ފުލުހުންގެ ރަސްމިއްޔާތެއްގައި އޭސީޕީ ޝިފާން (ވ) އަދި އެހެން ބައެއް އޮފިސަރުންނާ އެކު ބައިވެރިވެވަޑައިގަންނަވަނީ.
10 ނޮވެމްބަރ 2025 - 11:32
ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާންއާ ގުޅޭ ޒާތީ މައުލޫމާތުތަކެއް ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑު (ޕީއެސްސީ) ގައި ރެކޯޑް ކޮށްފައި ވަނިކޮށް، އެ މައުލޫމާތުތަކަށް އެހެން އޭސީޕީއަކު ބަދަލު ގެނެސްފައިވާ މައްސަލައެއް ޝިފާން ފެންމަތިކުރައްވައި، އެ މައްސަލަ ބަލައިދޭން މިއަދު ހުށަހަޅުއްވައިފި އެވެ.
ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނަށް ފޮނުއްވި ސިޓީއެއްގައި ޝިފާން ވިދާޅުވީ، އޭނާއާ ބެހޭ ޒާތީ މައުލޫމާތުތަކެއް މި އަހަރުގެ މޭ މަހު ޕީއެސްސީގައި ރެކޯޑް ކޮށްފައިވާއިރު، އެހެން އޭސީޕީއަކު އެ ރެކޯޑުތަކަށް ބަދަލު ގެނެސްފައިވާކަން ޑިޖިޓަލް ޑޭޓާ އަދި ޓެކްނޮލޮޖީގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މޭ 29 ގައި ރަސްމީކޮށް ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ ގެނެސްފައިވާނެ ކަމަށް އެ ސިޓީގައި ޝިފާން ވިދާޅުވި އެވެ.
"އަދި ހަމަ މިއާ އެކު، އަޅުގަނޑާ ބެހޭ ގޮތުން، މި ހިދުމަތުގައި ޕީއެސްސީގެ ނިޒާމުގައި ރައްކާ ކުރެވިފައިވާ ބައެއް މައުލޫމާތާއި އަދި ހަގީގަތާ ހިލާފު އެތައް މައުލޫމާތެއް، ބައެއް ރަސްމީ އިދާރާތަކާއި ލޯކަލް ބައެއް ނޫސް އެޖެންސީތަކަށް، މި ނިޒާމަށް އެކްސެސް އޮތް ފަރާތްތަކުން، 8 ނޮވެމްބަރުގައި ހިއްސާ ކޮށްފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ،" ޝިފާން ވިދާޅުވި އެވެ.
އެހެންވެ، ފުލުހުންގެ ހިދުމަތުގައި އެކަށަައަޅާފައިވާ ނިޒާމުގެ ތެރެއިން އެ މައްސަލަ ބަލައި ދިނުމަށް ސީޕީ ނަވީންގެ އަރިހުން ޝިފާން އެދިވަޑައިގަތެވެ.
އެ ކަމަށް ޝިފާން އެދިވަޑައިގެންނެވިއިރު، އޭނާއާ ގުޅޭ ގޮތުން ކުރާ ތުހުމަތުތަކެއްގެ މައްސަލައެއް ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް 11 އޮފިސަރަކު ވަނީ ހުށަހަޅައިފަ އެވެ. ޗީފް ސުޕްރިންޓެންޑެންޓުން ފެށިގެން މަތީގެ ރޭންކުގައި ތިއްބެވި އެ 11 އޮފިސަރުން އެ މައްސަލަ އެ ކޮމިޓީގެ ސަމާލުކަމަށް ގެނައީ ވިސްލްބްލޯވަރުންގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަޅުމަސް
10 November 2025
ދެން ވިސްނާލާ އާއްމު ރައްޔިތުންގެ ރެކޯޑުތަކަށް ވެގެން ދާނެގޮތް؟ ކުއްވެރިން ދޫކޮށް، ކުށެއް ނުކުރާ މީހުން ހައްޔަރުކޮށް، މިކަހަލަ އެތަކެއް ޖަރީމާއެއް ހިންގާނެ ކަމުގެ ނިޝާން މި ފެންނަނީ..
ރަދީފްއޮފިޝަލް / ސްމޫތު ކްރިމިނަލް
10 November 2025
ލީޑަޝިޕްގެ ވާދަވެރިކަމުގަ އެކަކު އަނެކަކަށް ލަނޑު ދިނުމުގެ ސަގާފަތެއް އަބަދުވެސް ފުލުހުންނާ ސިފައިންގެތެރޭގަ އޮވޭ.
އަކްމެޑް
10 November 2025
ޒާތީ ކޮން މައުލޫމާތެއް؟ ޕްރޮފެޝަނަލް ސްޓޭންޑަރޑްސްގަ އާއްމުކޮށް (ގައުމުތަކުގަ) ހުންނާނީ އެމީހަކު އެ އޮގަނައިޒޭޝަނެއްގަ އުޅެނިކޮށް ހިނގާފަ ހުންނަ އިންސިޑެންޓް ކަހަލަ މައުލޫމާތު.
