ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއިން ރަން މެޑަލް ހޯދި ދިވެހި އެތުލީޓުންނަށް މަރުހަބާ ކިޔުމަށް، ސިފައިންނާއި ފުލުހުން ރަސްމީ ފާލަން ސަރަހައްދުގައި .-- ފޮޓޯ: ނިޝާން އަލީ | މިހާރު
22 ފެބުރުއަރީ 2024 - 10:53
ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ފުލުހުންނާއި ސިފައިންގެ މުސާރަ ދެ ގުނަކުރުން ލަސްވާތީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން މުހައްމަދު ދީދީ މަޖިލީހަށް އިއްޔެ ހުށަހެޅުއްވި މައްސަލައިގައި ބުނީ، ރައީސް މުއިއްޒު ކެމްޕެއިނުގެ ތެރޭގައި އެފަދައިން ވިދާޅުވެފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަށް އޮނިގަނޑު ވެސް ތައްޔާރުކޮށް ނިންމާފައިވަނިކޮށް ކަމަށެވެ.
ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ސެޕްޓެމްބަރު 15 ގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގަ އެވެ. އެކަމުގެ ތަފުސީލް ދެއްވަމުން ރައީސް އޭރު ވިދާޅުވެފައިވަނީ 2024 ވަނަ އަހަރު 35 ޕަސެންޓް ބޮޑުކޮށް، 2025 ވަނަ އަހަރު 25 ޕަސެންޓް އަދި 2028 ވަނަ އަހަރު 30 ޕަސެންޓް ބޮޑުކޮށް، މުސާރަ ދެ ގުނަ ކުރައްވާނެ ކަމަށެވެ.
ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް އެކަން ފަސްކޮށްފައިވާ ކަމަށާއި އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް އަންގާފައިވީ ނަމަވެސް އެކަން ކުރެވެން އޮތީ މާލީ ހާލަތު އެހާތަނަށް ރަނގަޅުވާ ނަމަ ކަމަށް ވެސް އަންގާފައިވާ ކަމަށް އެ މައްސަލައިގައިވެ އެވެ.
މައްސަލައިގައި ބުނީ ޕޭ ކޮމިޝަނުން އެގޮތަށް ބުނުމުން އެކަމަށް ރައްދު ދީ، އަންނަ މާޗު އެކެއްގައި މުސާރަ ބޮޑުވާނެ ކަން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށާއި ނަމަވެސް ބޮޑުކުރާނީ ފަސް އަހަރުގެ ދައުރަކަށް ބަހާލައިގެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
ނަމަވެސް ގައުމުގެ އިގްތިސޯދީ ހާލަތު ކުރިއަށް އޮތް ދެ ތިން މަސް ދުވަހު ރަނގަޅުނުވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ފުލުހުންނާއި ސިފައިންނަށް ބޮޑުކުރަން ފިނޭންސަށް އަންގާފައިވާ މުސާރައަކީ ދެ ގުނަ ބޮޑު މުސާރައެއް ނޫން ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.
"... އެއީ ދެ ގުނަ ބޮޑު މުސާރައަކަށް ނުވާތީއާއި އެއީ ރިޔާސީ ވައުދުފުޅާ ހިލާފު އޮނިގަނޑަކަށް ވާތީއާއި މި ކަންކަން ދިގުލައިގެންދާތީ އެއީ މި އިދާރާތަކަށް ކުރާ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމެއް،" މައްސަލައިގައި ބުނެފައިވެ އެވެ.
އެހެންކަމުން މުސާރަ ދެ ގުނަ ބޮޑުނުވާނެ ކަމުގެ ބިރު އޮތުމާއެކު، އެ ވައުދު ފުއްދުން އަވަސްކުރުމަށް އެ މައްސަލައިގައި ގޮވާލާފައިވެ އެވެ.
ކުރީ ސަރުކާރުން ނިންމާފައި ވަނީ މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލާއެކު ކޮންސްޓަބަލް ރޭންކުގެ ފުލުހެއްގެ މުސާރަ 11،000ރ. އިން 15،400ރ. އަށް އަދި ސިފައިންގެ ޕްރައިވެޓް ރޭންކުގެ މީހަކަށް 11،500ރ. އިން 16،300ރ. އަށް މުސާރަ ބޮޑު ކުރުމަށެވެ.
މި ސަރުކާރުން މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލާއެކު އެ އަދަދުތަކަށް ވެސް ބަދަލު އަންނާނެ ކަމެއް އަދި ސާފެއް ނޫނެވެ. އެކަމަކު ފުލުހުން ބުނެފައިވާ ގޮތުގައި، މާޗު 1 އިން ފެށިގެން ފުލުހުންގެ މުސާރަ ބޮޑު ވާނެ ކަން ފިނޭންސް މިނިސްޓްރީން އަންގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި ބިލިބިލި
22 February 2024
މަޖިލީހު މީހުނަށް ލިބޭ "އެތިކޮޅު" މަދުވެގެން މުސާރަޔަށް މީހަކަށް ލައްކަ އެއް ޖަހާލާފަ އަދި އެބަ ކިޔައެއްނު މަތިޖަހަން ސިފައިނާ ފުލުހުނޭ. ލަދު ކޮބާ؟
ނުބޭހެބަލަ
22 February 2024
މުސާ ބޮޑު ކުރުމަކީ މަޖިލީހަކާ ގުޅޭކަމެއްނޫން. ފިތުނަ މަޖިލިސް. ތިމާމެންގެ މުސާރަ އަމިއްލައަށް ބޮޑުބކުރެވިއްޖެ ނޫންތަ. ހަމަނހުޅުނބު ފޭބުން ނޫންކަމެއް އެބަ ވޭތެ.
