ވަޒީރުން އިންނަވާ މޭޒުކޮޅުގައި މަޖިލިސް ރައީސް މުހައްމަދު އަސްލަމް--
28 ޖެނުއަރީ 2024 - 20:10
މެމްބަރުންގެ ހަޅޭކުގެ އަޑު ގަދަވެ، ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ، ޖަލްސާ ހުއްޓާލިކަން ރިޔާސަތުން ދެންމެ އިއުލާންކުރައްވައިފި
ރިޔާސަށް ވަޑައިގަންނަވަން ފުރުސަތު ނުދެއްވުމުން މިނިސްޓަރުން އިންނަވާ މޭޒުކޮޅުގައި އަސްލަމް ޖަލްސާ ކުރިޔަށް ގެންދެވޭތޯ މަސައްކަތް ކުރަނީ
ބައެއް މެމްބަރުންގެ ނަން އިއްވަން ފަށައިފި. އެންމެ ފުރަތަމަ އިއްވެވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންގެ ނަން.
މަޖިލީހުގެ ގަވައިދާ އެއްގޮތަށް އަމަލު ކުރައްވަން މެމްބަރުންގެ ކިބައިން އަސްލަމް އެދިވަޑައިގެންފި. އެކަމަކު ބައެއް މެމްބަރުން ވިދާޅުވަމުން ގެންދަވަނީ ވޯޓު ނެގޭނެ ގޮތެއް ނެތް ކަމަށާއި ނިޒާމު ގެއްލިފައިވާ ކަމަށް. މަޖިލިސްގެ ތަޅުމުން އިވެނީ ދުންމާރި ފުމޭ އަޑާއި މެމްބަރުންގެ ހަޅޭކުގެ އަޑު. ހުރިހާ މެމްބަރުން ތިއްބެވީ ކޮޅަށް، އަސްލަމް އިންނެވި މޭޒާ ކައިރީގައި. ރިޔާސަތުގެ ގޮނމި ވަގުތު ހުރީ ހުސްކޮށް ނަމަވެސް، ޕީއެންސީގެ މެމްބަރުން އެ ގޮނޑި ހިސޯރު ކުރެއްވުމުން އަސްލަމް އިށީނދެވަޑައިގެން އިންނެވީ ވަޒީރުންގެ ގޮނޑީގައި.
މަޖިލިހުގެ ޗެމްބަރުން އިވެނީ މެމްބަރުންގެ ހަޅޭކާއި ދުންމާރި ފުމޭ އަޑު. ހުރިހާ މެމްބަރުން ވެސް ތިއްބެވީ ކޮޅަށް. މަޖިލިހުގެ ރައީސް އަސްލަމް އިށީނދެވަޑައިގެން އިންނެވީ ވަޒީރުންނަށް ހާއްސަ ކޮށްފައިވާ ތަނުގައި.
ވަޒީރުންނަށް ރުހުމުގެ ވޯޓު ނެގުމަށްޓަކައި ރަނގަބީލު ޖަހަން އަސްލަމް އަންގަވައިފި.
ޖަލްސާ އަލުން ފައްޓަވައިފި. ނަމަވެސް ޖަލްސާ އަލުން ފެށިއިރު މަޖިލިހުގެ ރައީސް އަސްލަމް އިށީނދެވަޑައިގެން އިންނެވީ ވަޒީރުން ތިއްބަވާ ގޮނޑީގައި.
މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވިޔަސް، މިރޭ ޖަލްސާ ކުރިއަށް ގެންދެވޭތޯ އަދިވެސް އަންނަނީ މަސައްކަތް ކުރަމުން. މެމްބަރުން އަދިވެސް ތިއްބެވީ ޗެމްބަރު ތެރޭގައި. އެކަމަކު، މަޖިލީހުގެ ރައީސް އަސްލަމް ވަނީ ޗެމްބަރު ދޫކުރައްވައި ވަޑައިގެންފައި.
