ވިލިނގިލީގެ ބޮޑުމަގުން މީހަކު ސައިކަލްގައި ދަނީ: އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 20 އަހަރާއި 24 އަހަރާއި 30 އަހަރުގެ ތިން މީހުން..-- -ފޮޓޯ: މިހާރު
09 ނޮވެމްބަރ 2023 - 20:28
ގއ. ވިލިނގިލީގައި އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރާ ތިން މީހުންނަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.
އުމުރުން 22 އަހަރުގެ އަންހެނަކަށް ވިލިނގިލީ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި އަންހެން މީހާގެ ނުރުހުމުގައި އޭނާ ހިފަހައްޓައި، ތިން މީހުން ވެގެން އޭނާ ރޭޕްކުރި މައްސަލަ ހުށަހެޅީ މިދިޔަ ޖުލައި މަހު އެވެ.
އެ މައްސަލާގައި ދައުވާ ކުރަނީ ލ. ގަން މަތިމަރަދޫ، ދަނބުރުއްދޮށުގޭ، އިބްރާހީމް ރިޒާ 30، އާއި، ވިލިނގިލި ކެޔޮވިނަ އަހުމަދު ޝާލް 20، އާއި ހަމަ އެ ރަށު މަލަސް މުހައްމަދު މާއިލް މިހާދު 23، ގެ މައްޗަށެވެ.
ޕީޖީން ބުނީ އެ ތިން މީހުންނަށް ދައުވާ ކޮށްދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.
ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ހުށަހެޅި ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި، ހެކިބަސް ދޭ މީހުންނާއި، ސައިކޮލޮޖިސްޓުގެ ރިޕޯޓުތަކާއި، މެޑިކޯ ލީގަލް ރިޕޯޓުތަކާއި، ޑީއެންއޭ ރިޕޯޓުތައް ހިމެނެ އެވެ.
އެ މައްސަލާގައި އިބްރާހީމް ރިޒާ އާއި އަހުމަދު ޝާލް އާއި މުހައްމަދު މާއިލް މިހާދުގެ މައްޗަށް ކުރަނީ ރޭޕްކުރުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ އެވެ.
ރޭޕްގެ ކުށް ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށް ސާބިތުވެއްޖެނަމަ 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މީގެ އިތުރުން ރޭޕްގެ ތުހުމަތަށް އިބްރާހީމް ރިޒާ ހައްޔަރުކޮށް، ކުޑަކަމުދާތަކެތި ނަގައި ޓެސްޓު ކުރިއިރު ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ. ކެނަބިސް ބޭނުންކުރުމުގެ ދައުވާ ސާބިތު ވެއްޖެނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހިންދަ
11 November 2023
ކޮބައިހޭ ރޯޔަލް ރޭޕް ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
،ބޮނޑު
11 November 2023
ލ. ގަން މީހެއް އަބަދުވެސް ބޭނެންޖެހޭނެ ދޯ. ކީއް ކުރާނީ.
އނއސ
10 November 2023
ތި އަނިޔާ ލިބުނު ކުއްޖާަ އައް ސަރުކާރުގެ ފަރާތުން ތެރަޕީ ފަދަ ފަރުވާ ދީ އަދި ދިރިއުލުމުގެ ފެންވަރު ރަނގަލު ކޮށް ދިނުމަށް ފިޔަވަލު ތަކެއް އަލަން ޖެހޭ. އަނިޔާ ލިބޭ ފަރާތް ތަކަށް އެކަށީގެން ވާ އަލާލުމެއް ދައުލަތުން ވާ ތަނެއް ނުފެނޭ.
އަސޭލ
10 November 2023
ޜައްޖޭގެ ކޯޓުތަކައް ތިކަމެއް ނުވާނެ.
ކޮރަލް
10 November 2023
މިފަދަ މައްސަލަ ތަކުގެ ތެރެއަށް އަންހެނުން ގެ ހައްގު ތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ ތަކުން ވަންނަން ވީ އެވެ. އަދި މައްސަލަ ދަނީ ރަނގަޅަށް ތޯ ބަލާ އަނިޔާ ލިބުނު ފަރާތަށް އެހީ ތެރިކަން ފޯރު ކޮށްދޭން ވީ އެވެ.
ދަނަގޯގީ
09 November 2023
"ކެނަބިސް ބޭނުންކުރުމުގެ ދައުވާ ސާބިތު ވެއްޖެނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ." ޢިސްލާމް ނޫންގައުމުތަކުގައިވެސް މަރުގެ އަދަބު ދޭފަދަ ކުށްތައް ރާއްޖޭގައި 3 އަހަރު. ދެންވިސްނާލާ ގައުމު ވެއްޓޭނެ ހާލަތު
ޔޫރަޕު
10 November 2023
ގިނައިން އެ ބޭނުންކުރަނީ މިތާ އުޅޭ ބޭބޭ ފުޅުންގެ ދަރިން.. ޢެހެންވީމަ ލުއ ހުކުމެއް އިންނަނީ..