ބަގުޑި
22 February 2024
މީ ޢެމްޑީޕީގެ ވެރިކަމެއްނަމަ މިދެބައި މީހުން ހުރީސް ފޯރި އިގޭ….
އިނދަޖައްސާލާ
22 February 2024
ވެރިކަމުގަ މިވަގުތު ނެތީމަ ތިބަލަނީ ގައުމު އިނދަޖައްސާލަންދޯ
ކިރު ސައި
22 February 2024
ތިން އިރު ހަމަޔަށް ކާންދިނުމުގެ އިތުރަށް އެއްޗެއް ދޭންޖެހޭ ވަރުގެ ހިދުމަތެއް ދޭބައެއް ނޫން! ލަނދު ކޮބާ؟
ރަދުން999
22 February 2024
މިގައުމުގައި އެކަށީގެންވާވަރަށް ފުލުންތިބެ އެންމެ ދައްކޮށް ހިނގާ އެއްތަނަކީ ތިޔައީ، މިހާރުވެސް އެމީހުންގެ މުސާރަ އާދަޔަ ހިލާފަށް ބޮޑުކަމަށް ފެނޭ- އެހެން ވަޒީފާތަކާ އަޅާބާލައިރު. ތިޔައީ 24 ގަޑިއިރު މަސައްކަތް ކުރާބައެކޭ ކިޔާފަ ޝިފްޓް ޑިއުޓީ ފުރަނީ ދުވާލަކު މަދު ގަޑިއރު ކޮޅެއް. އަދިވެސް ތިމީހުން ދެކެނީ ރައްޔިތުންނަށް އަނިޔާވެރި ބައެއްގެ ގޮތުގައި، އެމިސްރާބު ބަދަލުވުމުން ކުޑަ އެއްޗެއް މުސާރައަށް ޖައްސާލަން ފެނޭ. އަދި އެކަމެއް ނުފެނޭ.
ބަކުރުބޭ
22 February 2024
ސިފައިނާނާ ފުލުހުން ނޫންމީހުންވެސް މިގައުމުގަ އެބައުޅެޔޭ. އެމީހުންގެ މުސާރަޔާ އިނާޔަތާ ކެއުމާ ބޭސްފަރުވާއާ އާއިލާއަށް ތަށިބަރިއާ އަޅާ ކޮންމެ ހައުސިންގ މަޝްރޫއަކުން ފްލެޓާ ސިފައިންނާ ފުލުހުން އަޅާ ފްލެޓުން ޕްެންތުހައުސް ޓްރީޓޮޕުން ބޭސްފަރުވާ ދެން ކިޔާނެކަމެއްނެތް
ހަމީދާ
22 February 2024
ކަލޯމެން އަދިވެސް ކަންބޮޑުވާނީ ގިނައިން ލިބޭ މީހުންނަށް މަދުވާތީދޯ. ކޮބައިތޯ ސިވިލްސަރވިސްގަ އިދާރީ މަޤާމުތަކުގަ ތިބި ނިކަމތިން. މުޅި އުމުރު އެންމެ ދަށް މުސާރައިގަ. އަބަދު ދަރާ ވިކިފަ. 7000ރ އެއީ މިޒަމާނުގަ މުސާރައެއްތަ. ޓީޗަރަކަށް 20000ރ ނަރުހަކަށް 25000 އާ 35000 ރ ދެމެދުގެ އަދަދަކަށް. އެކަމަކު އިދާރީ ޑިގުރީ ހެދި މީހަކަށް 7000ރ އަންހެނުންކޮމިޓީތަކަށް ކަމެއް ނުކޮށްތިއްބަސް ރައީސަކަސް 7000ރ ކޮބާ އިންސާފު.
ތުނޑުހަސަނު
22 February 2024
ވަޢުދުވީ 2024 ވަނަ އަހަރުގެ ޖެނުއަރީގައި މުސާރަ ދެގުނަކުރާކަށްނޫން. 2024 ގައި %35 ބޮޑުކުރެވޭނެ ޑިސެންބަރުގައި ވެސް. އެއީ ވަޢުދާ ޚިލާފުވުމެއްވެސް ނޫން. 3 މަސް ނުވާ ސަރުކާރަކަށް ވަޢުދު ނުފުއްދިގެންނޭ ކިޔާ ތެޅިފޮޅިގަންނަންޖެހޭ ހިސާބަކަަށް އަދިނުދޭ. ގައުމަށް ހެޔޮއެދޭބަޔަކު އުޅޭފާޑަކަށްނޫން އަދި ތިޔަ އުޅެވެނީކީ.
އުދުހޭ
22 February 2024
2 ގުނަ ކުރަން ވަކި މުއްދަތެއް ޑރ މުއިއްޒުގެ ވައުދުގައި އޮތްތަ؟ އިބޫ މުސާރަބޮޑުކުރީ ފައިބަން 1 މަހަށްވެފަ އޮއްވަ.