އިދިކޮޅު މެމްބަރުންނަށް މަރުގެ އިންޒާރު އެބަ ދޭ ކަމަށް، އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ. އޭނާ ކުރެއްވި ޓްވީޓެއްގައި ފޯނު ނަންބަރެއްގެ ސްކްރީން ޝޮޓެއްގެ ފޮޓޯ އާ އެކު ވިދާޅުވީ "މި ނަންބަރުން ދަނީ މަޖިލިސް މެމްބަރުންނާއި މެމްބަރުންގެ އަނބިދަރިންގެ ފުރާނަ ދުއްވާލާނެ ކަމަށް ބުނެ އިންޒާރު ދެމުން" ކަމަށް. އަދި އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށް ވެސް އަނަސް ވިދާޅުވި.
Mi numberun dhany MDPge Majlis memberunnah gulhaa e memberunnaai memberunge anbidharinge furaana dhuvvaalaane kamah bune inzaaru dhemun! @PoliceMvCP ge samaalu kamah mikan genessin. pic.twitter.com/MaaBA7f73K
— Anas Abdul Sattar (@anasabdulsattar) January 28, 2024
ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން މަޖިލިސް ދޮށުގައި މިރޭ މުޒާހަރާ ކުރަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން މަޖިލިސް ދޮށުގައި މިރޭ މުޒާހަރާ ކުރަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން މަޖިލިސް ދޮށުގައި މިރޭ މުޒާހަރާ ކުރަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުވައްމުލަކު މެދުދާއިރާގެ ހުސެއިން މުހަންމަދު ދީދީ މަޖިލީހަށް ވަޑައިގަންނަވަނިކޮށް މުޒާހަރާގެ ބައިވެރިން އޭނާގެ "ގަޔަށް އަތްލައިފައިވާ" ކަމަށް ތުހުމަތުކޮށްފި.
ޕީއެންސީގެ ޕީޖީ ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "މިއަދު މަޖިލީހުގައި އަޅުގަނޑުމެންގެ މެމްބަރަކާ މާރާމާރީ ހިންގާ އަނިޔާކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކުރަން ވަނީ ޖެހިފައި" ކަމަށާއި "އެ މެންބަރު ހޮސްޕިޓަލުން ދޫކުރުމުގެ ކުރިން މަޖިލިސް ކުރިއަށް ގެންދަން ޖާގައެއް ނުދެވޭނެ" ކަމަށް.
މިއަދު މަޖިލީހުގައި އަޅުގަނޑުމެންގެ މެމްބަރަކާ މާރާމާރީ ހިންގާ އަނިޔާކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކުރަންވަނީ ޖެހިފައި. އެ މެންބަރު ހޮސްޕިޓަލުން ދޫކުރުމުގެ ކުރިން މަޖިލިސް ކުރިއަށް ގެންދަން ޖާގައެއް ނުދެވޭނެ.
— Moosa Siraj (@MoosesSiraj) January 28, 2024
އަވަސް ޝިފާއަކަށް އެދެން @shaheeym
"މި ސަރުކާރުގަ އަޅުގަނޑުމެން އަންހެނުންނަށް ސަލާމަތާއި ރައްކާތެރިކަން ނެތްކަން މިރޭ އެނގިއްޖެ" ކަމަށް ވިދާޅުވެ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ފާޑު ވިދާޅުވެއްޖެ. އޭނާ އެހެން އެ ވިދާޅުވީ މުޒާހަރާގެ ތެރެއިން އޭނާގެ ފިރިކަލުންނާ އެކު ސައިކަލްގައި މަޖިލީހަށް ވަޑައިގަންނަވަނިކޮށް ހިނގި ކަމަކާ ގުޅިގެން. އޭނާ ކުރެއްވި ޓްވީޓްގައި އެ މަންޒަރުގެ ވީޑިއޯއެއް ޕޯސްޓް ކޮށްފައިވޭ. ބެލެވޭ ގޮތުގައި މުޒާހަރާގެ ބައިވެރިއަކު ރޮޒެއިނާގެ ގައިގައި އަތްލި.
