ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ހިތްވަރު ސަރުކާރުގައި ނެތް ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ފާޑު ކިޔައިފި އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ހިތްވަރު ސަރުކާރުގައި ނެތް ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ފާޑު ކިޔައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގެ ދަފުތަރުގެ މައުލޫމާތު ފޮނުވާ ކޮންމެ ފަހަރަކު "ހާހުން" މެމްބަރުން މަދުވާ މައްސަލަ އެ ޕާޓީން އީސީގެ ސަމާލުކަމަށް މިއަދު ގެނެސްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކި ނުކުރަނީ ސަރުކާރުން ބޭނުންވާ ގޮތަށް ސިޔާސީ ދައުވާތައް ކުރުވުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
ވެރިކަމުގައި އޮތީ ޕީޕީއެމް ނަމަ، އިސްލާމްދީނަށް ފުރައްސާރަކުރި މީހުން މިހާރު ތިބޭނީ ޖަލުގައި ކަމަށް ބުނެ ލަސްނުކޮށް އެ މީހުންނާ މެދު ފިޔަވަޅު އަޅަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ގޮވާލައިފި އެވެ.
ކުރިއަށް އޮތް ފަސް އަހަރު މި ސަރުކާރުން އަލަށް ފަށާނެ މަޝްރޫއެއް ނެތް ކަމަށާއި މިހާރު ވެސް ފެންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މަޝްރޫއުތައް ދެ ވަނަ ފަހަރަށް ހުޅުވާ މަންޒަރު ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނުހައްގުން ވަޒީފާ އިން ވަކިކުރާ މީހުންނަށް މުސާރައާ އެކު އެ ވަޒީފާ، ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އިޔާދަކޮށްދިނުމަށް ޕީއެންސީން ދަފްތަރެއް އެކުލަވާލަން ނިންމައިފި އެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސަކަށް އެ ޕާޓީގެ ވަގުތީ ރައީސްކަން ވެސް ކުރެއްވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އައްޔަންކޮށް، ޕާޓީގެ ނައިބުންގެ ގޮތުގައި ހަތަރު ބޭފުޅަކު މިއަދު އިންތިޚާބުކޮށްފި އެވެ.
ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ އިސް މަގާމްތަކުގެ އިންތިޚާބު އިންސާފުވެރި ނުވާނެ ކަމަށާއި މާކުރިން އޮތީ މަގާމުތައް ބަހާލާފައި ކަމަށް، އެ ޕާޓީގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބާރަށު ދާއިރާ އާއި ފޮނަދޫ ދާއިރާގެ ފޮށިތަކުގެ ތެރިން ބާތިލް ވޯޓު ހުރި ހުރިހާ ފޮއްޓެއްގެ ބާތިލް ވޯޓު އަލުން ގުނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
ހއ. ބާރަށު ދާއިރާގައި ހިމެނޭ ރަށްތަކަށް އިދިކޮޅު ކޯލިޝަނަށް ކޮށްދެވޭނެ އެއްވެސް ކަމެއް މިހާރަކު ނެތް ކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮށްދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ވޯޓުން ރައީސް އަބްދުﷲ ޔާމީން ބަލި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ޓުވީޓުތަކުގައި ނުސީދާކޮށް ދެއްވި މެސެޖުތަކުން އެ ދެ ބޭފުޅުންގެ ވިސްނުން އަނެއްކާ ވެސް ބަދަލުވީތޯ ސުވާލުއުފެދިއްޖެ އެވެ.
ސަރުކާރާ ދެކޮޅަަށް މަސައްކަތް ކުރައްވާ ލީޑަރުންގެ ތެރޭގައި ތިއްބެވީ ވެރިކަމުގެ "ތަހުތު" މާބޮޑަށް ފެންނަ ބައެއް ކަމަށް ބާރަށު ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.
އުމުރުން 65 އަހަރުވުމުން ކައުންސިލް އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށާއި ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕީޕީއެމްގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން މިއަދު އުފެދިއްޖެ އެވެ.
ރައްޔިތުންނާއި ގައުމަށް ގެއްލުންވާ ގޮތަށް ކުރެއްވުނު ކަންކަމަށް މައާފަށް އެދިވަޑައިގެން ކުރީގެ ރައީސް މައުމޫނާ އެކު އިސްލާހަށް މަސައްކަތް ކުރައްވަން ނިންމެވުމަށް ފަހު އެނބުރި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނާ ގުޅިވަޑައިގަތީ އެ ދެ މެމްބަރުންނަށް އިތުރު ގޮތެއް ނެތިގެން ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ...
ވެރިކަން ކުރާ ޕީޕީއެމް ދެ ފަޅިވެފައިވާއިރު އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވަައްޑެ) ބާރަށު ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ސުޖާއުގެ މައްސަލަ ސުލޫކީ ކޮމެޓީން ބަލަން ފަށައިފި އެވެ.