ޚަބަރު / މުހައްމަދު ސައީދު (އިކޮނޮމިކް މިނިސްޓަރު)

ވިޒިޓާ އިކޮނޮމީ ކައުންސިލްގެ ބޭނުމަކީ ދެކޮޅުޖެހޭ އާމްދަނީއެއް ހޯދުން: ސައީދު

ވިޒިޓާ އެކޮނޮމީ ކައުންސިލްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗެއާކުރައްވާ "ވިޒިޓާ އިކޮނޮމީ ކައުންސިލް"ގެ މަގުސަދަކީ ޓޫރިޒަމް ޑައިވާސިފައިކޮށް، ދެކޮޅު ޖެހޭ އާމްދަނީއެއް ހޯދުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ރައީސްގެ ކެބިނެޓްގެ ފުރަތަމަ ބައްދަލަވުމުގައި މިނިސްޓަރުން ހިމެނޭ ގޮތަށް އާ ކައުންސިލެއް ވަނީ އުފައްދަވައިފަ އެވެ. އެއީ އިކޮނޮމިކް ކައުންސިލާއި ސޯޝަލް ކައުންސިލްއާ ވަކިން އޮންނަ، ރައީސް ޗެއާ ކުރައްވާ ކައުންސިލެކެވެ.

މި ކައުންސިލްގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ވިޒިޓާ އިކޮނޮމީ ކައުންސިލަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކައުންސިލެއް ކަމަށެވެ.

ރާއްޖޭގެ އިގުތިސާދު އެންމެ ބޮޑަށް ޓޫރިޒަމަށް ބަރޯސާވެފައިވާއިރު، ޓޫރިޒަމް ޑައިވާސިފައި ކުރުމަކީ ރައީސްގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ސައީދު ވިދާޅުވި އެވެ. އެކަން ހާސިލް ކުރުމަށް ޓޫރިޒަމްގެ އެކި ހަރަކާތްތައް ރާއްޖެ އަށް ތައާރަފް ކުރާނެ ކަމަށާއި އެކަމާ ގުޅޭ ކަންކަން ނިންމާނީ ކައުންސިލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކައުންސިލަކީ ވަރަށް ސްޓެރެޓެޖިކް ކައުންސިލެއް. ދުރުރާސްތާ މެދުރާސްތާ އަދި ކުރުރާސްތާ އަށް ވެސް ޓާގެޓް ކުރެވިގެން ވަކި ޓާގެޓަކަށް އަމާޒުކޮށް މަސައްކަތް ކުރާނެ ކައުންސިލެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ޓޫރިޒަމުން 4.5 ބިލިއަން ރުފިޔާ ލިބޭއިރު ސައީދު ވިދާޅުވި ގޮތުގައި އަމާޒަކީ ކައުންސިލްގެ މަސައްކަތުން އެ އަދަދު 6 ބިލިއަން ރުފިޔާއަށް އިތުރުކުރުމެވެ.

ކައުންސިލްގައި ތިއްބަވާ ބޭފުޅުން

- ރައީސް ޑރ. މުހައްމަދު މުއިއްޒު (ޗެއާ)

- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

- ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

- އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

- ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު - ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު

- ޓްރާންސްޕޯޓް މިނިސްޓަރު މުހަންމަދު އަމީން

- ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ

ވިޒިޓާ އެކޮނޮމީ ކައުންސިލްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު ވިދާޅުވީ ވިޒިޓާ އިކޮނޮމީ މޮޑެލް އަކީ މިހާރު ވަރަށް ގިނަ ގައުމުތަކުން ބޭނުން ކުރަމުން އަންނަ މޮޑެލެއް ކަމަށާއި ކޮވިޑަށް ފަހު އޮސްޓްރޭލިއާ އިން ވެސް އެކަން ފުޅާކޮށްފައިވާ ކަމަށެވެ. އަދި އިނގިރޭސިވިލާތާއި ދުބާއީގެ ޓޫރިޒަމް ޑައިވާސިފައި ކުރުމަށް ވިޒިޓާ އިކޮނޮމީ މޮޑެލްތައް ބޭނުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މޮޑެލްގެ ދަށުން ރާއްޖެ އަށް ވެސް ވަރަށް ގިނަ ހަރަކާތްތައް ގެނެވޭނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ސްޕޯޓްސް ޓޫރިޒަމަކީ އޭގެ އެއް މިސާލެވެ.

