މެމްބަރު ޒަރީރު: އޭނާއަށް ހަމަލާދިން މައްސަލާގައި ތިން މީހަކަށް ދައުލަތުން ވަނީ ދައުވާކޮށްފައި --- ފޮޓޯ/މަޖިލިސް
04 އޮކްޓޯބަރ 2023 - 13:24
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ތިން މީހެއްގެ ދައުވާކޮށް، ކޯޓަށް ފޮނުވައިފި އެވެ.
މިދިޔަ މެއި މަހު މާލޭގެ ކެފޭއެއްގެ ތެރޭގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޒަރީރުގެ ބޮލަށް ހަމަލާދިން މައްސަލާގައި ބައެއް މީހުން ކުރިން ހައްޔަރުކުރި އެވެ. އެ ހަމަލާގައި ޒަރީރުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލާގައި މިދިޔަ ހަފުތާގައި ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވީ މއ. ނައިޓްވިލާ އިބްރާހިމް އަބްދުﷲ (ގައްބަރޭ) އާއި ތ. ކިނބިދޫ ދީފްރަމްގޭ އަހުމަދު އަވްޝަމާއި މ. ތާޖް މުލާއިމް މުހައްމަދު މައްޗަށް ކަމަށެވެ.
އެ މައްސަލާގައި ގައްބަރޭގެ މައްޗަށް ކުރަނީ ނުރައްކާތެރި ހާނިއްކައެއް ލިބޭ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ. ދެން ތިބި ދެ މީހުންނަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާނަކޮށި
05 October 2023
އަދި ވާނެ ލޯބިން ފިރުމާލަފައި ތިޔަމީހުން ދޫކޮށްލަން....