ޚަބަރު / ސުޕްރީމް ކޯޓް

ޖުމްލަ މެންބަރުން ގުނާ ގޮތަށް ގެނައި ބަދަލު ގޯސް، އެކަމަކު އަޅާނެ ފިޔަވަޅެއް ނެތް: ސުޕްރީމް ކޯޓު

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ހުކުމް އިއްވަނީ: މަޖިލީހުގެ ނިންމުން ގޯސް ކަމަށް ކަނޑައެޅި

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނަމަވެސް، މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ބާތިލްކޮށް އަލުން އެހެން މާއްދާތަކެއްގައި އެ އިސްލާހުތައް ލިޔެފައިވާތީ، މައްސަލާގައި ބަޔާންކޮށްފައިވާ މާއްދާތައް މިވަގުތު ވުޖޫދުގައި ނެތުމުން ކޯޓަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމްގައި ބުންޏެވެ.

ޖުމްލަ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން ގަވައިދަށް ގެނައި އިސްލާހުތައް ބާތިލް ކުރަން ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ މަޖިލީހުން ކަންކަން ނިންމުމުގައި އެކި މައްސަލަތަކުގައި އެކި އަޣުލަބިއްޔަތު ގާނޫނުއަސާސީގައި ކަނޑައަޅާފައިވަނީ މުހިންމު ބޭނުމެއްގައި ކަމަށެވެ. އެއީ ހައްސާސީ މައްސަލަތަކުގައި ވީހާ ވެސް ގިނަ ރައްޔިތުން އެ ނިންމުންތަކުގައި ޝާމިލްވުން ކަމަށް ހުކުމްގައިވެ އެވެ.

މަޖިލީހުގެ ކޮންމެ ގޮނޑިއަކީ އެންމެ މެންބަރަކަށް ނިސްބަތްވާ ގޮނޑިއެއް ނޫން ކަަމަށާއި އެ ގޮނޑީގެ ފަހަތުގައި އެތައް ހާސް ރައްޔިތުންނެއް ތިބޭ ކަމަށް ހުކުމްގައިވެ އެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އަޑު ކަމަށާއި އެއީ ރައްޔިތުންގެ ބާރު ކަމަށް ވެސް ސުޕްރީމް ކޯޓުގައި ބުންޏެވެ.

"...ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ގޮނޑިއެއް އެއީ އިންތިޚާބީ ދާއިރާ ތަމްސީލުކުރާ އެއްޗެކެވެ. އެންމެ ގޮނޑިއެއްގެ ފަހަތުގައި އެތައް ހާސް ރައްޔިތުންނެއް ތިބެއެވެ. އެންމެ ގޮނޑިއެއް ތަމްސީލުކުރާ މެންބަރަކީ އެތައް ހާސް ރައްޔިތުންނެއްގެ މަސްލަހަތު ތަމްސީލުކުރާ މަންދޫބެވެ. މިއީ އެ މެންބަރަކު ޖަލްސާއަކަށް ހާޒިރުވިޔަސް ނުވަތަ ނުވިޔަސް ނުވަތަ ހާޒިރުވެ ނިންމުމެއްގައި ބައިވެރިވިޔަސް ނުވަތަ ނުވިޔަސްވެސްމެއެވެ. ކޮންމެ މެންބަރަކަށް އެ އިންތިޚާބީ ދާއިރާއެއްގެ ރައްޔިތުން ހަވާލުކުރަނީ މަތިވެރި ވާޖިބެކެވެ. ބޮޑު މަސްއޫލިއްޔަތެކެވެ،" ހުކުމްގައިވެ އެވެ.

