04 ނޮވެމްބަރ 2023 - 10:32
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ބާރަށު ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.
ޝުޖާއު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބާރަށު ދާއިރާ އަށް ކުރިމަތިލައްވަން ނިންމާފައިވާ ކަމަށާއި އެ މަސައްކަތުގައި އެ ދާއިރާގެ މީހުންގެ ތާއީދާއި އެއްބާރުލުން ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ
— Ibrahim Shujau (@IbrahimShujaau) November 4, 2023
السّلام عليكم ورحمة الله وبركاته
އަޅުގަނޑު (އިބްރާހީމް ޝުޖާޢު،ސައުދީމަންޒިލް،ހއ.ބާރަށް)ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ނިންމައިފީމެވެ.އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ އަޅުގަނޑުގެ… pic.twitter.com/NfhrRaH09v
ބާރަށަށް އުފަން އަދި މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ ދާއިރާގެ މެމްބަރު ޝުޖާއު އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ބާރަށު ދާއިރާގެ އިންތިހާބު ކާމިޔާބު ކުރައްވައި އެ ގޮނޑި ފުރުއްވި މެންބަރެކެވެ.
އިދިކޮޅު ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުއްވާ އަދި ޝުޖާއު ވަނީ 2020 ވަނަ އަހަރު ބޭއްވި ލޯކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ ކާމިޔާބު ކުރައްވައިފަ އެވެ.
ޝުޖާއުއަކީ ޕީޕީއެމް/ޕީއެންސީގެ ކުރިއެރުމުގައި ވަރަށް އިސްދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. މި ފަސް އަހަރު އެ ކޯލިޝަން އިދިކޮޅުގައި އޮތް އިރު އެންމެ އިސްކޮށް ސިޔާސީ މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ވެސް އެއީ އެވެ.
މާލެ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ތިން މެންބަރަކު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗައްކަރޭ
05 November 2023
ވަޒީރުންގެ މަޖިލީހުގައި ލައްވާނުލީ ކަމަށް ބެލެވެނީ.
އަހްމަދ
05 November 2023
ވިޔަފާރިވެރިންގެ މުށުތެރޭ ތިބޭ މީހުން މަޖިލީހާ ހޮވުނަދީގެން ނުވާނެ.
ދިއްދޫ މީހާ
04 November 2023
ދިއްދޫ ދާއިރާއަށް މިފަހަރު އަންހެނެއް ބޭނުމީ
ދިއްދޫ މީހާ
04 November 2023
ދިއްދޫ ދާއިރާއަށް މިފަހަރު އަންހެނެއް.
އޮނަރަބްލް އަފީފު ދީދީ
04 November 2023
ހއ. ބާރަށު ސައުދީ މަންޒިލް އިބްރާހިމް ޝުޖާޢު އަކީ އަދި ޝުޖާއު ޙަރަކާތްތެރިވާ ޕީޕީއެމް އާއި ޕީއެންސީއަކީވެސް އަޅުގަނޑާއި ގުޅުމެއްވާ އަދި އަޅުގަނޑަކީނ އެފަރާތް ތަކަށް މާބޮޑަށް ތާއީދު ކުރާ މީހެއްވެސް ނޫން. # އެކަމަކު ބާރަށު ދާއިރާގެ އިތުރަށް މަޖިލިހަށް މެންބަރުން ހޮވާން އީސީއިން ކަނޑައެޅި ހުރިހާ ދާއިރާތަކުންވެސް އެ ދާއިރާތަކުގެ ގޮނޑިތަކަށް "ބީރަށްޓެހިން ހޮވުމުގެ ބަދަލުގައި" ދާއިރާގެ ރަށްވެހިން ހޮވުމަށް ވަރަށްބޮޑަށް އިސްކަންދެއްވުން ރަނގަޅު.
55559
04 November 2023
މީ އާ ޒުވާނަކަށް ފުރުސަތު ދޭންވީ ފަހަރު. އުއްމީދުކުރަނީ މިފަހަރު މި ހުރިހާ ޓެސްޓެޑް ސިޔާސީ މީހުންނަށް ނާކަމިޔާބު ވާނެކަމަށް
ހައްޕު
04 November 2023
ބާރަށުމީހުން ބުނީ ކަނބަލެކޯ ހޮވަން ނިންމާފައޮތީ.
ބާރަށު މުއިއްޒު މިޔާ
04 November 2023
މީނަގެ ބެކު ގްރައުންޑު ފޮޓޯގައި ޔާމިނު ނުފެންނާތީވެ ވޯޓު ދިނުމުގައި ދެވަނަ ވިސްނުމަކަށް މިދަނީ
48343
04 November 2023
ބާރަށުރައްޔިތުން މިފަހަރު ސުޖާ އައުޓްކުރާންޖެހޭނެ.
ސައުދީ ރަސްގެފާނު
04 November 2023
ކާމިޔާބު މިންވަރު ކުރައްވާށި