މި ސަރުކާރުގަ އަޅުގަނޑުމެން އަންހެނުންނަށް ސަލާމަތާ ރައްކާތެރިކަން ނެތްކަން މިރޭ އެނގިއްޖެ! ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް މުއިޒު! މީތޯ ދިވެހިންގެ ރާއްޖެއަކީ؟ pic.twitter.com/Oafs4SqGme
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) January 28, 2024
ރައްޔިތުން ނުކުމެ މަޖްލިސް ރައީސް @aslamdp ގެ އިސްތިއުފާއަށް ގޮވަނީ! pic.twitter.com/FH4HhUhJWp
— Mariyam Shiuna (@shiuna_m) January 28, 2024
ޕީޕީއެމް/ ޕީއެންސީގެ ބައެއް މެމްބަރުން ވަނީ ރިޔާސަތުގައި ބަހައްޓާފައި ހުރި މައިކް އުފުރާއިފައި. މަޖިލިސްގެ ޖަލްސާ ކުރިއަށް ނުގެންދެވުނީ އެހެންވެ.
ރިޔާސަތު ދޫކޮށްލައްވައި އަސްލަމް ޗެމްބަރު ދޫކޮށް ވަޑައިގެންފި.
ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން ނިންމުމާ އެކު، ޕީޕީއެމް/ ޕީއެންސީގެ ސަޕޯޓަރުން މިރޭ ވެސް މަޖިލިސް ދޮށުގައި ދަނީ މުޒާހަރާ ކުރަމުން.
މިއަދު ހެނދުނު ބޭއްވި ޖަލްސާގެ ތެރޭގައި ހިނގި ހަމަނުޖެހުމުގައި ޕީއެންސީ އަށް އެމްޑީޕީން ބަދަލުވި ކަނޑިތީމު ދާއިރާގެ އަބްދުﷲ ޝަހީމް ވަނީ ޒަހަމްވެފައި. އޭނާ އަށް ހަމަލަދިން ކަމަށް ތުހުމަތު ކުރެވެނީ ކެނދިކުޅުދޫ ދާއިރާގެ އަހުމަދު އީސާ. އެ މައްސަލަ ބަލަން ޕީޕީއެމް/ ޕީއެންސީން ވަނީ ކަމާ ބެހޭ ފަރާތްތަކަށް ވެސް ހުށަހަޅައިފައި. އަދި އަނެއްކޮޅުން، އެމްޑީޕީ/ ޑިމޮކްރެޓްސް ވަނީ މަޖިލިސް ކައިރީގައި މުޒާހަރާކޮށް މަޖިލިސް އިދާރާގެ ތެރެއަށް ގާ އުކި ކަމަށް ބުނެ، މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުނުތޯ ބަލަން ކޮމެޓީ އަށް ހުށަހަޅަން ވެސް ނިންމައިފައި.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ މަޖިލީހުގެ ރައީސް މުހަންމަދު އަސްލަމް. ޖަލްސާ ފެށުމާ އެކު ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން ވަނީ އަސްލަމް ކައިރިއަށް ވަޑައިގެން ދުންމާރި ފުމެން ފައްޓަވައިފައި. އަދި، އެ ބޭފުޅުން ގެންދަވަނީ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވަމުން. މިއަދު މެންދުރު ވެސް ޖަލްސާ ހުއްޓާލަން ޖެހުނީ ހަމަ މިގޮތަށް ކަންތައްތައް ދިމާވެގެން.
މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާ ހޫނުވެ، މާރާމާރީ ވެސް ހިންގާފައި އޮއްވައި، އެ ޖަލްސާ އަލުން ދެންމެ ފަށައިފި އެވެ.
މަޖިލިހުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރާއިރު އެ ދެ ޕާޓީން ވެސް ވަނީ ރުހުން ނުދޭނެ ވަޒީރުން ކަނޑައަޅައިފަ އެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ރުހުން ނުދޭ ލިސްޓުގައި ހިމެނެނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ޑިމޮކްރެޓްސްގެ ލިސްޓުގައި އޭގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދޭން ކަނޑައަޅާފައިވާއިރު އެމްޑީޕީން އިތުރު ބޭފުޅެއްގެ ގޮތުގައި ހިމެނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެމްޑީޕީގެ ލިސްޓުގައި ޒަމީރުގެ ނަމެއް ނެތެވެ.
ތަފުސީލް އަންނަނީ...
