ސަރުކާރުން މީގެ ކުރިން އިއުލާނުކުރި ސްކޮލަޝިޕް ފުރުސަތެއްގައި ސްކޮލަޝިޕް ލިބުނު މީހަކާ ލިޔުން ހަވާލުކުރަނީ. -- ފޮޓޯ: މިހާރު
01 ފެބުރުއަރީ 2024 - 19:02
ޗައިނާ ސަރުކާރުގެ އެހީގައި ހުރިހާ ހަރަދަކާ އެކު، އެ ގައުމުގައި މާސްޓާސް އަށް ކިޔަވަން ދިވެހިންނަށް 200 ސްކޮލާޝިޕަށް ހުޅުވާލައިފި އެވެ.
ޗައިނީޒް ސްކޮލާޝިޕް ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ "ޔޫތް އޮފް އެކްސެލެންސް ސްކީމް އޮފް ޗައިނާ ޕްރޮގްރާމް" ގެ ދަށުން ދޫކުރާ ސްކޮލާޝިޕްތަކުގެ ހުރިހާ ހަރަދެއް ދެނީ އެ ކައުންސިލުންނެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް އޮތް ކަމަށް ޗައިނާ އިން އަންގާފައިވާ ކަމަށެވެ.
އެއް އަހަރު ދުވަހުގެ އެ ސްކޮލާޝިޕްގައި ބައިވެރިވުމަށް ބޭނުންވާ ނަމަ އަންނަ އޭޕްރީލް 15 އިގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ. މާސްޓާސް ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހަށް ފޯމު ހުށަހަޅާނެ ގޮތުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް https://mohe.gov.mv/ އިން ލިބޭނެ އެވެ.
ޗައިނާގެ 78 ޔުނިވާސިޓީގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ކޯހަށް ހޮވޭ މީހުން ރާއްޖެ އިން ފުރުމުގެ ކުރިން އެ މީހަކު ބައިވެރިވާ ކޯސް ހިންގާ ޔުނިވާސިޓީ އާއި ކޯހަކީ ރާއްޖޭގެ އެމްކިޔުއޭ ގަބޫލުކުރާ ކޯހެއްތޯ ޔަގީން ކުރުމަށް މިނިސްޓްރީން އެދެ އެވެ.
ރައީސް ޑރ. މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ އާ އެކު.--
ޕްރޮފެޝަނަލް ނުވަތަ ލައިސެންސިން ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވިއްޖެ ނަމަ ކޯހަށް ފުރުމުގެ ކުރިން ކަމާ ބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްކަން ޔަގީން ކުރުމަށް ވެސް މިނިސްޓްރީން އެދިފައި ވެ އެވެ.
އެ ސްކޮލާޝިޕްތަކަށް ކުރިމަތި ލެވެނީ ޑިގްރީ ނިންމައި، އުމުރުން 45 އަހަރު ނުވާ މީހުންނަށެވެ.
ޗައިނާގައި މާސްޓާސް އަށް ކިޔެވުމަށް ފުރުސަތު ހުޅުވާލާފައި ވާއިރު، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް މަހު ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ގައުމުން އެހީވާ ދާއިރާތައް ހާމަކުރައްވައިފަ އެވެ.
އޭގެ ތެރޭގައި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދާއިރާ އިން 1،000 ސިވިލް ސާވަންޓުންނަށް ފުލީ ފަންޑެޑް ސްކޮލާޝިޕް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިސްވޭއިން
02 February 2024
ވަކި އުމުރުފުރަ އަކަށް ނޫން ތައްލީމް ހާސިލް ކުރުމުގެ ފުރުސަތު ދޭން ޖެހޭނީ ޓެކްސް ދައްކާ ހުރިހާ ރައްޔިތުން ވެސް އެހެން ކަމަށްވާނަމަ މީހާ ގައިގައި ކިޔެވުމުގެ ޝައުގާއި ކުޅަދާނަކަން ލިބިގެންވާނަމަ އެފަދަ މީހުންނަށް ޖެހޭނެ އެފުރުސަތު ދޭން އަދި ސަރުކާރުން ކޯސްތަކަށް ދޭ ފީ ވެސް ޖެހޭނެ 50 އަހަރުން މަތީގެ މީހުންނަށް ވެސް އެެމެން ކިޔަވާނަމަ ސަރުކާރުން ދެއްވާ އެއްޗެއް އެމެންނަށް ވެސް ދޭން ސަބަބަކީ އެއީ 50 އަހަރުވުމުން ވެސް ޓެކްސް ދައްކަން ޖެހޭ މީހަކަށްވާތީ
އަހުމަދުު
02 February 2024
ޒުވާނުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ތަށް ލިބެންޖެހޭނީ، 50 އަހަރުވެފަ ރިޓަޔަވާން ހުރިމީހަކާ 25 އަހަރުވެ އަދި އިތުރު 30 އަހަރު ހިދުމަތް ކޮށްދެވޭނެ މީހުން ބިނާކުރުން މާއައުލާކަން ބޮޑު.
އަބްޑޫޅް +
02 February 2024
ހޫނ ރަގަޅު. ރާއްޖޭގެ ހުރިހާ އިޝްކޫލެއްގަ ސިނަބަސް ކިޔަވައިދޭންވީ، މަޖުބޫރު މާއްދާއެއްގެ ގޮތުގަ. ހިންދުސްތާނު ފިލްމު ބަލާ މީހުން ޖޫރިމަނާ ކުރޭ/.
ދިޔަވަރު
02 February 2024
ޗައިނާއިން ދޭ އެހީ ކަމަކު ނުދޭ އިންޑިޔާއިން ދޭ ކުޑައެހީ މާރަނގަޅު
ކަންގަނާ
02 February 2024
ނެއް ވެބް ސައިޓްގައެއް
އަލީމު
01 February 2024
ކޮންބަހަކުން ބާ ކިޔަވައިދެނީ!
އިންޑިއ
01 February 2024
ވަރަށް ބޮޑަށް މަގޭ މޭކަރާ އެބަ ތިކަމާ.
އަފްރާސިޔާބު
01 February 2024
ރަނގަޅު ލަމެއް. ކުރިއަށް އޮތްތާނގައި ޗައިނާއިން ކިޔަވާ ރާއްޖޭގެ ދަރިވަރުން އިތުރުވާނެ.