"ސްޕޯޓްސްގެ ދާއިރާއިން، ސްޕޯޓްސް ޓޫރިޒަމް ތައާރަފް ކުރުމަކީ ރައީސްގެ ވަރަށް ބޮޑު މިޝަންއެއް. ސެއިލިން އަކީ ގެނެވޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެއިތުރުން ކަލްޗަރަލް ޓޫރިޒަމާއި ހަޔާ އެޑިއުކޭޝަން ޓޫރިޒަމް ފަދަ އެތައް ކަމެއް، ޓޫރިޒަމް ޑައިވާސިފައި ކުރުމުގެ ގޮތުން ރާއްޖެ އަށް ގެނެވޭނެ ކަމަށާއި އެ މަސައްކަތްތައް ކައުންސިލް ކުރާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ދެ ކަމެއް ހާސިލްވާނެ އެވެ. އެއީ ރާއްޖެ އަންނަ ވިޒިޓާސްއަށް ދުނިޔޭގެ ފެންވަރުގެ ކަންތައްތަކެއް ކުރެވުމާއި ދިވެހިންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރާއްޖޭން ލިބުމެވެ.

"އެންމެ ބޮޑު ބޭނުމަކީ ދެކޮޅު ޖެހޭ އިކޮނޮމީއެއް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ތައާރަފްކޮށް ދެމެހެއްޓެނެވި ކޭޝް ފްލޯއެއް ރަނގަޅު އިގްތިސާދެއް ގެންގުޅެވި ތަރައްގީވެފައި އޮތް ގައުމަކަށް ހެއްދެވުން،" މިނިސްޓަރު ވިދާޅުވި އެވެ.

14 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޮނިބައިސާ

21 November 2023

ހުސް ފޮނިބައިސާ ކަނޑައިގެން ފަރަކުނުޖެހޭނެ . ސައީދޫ.......

The name is already taken The name is available. Register?

ސަލީމު އިދުރީސް

21 November 2023

ސައީދު ބުނަންތޯ ތިއިން އެއްވެސް ކަމެއްރާއްޖޭ ފަތުރު ވެރިކަމުގެ ދާއިރާޔާ ނުގުޅުވޭނެ! ސަމާސާކަނޑާފަ މިބުނީ އެކަމަކު އެބަހުރި ރާއްޖޭގެ އަންނަ ޓުއަރިސްޓުންގެ އަދަދު ފަސްގުނަ އިތުރު ކުރެވޭނެ ގޮތްތައްވެސް އަދި ފަތުވެކަމުން ލިބޭފައިސާ ބޮޑުތަނުން އިތުރުކުރެވޭނެ ގޮތްތަކާ ފަތުރުވެރި ކަމާގުޅުވައިގެން އިތުރު ސިނާޔަތް އުފެއްދިދާނެ ގޮތްތައް!

The name is already taken The name is available. Register?

ވަކަބެ

20 November 2023

މަނިކުފާނު ފައްޓަވާފަ އޮތް ކޭޝިއަރ މޮޑެލް ގެންނަނީ ކޮންއިރަކުންތޯ، ކޮވިޑަށް ފަހު ވިލާ އިން ވެސް އެކަން ފުޅާކޮށް ބަނގުލާ މީހުންނަށް ވެސް މިހާރު ކޭޝިއަރުންނަށް ތިބެވޭގޮތައް ހަދާ އަދި ވިލާއިން ހުދު ކޮތަރާ އަސްދޫނި އާއި އަސްދުނިބިސް ފަދަ އާ މޮޑެލްތައްވެސް ތައާރަފު ކޮއްފި. މިހިރަ މިހިރަ މޮޑެލްތައް ތައާރަފު ކޮށް މި ފަސް އަހަރު ދުއްވާލެވޭތޯ ބައްލަވާ!

