޯތި ލިބުނު ތަނަކުން ގޯތި ހަމަޖެހޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި މުއިއްޒު ވިދާޅުވީ އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ ގެދޮރުވެރިކަމަށް ބޭނުންވާ އެންމެނަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ފުރަތަމަ އަހަރުގައި އޮންނާނީ މާލޭ ސަރަހައްދުން ހިއްކަން ޖެހޭ ސަރަހައްދުތައް ހިއްކައި ނިންމުމެވެ. އެ ތަންތަން ހިއްކައި ފުރަތަމަ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، މި ސަރުކާރުން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރިޔަސް މުއިއްޒު ވިދާޅުވީ އެ މީހުންނަށް ގޯތި ލިބުނު ތަނަކުން އެ ގޯއްޗެއް ހަމަޖައްސައިދެއްވާނެ ކަމަށެވެ. ވިދާޅުވީ އޭގެ ތެރޭގައި ހުޅުމާލޭ ތިނެއް ހިއްކައިގެން ދޭން ނިންމާފައިވާ ގޯތިތަކެއް ހިމެނޭ ކަމަށާއި އެކަން ވެސް އޭނާގެ ވެރިކަމުގައި ހަމަޖެހޭނެ ކަމަށެވެ.
މާފަންނު ހުޅަނގު ޖަގަހަ ހުޅުވުމުގެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީން ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން އަދި އިދިކޮޅުގެ ލީޑާޝިޕް ބޭފުޅުން-- ފޮޓޯ: ޕީޕީއެމް
"މި ސަރުކާރުން ދިން ގޯތިތަކަކީ އަޅުގަނޑުމެން އަމާނާތްތެރިކަމާ އެކު އެ ލިބުނު ތަނަކުން ކަށަވަރު ކޮށްދޭނެ ގޯތިތަކެއް. ހުޅުމާލެ އިން ފަޅުތެރެއިން ބައެއް ހިއްކައިގެން ފޭސް ތްރީގެ ނަމުގައި ހިއްކާ ސަރަހައްދެއް ވެސް މީގެ ތެރޭގައި ހިމަނާފައި އެބަ އޮތް. އަޅުގަނޑު މި ދެންނެވީ އެ ގޯއްޗެއް ސަރުކާރުން ދިން ތާކުން އެ ގޯތި ޔަގީން ކޮށްދޭނަމޭ،" މާފަންނު ހުޅަނގުގައި ޕީޕީއެމް/ޕީއެންސީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވި އެވެ.
މާލޭގައި ދިރިއުޅޭ އެންމެންނާއި ދަފްތަރުގައި ޖައްސާފައިވާ މީހުންނަށް ވެސް ބޯހިޔާވަހިކަން ހަމަޖައްސައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ ތެރޭގައި ގުޅފަޅާއި ފުށިދިއްގަރު ފަޅު ގިރާވަޅު ފަޅު ހިއްކައިގެން ގޯތި ކަށަވަރުކޮށްދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
މި ސަރުކާރުން ވަނީ 19،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ލިބޭނެ ކަމަށް ކަނޑައަޅައިފަ އެވެ. ހުޅުމާލެ އާއި ގިރާވަޅާއި ގުޅިފަޅުން ގޯތި ދޭން ސަރުކާރުން ނިންމިއިރު ހުޅުމާލެ އިން ބައެއް މީހުންނަށް މިހާރު ވަނީ ގޯތި ހަވާލުކޮށްފަ އެވެ.
މުއިއްޒުގެ ބޯހިޔާވަހިކަމުގެ މެނިފެސްޓޯ އިއުލާންކޮށް އޭނާ ވަނީ ކ. ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް އޭނާގެ ވެރިކަމުގައި ހިއްކައި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންސްޓޭ
13 September 2023
ހުޅުމާލެ ފޭސް3 އިން ގޯތި ދިނުމުގެ އެއްވެސް ވިސްނުމެއް މުއިއްޒުގެ ނެތް. ހުޅުމާލެ ގްރީން ޒޯން އިން ބިން ލިބުނު އެންމެންގެ ގޯތި އަތުލާފަ ބަދަލުގަ ގުޅީފަޅުން/ގިރާވަރުން ގޯތި ދޭނެ. ބިން ކަށަވަރުވާނެ އެކަމު ލިބުން ތަނުން ނުލިބިދާނެ.
