03 ޖެނުއަރީ 2024 - 23:24
މާޗު 1 އިން ފެށިގެން ފުލުހުންގެ މުސާރަ ބޮޑު ވާނެ ކަން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށް، އޮފީސް އޮފް ދަ ކޮމިޝަނާގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މި މަހު އެ މުއައްސަސާގެ މުސާރަ ބޮޑު ނުވާނެ ކަން އަންގާފައިވާ ކަމަށް ބުނާ ހަބަރަކަށް ރައްދު ދެއްވައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރު ނިމެން އެއް ދުވަހަށް ވެފައި ވަނިކޮށް ޕޭ ކޮމިޝަނުން ވަނީ ފުލުހުންނާއި ސިފައިންގެ މުސާރައިގެ އޮނިގަނޑު ފޮނުވައިފަ އެވެ. އަދި ރައީސް އޮފީހުން އޭރު ބުނި ގޮތުގައި ޖެނުއަރީ މަހުން ފެށިގެން އެ ދެ މުއައްސަސާގެ މުސާރަ ބޮޑު ވާނެ އެވެ.
ނަމަވެސް އެކަމާ ގުޅޭ ގޮތުން "މިހާރު" ސުވާލު ކުރުމުން ފިނޭންސް މިނިސްޓަރު ޑރ. އަބްދުﷲ ޝަފީގް ވެސް ވަނީ ފުރަތަމަ ކުއާޓާ ތެރޭގައި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވެފަ އެވެ.
ފުލުހުންނާއި ސިފައިންގެ އިތުރުން ކަސްޓަމްސް އާއި އިމިގްރޭޝަންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޓު
06 January 2024
އެކީއްކުރަން؟ މިހާރު ލިބޭވަރު މަދީތަ؟ އަހަރުމެން ރަށުގަ ތިމީހުން “ހަވަރަށް އަރާ އެއްޗިހި” ވިއްކައިގެން ލައްކަ ލާރި ނަގާ މިހާރުވެސް. އެވަރުން ފުދޭނެ އެމީހުނަށް
އާއްމު މުވައްޒަފުން
04 January 2024
ފުލުހުންގެ ސިވިލް މުވައްޒަފުންގެ މުސާރަ ބޮޑުވާ ގޮތަކަށް ނޫން. އެއީ އެތަނުގައި ގެންގުޅޭ އަޅުން ތަ؟ 10000 ރުފިޔާ ޖުމްލަ މުސާރަ ނުލިބޭ ކިތައް ސިވިލް މުވައްޒަފުން އެބަތިބި؟ މިކަމަށް ހަމަ އެއްވެސް ހައްލެއް ނެތީތަ؟ ރިޓަޔާ ކުރެވޭ އުސޫލެއް ވެސް ނެތް. ޗުއްޓީ ނެގީމައި ޖެހިގެން އަންނަ މަހު 6000 ރުފިޔާ ލިބެނީ. ޗުއްޓީ ނުނަގާ ހުރީމަ ޗުއްޓީ ބާކީ ފައިސާއެއް ނުލިބޭ. މީ ކޮންކަހަލަ އިންސާފެއްތަ؟ ކީއްކުރާ ބައެއްތަ އެއީ؟ މިހިރީ ހިތާމަ ކުރަންޖެހޭ ކަން ކަން.
ޙުޝާމަދު
05 January 2024
ސިވިލް މީހުންނާއި ފުލުހުން އެއީ އެއް މަސައްކަތެއް ކުރާ ބައެއްތަ؟
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ރިޒްނާ
04 January 2024
ޖުޑީޝަރީ މުއައްޒަފުން މަތިން ހަނދާން ހުންނަ ސަރުކާރެއް ހަމަ ނެތީ.
މެސީ1
04 January 2024
ޖުޑިޝަރީއަކީ ދެކޮޅުންކާ ވެނެއް، ދެން ކޮން ބޮޑު މުސާރައެއް
މަފް
04 January 2024
މިގައުމުގަ ތިބީ ސިފައިންނާއި ފުލުހުން އެކަނި. އެމީހުންނަށް މުސާރަ ބޮޑުވެ ހިލޭ ބޭސްކޮއް ގެދޮރުވެސް އެމީހުންނަށް. ޑިކްޓޭޓަރޝިޕަކަށް ޤައުމުގެ މިސްރާބުހުރީ
ޙުޝަމަދު
05 January 2024
ކަލޭ އެ ވަޒީފާ އަށް ވަނީމަ ނިމުނީނު
ނުވިދޯ
04 January 2024
ކުރިންވީ ވައުދު ދުވަހަށް ނުފުއްދުނު ވާހަކަ ނުބުނަން ވެގެން ބުނާ ގޮތްތީ .
ޣފދދފފ
04 January 2024
ބުނާ އަޑު އިވުނު ގައުމު އޮތީ ދަރާވިކިފައޭ!! މި ކޮންކަމެއްވމިކުރަނީ!!!ކޮބާސިވިލް ސާވަންޓުން!! ?