އެހެންކަމުން، މަޖިލީހުގެ ގޮނޑިއެއް ހުސްވުމަކީ އެ ދާއިރާއެއް މަޖިލީހުގައި އެއްކޮށް ތަމްސީލް ކުރުން ހުއްޓޭނެ ކަމެއް ނޫން ކަމަށް ހުކުމްގައި ބުންޏެވެ. ގޮނޑީގައި މެންބަރަކު ނެތުމުން ވަކި ގޮތަކަށް އެ ދާއިރާއަށް ވޯޓު ނުދެވިދާނެ ކަމަށާއި ނަމަވެސް، އެ ހުސް ގޮނޑި ވެސް ހުރިކަމާއި ރައްޔިތުންތަކެއް ތިބިކަން އިހްސާސް ކުރެވޭނެ ކަމަށް ހުކުމްގައިވެ އެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އިއްވެވި ހުކުމްގައި ބުނީ ރައްޔިތުންގެ މަޖިލީހުން ކަންކަން ނިންމުމަށް ކޯރަމް ހަމަނުވެގެން ޖަލްސާތައް ނުބޭއްވިގެން ނޫޅޭ ކަމަށާއި މިވަގުތު ވެސް މަޖިލީހުގައި 80 މެންބަރުން އެބަ ތިއްބެވި ކަމަށެވެ. އެއީ އެންމެ ބޮޑު އަޣުލަބިއްޔަތެއް ބޭނުންވާ، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭނުންވާ އަޣުލަބިއްޔަތު ވެސް ލިބޭ އަދަދެއްގެ މެންބަރުން ކަން ހުކުމްގައި ފާހަގަކުރި އެވެ. އެހެންކަމުން، ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަ ނަމަވެސް، އެ އަޣުލަބިއްޔަތު ހަމަކޮށްގެން އެކަން ކުރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ހުކުމްގައިވެ އެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗު: މަޖިލީހުގެ ނިންމުން ގޯސް ކަމަށް ކަނޑައެޅި

ހުކުމްގައި ބުނީ މަޖިލީހުން ގަވައިދަށް ބަދަލު ގެންނަން މަޖިލީހުން ނިންމާފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށާއި އެ މަޖިލީހުގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ވެސް ގާނޫނުއަސާސީގައި ބުނާ އަޣުލަބިއްޔަތަށް ވުރެ ވެސް ގިނަ މެންބަރުން އެބަ ތިބި ކަމަށެވެ. ނަމަވެސް، މެންބަރުންގެ އަދަދާ މެދު ގެނައި ބަދަލުވުން މަޖިލީހުގައި މެޖޯރިޓީ އޮތް ސިޔާސީ ފިކުރުގެ ވޯޓުތައް ވަރުގަދަވެގެން ދިޔުން ނޫން އިތުރު ނަތީޖާއެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.

ނަމަވެސް، މަޖިލީހުގެ މެންބަރުންނަކީ އަމިއްލަ މަސްލަހަތާއި ޒަތީ މަސްލަހަތު ކުރިއަރުވަން މަޖިލީހުގައި ތިއްބަވާ ބައެއް ނޫން ކަމަށާއި ކުރިއަރުވަން ޖެހޭނީ މުޅި ގައުމާއި ރައްޔިތުންގެ ހެވާއި ލާބަ ކަމަށް ހުކުމްގައި ބުންޏެވެ.

"އެހެންކަމުން، މަޖިލީހުން ނިންމި ނިންމުމަކީ ހެޔޮ ނިޔަތުގައި ކުރި ކަމެއް ކަމަށް ގަބޫލު ކުރަން އަހަރެންނަށް ދަތި،" ޑރ. އަޒްމިރަލްދާ ވިދާޅުވި އެވެ.

ފަސް ފަނޑިޔާރުން އިއްތިފާގުވި ހުކުމްގައި ފާހަގަކުރީ:

- ހުސް ގޮނޑިތައް ނުހިމަނައި ޖުމްލަ މެންބަރުން ގުނުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް

- ގާނޫނުއަސާސީ 71 ވަނަ މާއްދާއަކީ ހުސް ގޮނޑި ނުގުނަން ފަހިކޮށްދޭ މާއްދާއެއް ނޫން

- ހުސް ގޮނޑި ނުހިމަނައި ޖުމްލަ މެންބަރުން ގުނުމުގެ ނަތީޖާއަކީ ގާނޫނުއަސާސީގެ އޮނިގަނޑު ރޫޅިގެން ދިޔުން

- ޖުމްލަ މެންބަރުންގެ އަދަދު ގުނާކޮށް ބަދަލުކުރީ މަޖިލީހުގެ ހުދޫދުގެ ބޭރުން

- ފަހުން އިސްލާހު މަޖިލީހުން ބާތިލްކޮށްފައިވާތީ މިކަމުގައި އަޅާނެ ފިޔަވަޅެއް ނެތް

އެޓާނީ ޖެނަރަލް އޮފީހުގެ ވަކީލުން ސުޕްރީމް ކޯޓުގައި: މަޖިލީހުގެ ނިންމުން ގޯސް ކަމަށް ކަނޑައެޅި

މައްސަލަ ފެށުނު ގޮތް

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ ގާނޫނުއަސާސީގައި ވަކި އަދަދެއް ކަމަށް ކަނޑައަޅާފައި އޮތް ކަމެއް ނޫނެވެ. އޮތީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައިވާ ޖުމްލަ މެންބަރުން ކަނޑައަޅާނެ އުސޫލެވެ. އެ އުސޫލުން މިހާރު ކުރިއަށް ގެންދާ މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދަކީ 87 އެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެން ޖެހޭނެ ކަމަށެވެ. އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަން ޖެހެ އެވެ.

