އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: ނިޝާން އަލީ | މިހާރު
07 ޖެނުއަރީ 2024 - 13:52
ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅާނީ އެމްޑީޕީން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޮނުވި ސިޓީއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އެމްޑީޕީން އީސީ އަށް ފޮނުވި ސިޓީގައި ވަނީ އިންތިހާބުގެ ތާރީހާ މެދު މުއައްސަސާތަކުން އީސީއަށް ދިން ލަފަޔާ ހިލާފަށް ސަރުކާރުގެ ނުފޫޒާއެކު ރޯދަ މަސް ތެރޭގައި އިންތިހާބު ބާއްވަން އުޅޭ ކަމުގެ ތުހުމަތު ކޮށްފަ އެވެ.
އެ ޕާޓީން ވަނީ ރޯދައިގެ ފަހުން އިންތިހާބު ބާއްވަން އެދިފަ އެވެ.
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީ މިއަދު ކަނޑައަޅަން ނިންމި ނަމަވެސް އެމްޑީޕީން އެ ކޮމިޝަނަށް ފޮނުވި ސިޓީއަކާ ގުޅިގެން އެކަން މަޑުޖައްސާލާފައިވާ ކަމަށެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ބޮޑު ސިޔާސީ ޕާޓީން [އެމްޑީޕީ] އިން އިލެކްޝަން ކޮމިޝަނަށް މިދިޔަ ބުރާސްފަތި ދުވަހުގެ 13:51ގައި ކޮމިޝަނަށް އެ ސިޓީ ފޮނުވާފައި އޮތީ. އެ ސިޓީ ފޮނުވުމާ ގުޅިގެން ކޮމިޝަނުން މިއަދު ޕްރެސް އަށް އައުމުގެ ކުރިން މަޝްވަރާ ކޮށްފައި މިއައީ. ކޮމިޝަނުން ނިންމީ އެކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީއާ މަޝްވަރާ ކުރުމަށް ފަހު މި ހަފްތާގައި ގޮތެއް ނިންމަން،" ހަބީބް ވިދާޅުވި އެވެ.
އިންތިހާބުގެ ތާރީހާ ގުޅޭގޮތުން އެމްޑީޕީ އާއެކު މަޝްވަރާ ކުރުމަށް މާދަމާ 11:30 ގައި ބައްދަލުވުމެއް ބާއްވަން ހަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަބީބް ވިދާޅުވީ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅާނީ ވަރަށް ގިނަ ކަންކަމަށް ވިސްނައި، ގިނަ ބަޔަކާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ. ތާރީހު ކަނޑައަޅާނީ ރައްޔިތުންނަށާއި ކެންޑިޑޭޭޓުންގެ އިތުރުން އީސީ އަށް ވެސް އެންމެ ފަސޭހަ ވާނެ ގޮތް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހު 10 އަށް ދިމާވާތީ ރޯދައިގެ ކުރިން އިންތިހާބު ބޭއްވޭނެ ގޮތަށް ގާނޫނަށް އިސްލާހެއް ގެންނަން އީސީން ވަނީ މަޖިލީހުގައި ވެސް އެދިފަ އެވެ.
އެ މައްސަލަ ހައްލު ކުރުމަށް އީސީން ދެ ގޮތެއް ހުށަހެޅި އެވެ. އެއް ގޮތަކީ ގާނޫނުގައި ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް ދޭ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކޮށްލުމެވެ. އޭރުން ރޯދަ މަސް ފެށުމުގެ ދެ ދުވަސް ކުރިން މާޗު ނުވައެއްގައި އިންތިހާބު ބޭއްވޭނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.
ދެވަނަ ގޮތަކީ ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކޮށްދިނުމެވެ. އޭރުން އިންތިހާބުގެ މަސައްކަތް ކުރިން ފަށައި އަވަހަށް އިންތިހާބު ބޭއްވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
07 January 2024
ދިވެހިދައުލަތާއި ދެކޮޅަށް އިޓްލޮސްގައި މޮރިޝަސްއިން ކުރަމުންދިޔަ ދައުވާއަކަށް އެމީހުނަށް ބާރުލިބޭފަދަގޮތަކަށް ދައުލަތުގެ ސިއްކަ ޖަހާފައިވާ ސިޓީއެއް އިބްރާހިމް މޮރިޝަސް ސަރުކާރަށް ދިންގޮތަށް ތިކަމުގައި ކިޔަންމެ މަޝްވަރާއެއް ކުރި ކަމުގައި ވިޔަސް ދައުލަތުގެ ޤާނޫނުއަސާސީއާއި ޙިލާފަށް ޤއ ގައި އޮތްގޮތް ނޫންގޮތެއް ފުއާދުބޭ ނުނިންމަވާނެ ކަމަށް ހީކުރަން. އެގޮތް ކަމުޖުދާނަމަ ޤާނޫނު ބަދަލުކުރަން އެމީހުނަށް އަންގާ މުައްދަތާއި އެއްގޮތަށް ކަންކަން ރާވާ.
ހީމު
07 January 2024
އަންނަ އަހަރައް ލަސްކޮއްލާ
ކޮރަލް
07 January 2024
ހުރިހާ ކަމެއް ހުއްޓާފަ މަޖްލީހަށް ކުރިމަތި ލެވޭ ތައުލީމީ ފެންވަރެއް ކަނޑަ އަޅަން ވީ އެވެ.
ސިންގ
07 January 2024
އަސްލު ތައުލީމެއް ނެތް މީހުން ވަރަށް ގިނައިން ދައްކާނެ ތައުލީމީ ފެންވަރުގެ ވާހަކަ.
ބުރުގާ
07 January 2024
އެންމެ ފަހުން ތި ޗަރުކޭސްވެސް އިބިލީހުގެ ކައިވެންޏައް ތިވީ.