The name is already taken The name is available. Register?

ގޮރުނޯދޮރު

20 November 2023

ޓޫރިސްޓުންނަށް ސަލަފުން ލައްވާ ދަރުސްތައް ބާއްވަންވީ މީ ގައުމު ކޮޅައްޖެހޭނެ ކަމެއް މިގައުމަކީ ވަރައް އިލްމުވެރިން ގިނަގައުމެއް މިހާ ގިނަ އިލްމުވެރިން ތިބިގައުމެއް ބަނޑައްޖެހޭ ހާލަތައް ދާންޖެހުނީ ކީއްވެބާ؟

The name is already taken The name is available. Register?

ކުރަފި

20 November 2023

ޢިތުރައް ދަރަނި ނަގައިގެން ނޫން ގޮތަކަށް އެއްކަމެއްވެސް ނުކުރެވޭނެ ސިޔާސީ މީހުން ވެރިކަމުގަ ތިބެން ބޭނުންވާވަރުން ހުރިހާ ހިދުމަތެއް ހިލޭ ގައުމަކަށް މިތަންވެއްޖެ ސިފައިންނަަ ފުލުހުންނަށް ނެލިއަސް އެމީހުންނާ އެމީހުންގެ އާއިލާތަކަޢް ލިމިޓެއްބެތި ރާއްޖޭގެ ކޮންމެ ހޮސްޕިޓަލްއަކުން ބޭސް ފަރިވާ ގައުމު މިހާލުގަ އޮއްވާ އެމީހުންގެ މުސާރަ ބޮޑުނުކުރެވިގެން މިހާރު ތެޅެނީ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 November 2023

ޑރ މުއިއްޒުގެ "ބޮޑުވައުދު ގެ ގޮތުގައިހިމެނޭ" އައްޑޫސިޓީ ހުޅުމީދޫ ހިތަދޫ ބުރިޖާއި، ގޭންއެއަރޕޯޓް އަޕްގުރޭޑްކުރުމަށް ހިގާ ޙަރަދު އަބުރާ ދައުލަތަށް ހޯދުމަށާއި، ދެކުނު ރައްޔިތުނަށް މަންފާލިބޭގޮތަށް މިދެންނެވި ޕްރޮޖެކްތައްވެސް Viable ކުރުމަށާއި، ރާއްޖެއަށް ޗައިނާގެ ފަތުރުވެރިން އަހުލުވެރިކުރުވަން އައްޑޫ ހެރެތެރެ ދައުލަތަށްނެގުމަށްފަހު "ސިޓީ ހޮޓާ އައިލެންޑް" ގެ ގޮތަށް ވާޓިކަލް ޓްއަރިޒަމް އެރަށުގައި ތައާރަފްކޮށް ބަޖޭޓް ފަތުރުވެރިން ރާއްޖެ ގެންނާންޖެހޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 November 2023

ހުޅުމީދޫ ކޮޅުންނާއި ހިތަދޫކޯއްޓޭކޮޅުން ހިއްކުމުން ކަނޑުއޮޅި ހުރަސްކޮށްލަން މިތަނުގައިއަޅަންޖެހެނީ ސިނަމާލެ ބުރިޖަށްވުރެން ސައިޒުގެގޮތުންކުރު ބުރިޖަކަށްވާތީ، މުޅިޕްރޮޖެކްޓަށް 200މ ޑޮލަރު ޙަރަދުނުވާނެ. # ޗައިނާލޯނުއެހީގެގޮތުގައި އިތުރަށް 200މ ޑޮލަރު ހޯދުމަށްފަހު ބްރިޖް ޙަވާލުކުރާފަރާތަށް ހެރެތެރޭގައި 10 ބުރީގެ 30 ސިޓީހޮޓާ (އިމާރާތެއްގައި 100 ކޮޓަރި) ތަރައްޤީކުރަން ޙަވާލުކޮށް ބައިނަލްއަޤުވާމީ ބިޑަށްލައިގެން 50 އަހަރަށް ހޮޓާތައް ވިއްކާލާ އަގުހޯދޭނެ.

