ވިޔަފާރި / އޮޑިޓާ ޖެނެރަލް އޮފީސް

އޮޑިޓް އޮފީހުން ހުށަހެޅީ 123 މިލިއަންގެ ބަޖެޓެއް، މުސާރަ ބޮޑުކުރާތީ 11 މިލިއަން އިތުރު

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި އޮޑިޓް އޮފީހުން ވަނީ އަންނަ އަހަރަށް އެކުންފުނިން ބޭނުންވި ބަޖެޓު ހުށަހަޅާފައި-- ފޮޓޯ: މަޖިލީސް

އޮޑިޓަ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް 123 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮޑިޓަ ޖެނެރަލްގެ އޮފީހުން ވަނީ އެ ބަޖެޓާ ގުޅޭ ތަފުސީލުތައް ހާމަކޮށްފަ އެވެ. އެ އޮފީހުން ހުށަހެޅި ޕްރެޒެންޓޭޝަންގައި ވާ ގޮތުން އަންނަ އަހަރުގެ ރިކަރަންޓް ހަރަދަކީ 82 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން މުސާރަ އަށް 56 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ބަޖެޓް އަންނަ އަހަރު ބޮޑު ކުރި އެއް ސަބަބަކީ، ހަތް މުވައްޒަފުން އިތުރަށް ނެގުމަށާއި މުވައްޒަފުންނަށް ޑިޕެންޑެންޓް އެލަވަންސެއް ދިނުމަށެވެ. އެލަވަންސް އިތުރު ކުރަން 11 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށްފައި ވެ އެވެ.

އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ، މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމި ނަމަވެސް، އެކަން ފިނޭންސް މިނިސްޓްރީ އަށް ހުށަނާޅާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ސިޔާސީ ކަންކަން އިތުރު ވެފައި ވާތީ، ފިނޭންސް މިނިސްޓްރީ އަށް މުސާރައިގެ މައްސަލަ ހުށަނާޅާ މަޑުޖައްސައިލީ ކަމަށެވެ. އެކަމަކު، މިހާރު އޮޑިޓަ ޖެނެރަލްގެ އޮފީހުން ބޭނުންވަނީ މަޖިލީހުން އެގޮތަށް ފާސްކޮށްގެން ފިނޭންސް މިނިސްޓްރީ އަށް ހުށަހެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މުސާރަތައް ހަގީގަތުގައި ހަމަޖެހިގެން ދިޔައީ އޮޑިޓަ ޖެނެރަލަކަށް އިބްރާހިމް ނައީމް ހަމަޖެހިގެންދިޔަ އިރު. އެއީ 2008 ވަނަ އަހަރު. އޭގެ ފަހުން އަޅުގަނޑުމެންގެ މުސާރަ އަށް ބަދަލެއް ނާދޭ. ވަރަށް ކުދިކުދި އިންކްރިމެންޓްތައް ގެނެސްފައި އެބަ ހުރި. 2،000ރ. އިން 1،500ރ. އިން ގެނެސްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒް ވާހަކަދައްކަވަނީ-- ފޮޓޯ: މިހާރު

ނިޔާޒީ ވިދާޅުވީ، މުސާރަ ކުޑަވުމުން، މުވައްޒަފުން އެހެން ތަންތަނުގެ ވަޒީފާތަކަށް ދިއުން އިތުރު ކަމަށެވެ. އޭނާ ވިދާޅުވީ، އެ އޮފީހުގެ ޑިރެކްޓަރަކަށް ދެނީ މަހަކު 30،000ރ. ކަމަށާއި އެ ޑިރެކްޓަރަކު 50-60 އާ ދެމެދުގެ އަދަދަކަށް އޮޑިޓް ނިންމަން ޖެހޭ ކަމަށެވެ.