އެހެންކަމުން، ކޮންމެ މަޖިލީހެއްގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅެނީ މި އިދާރީ ދާއިރާތަކާއި މީހުންގެ އާބާދީ އަށް ބެލުމަށް ފަހު އެވެ. ގާނޫނުއަސާސީގައި ބަޔާންކުރާ މެންބަރުންގެ ޖުމްލަ އަދަދު ގުނާނެ ހަމައަކީ އެއީ އެވެ.

ނަމަވެސް، އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝިފާއުގެ ހުށަހެޅުން އައީ މަޖިލީހުގައި ބާކީ އޮތް މުއްދަތަށް، މެންބަރުންގެ އަދަދު ވަކި އުސޫލަކުން ގުނާށެވެ. އެއީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވުމާ އެކު، އެ ގޮނޑިތައް ހުސްވެފައި ވާތީ އެވެ. އެ އިސްލާހާ އެކު، މަޖިލީހުގެ މި ދައުރުގެ ޖުމްލަ މެންބަރުންގެ އަދަދު 87 އިން 80 އަށް ދަށްވެ އެވެ.

މިހާރު މަޖިލީހުގެ ޖުމްލަ އަދަދު ގުނަމުން ދަނީ ވެސް 80 ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ނިންމާ ގިނަ ނިންމުންތައް ފާސްވާނެ ގޮތް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ނުވަތަ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް، މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ ނުވަތަ ކޯރަމަކީ މަޖިލީހުގެ މެންބަރުންގެ 25 ޕަސެންޓެވެ. އެހެންކަމުން، މަޖިލީހުގެ ކޯރަމަކީ ވެސް ޖުމްލަ މެންބަރުންގެ އަދަދާ ވަރަށް ބޮޑަށް ގުޅިފައިވާ އަދަދެކެވެ.

ގާނޫނުއަސާސީގައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް ރިއާޔަތްކޮށް ގޮތް ކަނޑައަޅަން ޖެހޭ މުހިންމު ހަ ކަމެއް ފާހަގަކޮށްފައިވެ އެވެ. އެއީ، މެންބަރުންގެ ޖުމްލަ އަދަދުގެ ވަކި ޕަސެންޓަކުން ފާސްކުރަން ޖެހޭނެ ކަމަށް ލާޒިމްވާ ކަންކަމަށް ވާއިރު، މަޖިލީހަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން މި ކަންކަން ފާހެއް ނުކުރެވެ އެވެ.

ޖުމްލަ މެންބަރުން މިގޮތަށް ގުނަމުން ދަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެގޮތަށް އަމަލު ކުރުން ފަސް ކުރަން އަމުރުކޮށްފަ އެވެ. ނަމަވެސް، މަޖިލީހުން އެ އަމުރަށް ތަބާނުވާން ނިންމައި ތަޅުމުން ފާސްކުރީ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަަލައިގެން ކުރިއަށްދާށެވެ. އޭގެފަހުން މަޖިލީހުގެ ގަވައިދުން އެ މާއްދާތައް އުނިކޮށް އަލުން އިތުރު މާއްދާތަކެއް ހަމަ އިސްލާހު އޮތް ގޮތަށް ލިޔުނެވެ.

އެ މާއްދާގެ ދަށުން ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރާ ބިލް ވެސް ވަނީ ރައީސް ތަސްދީގުނުކޮށް ފޮނުވާލުމުން ފާސްކޮށްފަ އެވެ. މިހާތަނަށް ރައީސް އެ ބިލް ތަސްދީގުކޮށްފައިނުވާއިރު، ގާނޫނުއަސާސީއާ ހިލާފަށް މެންބަރުންގެ އަދަދު ގުނައިގެން ނިންމާ ނިންމުންތައް ބަލައިނުގަންނަ ކަމަށް ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

101 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 15%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސޯ

01 March 2024

ހުސްގޮޑި ދައްކައިގެން އައިސަރުކާރު ދާކޮންމެރަށަކުން ހުސްގޮޑިއާ ބައްދަލުކުރަންޖެހޭ. މަޖިލީހަށްވަޑައިގެން މުޚާދަބުކުރަން ޖެހުނީ ހުސްގޮޑިޔާ. ޖަލްސާތަކުން ގިނައިން ފެންނަނީ ހުސްގޮޑި. ހުސްގޮޑީގެ ސަރުކާރަކަށްވީމަ ކޯޓުންވެސް އެއޮތީ ސަރުކާރުކޮޅަސް ހުސްގޮޑީގެ މައްސަަލަ ނިންމާމަ. ހުސްގޮޑީގެ ހުކުމަކީ ބުއްދިގަބޫލުކުރެވޭކަހަލަ ހުކުމެއްނޫން.