The name is already taken The name is available. Register?

ހަމައެއްނުޖެހޭ

20 November 2023

ޓޫރިޒަމް އެޑްވައިޒަރަކައް މިނިސްޓަރ ފެންވަރައް ހަލީލު އައި ޖަނާ ލާފަ’ އެމީހުނެއް ނުފެނޭ. އެކަކައް ކިޔަނީ ޕްރިންސިޕަލް އެޑްވައިސަރ އަނެކަކައް އެޑްވައިސަރ. ނަމަވެސް އެއް ދަރަޖައެއް. މިކައުނަސިލުން ނުފެނޭ. މިކަން ވަރައް ޖޯކު

The name is already taken The name is available. Register?

އަފްރާސިޔާބު

20 November 2023

"ސައީދު ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ދެ ކަމެއް ހާސިލްވާނެ އެވެ. އެއީ ރާއްޖެ އަންނަ ވިޒިޓާސްއަށް ދުނިޔޭގެ ފެންވަރުގެ ކަންތައްތަކެއް ކުރެވުމާއި ދިވެހިންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރާއްޖޭން ލިބުމެވެ." ދުބާއީ ތަންތަނުން މީހުންނަށް ނުލިބޭ ޚިދުމަތެއް ނެތް. އެގޮތަށް ޚިދުމަތް ދޭން ބޭނުމިއްޔާ ލައްކަގިނަ އިގްތިޞާދީ ޕްރޮޖެކްޓް ތައް ފަށަންވާނެ. އޭގެ ބަދަލުގައި ފުރަތަމަވެސް ބަލާނީ އަތުޖެހުނު ތަނަކުން މި 5 އަހަރު ދަމައިގަނެ މުއްސަދިވެވޭތޯ؟

The name is already taken The name is available. Register?

އަފްރާސިޔާބު

20 November 2023

މުއިއްޒު މީނައަށް ރަނގަޅަށް ވިސްނަންޗޭ. މީ ކުރީގައި ފައިސާ ދަމައިގަތް މީހުންގެ ތެރެއިން އެކަކު! ވަރަށް މޮޅުވާނެ ބޮލުގެ އެތި ހަދަން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 November 2023

ރާއްޖޭގެ އެކިސަރަޙައްދާއި ގުޅޭގޮތަށް ޓްއަރިޒަމް ސިޔާސަތަށް ބަދަލު ގެންނާންޖެހޭ. # މިސާލަކަށް އައްޑޫސިޓީއަކީ "One Island One Resort" ހިންގޭނެ ސަރަޙައްދަކަށްނުވާތީ، އައްޑޫ ހެރެތެރެނަގައިގެން ކަމެއްނުކޮށް ތިބިމީހުންގެއަތުން އެރަށް ދައުލަތަށްނެގުމަށްފަހު ހެރެތެރޭގައި 30 ސިޓީހޮޓާ (ހޮޓަލެއްގައި 100 ކޮޓަރިހިމެނޭ 10 ބުރީގެތަންތަން) ހެދުމަށްފަހު ރާއްޖޭގެ ފުރަތަމަ "އަލްކޮހޯލް ފްރީ ޓްއަރިޒަމް ޒޯނު Vertical Tourism މެއްގެގޮތަށް އައްޑޫގައި ތައާރަފްކުރެވިދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454