"އެހެން ނަމަވެސް އެސްއޯއީތަކުގެ އިންޓާނަލް އޮޑިޓަށް އެބަ ހުށަހަޅާ، އެންމެ މަދުވެގެން 45،000ރ. ގެ މުސާރައެއް. އެހެންވީމާ އެހާ ބޮޑު ތަފާތެއް އުޅޭތީ، އަޅުގަނޑުމެންގެ ތެރެއިން ވަރަށް ރަނގަޅު ބޭފުޅުން ގެއްލިގެން ގޮސްފައި އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ނިޔާޒީ ވިދާޅުވި ގޮތުގައި، އަލަށް ހުށަހެޅި އެލަވަންސާ އެކު، ރާއްޖޭގައި އެވްރެޖުކޮށް ޕްރޮފެޝަނަލް އެކައުންޓެންޓުންނަށް ދޭ މުސާރަ އޮޑިޓް އޮފީހުގައި މަސައްކަތް ކުރާ މީހުންނަށް ވެސް އެއް ހަމައަކުން ލިބޭނެ ގޮތް ފަހިވާނެ އެވެ.

މިދިޔަ އަހަރު އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ބަޖެޓުގެ ގޮތުގައި ހުށަހެޅީ 93 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެ އިދާރާގެ އޮފީސް ބަދަލު ކުރުމުގެ ހަރަދު އިތުރުވުމުގެ ސަބަބުން އެ ކުންފުނީގެ ބަޖެޓު ވަނީ 100 މިލިއަނަށް އިތުރުވެފަ އެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކުރަން ޖެހެނީ ރައްޔިތުންގެ މަޖިލިހުންނެވެ. އެ ބަޖެޓު މަޖިލިހުން ފާސްކުރުމުން، އެ އަދަދު ފިނޭންސް މިނިސްޓްރީން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައި ދޭނެ އެވެ.

9 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕަކާސް

22 October 2023

2021 ގައި އޮޑިޓް އޮފީސް އިން ފަށާފަ މިހާރު ނިމިފަ ހުންނަން ޖެހޭ ރިޕޯޓް ތައް ނުނެރެ ޑިލޭ ކޮށްގެން ތިބި ބަޔަކު ލަދެއް ނުގަނޭތަ މުސާރައިގެ ވާހަކަ ދައްކަން

The name is already taken The name is available. Register?

ވީ އާ އޮޑިޓް ސުޕްރީ މޯ

21 October 2023

މރ ވައްދަޅާއި އެހެން ވެރިން ގެ ކޮރަޕްޓް ލެވެލް ދެނެގަނެފަ އަޅަން ޖެހޭ ފިޔަވަޅެއް އަޅަންވީ. ނުފޫޒު ޕްރޮފެޝަނަލް ކޮށް ބޭނުން ކުރަން ވަރަށް މޮޅުވާނެ. ޕްލީސް ޗެކް ޕާސަނަލް އީމެއިލްސް ފްރޮމް އޭޖީއޯ އެގްޒެކެޓިވްސް ޓު އެސްއޯއީސް

The name is already taken The name is available. Register?

ވައްދަޅު

21 October 2023

ބުނެބަލަ 45000 ލިބޭ އިންޓަރނަލް އޮޑިޓް ހުރި.އެސްއޯއީ ތަކެއް. ހުރިހާ އެސްއޯއީ ތަކެއްގަ ނުލިބޭނެ. ތި މީހުން އެސްއޯއީ ގެ އޮޑިޓް ޑިޕާޓްމަންޓް ތަކަށް އޮޑިޓް އޮފީސް މުވައްޒަފުންނަށް މަގުކޮށާ އެތަންތަނަށް ޕްލާންޓްކޮށްފަ މި ބުނަނީ މުވައްޒަފުން ދަނީޔޭ. މިކަމުގަ އެންމެ ކުރީގަ އުޅެނީ މރވައްދަޅު. އެއްވެސް މިނިވަން މުއައްސަސާ އެއްގެ ވެރިންނަށް މުސާރަ ބޮޑު ކުރާނެކަމެއްނެތް. ދޭ ޑޯންޓް ޑިޒާވް. މިއަދަކު ނޫން ނިދިން ހޭލެވިގެން ކަންކަން ވާ ބައެއްކަން ދައްކަންވީކީ

The name is already taken The name is available. Register?