The name is already taken The name is available. Register?

ނަމެއްނެތޭ

01 March 2024

ހާދަ ވަރަކަށް ޒާތީ ވެފަ؟ ސުޕްރީމް ކޯޓުން ކޮންމެފަހަރަކު ތިމާއާއި ތިމާގެ ޕާޓީ ބޭނުންވާގޮތަށް ކަންކަން ނުނިންމާނެ. ހަޖަމްކުރަން ދަސްކުރަން އެބަޖެހޭ.

The name is already taken The name is available. Register?

އަލީރާޖާ

01 March 2024

މެންބަރުންގެ އަދަދު ގުނަންޖެހޭނީ މެންބަރުން ގެ އަދަދުން. އެހެން ނޫނީ ތި ގުނެނީ ގޮނޑީގެ އަދަދު.

The name is already taken The name is available. Register?

މެންބަރުން

01 March 2024

ގާނޫނުއަސާސީއާ ގާނޫނުތައް ހަދަނީ މަޖިލީހުން. މަޖިލީހުން ހަދާ ގާނޫނުތަކުގަ ބާގަނޑުހުރުން އެއީ ސުޕްރީމް ކޯޓުން ކުރާނެކަމެއް ނޫން. ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގަ އެ ބާގަނޑުތައް ބައްދާފައެއް ނޫން ގޮތް ނިންމަނީކީ.

The name is already taken The name is available. Register?

ސިކުނޑި

29 February 2024

ގައުުމުގެ ސުޕްރީމްކޯޓުގެ ހާލަތާމެދު ކަންބޮޑުވޭ! އެހެންޏާ ދިވެހި ބަހުގެ މައްސަލައެއް އެބައުޅެއެވެ.

The name is already taken The name is available. Register?

ބޯބުރާންތި

01 March 2024

ނެތް އެއްވެސް މައްސަލައެއް. މައްސަލަހުރީ ތި ސިކުނޑީގަ. ކޯޓަށް ހުށަހެޅޭ މައްސަލައެއްގަ ދެފަރާތެއް ހިމެނޭނެ. ދެފަރާތެއް ނުހިމެނި މައްސަލަ މައްސަލައެއްގެ ގޮތުގަ ނުހިނގާނެ. އެއީ މައްސަލަ ހުށަހަޅާ ފަރާތާ މައްސަލަ ރައްދުވާ ފަރާތް. މައްސަލަ ނިމޭނީ މިއިން ކޮންމެވެސް އެއްފަަރާތެއްގެ ކޮޅަށް. ކޮންމެ ފަރާތަކަށް ނިމުނަސް އެއީ އަދުލުވެރި ނިޔާއެއްކަމަށް ގަބޫލުކުރަންޖެހޭ. މައްސަލަ ނާކާމިޔާބުވީ ފަރާތަށް ނާކާމިޔާބުވީ ހެއްކާ ގަރީނާ ނުވަތަ ދިފާއު ބަލިކަށިވީމަ.

The name is already taken The name is available. Register?

ހޯރަ

29 February 2024

ހުސް ގޮނޑީގަ ވެސް ދިރުމެއް ވަނީތާ.

The name is already taken The name is available. Register?

ސިކުނޑި

29 February 2024

ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރި ހުސް ގޮނޑިއެއް.

The name is already taken The name is available. Register?

