މާލޭގައި ފިހާރައަކަށް ވަން މީހަކު އެތަނުގައި ސޭޓަކަށް ހުރި މީހެއްގެ ކަރުގައި ވަޅި އަޅާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.
08 އޮކްޓޯބަރ 2023 - 14:51
މާލޭގެ ފިހާރައެއްގެ ތެރޭގައި އެތަނުގެ ސޭޓަށް ވަޅިން ހަމަލާދިން މައްސަލާގައި އިއްޔެ ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ 29 އަހަރުގެ އަންހެނެކެވެ. ކޯޓުން އޭނާއަށް ބަންދުގެ މުއްދަތު ދިން ކަން ފުލުހުން މިއަދު ކަށަވަރުކޮށްދިނެވެ.
ޒަހަމްވި ބިދޭސީ މީހާއަށް އިއްޔެ ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ.
އެކަން ހިނގީ މާފަންނު މަޖީދީ މަގުގައި ހުންނަ ފޯނު ވިއްކާ ފިހާރައެއް ކަމަށްވާ ޑްރީމްސް މޮބައިލްސްގަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ އެ ފިހާރައިގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ފިހާރައަށް ވަދެ އެ އަންހެން މީހާ ފޯނެއް ދައްކަން ސޭޓު ގާތުގައި އެދެ އެވެ. ފޯނު ދެއްކި ފަހުން ދެ މީހުންގެ މެދުގައި ޒުވާބެއް ހިނގަ އެވެ.
އޭގެ އިރުކޮޅެއް ފަހުން އެ އަންހެން މީހާ އޭނާގެ ހެދުމުގެ ތެރޭގައި އޮތް ވަޅިއެއް ނަގައި ސޭޓުގެ ކަރުގައި އަޅައިފައި ފިހާރައިން ނުކުންނަ ދުއްވައިގަނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
09 October 2023
ސޭޓަކަށް ބޭރުމީހަކަށް ނުހުރެވޭނެ. މިކަން ބަލަނީ ކޮންބައެއް.
ގުތުބީ
09 October 2023
ލުތުފީއަށް ކުށްވެރިވީ އޭނާ ކައުންޓަރުގަ ހުރީމަ. އެއީ މަރުގެ ހުކުމް އަންނަންވީ ކަމެއްތަ؟ ތިކަހަލަ ވިސްނުން ހުންނަ މީހުންގެ ކަންތައް ބަލަން ބަޔަކު ބައިތިއްބަންވީ.
މުއްދަތު
08 October 2023
ތިޔަ ކަހަލަ މީހުންނަށް ޖަހަންވީ ވާނުވާ.. އެއްވެސް މުއްދަތެއް ޖަހާނެކަމެއނެތް. ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ބަހައްޓަންވީ.. ޝަރީއަތް ކިތަންމެ ދުވަހެއް ވިޔަސް ހެޔޮ.. ރޯމާ ދުވާލު އެންމެން ކުރިމަތީ މީހަކު މަރަން ހަމަލާ ދިން މީހަކު އެންމެ 15 ދުވަހަށް ބަންދު ކުރަންޖެހޭ ކަމަކަށް ގަބޫލެއް ނުކުރެވޭ. އުމުރު ދުވަހުގެ ޖަލު ހުކުމެއް ކުރަންފެނޭ
އޮނަރަބްލް އަފީފު ދީދީ
08 October 2023
ޖިނާއީކުށުގެ ޤާނޫނުފަދަ ޤާނޫނެއްގައި "ކުށުގެ ދަރަޖަ" ނުވަތަ ކުށްތައްބެހިފައިވާ އެއްވެސްމިންގަނޑެއް ނޯންނާތީވެތޯ ވަރަށް އާދައިގެކުށްތަކާއި "ގަސްތުގައި" އިންސާނެއްގެ ފުރާނަދުއްވާލުމަށްޓަކާ ހިންގާ މިފަދަކުށްތައްކުރާ "ޤާތިލުން" ގެބަންދަށް ކަޑައަޅާމުއްދަތު (ތަޙްޤީގުކުރުމުގެ ބޭނުމަށްޓަކާކަމަށްވިޔަސް) އެއް މިންގަނޑެއްގައި 3 ދުވަހާއި 15 ދުވަހާއި ދެމެދުމިންވަރަކަށް މުއްދަތު ޖެހުން އާންމުވެފައިވަނީ.!؟ ކީއްވެ ޕީޖީ މިފަދަ މައްސަލަތަކާއިމެދު ކަންބޮޑު ނުވަނީ!
ބިރުވެރި
08 October 2023
ތި ވަރަށް ނުރައްކާތެރި މީހެއް މުޖުތަމަޢުން އެކަހެރި ކުރަންޖެހޭ
ވަހީދުބެ
08 October 2023
ބައެއް މީހުން ކަމެއް ކުރިކަން ސާބިތު ނުވަނީސް ފޮޓޯ ޖަހައި އާއްމުކޮށްލާ. ޚާއްސަކޮށް ތުނބުޅިލީ މީހެއް ވިއްޔާ އެމީހާގެ ހުރިހާ މައުލޫމާތެއް ހާމަ ކުރުމަކީ މައްސަލައަކަށް ނުވޭ. އެހެން އެކަން އޮތް އިރު ކީއްވެ މަސްތުވާ މީހުންނާއި މީހުން މަރާ މީހުންގެ ނަން ހާމަ ނުކުރެވެނީ؟
ހާލިދު ގަނީ
08 October 2023
ދެން އަވަހައް ދޫކްލާ. ކޮންމެ އިންތިހާބަކާ ދިމާކޮއް ތިބަގަތައް ދޫކޮއްލާ ވިއްޔަ، އާމުންގެ ނުރައްކަލައް. ކޮންމެ ކަންމައްޗެއްގަ 4 ޕާރޓޭންމިހާރު. ބިރުވެރިކަން އިންތިހާ
ސަދޫމު ސިޓީ
08 October 2023
ތިމީހާ ފޮޓޯޔާ ވަނަވަރު ހާމަ ނުކުރަނީ ކީއްވެތޯ އިރުކޮޅަކުން މޮޔަޔެކޭ ކިޔާފަ ދޫކޮށްލަދާނެ
ޅަސޮރު
08 October 2023
އަމާން ރާއްގެ
ސަންރީމޯ
08 October 2023
މާދަމާ ކަންނޭގެ ނަފްސާނީ މީހަކަށް ވެގެން ނުކުމެ މަގުމަތީގަ ހުންނާނީ. ފެނުނީމަ ބަޗަން އެނގޭނީ ތިޔަ މީހާގެ ފޮޓޯ ދެއްކީމަދޯ
ކެނެޑީ
08 October 2023
ހެލްމެޓް އަޅައިގެން އުޅެބަލަ އަބަދު :ޕ
ކަޑަ
08 October 2023
ހާމަކުރޭ ތީކާކުކަން