ސީއޭ

18 October 2023

ސީއޭ މޯލްޑިވެސް ބޭނުން ކޮށްގެން އޮޑިޓަރ ޖެނެރަލް އޮފީހުގެ ވެރިން ހިންގާ ޖަރީމާތަށް ކޮންމެވެސް ވެރިޔަކު ބަލާދޭން އެބަޖެހޭ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީސް ރީސްޓްރަކްޗަރކޮށް ހަރުދަނާ ތަނަކަށް ހެދުމަށް ޑރ.މުއިއްޒަށް ގޮވާލަން.

The name is already taken The name is available. Register?

ކުދި ކުދި ކަރުދާސް

17 October 2023

"ވަރަށް ކުދިކުދި އިންކްރިމެންޓްތައް ގެނެސްފައި އެބަ ހުރި. 2،000ރ. އިން 1،500ރ. އިން ގެނެސްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ. އެވަރު އަދަދު އިންކުރިމަންޓް ކުޑައިއްޔާ މިވެރީންގެ މުސާރަތައް ވަރަށް ބޮޑުވާނެ މިހާރުވެސް... މަގޭ މުސާރައިގެ 20 ޕަސަންޓު އެބުނާ ކުދި ކުދި އިންކުރިމަންޓަކީ... މިހިރީ މިވެރީންގެ ވާހަކަ ހުންނަ ގޮތް. ފިނޭންސަށް ހަށައެއް ނާޅަމޯ. މަޖިލީހުން ނިންމީމާ ދެން ހުށަހަޅާނީޔޯ. ހުށަހަޅާފާ ބުނާނީ މަޖިލީހުން ނިންމީމާ ނުކޮށްދީނުވާނޭ ދޯ؟

The name is already taken The name is available. Register?

ކޮރަލް

16 October 2023

ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ސިޔާސީ މުސާރަ ތައް އެއްމަގާމްތަކެއް އެއްވަރަކަށް ބަހައްޓަން މުއިއްޒު އަށް ގޮވާލަމެވެ. މިހާޜު ހަމަ ބޯޑް މީޓިންގް އެއް ބާއްވާލާ 1 ލައްކަ ރުފިޔާ އަށް ވެސް މުސާރަ ހަދާލަ ފާނެ އެވެ.

The name is already taken The name is available. Register?

އަޑަފި

16 October 2023

އޯޑިޓަރ ޖެނެރަލްގެ ސައުތު އެމެރިކާ ދަތުރުފުޅުތަކަށް ކިތަށް ސެންޓު ތޯ ޖެއްސެވީ؟

The name is already taken The name is available. Register?

ޒހސހ

16 October 2023

މިހާރުގެވސް އަމިއްލަ ކޮންމެވެސް ގެޔެއްގައި ހުރީ އޮފީސް. މިގޮތަށް ގިނަ ގޭގެޔަށް ސަރުކާރު އޮފީސްތައް ބަހާލަން ފެނޭ.

The name is already taken The name is available. Register?

ސުއްބޫހުން

16 October 2023

ތީކީ މުސާރަ ބޮޑުކުރަން ޖެހޭ ތަނެއް ނޫން. އޮޑިޓް ތައް ކުރަނީ އައުޓު ސޯސު. ބޮޑު މުސާރައިގެ ކަމެއް ނުކުރޭ މަސައްކަތް ދެނީ އެހެންޕްރައިވެޓް މީހުނަށް. ޕްރައިވެޓް މީހުނަށް އެވަރުގެ މުސާރަ ދެވޭނެ ގޮތެއް ނޯވޭ. އިންޑަސްޓްރީ ކުރި ނާރާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454