އައިޖީއެމްއެޗް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
01 ނޮވެމްބަރ 2023 - 12:39
ނޭވާލާ ނިޒާމުގެ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެދިއްޖެ އެވެ.
އެ އެޖެންސީގެ މީޑިއާ އޮފިޝަލް އާމިނަތު ސާއިދާ ވިދާޅުވީ ނޭވާލާ ނިޒާމާ ގުޅޭ ބަލިތައް، މިދިޔަ ހަފުތާއަށް ވުރެ މި ހަފުތާގައި ރިޕޯޓުކުރި ވަރު އިތުރު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑެންގޫ އާއި ވައިރަލް ހުމާއި އަރިދަފުސް ރޯގާ އަދި ބޭރަށް ހިނގުން ފާހަގަކުރެވޭ ވަރަށް އިތުރެއް ނޫނެވެ. ނަމަވެސް، މިދިޔަ ހަފުތާއާ އަޅާ ބަލާފައި މި ހަފުތާގައި އަރިދަފުސް ރޯގާ އިތުރުވެފައިވާ ކަމަށް ސާއިދާ ވިދާޅުވި އެވެ.
ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންގެ މެދުގައި އެ ބަލީގެ ސީރިއަސްކަން އިތުރުވެދާނެތީ އެޗްޕީއޭއިން ވަނީ ބަލި ފެތުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އެދިފަ އެވެ.
ނޭވާލާ ނިޒާމުގެ ބަލިތަކުން ރައްކާތެރިވާން އެދުނުއިރު، ފުއްޕާމޭގެ ބަލިތަކުގެ ޑޮކްޓަރުން ވަނީ މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން މުޅި ރާއްޖޭގައި ރޯގާ އާއްމުވެ، ފެތުރެމުންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޑޮކްޓަރަކު ވިދާޅުވީ ސްކޫލަށް ދާ އުމުރުގެ ކުދިންނާ ހިސާބުން ފެށިގެން އުމުރުން ދުވަސްވީ މީހުން ވެސް ރޯގާ ޖެހި، ރަނގަޅު ނުވެ، ފަރުވާ ހޯދާ ކަމަށް އެ ޑޮކްޓަރު ވިދާޅުވި އެވެ.
އެކަމަކު، ސްކޫލްތަކުގެ ބޮޑު ބަންދަށް ފަހު، މިދިޔަ އޮގަސްޓްމަހު އަލުން ކިޔަވައިދޭން ފެށިއިރު އެ ބަލިތައް، ހާއްސަކޮށް ދަރިވަރުންގެ ރޯގާ ގޯސްވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީޕީޗޫ
02 November 2023
މިއި ކުރިންވެސް އުޅޭ އެއްޗިހިދޯ. ކޮވިޑީގެ ސަބަބުން މިކަން މާ ބޮޑުވީކަމަށް ވެދާނެތަ؟ ނޫނީ ކޮވިޑީއަށް ދިން ވެކުސިނުގެ ސަބަބުން؟
މޯލްޑިވިއަން ޑްރީމް
01 November 2023
ފްރީވިސާގަ ތަނެއް ދޮރެއް ބަލާނުލާ މީހުން އަޅާ ފުރާލާ. ކަޑައަކު ވެސް މަހަކު އެކަކު ނުހުރެ.
ހުވޭ
01 November 2023
މާސްކު