ފ. މަގޫދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށު ފަޅުގައި ރިސޯޓެއް ހަދަން ކައުންސިލުން ވަނީ ބީލަމަށް ހުޅުވާލައިފައި.-- ފޮޓޯ: މިހާރު
31 ޖެނުއަރީ 2024 - 14:09
ފ. މަގޫދޫ ފަޅުގެ އިރުމަތީކޮޅުގައި ރިސޯޓެއް ތަރައްގީކުރަން ބީލަން ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.
މަގޫދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އެ ރަށު ފަޅުގައި ރިސޯޓެއް ހަދަން ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ މަހު 15 ގެ ނިޔަލަށް ދޭން ނިންމާފައިވާ ކަމަށެވެ.
ރިސޯޓް ހަދައި އެތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލަށް ސިޓީއެއް ހުށަހަޅައިގެން ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ކައުންސިލުން ބުނި ގޮތުގައި، "މަގުދޫ ޓޫރިޒަމް ޒޯން"ގައި ރިސޯޓް ހެދުމަށް 10 ހެކްޓަރުގެ ސަރަހައްދެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.
ރިސޯޓް ހަދަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 28ގެ ނިޔަލަށް އޮންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.
މަގޫދޫ ފަޅުގައި ތިން ރިސޯޓް ހެދުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ސަރުކާރުން އަންނަނީ މަގޫދޫ ފަޅުގައި އެއާޕޯޓެއް ވެސް ތަރައްގީކުރަމުންނެވެ. ރަންވޭގައި 1،800 މީޓަރު ހުންނާނެ މި އެއާޕޯޓް ތަރައްގީކުރަނީ ޕްރައިވެޓް ޖެޓްތައް ވެސް ހިދުމަތް ދެވޭނެ ފެންވަރަށެވެ. ދައުލަތުގެ ބަޖެޓުން 231.5 މިލިއަން ހަރަދުކޮށްގެން މި އެއާޕޯޓް ހަދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ ބނޑދ
31 January 2024
މިސަރުކާރުން އެއާޕޯޓު މަސައްކަތް ހުއްޓާލާ ފަ މިހާރު 5 މިނިޓުން ދެވޭ ފ ނިލަންދޫގަ އެއާޕޯޓް ހަދަން ނިންމާ ބިޑުވެސް ހަވާލު ކޮއްފި . ދައުލަތުގެ ފައިސާއިން ކުރާއިސްރާފު މިސަރުކާރުން