އެމްއެންޔޫ ބޭއްވި ޑިސްކަޝަނެއްގައި އިނާޒް ވާހަކަދައްކަވަނީ -- ފޮޓޯ: ގައުމީ ޔުނިވާސިޓީ
23 ނޮވެމްބަރ 2023 - 08:17
ރާއްޖޭގެ ޕެންޝަން ފަންޑުގެ ސައިޒު 19 ބިލިއަން ރުފިޔާގައި ހުރި އިރު، އެ ފަންޑު ބޭނުންކޮށްގެން ރާއްޖޭގައި ސްޓްރެޓެޖިކް އިންވެސްޓްމެންޓްތައް ކުރިއަށް ގެންދެވޭނެ ކަމަށް ޕެންޝަން އޮފީހުގެ ޗެއާމަން އަދި ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގްތިސާދީ އަޕްޑޭޓް "ބެޓަން ޑައުން ދަ ހެޗަސް" ރިޕޯޓު ނެރުމަށް ވޯލްޑް ބޭންކުގެ ފަރާތުން ގައުމީ ޔުނިވާސިޓީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިނާޒް ވިދާޅުވީ، ރާއްޖެ އަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޑޮމެސްޓިކް ފަންޑުތައް ބޭނުން ކުރެވިދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު ވެސް ބަޖެޓަށް ފައިނޭންސް ކުރުމަށް ޕެންޝަން ފަންޑުން ބައެއް ބޭނުން ކުރާ އިރު، އެ ފަންޑު އިނޮވޭޓިވް ނުވަތަ އީޖާދީ އާ ގޮތްތަކަށް ބޭނުން ކުރެވިދާނެ ކަމަށެވެ.
"މާ ބޭނުންތެރި ގޮތްތަކަށް ފަންޑު ބޭނުންކޮށްގެން އިގްތިސާދު ފުޅާކުރަން މަސައްކަތް ކުރެވިދާނެ. އެކަން ކުރަން ވިސްނާ އިރު މި ފަންޑުތަކުގެ ތެރެއިން ރާއްޖޭގެ މީހުންގެ މެދުގައި ފައިސާ ރައްކާ ކުރެވޭނެ ސަގާފަތެއް ވެސް އުފައްދަން ޖެހޭ،" އިނާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އާންމުންގެ ދިރިއުޅުމުގެ ކަންކަން ބަދަލުކޮށް، ފައިސާ ރައްކާ ކުރަން ހިތްވަރު ލިބޭނެ ގޮތަށް ކަންކަން ބައްޓަން ކުރަން ޖެހެ އެވެ. އިނާޒް ދެކެވަޑައިގަންނަވާ ގޮތުގައި އެ މަސައްކަތް ފަށަން ޖެހޭނީ ސަރުކާރުންނެވެ.
އިނާޒް ވިދާޅުވީ، ފަސް އަހަރުން ނިމޭ ތަރައްގީގެ ޕްލޭންގެ ބަދަލުގައި ސްޓްރެޓެޖިކް ދުރު ރާސްތާ ޕްލޭނެއްގެ ތެރެއިން އަތޮޅުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުން ވަރަށް މުހިއްމު ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަށް ކުރިމަތިލާން ޖެހޭ ގޮންޖެހުންތައް ހައްލު ކުރެވޭނީ ހުރިހާ ދާއިރާއަކުން ވެސް އެކައްޗެއް ކިޔައިގެން އެއް އަމާޒަކަށް ދާން މަސައްކަތް ކޮށްގެން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑަމް
26 November 2023
ޕެންސަންފަންޑުގައިހުންނަނީ ވަކިބައެއްގެއަމިއްލަޙައްގެއްނޫންތޯ? މޮޅުހިޔަންޏެއް ދައްކައިގެންތިވިސްނުމުގައިކުރާކަންތަކުން ބޭނުންޖެހޭވަގުތުތީގެވެރިންނައްް ކޮންފަދަހާލަކާ ކުރިމަތިލާންޖެހޭނެބާ? ވިޔަފާރިއަކީގެއްލުމާފައިދާވާކަމެއްދޯ?
ރައްކާ
24 November 2023
ފަހަށްރައްކާނުކުރަނީކީ ނޫން. ރައްކާކުރަންއެކައުންޓަށްލާފަވެސް ކަރަންޓުބިލު ބޮޑުކޮށްލީމަ ، ކުލިބޮޑުކޮށްލީމަ ، ދެކޮޅުނުޖެއްސިގެން ނަގައިގެން ބަނޑުފުރާމުއްތި ކުރަންޖެހެނީ. ރައްކާކުރަން ދަސްކޮށްދީ ދައުލަތުންވައްކަންކޮށްގެން ނުހައްގު މުއްސަދިކަން ހޯދައިގެން ތިބި މުއްސަނދިންނަށްއޭރުން އެބަޔަކަށްފައިދާކުރާނީ އަނެއްކާވެސް. ނިކަމެތިން ތެޅޭނީ ގަނޑަ ކޮންމެ މީހަކު ވެރިކަންކުރިޔަސް.