އަލީ ރަމީޒު
12 September 2023
މީގެ ކުރިން މުއިޒުމެންގެ ވެރިކަމުގަ ފުށިދިއްގަރު ފަޅުން ދިން ގޯތިތައް ކޮބައިތޯ އެވެ. ޢޭރުވެސް ދަޅަ ދެއްކީމު ނޫންތޯއެވެ، އަދި އެނބޫދޫ ފަޅަކީ މާލޭގެ ރައްޔިތުންނަށް ގޯތިދޭން އެންމެ އެކަށީގެންވާ ތަން ކަމަށްވީއިރު އެތަން 100 އަހަރަށް ބޭރު ބަޔަކަށް ވިއްކާލީ މާލޭގެ މީހުންދެކެ ވާ ލޯބީގެ ބޮޑުކަމުން ތޯއެވެ، ފުށީ ދިއްގަރު ފަޅަކީ މާ ދުރުގަ އޮތް ތަނެއް ނޫންތޯއެވެ، ކީއްވެޔޯ ވަށަފަރުން މާލޭގެ ރައްޔިތުންނަށް ގޯތިދޭ ވާހަކަ ނުދައްކަނީ،
ތިއޭ މައްސަލައަކީ
12 September 2023
ސޯލިހުސަރުކާރައްވެސް އެމީހުން ހީކުރި ވަރައް ވޯޓުނުލިބުނީ ހަމަހަމަކަމެއް އިންސާފެއް ނެތި ބަޔަކައް ގޯތިތަކެއް ބަހާލުމުން. މުއިއްޒުގެ ވެރިކަމެއްގަވެސް ހަމައެމަގު އިހުތިޔާރުކުރާނެކަން މިހާމަވަނީ. އަހަރެންގެ ރަހުމަތްތެތިޔާއައް ގޯއްޗެއްލިބުމުން އުފާވާކަމައްބުނެ އުފާފާޅުކުރުމުގެ ކެއުމުގަ ބައިވެރިވިއަސް އެނަސީބުން އަހަރެން މަހުރޫމުވެ ހަމަ މިއުޅޭ ދަތިހާލުގަ އުޅެންޖެހޭއިރު އަރުތެރޭ ހިތިރަހައެއް ހުންނާނެދޯ. ދެން އަނެއްކާ ތިކަމައް މަވެސް ހަރަދުކުރަންއެބަޖެހޭ
ޥިސްނާ
12 September 2023
މީގަ ސޯލިހެއް މުއިއްޒެއް ވަކި ތަފާތެއްނެތެއްނު، ނުހައްގުން ހިލޭވަކިބަޔަކަށް މިލިޔަން މިލިޔަންގެ ގޯތިތަށް ބަހާއަޅާލާތީ އިބޫއަށް ތާއީދުނުކުރެވުނީ، އެކަމު މީކާކު، ހަމައެއްތާކުމިޖެހެނީ، ފާރިޝް އެންމެ ރަނގަޅުކަމަށް ބެެލެވެނީ
ފުށި ދިއްގަރުގެ
12 September 2023
މަ ބުނީ ފުށިދިއްގަރުން ގޯތި ލިބޭމީހުން އެތާ ދިރިއުޅޭން ފެށީމަ މާލެ ގެންނާނީ ބުރިޖެއް މަތިންތޯ ނޫނީ ކޭބަލް ކާރ އިންތޯ ނޫނީ ކަނޑުމަތީ ދޯންޏަކުންތޯ؟ މި ހެން މިބުނީ ކްރޮސްރޯޑަށްވުރެއްވެސް އެތަން މާލެއާ މާދުރުވާނެތީވެ... މިހާރުކުދިން އޮޅުން ފިލުވާލަދީބަލަ މުއިޒްކައިރީ އަހާލައިގެން...
ލަބީބު
12 September 2023
އަޅުގަނޑުގެ ވޯޓް މުއިޒުއަށް ކަޝަވަރު.
ރތ ފަގީރު
12 September 2023
ކޮންމެ މީހަކު ވެރިކަމަށް އަޔަސް އިއްޒަތްތެރި ލޮބުވެތި މާލޭ ބޭފުޅުންނަށް ރާއްޖޭގެ އެންމެންގެ ރައުސުލްމާލުން މާލެއާއި މާލެ އަތޮޅު އަދި އިންވެގެން ހުރި އަތޮޅުތަކުންނާއި ފަޅުތައް ހިއްކާ ގެދޮރު އަޅާދީ ހަދާނެކަން ކަށަވަރު. މި ރާއްޖެއަކީ ތަފާތު ކުރުމުގަ މިނެއް ނެތް ގައުމެއް. އަހަރުމެން ރތ މީހުންނަށް އެދުވަހުން ލިބެން އެންމެ އެދޭ ތަނުން އިރާދަކުރެއްވިއްޔާ ލިބޭނެ، މިއީ އަބަދުގެ ތަނެއް ނޫން
އެކަލޯ
12 September 2023
ސީދާ ދިވެހި ބަހުން މި ބުނީ
ސައިޚް
12 September 2023
ހުރިހާ ކަމެއް މުއިއްޒު ކަށަވަރުކޮއްދޭނެ ޕާރޓީ މީހުނައް، ފުލެޓާ، ގޯއްޗާ، މުޅިންދޫކޮއްލީ މިނިސްޓަރ ކަމުގަ ޕާރޓީ ކުދިންނަށް، ރާއްޖެތެރޭ ރައްރަށުގަ ދިރިއުޅޭ މީހުނަށްވެސް ފުލެޓް ދީފައެއޮތީ ހަމަ މުއިއްޒު، ރައްޖޭގެ އެކި ތަންތާ ދިރިއުޅޭ ގިނަ ބައަކު އެތައްހާސްބައަކު ދަފްތަރުގަ ޖައްސާފަ ފުލެޓް ދިނީވެސް ހަމަ މުއިއްޒު،
އަލުވިކަނދި
12 September 2023
ހުޅުމާލެ ފޭސް ތިނަކީ އެކަމު ޓޫރިސްޓުންނަށް ޙާއްސަ ތަނެއްގެ ގޮތުގައި ޕްރޮމޯޝަން ވީޑިއޯތަކުން ފެންނަނީ އެޗުޑީސީގެ