ރައީސާއި އިންޑިއާގެ ސައިންސާ ބެހޭ ވަޒީރު އިއްޔެ ބައްދަލު ކުރައްވަނީ: އިންޑިއާ ސިފައިން އަނބުރާ ގެންދަން ރައީސް ވަނީ އެދިވަޑައިގެންފައި.-- ފޮޓޯ: ރައީސް އޮފީސް
19 ނޮވެމްބަރ 2023 - 16:29
އިންޑިއާ އިން ރާއްޖޭގައި އައިސް ތިބީ ޑޯނިއާ އާއި ހެލިކޮޕްޓަރު ދުއްވަން 77 ސިފައިން ކަމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ނުލައި، ދެ ގައުމުގެ ހާރިޖީ ގުޅުމާ ބެހޭ 100 އަށް ވުރެ ގިނަ އެއްބަސްވުން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހަދާފައިވާ ކަމަށް އާ ސަރުކާރުން މިއަދު ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ބޭއްވި ފުރަތަމަ މީޑިއާ ބްރީފިންގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ އާ ސަރުކާރުން މިހާތަނަށް އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، މި ވަގުތު އިންޑިއާގެ 77 ސިފައިން ރާއްޖޭގައި ގާއިމްވެ އެބަތިބި ކަމަށެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް 2021 ގައި ސިފައިންގެ ވެރިން ހާޒިރު ކުރުމުން އޭރު ވެސް ބުނެފައިވާ ގޮތުގައި ޑޯނިއާ އާއި ހެލިކޮޕްޓަރު ދުއްވަން 75 ސިފައިން ރާއްޖޭގައި އެބަތިއްބެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަަށް ރައީސް މުއިއްޒު އިއްޔެ ވަނީ އިންޑިއާ ސަރުކާރުގައި ވެސް ރަސްމީކޮށް އެދިވަޑައިގެންފަ އެވެ. އެކަމަށް އެދިވަޑައިގަތީ އެ މަނިކުފާނު ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި އިންޑިއާގެ މަންދޫބު މިނިސްޓަ އޮފް އާތު ސައިންސަސް، ކިރެން ރިޖިޖޫއާ އެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފިރުޒުލް މިއަދު ވަނީ ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިންގެ ކުރާ މަސައްކަތުގެ ތަފުސީލު ވެސް ދެއްވައިފަ އެވެ. އެއީ؛
• އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ފުރަތަމަ ހެލިކޮޕްޓަރު ބެލެހެއްޓުމަށް 24 ސިފައިން.
• ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް 25 ސިފައިން.
• އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރު ދުއްވުމަށް 26 ސިފައިން.
• އެ އުޅަނދުތަކުގެ މެއިންޓެނަންސާއި އިންޖީނިއަރިން މަސައްކަތްތައް ކުރަން ދެ ސިފައިން.
ފިރުޒުލް ވިދާޅުވީ ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ހުރި ނުކުތާތަށް އުވާލުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެ ވިދާޅުވުމާ އެއްގޮތަށް އިންޑިއާ އެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތުތައް އެއްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތައް ބަލާއިރު އަދި ޔަގީން ކުރެވިފައިވާ މައުލޫމާތަށް ބަލާއިރު، ބައިލެޓްރަލް އެއްބަސްވުންތަކުގެ ގޮތުގައި އިންޑިއާއާ އެކު އެކަނި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ބައިލެޓްރަލް އެގްރީމެންޓްގައި ސޮއިކުރެވިފައި އެބަހުރި. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މި އަދަދުގެ ތެރޭގައި މި ފާހަގަކުރަނީ ޕްރޮޖެކްޓުތައް ހިންގުމަށް ވެވިފައި ހުރި އެއްބަސްވުންތައް ނުހިމަނަ އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.
އާ ރައީސް ޑރ. މުއިއްޒު މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި އިންޑިއާގެ މިނިސްޓަރާ، ފޮރިން މިނިސްޓަރު ޒަމީރު ސަލާން ކުރައްވަނީ: ރާއްޖެ-އިންޑިއާއާ ގުޅުން ހުރި މަސަލަތައް ހައްލުކުރަން އެ ގައުމާ އެކު މަސައްކަތް ކުރައްވަން ބޭނުންވާ ކަމަށް ޒަމީރު ވިދާޅުވި.-- ފޮޓޯ: ފޮރިން މިނިސްޓްރީ
އިންޑިއާ އިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓުން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރި މަސައްކަތުގެ ތަފުސީލު ވެސް ފިރުޒުލް ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި:
• މެޑިކަލް އިވެކުއޭޝަންގެ ގޮތުގައި 661 އިވެކުއޭޝަން ހިންގި.