ޖަޑިބު ހަސަނު
04 January 2024
މާރޗް 1 އަންނާނެބާ. ކުރީގެ ސަރުކާރާއި ޕޭ ކޮމިޝަނުން ރަސްމީކޮށް ފުލުހުންގެ މުސާރަ ޖެނުއަރީ 1، 2024 ގައި ބޮޑުވާނެ ކަމަށް ބުނެފައިވާތީ އެސިޓީ އާއި އެކު ފުލުސް އޮފީހުންވެސް މުސާރަ ބޮޑުވާނޭކަމަށް އަންގާފައިވޭ. މިހާރު ތިވެގެން އުޅޭ ގޮތަކީ މިސަރުކާރު ދަމަހައްޓަން / ސަނާކިޔަން ބޮޑު މުސާރަދީ ލީ އަދި ލަމުންދާ ސިޔާސީ މަގާމުތަކަށް މުސާރަ ދޭން ކުރާކަމެއް. މިއަހަރުގެ ބަޖެޓުގަ ޖެނުއަރީ 1 އިން ހިމަނާފަވާ ބައި ސަރުކާރުން ކަޓުވާލައި ކަލީ ތޯއްޗެއް.
ސައިނީސް
04 January 2024
އިންފުލޭޝަން %50 ޖެހިލާނެ މާޗް މަހުން ފެސިގެން
އަފަންދީ
04 January 2024
ކޮބާހޭ ސިވިލް ސާވިސްގެ މުސާރަ? .މިގައުމުގަ ދިރިއުޅެނީ ސިފައިންނާއި ފުލުހުނާ ޓީޗަރުުންނާ ޑޮކްޓަރުން އެކަންޏެއްނޫން....އިހުތިޖާޖަށް ތައްޔާރުވޭ
ހައްވާ ރިޒްވީން
04 January 2024
އަހަރެންވެސް ހަމަ ކޮސްވޭ. ސިފައިން ނާއި ފުލުހުން ޑޮކްޓަރުން ނާއި ނަރުހުން ޓީޗަރުން މިވެރިން އެކަނިހޭ ރާއްޖޭގައި ވަޒީފާ އަދާ ކުރަނީ. ވަކިބަޔެއްގެ މުސާރަ ބޮޑުކޮށްފަ އެހެންމީހުންގެ މުސާރަ ބޮޑު ނުކުރުމަކީ ވަރަށް ނާއިންސާފު ކަމެއް. ބަޔަކު ރުއްސަން ތީ ބޮޑުވަރު
އަހަންމަދާ
04 January 2024
ތައްޔާރު އެކަމަކު ތިޔަކަން ވެސްކުރުމެއް ނެތް މިހެން ރީތިކޮށް ނަމާދުކޮށްލައިގެން އުޅެލީމަ ނިމުނީ ސަރުކާރު ހިންގާ ހިންގަން ހަދާ ދޮކާ މަކަރުގައި ނުޖެހި އުޅެވޭތޯ ބަލަމާ
ޙުޝާމަދު
05 January 2024
ކަލޭމެން އަމިއްލަ ވަޒަނުގަ އަނބިދަރިން ކައިރީގަ އުޅެވޭނުން ބޭނުން ގޮތަކަށް، ރަށުން ބޭރުގައި އަމިއްލަ ފުރާނައިގެ އެއްވެސް ޔަގީންކަމެއް ނެތް ގޮތުގައި މަސައްކަތް ކުރާ ބަޔަކާ ކަލެޔާ އެއް ލެވެލް އަކަށް އަންނާނެ ގޮތެއް ބުނެބަލަ
ޚަތުމާ
04 January 2024
ޕޮލިހުގަ އުޅޭ ސިވިލް ކުދިން މުސާރަ ބޮޑުނުވެގެން އުޅޭ ކަމަށްވަނީ. ތި ނޫހުން އެކަމުގެ ވާހަކަ ތި ހަބަރުގަ ގެނައި ނަމަ ވަރަށް ހަބޭސްވީސް. ހަބަރަކީ ތަހުގީގުކޮށް ކުރިން ވެފަ ހުންނަ ކަންތައްތަކާއެކު އާންމު ކުރެވޭ އެއްޗަކަށް ވާންވާނެ. ހަމަ ސީދާ އެއް ޕޮއިންޓްގަ ހިފާ ދެމީމަ ކަޑަ. ފަސް ކ އިތުރުން އެބައިވެސް އައިސްގެން ފުރިހަމަކަން ފެންނާނީ.
ފަތުމާ
04 January 2024
ޕޮލިސް ސިވިލް ސްޓާފުންނެއް ތިޔަ ބޮޑުވި މުސާރަ އޮނިގަނޑުގައި ނެތް. ތި ބުނެވުނީ ހަމަ ރަނގަޅަށް. ފުލުހުންގެ ސިވިލް ސްޓާފުންގެ %70 އަކީ 10000 އިން ދަށުގެ މުސާރައިގަ ގެންގުޅޭ ބައެއް. ވަރަށް ބޮޑަށް އެމީހުންނާއިމެދު އިޙްމާލުވެފައި އޮތީ މިހާ ތަނަށްވެސް.