ލީލު
24 November 2023
ބޯހިޔާވަހިކަން ހޯދައިިދީ އެޭރުން ހެޔޮ ފެންސަން ފަންޑު ބޭނުންކުރިޔަސް
ކަކުނިބޯ
24 November 2023
ޢިޤްތިސާދު ފުޅާކޮށް ބޭރުފަެިސާގެ ހަމައަގުއެއީ 8ރ އަށް ގެންނަންބޭނުންނަމަ ޑޮލަރ އެކައުންޓްތަށް އުވާލާ އަދި ރާއްޖޭގެ ބޭންކެއްގެ ޕޭމަންޓްގޭޓްވޭނޫނީ ބޭނުންނުކުރެވޭގޮތަށް ރިސޯޓްތަކަށްވެސްބަދަލުކުރޭ އޭރުން ހިރިހާކަމެއް ހަމަޖެހޭނެ. ޢަފްއާނިސްތާނަކީ ދިރިހުރި މިސާލެއް އެތަނުގެފައިސާކުރިއަރާފައިވާވަރުބަލާލާ ތޯލިބާނުންވެރިކަންކުރަންފެޝިފަހުން
ޓެރޭސް
23 November 2023
ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ ތަކެއްޗާއި ޚިދުމަތަށްވުރެ ފައިސާ ގިނަވުން. ނަތީޖާއަކީ ކުރިން 45 ރުފިޔާއަށް ގަންނަން ލިބުނު ފްރައިޑް ރައިސް ތަށި މިހާރުލިބެނީ 80 ރުފިޔާއަށް ވެސް ވިއްކާލެވޭ، ހަމަ އެހެންމެ 100 ރުފިޔާއަށް ހަދާލިޔަސް ކުޑަބަހެއްވެސް ނުބުނެ ގަންނާނެ.
ވައިޖަހާލީ
23 November 2023
މިސަރުކާރުގެ ކުރީކޮލުގަ ވައިޖަހާލީކަމައް ބެލެވެނީ
ހަސަނު
23 November 2023
ދެން ފުޅާކުރަގަ. އަޖައިބެއް. ނޫނީ ތިހެން ކިޔާލަ ކިޔާލަ ހުރޭ
ދޫނިދޫ
23 November 2023
ޕެންސަން އޮފީހުގަ އިސްކޮށްހުރީ ކުރީގެ އޭސީސީގެ ރައީސް ސިއުނާ. ދެން ކަންކަން ވާނެ ގޮތް ވިސްނާ
ބަދީއު435
23 November 2023
އިނާޒް އަކީ އޮކްލެންޑް ޔުނިވާސިޓީއިން ރާއްޖޭގެ ރަށްތަކުގެ އިގްތިސާދޭ ކިޔައިގެން ބޭކާރު ލިޔުންގަޑެއް ލިޔެގެން ޕީއެޗްޑީ ނެގި މީހެއް. އޭގައި އެއްވެސް އޮރިޖިނަލް އައިޑިޔާ އަދި ކޮންޓްރިބިއުޝަނެއް ނެތް. އޭގައި ހުރީ މުޅިންވެސް ރިފަރެންސް ދީފަ. މިވަރުގެ މީހަކު ދައްކާ ވާހަކަ އަޑުއަހަން ހެޔޮނުވާނެ. ޑޮލަރުގެ އަގު ބޮޑު ކުރީވެސް މީނާ ފިނޭންސް މިނިސްޓަރަކަށް ހުރި އިރު. ސިވިލް ސަވިސް މުސާރަކުޑަކުރީވެސް މީނާ ހުރެގެން.
ހޮޅިއެއް
23 November 2023
ހޮޅި ވާހަކަ ނުދައްކާ ހުންނާށޭ ބުނެބަލަ
ކަމީނާ
23 November 2023
ހޮޅިވާހަކަ އަކީ ކޮބާ؟ ޑރ އިނާޒް ދައްކާފަ ހުރި ވާހަކަ ތަށް ވަރަށް ސަަފު. އޭނަ އެ ބުނަނީ ކަލޭ ފަހަށް ރައްކާކުރާށޭ! ސާފުތަ؟