މާރުގުރެޓުބޭލަރު

29 February 2024

މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ އަދަދަކީ ނުވަތަ ކޯރަމަކީ 25 ކަމަށް ވެފައި އެއްދުވަހަކު ޖަލްސާއަށް ހާޒިރުވީ 22 މެމްބަރުން ކަމަށް ވާހާލަތުގައި، ވަކިވި މެމްބަރުންނަކީ މަޖިލީހުގައި ތިބި ބައެއްކަމަށް ބަލައިގެން ކޯރަމް ހަމަވީކަމަށް ބަލައި 22 މެމްބަރުންނާއި ބާކީ 3 ހުސްގޮނޑި ހިމަނައިގެން ކޯރަމް ހަމަވީކަމަށް ބެލޭނެތޯ ސްޕްރީމް ކޯޓުގައި ސުވާލުކޮށްލަދީބަލަ. ވޯޓެއް ނަގާއިރު އެބުނާ ވަކިވި މެމްބަރުންގެ ވޯޓު ގުނާނީ ކޮންކޮޅަކަށްތޯވެސް އަހާލަދީބަލަ. ދެކޮޅުޖެހޭތޯ؟

The name is already taken The name is available. Register?

ފރގތ

01 March 2024

ދޮންކަލޯ ހުކުމް ކިޔާލަބަލަ. އަދި ކޮމެންޓް ކުރިއަކަސް ނުފުދޭ

The name is already taken The name is available. Register?

3444

29 February 2024

ރައްޔިތަކަށް ފައިދާވާ ގާނޫނެއް ހެދި ދުވަހެއް އަޅޭ ބުނެބަލަ ކަލޭނޭ. ބޮޑުމުސާރަ ނަގައިގެން ތިބެ ފިތުނައުފައްދާ ދެންވެސް ކުރަންނުވާ ކަންކަން ކުރާ ކަންނެތް ހާޒިރީއަށް ފަރުވާކުޑަ ބައެއް މަޖްލީހުގައި ތިބީ ވަރަށް އާދޭހާއެކު ބުނެލަން އަދިވެސް އެއްފަހަރު ތިޔަ ނަގާ މުސާރަ ކުޑަކުރަންފެނޭ 25ހާހަށް

The name is already taken The name is available. Register?

އަބްދުލްހަންނާނު

29 February 2024

އެމްޑީޕީގައި ތިބި މެމްބަރުންނަކީ ގައުމަށް ހެވެއްއެދޭ ބައެއްނޫން. އަބަދުވެސް ގައުމު އާރާސްތުކުރުމުގެ ބަދަލުގައި ގައުމު ހަލާކުކޮށް ހަލަބޮލިކުރަން އުޅޭބެއް. މިހާރުވެސް މިދިޔަ ވެރިކަން ނިމުނުއިރު 120 ބލ ދަރަނި އަރުވާލާފަ އޮތް އިރު ނެތޭ ހަމަޖެހޭ މަޝްރޫއެއް އިންވެސްޓްމަންޓެއް ކުރެވިފައި.

The name is already taken The name is available. Register?

ފިކުރު.....

29 February 2024

މިދުވަސްވަރު މަޖިލީހުން 35 މެމްބަރުން އިސްތިއުފާ ދެއްވައި މަޖިލީހުގައި ބާކީ ތިއްބެވީ 52 މެމްބަރުން ކަނުގައި ވީނަމަ 35 ގޮޑި ދިރިތިބިކަމަށް ބައްލަވާފަ 87 މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ ވޯޓުން ކަންކަން ނިންމާނީތޯ ނުވަތަ 52 ނެންބަރުންގެ ތިންބައިކުޅަ ދެބައިގެ ވޯޓުން ނިންމާނީތޯ، މޮޅުއިތުރު ގޮތަކީ ކޮބާތޯ އަޒު

The name is already taken The name is available. Register?

ހުސްވަގުން

29 February 2024

ތިހާލަތުގައި ހުސްގޮނޑިތައް ގުނާނީ ކޮންކޮޅަކަށްތޯ؟ އެހުސްގޮނޑިތައް ވޯޓުލާނެ ކޮޅެއް އެނގެނީ ކާކަށްތޯ؟ ދެކޮޅެއް ނުޖެހޭ ދެއްތޯ.

The name is already taken The name is available. Register?

ސީތާ

29 February 2024

ހުސް ގޮނޑިއާ މިސަރުކާރާ ހާދަވަރަކަށޭ ލާމެހިފައިމިވަނީ.

The name is already taken The name is available. Register?

ސަމީރު

29 February 2024

ސްޕްރިމްކޯޓުން އެތަނުގެ ބެންޗު 7 ކުން 3 ތިނަކަށް ބަދަލުކޮށް ފަނޑިޔާރުން ވަކި ކުރި ހަދާން ނެތީތޯ ؟ މިފެންނަނީ ދައުރެއް ނިމުނީމައި އަބަދުވެސް އެސަރުކާރަކށް ސަނާކިޔާ މަގާމް ދިފާއު ކުރާތަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454