ދީޕިކާ ޕަޑުކޯން އާއި އޭނާގެ ފިރިމީހާ ރަންވީރް ސިންގް.
22 ފެބުރުއަރީ 2024 - 11:20
ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯން ބަލިވެއިން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
އިންޑިއާގެ މެގަޒިންއެއް ކަމަށްވާ "ދަ ވީކް" އިން ދީޕިކާ އަދި އޭނާގެ ފިރިމީހާ ރަންވީރް ސިންގްއާ ގާތް މީހަކާ ހަވާލާދީ ބުނެފައި ވަނީ ދީޕިކާ އިނީ އެ ދެމަފިރިންގެ އަލަތު ދަރިފުޅަށް ބަލިވެ ކަމަށެވެ.
ދީޕިކާގެ ބަނޑަށް ހަ މަސް ވެއްޖެ ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.
ނަމަވެސް މި ޚަބަރު އެ ދެމަފިރިން މީޑިއާއަށް ކަށަވަރުކޮށެއް ނުދެ އެވެ.
ދީޕިކާ ބަނޑުބޮޑު ކަމަށް ފުރަތަމަ އަޑު ފެތުރުނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިނގިރޭސިވިލާތުގެ އެންމެ ޝަރަފުވެރި ފިލްމް އަދި ޓީވީ އެވޯޑް ބާފްޓާއަށް ދީޕިކާ ދިޔައިރު އޭނާ ލައިގެން ހުރި ސާޅިން، ބަނޑު ވަރަށް ބޮޑަށް ފޮރުވާފައި ހުރުމުންނެވެ.
މިދިޔަ މަހު ދީޕިކާ ވޯގް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ވެސް ވަނީ ކުދިން ހޯދުމާ ގުޅޭ ގޮތުން ވާހަކަދައްކައިފަ އެވެ. އެ ދެމަފިރިން ކުއްޖަކު ހޯދަން ވިސްނާތޯ އެ އިންޓަވިއުގައި ސުވާލު ކުރި އެވެ.
"އާނ ޔަގީން. ރަންވީރް ވެސް، އަހަރެން ވެސް ކުޑަކުދިންގެ ދެކެ ވަރަށް ލޯބިވޭ. އަހަރެމެންނަށް ކުއްޖަކު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި މި ތިބީ،" ދީޕިކާ ބުންޏެވެ.
ރަންވީރް އާއި ދީޕިކާ ކައިވެނިކުރީ ނޮވެމްބަރު 14، 2018 ގަ އެވެ. އެ މީހުން ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަ އަހަރުވީ ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަރެންމީ
26 February 2024
އަދި ކިރިޔާ ތި އެނގުނީ؟؟؟؟ހާދަ ފަހަތުގައޭ ތި އުޅެނީ،މަގޭ މިއައީ އިންޑިޔާއަށް ގޮސްފަ އިއްޔެގަ،އޭނަ ނުބުނޭ މީހަކާ އިނދެ ގެން އުޅޭވާހަކަ އެއް،މަ އުޅުނިން ދީޕިކާ މާމަ ވެސް ގޮވައިގެން،މާމަ ނުބުނޭ ތިވާހަކަ އެއް،ތި ދޮގަކަށް ވާނީ ޔަގީން،
ޝާޒުމާރީ
24 February 2024
މަގޭ އަންހެނުންވެސް ބަނޑުބޮޑު ، ނޫހުގަ ޖަހާދީބަލަ، މި ނޫސްވެރިންވެސް ތިބެނީ އިންޑިއާ އަށް ވިކިހުސްވެފަ، ނުޖެހޭ އެމީހުން ވާހަކަ ޖަހާކަށް ، ރާއްޖޭގެ ބަނޑުބޮޑުވާ އަންހެނުންގެ ލިސްޓެއް ބޭނުމިއްޔާ މަށާ ގުޅާލަ، ލިބޭނެ.
ލޮލްލޮލް212
28 February 2024
ބްރޯ އުޅޭނީ ކިތައް މީހުންނާ އިނދެގެން؟
އަޅި އަލީ
22 February 2024
މަށައް ދޯކާދީފަ ގޮސް މީހަކަ އިނދެގެން ދަރިއަކުވެސް ލިބެނީ! އަދި މަށަށް ލިބޭނެ ! ކަލާ އަދި މަގޭ ހައްގަކަށް ހަދާނަން! އިންތިޒާރު ކުރާނަން!
ލިޓުލ
22 February 2024
ދެން ބަނޑު ހިނދޭތޯ ކަސްރަތުކުރަންވީނު. ކިހާ ބޮޑުވެއްޖެ ކަމެއްތަ ދެން