• ސަވައިލެންސްގެ 220 އޮޕަރޭޝަން ހިންގި.
• ސާޗު މިޝަންގެ 100 އޮޕަރޭޝަން ހިންގި.
• އެއާ ކްރޫ ޓްރާންސްފާ އާއި ކޮވިޑް ސާމްޕަލް ކަލެކްޝަން އާއި ވީއައިޕީގެ އެކިއެކި މަސައްކަތްތަކާއި ޑިފެންސާ ގުޅޭ އެކި ތަމްރީނުތަކަށް ވެސް މި އުޅަނދުތައް ބޭނުންކުރި.
"މި މަސައްކަތްތަކުން ދިވެހި ރައްޔިތުންނަށް ފައިދާތަކެއް ވެފައިވޭ. އެހެން ނަމަވެސް، ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫން، އެއްވެސް ގައުމެއްގެ ބޭރުގެ ސިފައިން ރާއްޖޭގައި ގައިމްވެ ތިބުމަކީ. އެ ނިންމުމާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްތައް ބައްޓަންކުރައްވާނީ،" ފިރުޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިއާ އެކު މިހާ ގިނަ އެއްބަސްވުންތަކެއް ހަދާފައި ވާތީ އެ އެއްބަސްވުންތަކުގައި ހުރި ކަންކަން ދިރާސާކުރުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ. ރައީސް މުއިއްޒު މިހާރު އެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން މިދިޔަ ދައުރުގައި، ސަރުކާރުގައި ބަޔަކު އެދުމުން އެއީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ނިންމައި އިންފޮމޭޝަން ކޮމިޝަނަރު ވަނީ އެ މައުލޫމާތު ނުދޭން ނިންމައިފަ އެވެ. ނަމަވެސް، މި މަހު ނުވައެއްގައި ހައިކޯޓުން ވަނީ އިންފޮމޭޝަން ކޮމިޝަނަރަށް އެގޮތަށް ނުނިންމޭނެ ކަމަށް ހުކުމް ކޮށްފަ އެވެ.
އެ ހުކުމުގައިވާ ގޮތުން އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި ސަބަބެއް އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްދީފައެއް ނުވެ އެވެ. އަދި އެގޮތަށް ނިންމީ ސިއްރު އެއްބަސްވުމަކަށް ރިއާޔަތްކޮށް ކަމަށް އެ ނިންމުމުގައި ބުނެފައި ވިޔަސް، އެއީ އޮތް އެއްބަސްވުމެއްތޯ އާއި އެއްބަސްވުމުގައި ހުރި ކަމަށް ބުނާ ކަންކަން ކަށަވަރު ކޮށްފައިވާ ކަން އެނގެން ނެތް ކަމަށާއި އަދި ހަމައެކަނި އޮތީ އެމްއެންޑީއެފްއިން ބުނާ ބުނުމެއް ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމީ އަމަލު ކުރަންޖެހޭ އިޖްރައާތުތަކާ އެއްގޮތަށް ކަމަށް ނުވާތީ އެކަމާ މެދު އެ އޮފީހުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ތިން ފަނޑިޔާރުން އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްތިގްލާލް
21 November 2023
މީ އެ ބުނާ ދިވެހި ރާއްޖޭގެ މިނިވަން ކަމާ އިސްގްލާލަށް ބުރޫ އަރުވަން ތިބި ކަމަށް ބުނާ މީހުންނަކީ! މީ ކުރިންވެސް ހަމަ ކުރީ ސަރުކާރުންވެސް ބުނި އަދަދު އަދި އެ މީހުން ތިބީކީ މިތަނުގަ އަސްކަރީ ކަމެއް ކުރާކަށް ނޫނޭ ކިޔަމުން ގެންދިޔައީ! ޢޭގެ ތެރޭގައި މި އުޅެނީ ޑޮކްޓަރުންނާ ނަރުހުންނާ ޕައިލެޓުންނާ އިންޖިނޭރުން! އިންޓެލިޖެންސް ހޯދާނީ އަންޑަރ ކަވަރ ގަ އެތަނެއްގަ ދިރި އުޅޭ އެތަނުގެ ރަށްވެހިން ލައްވާ! ކީކޭ ދެން ފަހެ އަޅެ ބުނާނީ ވިއްޔާ!
