ސިފައިންނާއި ފުލުހުންގެ ފްލެޓްތަކެއް: އެތަންތަނަށް ކުލި ދެއްކުން އެއް އަހަރަށް ވަނީ ފަސްކޮށް ދީފައި --- މިހާރު ފޮޓޯ/ފަޔާޒު މޫސާ
14 ޑިސެމްބަރ 2023 - 19:00
ފުލުހުންނާއި ސިފައިންގެ ފްލެޓްތަކަށް ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކަށް ސަރުކާރުން ދޫކޮށްފައިވާ ދެ ޓްރެޒަރީ ލޯނު ދެއްކުން އިންޓްރެސްޓް ނާރާ ގޮތަށް އެއް އަހަރަށް ފަސްކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ ލޯނު ދައްކަން އެއް އަހަރުގެ ގްރޭސް ޕީރިއަޑެއް ދިނުމަށްފަހު ލޯނު ރީސްޓްރަކްޗާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށާއި އެކަން ފިނޭންސް މިނިސްޓްރީއަށް އެންގުމުން، އެ މަސައްކަތް ކުރާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
އެ ނިންމުމާ ގުޅިގެން، ފުލުހުންނާއި ސިފައިންގެ ފްލެޓަށް ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުއްދަތަށް އިންޓްރެސްޓް ނުހިނގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ފްލެޓްތައް ހަދަން 2013 ވަނަ އަހަރު މަސައްކަތް ފެށިއިރު، ސިފައިންގެ ފްލެޓްތައް އޭގެ އަހަރެއްހާ ދުވަސް ފަހުން ހަވާލުކުރީ ރާއްޖޭގައި އަގު ބޮޑު މަޝްރޫއުތަކެއް ހިންގި ނޫމަޑި ކުންފުންޏަށެވެ. ނަމަވެސް އެ ކުންފުންޏަށް އެ މަޝްރޫއު ނުނިންމުމުން، އެ މަޝްރޫއު ދެން ހިންގީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކަމަކު އެ ކުންފުންޏަށް ވެސް އެ މަޝްރޫއު ނުނިންމުމުން އެއްބަސްވުން ބާތިލްކޮށް، ކުރީގެ ސަރުކާރުން ފުލުހުންގެ ފްލެޓްގެ މަޝްރޫއު ދެން ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އަދި ސިފައިންގެ ފްލެޓުތައް ނިންމަން ދިނީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އަށެވެ.
އޭގެ ތެރެއިން މިހާރު މަސައްކަތް ނިންމާފައިވަނީ ސިފައިންގެ ފްލެޓުތައް އެކަންޏެވެ. ޗައިނާ ކުންފުންޏާ ހަވާލުކުރި މަސައްކަތްތައް ނިންމުމަށްފަހު ސިފައިންނަށް މިހާރު ވަނީ ތަޅުދަނޑި ހަވާލުކުރަން ފަށައިފަ އެވެ. ނަމަވެސް ފުލުހުންގެ ފްލެޓުތަކުގައި އަދިވެސް ކުރަމުން އަންނަނީ ފިނިޝިންގެ މަސައްކަތެވެ. ނަމަވެސް އެ މަސައްކަތްތައް ނިމޭ ވަރަކުން އަންނަނީ ތަޅުދަނޑު ހަވާލު ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރޯ
15 December 2023
މަންނާނު ކުރި ވައްކަން ބަލާފަ، ރިޓަޔާމަންޓާއި ފުލެޓުވެސް އަތުލަން ފެނޭ
ވިސްނާލަންޖެހޭ
15 December 2023
ތިޔަ ނޫން ބަޔަކު މިޤައުމުގަ ވަޒީފާއެއް އަދާކުރާކަމަކަށް ދަޢުލަތަށް ޚިދުމަތެއް ކުރާކަމަކަށް ނުވޭ.. ބޭސް ފަރުވާވެސް ޔާހަބޭސް ކިޔާފަ މުނިމުނިކޮޅަށް ދަންދެން ބޭނުންތަނަކުން ހުރިހާ ހޮސްޕިޓަލަކުން ލިބޭ. ތިން އިރު ކެއުން ހުރޭ ނިދާނެތަން.. ފުލެޓު ސްކީމެއް އުޅެމްޏާ އެތަނަކުން ލިބޭ.. އަމިއްލަ ލަގްޒަރީ ފުލެޓު އަޅާ އެވެސް ބަހާލެވޭ..މިއޮތީ ވާ ޤައުމެއް.. ދެން އަވަހަށް އަރައިގަންްފަ މަ ކާލާ.. އެއްޗެއް ބުނާ މީހާ ގޯސްވާނީ. ލިމިޓެއް އޮންނަންވާނެ ކޮންމެކަމެއްގަވެސް
ފައިލަފޫސް
15 December 2023
ތި ޚިޔާލު ގޯހެއްނޫން. އެކަމަކު ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ތިބުނާ އިނާޔަތްތައް ފުލުހުންނާއި ސިފައިންނަށް ދޭ. ސަބަބެއް ނެތިއެއްނޫން. އެމީހުންނަކީ ފުރާނަ އަތްމައްޗަށް ލައިގެން ރައްޔިތުންގެ ޚިދުމަތުގައި ރެއެއް ދުވާލެއް އަތްވެއް ވާރެއެއް ނުބަލާ އުޅެން ޖެހޭ ބައެއް. އަހަރުމެން ގޭގަ ނިދަން ތިބޭއިރުވެސް އެމީހުން އަހަރުމެންގެ ގެދޮރާއި މުދާ ބެލެހެއްޓުމުގައި ހޭލާ ޑިއުޓީގައި އުޅޭ. މިބުނީ ތަނެއްގައި ވައްކަމެއް ނުހިނގާ ވާހަކައެއްނޫން.
ޙާމަ
15 December 2023
ސިފައިންގެ ގިނަ ފްލެޓްތައްހުުރީބޮޑުއަގުގަ ކުއްޔައް ދީފަ..މިކަން ސިފްކޯއިން ބަލަންޖެހޭނެ..އެތަން ކުއްޔައް ދެވެން އޮއްނަނީ އެއްރޫމްގަ ތަނުގެ ވެރިފަރާތުން އުޅެމުން...ޤައުމުގެ ކަންކަން ބަލަހައްޓަން އޮންނަ އެންމެ ބޮޑު އެއް މުއައްސަސާ ޤަވައިދާ ހިލާފައް ކަންތައްކުރަމުންދިޔައީމަ މިއީ ވަރައްދެެރަކަންތައް....އެއްއަަހަރު ކުލި ނުދައްކާ އެކަމު ބޮޑުއަގުގަ ކުއްޔައްދީފަ...
ޔމނ އދރސ
14 December 2023
ފްލެޓެއް ލިބިގެން އުޅެނީ ހިޔާ މީހުންނާއި ފުލުހުންނާއި ސިފައިން. އެހެން މީހުން މިގައުމުގަ ނުވެސް ހައްދަވާ
އަޅާކިއުން
15 December 2023
ހިޔާ ވާހަކަ ނުދައްކާ އަޅައެއް ނުކިޔޭނެ އެއީ ފިނިޝިންވެސް ނުނިންމާ ދީފަ ހުރި ކުޑަ ދެ ކޮޓަރި ގަނޑު.. ބޮޑެތި ލޯނުން ފިނިޝިންގ ނިންމީ.. ދުވަހަކު ޒަމާނަކު ޝޯޝިއަލް ހަައުސިންގ ދިން ގޮތެއް ނޫން... ސިފުުކޯ ހިޔާ އަކީ ފިނިޝިން ނިންމާފަ ދީފަހުރި ލަގްޒަރީ ފެންވަރުގެ ތަންތަން..
