ދުބާއީ ޑިއުޓީ ފްރީގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ގުރުއަތު ނަގަނީ: އެ ޕްރޮމޯޝަންގައި އެއް މިލިއަން ޑޮލަރު ލިބޭ މީހަކަށް ދިވެއްސަކު ވަނީ ހޮވިފައި
06 ޑިސެމްބަރ 2023 - 22:37
ދުބާއީގެ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނަކުން އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ލިބޭ މީހެއްގެ ގޮތުގައި ދިވެއްސަކު ގުރުއަތުން ހޮވިއްޖެ އެވެ.
ބޭރުގެ މީޑިއާތަކުގައިވާ ގޮތުން ދުބާއީގެ އެއާޕޯޓުގެ ޑިއުޓީ ފްރީއިން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި އެއް މިލިއަން ޑޮލަރު ލިބޭ މީހެއް ގޮތުގައި ހޮވިފައިވަނީ އަހުމަދު ނާސިރު ކިޔާ ދިވެއްސެކެވެ. އޭނާ ޓިކެޓް ގަނެފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށް ކަމަށް ބޭރުގެ މީޑިއާތަކުގައިވެ އެވެ.
މިއީ އެ ޕްރޮމޯޝަންގައި ދިވެއްސަކު ގުރުއަތުން ހޮވުނު ފުރަތަމަ ފަހަރު ކަމަށް ބޭރުގެ މީޑިއާތަކުގައިވެ އެވެ.
ނަމަވެސް އެ މީހާއާ މިހާތަނަށް ވެސް ގުޅިފައިނުވާ ކަމަށް ބޭރުގެ މީޑިއާތަކުގައިވެ އެވެ.
އެ ޕްރޮމޯޝަންގައި ފައިސާގެ އިނާމުގެ އިތުރުން ލަގްޒަރީ ދެ ސައިކަލު އެހެން ދެ މީހަކަށް ވެސް ލިބިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސޯ
08 December 2023
ބޭރުގެމީޑިޔާގަވާވާހަކައެއް އެތެރޭގެމީޑިޔާއިން ދިވެހިބަހުން ތިލަކޮށްދިނީތީ ޝުކުރިއްޔާ. އެތެރޭގެ މީޑިޔާއަށްވެސް އަހުމަދު ނާސިރު ނުހޯދިގެންއުޅޭތީ ވަރަށްދެރަ.
ލޮޓަރީގެ ނަން ބަދަލުވީތަ
07 December 2023
މީކީ ޕްރޮމޯޝަނެއްނޫން. މިއީ ޓިކެޓްވިއްކައިގެން ހިންގާ ލޮޓަރީއެއް. ނަސީބު ވަޒަންކުރަންގަންނަ ލޮޓަރީ ޓިކެޓެކޭ ޖުވާ ކުޅުމެކޭ ކޮބާ ތަފާތަކީ؟ ނަސީބުވެރިޔާ ނުފެނިގެންކަމަށްބުނެ ހުރިހާ ނޫހެއްގަ ދުބާއީ ލޮޓަރީ މިއޮތީ އިޝްތިހާރުކޮށްފަ. އިސްލާމިކް މިނިސްޓްރީގެ ބަހެއްނެތްތޯ؟
ސަލީމްބައި
07 December 2023
ޢެއީ މަށޭ. މަ މަޖަލަކައް ރާއްޖެ ދޮވެލައިގެން ސިންގަޕޫރުގައި އުޅުނު ނާސިރު ޢާއި ގުޅުވައިގެން ނަމެއް ޖަހާލީ. މަ ހީ ނުކުރަން ލިބޭނެކަމަކަށް .ހާދަ ކަޑައޭ މަގޭ އަސްލުނަން ނުޖެހުން. ޢެކަމަކު އެކަމުގައި ވެސް ކޮންމެވެސް ރަގަޅެއް އޮންނާނެ
ލޮޓަރީ
07 December 2023
ތީގަ ރަނގަޅުވާނީ ތި މީހަކު ހަމަ ތިގޮތަށް ފިލައިގެން އުޅުނިއްޔާ، ކައިރީގަ އުޅޭ މީހުނަށް ހީވާނެ އެމީހުންނަށްވެސް ލިބުން އެއްޗެކޭ ތީ،
ޖުވާ
07 December 2023
އެއީ ލޮޓަރީއެއް. ޓިކެޓް ގަތް މީހުންގެ އަތުން ލިބުނު ފައިސާއިން 1 މިލިއަން އެ ދެނީ.
ޖޭޖޭޖޭ
07 December 2023
އެއްކަލަ ޖޭވާ ގުރޫޕު ދޮ ލޮޓަރީ ލޮޓަރީ އެ މިގޮވަނީ... ދެރަ ނުވޭ ހެހެހެ
ސަނައްޓޭ
07 December 2023
ޖޭވާތީކީ ނޫން. އެއީ ލޮޓަރީ. އިސްލާމްދީންގަ ހަރާން ކަމަކަށްވާތީ. ކަލޭ މެންނަށް ހީވަނީ ދޯ އަހަރުމެން އެއްޗެއް ހަރާމޭ ކިޔަނީ ޖޭވާތީއޭ. ކަލޭމެން ޖޭވަނީ އިސްލާމްދީނާ
ދަސްކުރޭ
07 December 2023
އެއީ ލޮޓަރީއެއް. ލޮޓަރީއެއްގޮތަށް އިޝްތިހާރުވެސްކުރަނީ. ހަމައެކަނި ބައިވެެރިވެވޭ ގޮތަކީ 270 ޑޮލަރުދީފަ ލޮޓަރީގެ ޓިކެޓްގަނެގެން. ޖޭވިޔަސް އެއީ ހަރާމް ލާރި. މަންޑޭއާ ބައްސާމްމެންގެ ދިރިއުޅުން ފެނިފަވެސް ޖޭވާނެ އެކަމަކު އެންމެންނަށްވެސް ފެންނާނެ ކިހިނެތް ހޯދި ލާރިއެއްކަން.
ކައިޒީންް
07 December 2023
ލޮޓަރީ އެއްވިޔަސް ޕޮޓަރީއެއްވިޔަސް ލާރިދީފަ ޓިކެޓު ގައްނާނީ ތިޔަކަން އެންގޭމީހަކު. ހަމަ މަޖަލަކަށް ނުގަންނާނެދޯ. އެހެން ނޫނަސް ސުރުހީގަ އެއޮތީ ޑުބާއީގެ ޑިޔުޓީފުރީގެ ޕުރޮމޯށަން އެކޭ. އެމެރިކާގެ ލަސްވެގަސް ގެ ވަަހަކައެއް ނޫންދޯ.
ތެފައާސާ.
07 December 2023
@މީރާ، ޕްލީޒް ކަލެކްޓް އިންކަމް ޓެކްސް ފްރޮމް ހިމް
ދޭސީ
07 December 2023
ތީ ޕްރޮމޯޝަނެއް ނޫން. ލޮޓަރީއެއް.
ޅޮލާލި
07 December 2023
ލޮޓަރީ ދެއްތޯ.
އަލީޝް
07 December 2023
ތި ވާނީ އެންމެ ފަހުން ޝަރުމީލާ އަށް.