ދިވެހި ފުލުހުންގެ އިސް ތަރުޖަމާނުގެ މަގާމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވަކިކޮށް، އެ މަގާމަށް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އަލީ އާރިފް މިއަދު ހަމަޖައްސައިފި އެވެ.
ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމަށް ޝިފާން އައްޔަންކުރީ ފެބްރުއަރީ، 2024 ގަ އެވެ. އެ މަގާމުން ޝިފާން މިއަދު ވަކިކޮށްފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.
ފުލުހުންގެ ތަރުޖަމާނަކަށް އައްޔަން ކުރުމުގެ ކުރިން އާރިފް ހުންނެވީ ސްޓްރެޓެޖިކް ޕްލޭނިންގް އެންޑް ލީގަލް ސާވިސް ޑިޕާޓްމަންޓްގަ އެވެ. އަދި އޭނާ ކުރިން ވަނީ ގޭންގް ކުށްތަކާ ބެހޭ ޑިޕާޓްމެންޓްގައި ވެސް އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ.
އެނގިފައިވާ ގޮތުގައި ސްޕޯކްސްޕާސަންގެ މަގާމުން ވަކިިކުރި ޝިފާނަށް އެހެން ޒިންމާއެއް މިހާތަނަށް ހަވާލުކޮށްފައެއް ނުވެ އެވެ.
ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމަށް ބަދަލު ގެނައިއިރު، ފުލުހުންގެ އިދާރީ އޮނިގަނޑަށް ވެސް ދާދިފަހުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.