ޕީޖީ ޝަމީމް: ކޭ ޕާކް މައްސަލާގައި މަންޑޭގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާ ކުރާނެ ކަމަށް އޭނާ މިއަދު ވަނީ ވިދާޅުވެފައި --- މިހާރު ފޮޓޯ/ނިޝާން އަލީ
30 ނޮވެމްބަރ 2023 - 16:19
ހުޅުމާލޭގައި ހަދަމުންދާ ކޭ ޕާކް އެޕާޓްމެންޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) އާއި އިތުރު ބަޔަކަށް ތުހުމަތު ކުރެވޭ މައްސަލާގައި 225 ދައުވާ ކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ފްލެޓް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ ފައިސާ ނެގި ކަމުގެ ތުހުމަތުގައި މަންޑޭ ހައްޔަރު ކުރުމަށްފަހު މިހާރު ދޫކޮށްލާފައި ވިޔަސް މަންޑޭގެ އަގުބޮޑު އެޕާޓްމެންޓާއި އަގުހުރި ސާމާނުތައް ފުލުހުން މިހާރު ހިފަހައްޓައިފަ އެވެ.
ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް ލިބިފައި ހުރި ހެކިތަކަށް ބަލާއިރު 225 ދައުވާ މަންޑޭގެ މައްޗަށް ކުރެވޭނެ ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު ދެ މީހަކު އެބަތިބި ކަމަށާއި އަދި ސައްހަ ނޫން ލިޔުން އުފެއްދުމުގެ ދައުވާ އާއި އޮޅުވާލުމުގެ ދައުވާގެ އިތުރުން ޓެކުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާތައް ވެސް މައްޗަށް ކުރުމަށް ވިސްނަމުންދާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ކޮންމެ މީހަކަށް ވަކިން ޓެކުން، ކޮންމެ މީހަކަށް ވަކިން މަކަރާއި ހީލަތް ވީމަ ވަކިވަކި ދައުވާތަކެއް މި ކުރަނީ. އެހެންވީމަ ކޮންމެ ބައި ވަކިން ދައުވާ ކުރާތީ ދައުވާތައް ގިނަވަނީ. އެހެން ނަމަވެސް އަދަބު ވެސް ލިބެން ޖެހޭނީ ކޮންމެ އެއްޗަކަށް ވަކިން." ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ގިނަ ދައުވާތަކެއް އެ މައްސަލާގައި ކުރަނީ ގިނަ ބަޔަކަށް މަކަރާއި ހީލަތް ހަދާފައިވާތީ ކަމަށެވެ. އެގޮތުން 41 އެޕާޓްމެންޓެއް 107 މީހަކަށް ވިއްކާފައިވާ ކަމަށާއި އެހެންވެ، ކޮންމެ މީހެއްގެ ބައި ވަކިން ދައުވާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނޫނިއްޔާ މި ބުނެވެނީ ގިނައިން ވައްކަން ކުރާށޭ. ގިނައިން ކުރާ މީހަކަށް ވަކި ތަފާތެއް ނުގެނެވެންޏާ ފިސާރި ރަނގަޅަށް ވައްކަން ކުރާށޭތާ އެ ބުނެވެނީ. އެއީ ގާނޫނު މާނަ ކުރާނެ ގޮތެއް ނޫން. އެހެންވީމަ ކޮންމެ މައްސަލައަކަށް ކޮންމެ މީހަކަށް ވަކިން މި ދައުވާ ކުރަނީ." ޝަމީމް ވިދާޅުވި އެވެ.