އެސްއޯފުލުސް
10 November 2025
ޝިފާންއާއި ގުޅޭގޮތުން 241 ކޮމެޓީއަށް ހުށަހަޅާފައިވާ ސިޓީގަ ހުރި ވާހަކަތަކަށް ބަލާއިރު، އޭގެ ހުރި ވާހަކަތަކަކީ ކޮންމެކޮންމެ ޕޮލިހަކަށް އެނގޭނެ އަދި ލިބޭނެ މަޢުލޫމާތެއްވެސްނޫން. އެމަޢުލޫމާތުތައް ލިބޭނީ ޕޮލިސްގެ އެތެރޭގެ ތަޙުޤީޤުކުރާ ޑިޕާޓްމަންޓުން ނޫނީ ޓީޑީ އަށް. އެދެތަނުގެވެސް ވަކި ބަޔަކަށްނޫނީ އެކަމުގެ އެކްސެސްނުލިބޭނެ. މިކަންކަމަށް ބަލާއިރު ސާފުކޮށް އެނގޭ އެއީ އެދެތަނުގެ އިސްވެރިން ބައިވެރިވެގެން ކޮއްފައިއޮތް ކަމެއްކަން.
ވަންޗޫ
10 November 2025
މީ އަދި މިމީހުން ހިންގާލައިފަ ހުންނަ ޖަރީމާގެ ކުޑަމިންވަރެއް! ބައެއް ރައްރަށުގަ އުޅޭ ޕޮލިހުން އެބަތިބި ރަށުގަ ޑުރަގުވިއްކާ ބޯ މީހުންއަތުން ބޮޑެތިއަދަދުތަކުން ލާރިވެސް ނަގައިފަ. ޑްރަގުވިއްކާ ކުދިން މިވާހަކަ ދައްކަނީ! މިހެންލިބޭ ހޯދާލާރިން ގެ ދެބުރި 3 ތިންބުރިއަށް ހިއްލާލާ އަނބިދަރިން ގޮވައިގެން އަހަރު ދެކޮޅު ރާއްޖޭން ބޭރަށް ގޮސްލާއެއުލެނީ! މިކިޔަނި އަދި އާދައިގެ ކުދިކުދި ޕޮލިސް ސްޓޭޝަންތަކުގަ މަސައްކަތް ކުރާ މީހުންގެ ވާހަކަ! ވެރިން ކިހާވަރެއްވާނެ!
ށަލީމާ
10 November 2025
ތަޅާފޮޅުމެއްގަ މި މީހުން މިއުޅެނީ. ދެން ވިސްނާލަބަލަ ހިދުމަތެއް ކުރާނެ ގޮތެއް. ހިދުމަތަށް ކުރިޔަސް…
ހުސް
10 November 2025
ފުލުސް އޮފީސް ބެލެހެއްޓޭނީ ފުލުސް އޮފީސް ބަލަހައްޓަން ހަވާލުވެފައިތިބި އެންމެ އިސް ފަރާތުން ފެށިގެން އޮފީސް ހިންގަން އޮފީހުގައި ގޮނޑީގައި ރަށުގައި ހުރެގެން! އެކަން ނުކުރެވި ތާއަބަދު ދަތުރު ތަކުގައި އުޅޭނަމަ ހިންގޭނެ އޮފީހެއް ނޮއޮންނާނެ! ޖަވާދާރީ ކުރުވުމާއި ފިޔަވަޅު ނޭޅޭނަމަ ފުލުހުން އިތުރަށް ފަޞީޙަ ވާނީ! ފުލުހުންގެތެރޭ ތިބި ކޮރަޕްޓް މީހުން މިހާރުން މިހާރަށް މަގާމުން ވަކިކޮށް ތަން ހަމަމަގަށް އަޅުވަންޖެހޭ ސަރުކާރުން!
ރަދީފްއޮފިޝަލް /
10 November 2025
ސަހަލު އެކަކުވެސް އެބަހުރިތަ؟؟ މިމީހުން އަހަރުމެން މަގުމަތިން ހުއްޓުވާފަ ސުވާލުކުރަން ލަދެއް ނުގަނޭ.ލަދު ކޮބާ؟؟ ވ.ވެދުން
ނާށި
10 November 2025
ދެން ކިހިނެތް މި މީހުން ކުރާ ތަހުގީގަކަށް އިތުބާރު ކުރާނީ. ނިޒާމުން ބޭރުން ރެކޯޑުތަކާ ކުޅޭ ވާހަކަ މިދައްކަނީ. ފުލުންގެ އިދާރާގެ ތަހުގީގުގެ ބައި ނޭޝަނަލް އިންވެސްޓިގޭޝަން ބިއުރޯ ހަދާފަ އެތަނާ ހަވާލުކުރަންވީއެވެ. ފުލުހުން ދައުރަކީ ހަމައެކަނި އަމަން ބެލެހެއްޓުމަށް ފޯރި މެރުމާއި މުޒާހަރާތަކާއި އެއްވުންތަކާއި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވާ ބަޔަކަށް ހަދަންވެއްޖެ
ޖަރީމާ ރިޕޯޓު
10 November 2025
ރައްޔިތުންވެސް އެބަހުރި ފުލުހުންގެ ބައެއްް ވެރިންނާ ގުޅޭ މައްސަލަތައް. ހޮޓާ ތަކަށް އަރާ އާއްމުންނާ ޒުވާބު ކުރުމާ ޖަރިމާ ހިންގުމާ ބުލެކު ވިޔަފާރިއާ ހުވަޔާ ހިލާފުވުމާ އެތައް ކުށެއް. ކޮންތާކަށް ރިޕޯޓު ޖަހަންވީ؟