ނިެުމާނ
20 November 2023
ދެންފަހެ 77 ސިފައިންގެމައްޗަށް އެކުލެވިގެންވާ ބިޔަ ލަޝްކަރު ފައްސާލަންކަމަށް ބުނެ ވެރިކަން އަތުލައިފޫ އެވެ.
ފޮރުލިނ
20 November 2023
މަކަރުވެރި ކަމާއެވެ
ރިހުލާ އަލީ
20 November 2023
އިބޫ އަށް ނަފްރަތްކޮށް ވޯޓް ނުދިނީ މިހެންވެ.
ކަލޯގަޔާ
20 November 2023
އިންޑިޔާއިން ގެންގުޅެނީ ފިޔަލީ ބޯޓް ތަކެއް ނޫން ދޯ. މަށަށް ހީވަނީ ކޮނޑުމަތީ އުފުލައިގެން ދުއްވާ އެއްޗިހިތަކެއްހެން، އެހާބައިވަރު މީހުން ތިބޭނީ އެހެންވެތާދޯ.
ހާތިމް މުހައްމަދު
20 November 2023
މުއިޒް ވައުދުވި ގޮތަށް ފުރަތަމަ ދުވަހު މިއޮތީ އިންޑިޔާ ސިފައިން ތިބި އަދަދު ހާމަކޮށްފަ.
ނުބައްދަލު
20 November 2023
ތިޔަހާ ގިނަ އަދަދަކަށް ދުއްވާނެ މީހުން ތިބެގެން 5 އަހަރު އެ އެއެއްޗެހިން ކުރި ދަތުރުތަކާ އެއްވެސް ވަރަކަށް ނުބައްދަލު. އެހާ ގިނަ އަދަދަކަށް ދުއްވާނެ މީހުން ބައިތިއްބައިގެން ދުވާލަކު ދަތުރެއްކޮށްލި ނަމަވެސް ތިހާ އަދަދަށް މީހުން ބައިތިއްބުމުގެ ބަހަނާ ހަމަޖެހުނީސް. މިހާރު ތިޔަ ފެންނަ އަދަދުތަކުން އެމީހުން އެ އަދަދަށް މިތާ 5 އަހަރުވަންދެން ތިބުމުގެ މާބޮޑު ފައިދާއެއް ނެތް ފެންނާކަށް.
ޓަކާސް
20 November 2023
މުއިޒް ތަފާތު ވާނެ، ހާދަ ހިންގުންތެރި އޭ، އެ ހުރިހާ އިންޑިއާ ސިފައިން ގެއްލުވާލާފަ މިހާރު އެ ތިބީ އެއްމެ 77 ސިފައިން، ގަޓް ރައީސް އެއް
ތެފައާސާ.
20 November 2023
ވަޓް؟ މަމެން ހީކުރީ ހާހުން ދެހާހުން ބޯކޮށް ތިބިކަމަށޭ. ގައިމު ރައީސް މުއިއްޒުވެސް އިހަކަށްދުވަހު ބޭރު މީޑިއާއަކަށް އިނގިރޭސިން ދިން އިންޓަވިއުއެއްގައި ވިދާޅުވި "ސެވެރަލް ތައުޒަންޑްސް ސެވެރަލް ހަންޑުރެޑޭ". ނިމުނުއިރު މި ތިބިކަމަށް ވީ ބޭލި އިބޫ ސަރުކާރުންވެސް ބުނި އަދަދަށް ދޯ؟ ކެކެކެކެ
އަފްރާސިޔާބު
20 November 2023
ނޫން ތި އަދަދު ތައް ރަނގަޅެއް ނޫން. އެއީ އަދި ހެލިކޮޕްޓަރާއި ދޯނިއަރ ދުއްވަން ތިބި އަދަދު. ކޮބައިތޯ ހަނިމާދޫ، ކުޅުދުއްފުށި، ށ.އަތޮޅު، އުތުރު ތިލަފަޅު، ލ.ގަމު، އައްޑޫ ގައި ތިބި މީހުންގެ އަދަދު. އެބައި ސާފު ކުރަންޖެހޭ.
ބެއްޔާބެގެ ދަރި
20 November 2023
އަޅެ ބަލާފަ ދޯ އެ ބުނީ. އެ ތަންތާކު ނެތޭ. އުތުރު ތިލަފަޅުގައި ވެސް ހަމަ އެކަކު ވެސް ނެތޯ. ތިމަންނަމެން ދެއްކި ވާހަކައިގަ ހަމަ އެއްވެސ ތެދެއް ނެތޯ