ޕީޖީ އޮފީހުން މިއަދު ވަނީ މަންޑޭ ދިރިއުޅޭ އެޕާޓްމެންޓާއި އެގެއިން ފެނުނު އަގުބޮޑު ސާމާނުތައް ދައްކާލައިފަ އެވެ. އޭގެ ތެރޭގައި އަގުބޮޑު އަތް ދަބަހާއި ގިނަ އަދަދެއްގެ ސެންޓާއި ގަހަނާ ވެސް ހިމެނެ އެވެ. އެ ތަކެތީގެ އަގު ހަތް މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މަންޑޭގެ މައްޗަށް 225 ދައުވާ ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނިއިރު، މިއީ އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާތަކެއް ކުރާނެ ފުރަތަމަ ފަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާސިމް މުސްލިމް
02 December 2023
ޢަދަދު ބޮޑުކޮށްލަން 1000 ދައުވާ ވެސް ކުރެވުދާނެ. ޢާންމު އުޞޫލުން ތީގެ ކިތައް ދައުވާ ސާބިތުކުރެވޭނެތޯ، އޭގެ ބޮޑު ސުވާލަކީ ؟
ސަމްސިއްޔާ
02 December 2023
މިއޮއް ހުރިހާދުވަހު ނިދާފަ އޮވެފަ ވެރިކަން ނިމުނީމަ ކުއްލިއަކަށް ހޭލެވިގެން މިއުޅެނީއޯ؟؟
ބަރުބާދު
01 December 2023
1000 ދައުވާކުރިޔަސް ގިނައަދަދެއްގެ ފައިސާގެ ހިޔާނާތުގަ ހައްޔަރުވާމީހާ އުންސުރު ހަމައެއްނުވާނެ. އެހެންނޫނީ ޖަލުހުކުމްގަ ގޭގަހުންނަވާފަ 4 ދުވަހައް ހުކުމް ކުރުވާނެ.
ކޮންސްޓޭ
01 December 2023
ތިހެން ބުނި އަދީބު އަށް ވެސް 800 އަހަރުގެ ހުކުމެއް އަންނަވަރުގެ ދައުވާކުރެވޭނެއޭ
ކުޑަކަތީބު
01 December 2023
250 ދައުވާ ކޮށްގެން އޭނައަށް 250މިލިއަން ދޭން ނުޖެހޭނެއެކޭ ނުބުނާނަން، ތިހެކިވެސް ހުންނާނީ ގޯސްކޮށް ނެގިފަ އަދި މީޑިއާ އާއި ހިއްސާކުރީވެސް ވާނީ ގޯސްކޮށް! ސަލާމް ތިބާއަށް!
ސުހައިިލް
30 November 2023
ކޮބާ މީނަ ބޭރުކުރާކަށް ނުވޭތަ މުއިއްޒު؟
ޢަލީ ކުރުސީ
30 November 2023
ސަންޑޭގެ ކުރިން ދައުވާ ކުރެވޭވަރު ކޮށްލެވޭނެތަ؟
ޑޭވިޑް ޝްވިމަރ
30 November 2023
ދެވަނަދައުރު ކަސަވަރުކުރަނީ.. މުޢިއްޒު އިޒް އިމްޕްރެސްޑް ލޮލް
ބައިއަޅާތި
30 November 2023
ތިޔަ ދައުވާތަކުން ބައެއް އޭނަގެ އަންހެނުންނަށްވެސް އަޅަން ފެނޭ. މަންޑޭ އެފަދަ އަންހެނަކާ އެކުނުވާނަމަ ތިޔަ ހުރިހާ ކަމެއް ނުކޮށްވެސް ހުރެދާނެ. ފެންނަ ގޮތުގަ ހުރިހާ ޚަރަދެއްކޮށްފަ ތިއޮތީ އަންހެނުންނަށްޓަކައި.
ކޮސްބޮލާ
30 November 2023
އޭ ލޮބުވެތި ދިދަޔާއެވެ. ތިޔަ ދިދައަށް ދެރެއެއް އަހުރެން ނޭދެމެވެ. ބުނެދެއްވަފާނަންތޯ މިހުންނެވި އޭޖީ މިކުރައްވާ ކަމަކީ އަސްލު ހެޑްލައިން ހެދުމަށް ކުރާ މަސައްކަތެއްތޯ ނުވަތަ މިކުރައްވާ ކަމަކީ ތިޔަ ދިދައިގެ ދަށުގައިވާ މި މަހަލްދީބަށް ހެޔޮއަދައި ދިވެހި ޤައުމަށް އިޚްލާސްތެރިކަމާއި އެކު ކުރާ ކަމެއްތޯއެވެ؟ މިހެން މިދެންނެވީ ތިޔަ ދިދަޔާގެ ދަށުގައި ވާ ދުވާފަރު ކައުންސިލްއިން ރައްޔިތުންގެ ފައިސާއިން ކުޅިސަމާ ދެއްކި މީހުންނަށް އޯގާވެރިވީތީއެވެ.