ސަލްމާން ހާން.
26 ނޮވެމްބަރ 2023 - 06:14
ސުޕަސްޓާރެކޭ ބުނޭ ވަރުގެ ކަމެއް އަދި ނުކުރާ ކަމަށާއި އެއީ އޭނާ އަށް ހައްގުވާ ލަގަބެއް ނޫން ކަމަށް ސަލްމާން ހާން ބުނެފި އެވެ.
މިހާރު ސިނަމާތަކުގައި ދައްކަމުން "ޓައިގާ 3" އަށް ލިބުނު ބޮޑު ކާމިޔާބީ އަށް ފަހު، ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ "ޕިންކްވިލާ" އަށް ދިން އިންޓަވިއުއެއްގައި ސަލްމާން ބުނީ އޭނާއާ ގުޅުވައި "ސުޕަސްޓާރު" އަދި "މެގަސްޓާރު" ކަހަލަ ލަގަބުތައް ބޭނުންކުރުމުން ހިތްހަމަނުޖެހޭ ކަމަށެވެ.
“އެއީ އަހަރެންގެ އެއްވެސް ފަރުވާލެއް ބަހައްޓާ ކަމެއް ނޫން. އަހަރެން މިކުރަނީ އަހަރެންގެ މަސައްކަތް؛ މީހުންނަށް އެ ކަމުދޭ، އަދި އެއީ ހުރިހާ ވެސް އެއްޗަކީ،" އޭނާ ބުންޏެވެ.
"ސުޕަސްޓާރެއްގެ ޓެގް ހައްގުވާ އެއްވެސް ކަމެއް އަހަރެން އަމިއްލައަށް ނުކުރަން."
ސަލްމާން ބުނީ ބައެއް މީހުން އޭނާ އަށް "ބާއި" އާއި "ސައްލޫ" ކިޔާ އުޅޭ ކަމަށެވެ. އެ ކަހަލަ ނަންތައް ބޭނުންކުރިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާ ބުންޏެވެ.
އެ އިންޓަވިއުގައި ސަލްމާން ވަނީ އޭނާގެ ކެރިއަރާ ގުޅޭ އެހެން ވަރަށް ގިނަ ވާހަކަތައް ވެސް ދައްކައިފަ އެވެ.
މި މަހު 12 ގައި ސިނަމާތަކުގައި ދައްކަން ފެށި "ޓައިގާ 3" އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި މިހާރު ވަނީ 51.5 މިލިއަން ޑޮލަރު ލިބިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
×ދސެދރ4
27 November 2023
އޯކޭތަ އަދުރޭ އޭ ކިޔަސް؟
ޖޫހީ
27 November 2023
ސުޕަސުޓަރ ބެކަމް އައިސް އެ ބައްދަލް ކުރީ ހަގީގީ ސުޕާރ ސުޓާއާއި. ސަލްމާންތީ ފަގީރުން ނިދާފަ ތިއްބާ ކާރު ގައިމަތިން ދުއްވާ މީހެއް ނު. އަދި ދުނިޔޭގަ ހިމާޔަތް ކޮށްފައިވާ ޖަނަވާރު ޝިކާރަ ކުރާ މީހެއް ނު. ދެން ރޮނާލްޑޯ އަށް އެމީހަކު ނޭންގެންޏާ އޭނައަކީ ހަގީގަތުގަވެސް ސުޕަރސުޓާރެއް ނޫން.
މަކުނުން
26 November 2023
ތިވީ ގޮތަކީ އަރަބި ފެސްޓިވަލެއްގަ ރޮނާލްޑޯ ސަލްމާނާ ސަލާން ނުކުރިތާ ފެންނަކަމަށްވެސް ނުހެދީމަ ހިތް ފަޅައިގެން ތިމަންނާ މީ ސްޕަސްޓާރެއް ނޫނޭ ކިޔައިގެން މީހުންގެ ހިތް އަތުލަން އުޅެނީ
ރަދީފު ބިން ރަފައިދާ
26 November 2023
ތީ ހަމަ ސުޕަސްޓާރް ސައްލޫ ބާއީ.
ޥެލާ
26 November 2023
ކަލޭތީ ފިލްމްކުޅެން އެނގޭމީހެއްނޫން.. މިތާ މިއުޅެނީ ފިލްމްސްޓާރުން.. އުޅޭގޮތް ބަލާލަން އާދެބަލަ
ޒބޒވ
26 November 2023
އެހެން ނުކިޔާބަލަދޯ . ބަލަ ލަތީފާ