އައްލާ
14 December 2023
ސިފައިންގެ ގިނަފުލެޓްތައްހުރީ ބޮޑުއަގުގައި ކުއްޔަށްދީފަ
އަންނިގެ 1000 ފުލެޓްސް
14 December 2023
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 1000 ފުލެޓްސް ގައި ދިރިއުޅޭ މީހުންނަށް ކުލީގެ އިނާޔަތެއް ނެތްތޯ؟ 1000 ފުލެޓްގައިވެސް ދިރިއުޅެނީ ދިވެހި ރޢްޔިތުންކަން ހަނދުމަ ނައްތާ ނުލެއްވުމަށް ދަންނަވަމެވެ. ކުރިމަތީގައި އޮތީ ބޮޑު އިންތިހާބެއްކަން ހަނދާން ކޮށްދެމެވެ. އަޅުގަނޑުމެންގެ މަތިން ހަނދާން ނުވާ ބަޔަކަށް ދޭނެ ވޯޓެއްވެސް ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އެންމެނިކަމެތި
14 December 2023
ރައްޔިތުންގެ ތެރެއިން އެންމެ ނިކަމެތިވާނީ ތިދެންނެވި ދާއިރާތައް. ސަބަބަކީ އެއީ ވަޒީފާއިން ލިބޭ 5 އަކުރުގެ މުސާރައާއި އިނާޔަތްތަށް ކުޑަކަމުން މަތީފެންވަރުގެ ކެއުމާއި، ހުރުމާއި ބޭސްފަރުވާ އިތުރަށް ދީފައިވާ ބައެއް.
ހޯހޯހޯ
14 December 2023
ތިޔަބުނާ އިނާޔަތް ބޭނުންވާނަމަ ތިބޭފުޅާވެސް ފުލުހުންގެ މުއައްސަސާއި ގުޅިވަޑައިގަންނަވާ. އެކަމަކު އަސާސީ ޚިދުމަތް ހުރިހާ ރައްޔިތުން ހަމަހަމަ ވާންވާނެ
ފަޒުލް2
14 December 2023
ވިނަރެސް މީހުން ހަނާ ވާ ތަނެއް ނުފެނޭތަ. ބޮޑު ސިންގާ އެޑްވާންސެއް ނަގާފަ ލަގްޒަރީ ތަނެކޯ ކިޔައިގެން. އެވަރުގެ އެޑްވާންސް އެއް ނަގާފަ ކީއްވާނީ ކުލި 6 މަސްވިޔަސް ފަސްކުރަން. ކުލިވެސް އެހާބޮޑު. ހިޔާގެ ފިނިޝިންއަށްވެސް 6 މަސް ދިން.
ހޯހޯހޯ
14 December 2023
މާލެ (ސަރަހައްދު) ނޫން ގޮތެއް ހޯދަން ޖެހެނީ ތިހެންވެގެން
ޔޭސް
15 December 2023
އަސްލު 6 މަހިގެ ގްރޭސް ޕީރިއަޑެއް ބޭނުންވޭ
ޖުގޖ
14 December 2023
ވަކި ބަޔަކަށް ވަކިގޮތެއް. ހިޔާއާ ފުލުހުންނާ ސިފައިން އެކަނިތަ ޓެކްސް ދައްކަނީ. ނުދައްކާނަން ފްލެޓަށް ކުލި ދެނެއް.
ހޯހޯހޯ
14 December 2023
އުޅެންވަނީ ފުލެޓްގައި
ޒިކުރާ
15 December 2023
ހިޔާ ވާހަކަ ނުދައްކާ އެއީ ފިނިޝިންވެސް ނުނިންމާ ދީފަ ހުރި ކުޑަ ދެ ކޮޓަރި ގަނޑު.. ބޮޑެތި ލޯނުން ފިނިޝިންގ ނިންމީ.. ދުވަހަކު ޒަމާނަކު ޝޯޝިއަލް ހަައުސިންގ ދިން ގޮތެއް ނޫން... ސިފުުކޯ ހިޔާ އަކީ ފިނިޝިން ނިންމާފަ ދީފަހުރި ލަގްޒަރީ ފެންވަރުގެ ތަންތަން..
ޟަން ތުރޭ
14 December 2023
ތި ފުލެޓް ތަކުގެ ބޭނުނޮ ކޮއްގެން ނަހަމަ ގޮތުގަ މުއްސަދި ވެފަ ހުރި އެންމެ ވެރިއެއްގެ މައްސަލަވެސް ބަލަން ނުކެރުނު މި އައި ހުރިހާ ސަރުކާރުތަކައްވެސް. މިހާރު މިއޮތް މުއީޒް ސަރުކާރަކައްވެސް ނުކެރޭނެ. ދެން ތިތަންތަނުގެ ވެރިން ހަދާނެ އެއްޗެއް ހަދަންވީނުން. ދަށު ރޭންކު ތަކުގެ މީހުން ހަނާވިޔަސް