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޔާށާ
29 January 2024
މީ ވާ ގައުމެއް. ރުހުން ދޭން މާޖުބޫރުތަ ގާނޫނު އަސާސީގަ. ފެންނަ ބަޔަކައް ރުހުން ދިނުމާ ނުދިނުން އެއީ މމްބަރުގެ ކަމެއް ނޫން ތަ. ކަމެއް ވެގެންތާ ރުހުން ދޭން މި ޖެހެނީ. ގަދަބާރުން ހޯދާތަ ރުހުން. ލޮލް
މޯޑް
28 January 2024
ލަދެއް ހަޔާތެއް ނެތް.ނީލަމުގައި މަޖިލިސް ގޮނޑިއާއި ސިޔާސީ ހަޔާތް ވިއްކާލި އިއްޒަތްތެރީން.
ގިނަދިވެހިން
28 January 2024
މަޖިލީހުގެ މި ދައުރު ނިމެންްދެން ތިގޮތައް ހިފެހެއްޓިޔަސް، ފަލަކީ ހުސާބުން ދައްކަނީ މި ސަރުކާރު ދެމި ނޯންނާނެކަމަށް.
ޤައުމިއްޔަތު
28 January 2024
ފުރަތަމަ ޤައުމިއްޔަތު ކިޔަވާދޭންވީ ސްކޫލް ކުދިންނަކަށް ނޫން. އިއްޒަތްތެރި މެންބަރުންނަށް.
ޕާޓީގެ
29 January 2024
އެވެސް އަމިއްލަ ޕާޓީގެ މެމްބަރުންނަށް.
ލޮއްލަ
28 January 2024
ޗަރުކޭސް ކުޅުމުގައި އަބަދު އުޅޭނީ. ގްރޭޑް 1 އުޅޭ ކުދިންވެސް މިމީހުންނަށްވުރެ ސިވިލައިޒްޑް. ތަނެއް ދޮރެއްނުދައްނަ ނާގާބިލު މީހުން ފައިސާ ކޮޅެއްހިފައިގެން ބޯކޮށްޕާތީ ދެރައީ. ގައުމުގެ މަސްލަހަތަށް ފުށުން އަރާ މާއްދާތަށް ބާތިލު ކުރުން ނޫނީ އިސްލާހު ކުރުން މިއަށްވުރެ ރަނގަޅު. ސަރުކާރެއް ބަދަލުވާއިރަށް މިކަހަލަ ކޫސަނި މައްސަލަތަށް ގިނަވެ ގައުމު ހަލަބޮލިވޭ އެބަ
ނަނަނަ
28 January 2024
ރޮޒޭ ޕީއެންސީ އަށް ސޮއެ ކުރަން އުޅޭ ވާހަކަ އަޑުއެހިން..
ގަރލް
28 January 2024
މަށަށް ސީރިއަސް ކޮށް ނޯޓިސް ކުރެވުނީ އަލީ ހަމީދު ވަރަށް، ވަރަށް ރީތިކަން.
ފެނޭދޯދޯދޯ
28 January 2024
ރުހުންދޭން ޖެހޭނީ އެނޫންނަމަ އެމްޑީޕީ ޖެހޭނީ މަހަށް ދާން އެމްޑީޕީ މެމްބަރުން ލައްވާ ތިކަމަށް ހުރަސް އަޅާނީވެސް ތަމެން މަމެން ޕިންކީން އަންޑަރއެސްޓިމޭޓް ނުކުރާތި މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު އެކަން ތަމެންނަަށް މިދައްކާދެނީ
ސިނާ26
29 January 2024
ރުހުމުގެ މަނާ އިގޭތަ ކޮޔާ. ރުހުން އެއީ ތަޅާ މަރާގެން ހޯދާ އެއްޗެއްތަ
ވާގްނަ ގުރޫޕް
28 January 2024
އެންމެން ހާދަ ހެވިފަ. މީ ގުޅިގެންހިންގާ ޖަރީމާއެއްތަ؟
ރަނގަޅު ކުރުސީ
28 January 2024
މީގެ ހުރިހާވެސް ނުބަޔަކީ މުހައްމަދު ނަޝީދު