ދާންދޫ ދާއިރާއަށް ޖޭޕީ ޓިކެޓު ލިބުނު ކެންޑިޑޭޓް ނިޝާމާ މުހައްމަދު، ޓިކެޓް ދޫކޮށްލައްވާ ޕީއެންސީ ކެންޑިޑޭޓު ފަޒީލްއަށް ތާއީދުކުރިކަން ހާމަކުރަން ސޯޝަލް މީޑިއާއަށްލީ ފޮޓޯ.--
26 މާޗް 2024 - 10:30
އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ގއ. ދާންދޫ ދާއިރާ އަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެންޑިޑޭޓު ނިޝާމާ މުހައްމަދު އެ ޓިކެޓް ދޫކޮށްލައްވައި، ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓު މުހައްމަދު ފަޒީލަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
ޕީއެންސީގެ ކެންޑިޑޭޓާ ސަލާން ކުރައްވަން ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއަކާ އެކު، ރޭ ނިޝާމާ ކުރެއްވި ޕޯސްޓެއްގައި ވަނީ ދާންދޫ ދާއިރާގެ ގޮނޑި އަށް ވާދަކުރައްވަން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އޭނާ އަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޖޭޕީގެ ކައުންސިލް މެމްބަރު ނިޝާމާ ވިދާޅުވީ، މަޖިލިސް އިންތިހާބާ ދެމެދު އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ނުކުމެވަޑައިގެން ކުރެއްވި މަސައްކަތުގައި ރައްޔިތުންގެ ލޯތްބާއި އިހުތިރާމާއި އެއްބާރުލުން އޭނާ އަށް ލިބުނު ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ނިޝާމާ ވިދާޅުވީ، އިންތިހާބެއް ކާމިޔާބު ކުރުމަށް ހިތްވަރާ އެކު ކުރާ މަސައްކަތެއްގެ އިތުރަށް ވަރަށް ބޮޑެތި ހަރަދުތައް ކެންޑިޑޭޓު ކުރަން ޖެހޭ ކަމަށެވެ.
"ވަގުތު ނެތުމާއި އަދި ފަންޑު ބޭސް ނެތުމާ އެކު، އެދެވޭ ނަތީޖާއެއް ލިބިދާނެ ކަމަށް އޅުގަނޑަށް އުންމީދެއް ނުކުރެވޭ،" އެ ޕޯސްޓުގައި އޭނާ ވިދާޅުވި އެވެ.
ނިޝާމާ ވިދާޅުވީ، މި ހާލަތުގައި އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ އަށް ވިސްނިވަޑައިގަތީ، މަޖިލިސް އިންތިހާބުގައި ދާންދޫ ދާއިރާގައި ސަރުކާރު ތަމްސީލު ކުރާ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ކުރެއްވުން ކަމަށެވެ. އެހެންވެ، ނިޝާމާ ވަނީ އެ ދާއިރާގައި އޭނާ އަށް ތާއީދު ކުރާ، ދާއިރާގެ ހުރިހާ މެމްބަރުން ވެސް ފަޒީލަށް ތާއީދު ކުރުމަށް އެދިވަޑައިގެންފަ އެވެ.
ދާންދޫ ދާއިރާގެ ޓިކެޓް ލިބުނު ކެންޑިޑޭޓަކު ޓިކެޓް ދޫކޮށް، ސަރުކާރު ކެންޑިޑޭޓް ފަހަތަށް އަރާފައި ވާއިރު މައްޗަންގޮޅި މެދުދާއިރާގެ ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް ޕްރައިމަރީ ކާމިޔާބުކުރި މުހައްމަދު އަބްދުލް ގާދިރު (ކޫކު) ވަނީ އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް އަހުމަދު ޒަމީރަށް ތާއީދު ކުރަން ރޭ ނިންމައިފަ އެވެ.
ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ކުކޫ ވަނީ ބައިވެރިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު ވާގޮތް
27 March 2024
މޮޅު ގޮތެއް ހެދީ.. ނިޝާމާ އަކީ އެމް.ޑީ.ޕީ ކެންޑިޑޭޓް އަދި އިއްޒަތްތެރި މެންބަރ ޔައުގޫބުގެ އާއިލާ މީހެއް .. ސަރުކާރުގެ މަގާމަކާއި އެކު ބޭބެ ޔައުގޫބަށް ގޮނޑި ނެނގޭނެ ގޮތް ހަދައިދިނީ..
ކޮއި އާދަމް ފުޅު
27 March 2024
ހާލަތު ވިސްނީކީއެއް ނޫން.ދެން ބަލަންތިބޭ.ކޮންމެވެސް ސިޔާސީ މަޤާމެއް އޭނައަށް ދޭނެ.
އަސްލު...
26 March 2024
ޕާޓީއަށް ކިހާބޮޑުގެއްލުމެއް މިކަހަލަ މީހުން ލަދުނަުގަންނާތީ ހައިރާންވީ.
ބަރުބާދު
26 March 2024
ތިޔާއޮތީ ބޮޑު މަގާމެއް ގެރެންޓީވެފަ!!!!!!
އާދަނު33
26 March 2024
ބަދަލުގައި ސަރުކާރުން ހުށައެޅީމަޤާމެއް.
މޯޑްސް
26 March 2024
ފަހަތަށް ޖެހުނަސް އެމްޑީޕީ ތި ގޮޑި ނަގާނެ
ޖެއްސު
26 March 2024
އެމްޑީޕީން ވަނީ 5 އަހަރު ހުރިހާ ބާރަކާ އެއްކޮއް އެއްކަމެއް ވެސް ނުކޮއް މުޅިދައުލަތް ލޫޓް ވާލާފަ އަދި ސަރުކާރު ކުންފުނިތައް ވެސް ބަގުރޫޓް ކޮއްލާފަ އަދިވެސް ދޭންވީތޯ މަޖިލިސް
ބާބޫޖީ
26 March 2024
އަހާބަލަ ވެންޓިލޭޓަރުތަށް ކޮބާތޯ ...
ފރޗފރ
26 March 2024
"ވެންޓިލޭޓަރުތަށް"... އ ސުކުން.. ދަސްކޮށްބަލަ
މައިމޫނާދީ
26 March 2024
ރަނގަޅު ނިންމުމެއް ނިސާ އަކީ އަބަދުވެސް ގޮތްދޫކުރާ ރަނގަޅު ގޮތް ވިސްނާ ނާޖާއިޒް ފައިދާ ނުނަގާ ރަނގަޅު މީހެއް. ގިނަ މީހުނައް ނުކެރޭ ކަހަލަ ކަމެއް އަސްލުތީ. ނިޝާ އައް ރަނގަޅުގޮތް އަބަދުވެސް ދައްކަވާނދޭ
ޓީޖެޓީ
26 March 2024
ތިކަމުގެ ބަދަލުގައި ތިޔަ ނިޝާމާއަކަށް ބޮޑު އަގެއް ރައްޔިތުންގެ ޖީބުން ދައްކަންޖެހުމަކީ ވަރަށް އެކަށިގެންވާ ކަމެއް
ހަޒާނާ
26 March 2024
ރައްޔިތުން ޖީބުން އެއްޗެހި ދެއްކި ބަޔެއް މީގެ ތިން މަސްކުރިން އުޅުނު މުޅިގައުމުގެ ހަޒާނާ ހުސްކޮއްލާފަ އެދިޔައީ
ކޮލަމާހުއްޓާ
26 March 2024
ދެން އިވޭނީ ވަރުގަދަ މަގާމެއްލިބުނު ވާހަކަ.
ފޫނު
26 March 2024
ހުރިހާ މީހުނަކީ އެއްޗެހީގެ ދަހިވެތި ކަމު އުޅޭ ބައެއް ނޫން