ޚަބަރު / އިބްތިހާލްގެ މަރު

އިބްތިހާލް މަރާލީ ނޭވާ ހާސްކޮށްލައިގެން ކަމަށް ބެލެވޭ: ޑޮކްޓަރުން

މުހައްމަދު އިބްތިހާލް: އޭނާއަށް އަނިޔާކުރި ކަމަށް އޭނާގެ މަންމަ ކޯޓުގައި އެއްބަސްވި - ފޮޓޯ: އައްސަދު ފޮޓޯގްރަފީ

ވ. ރަކީދޫ މުހައްމަދު އިބްތިހާލް މަރާލީ ނޭވާ ހާސްކޮށްގެންލައިގެން ކަމަށް ބެލެވޭ ކަމަށް އިބްތިހާލް ބެލި ޑޮކްޓަރު ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ޖެނުއަރީ، 2015 ގައި އިބްތިހާލްގެ މަންމަ އާފިޔާ އަހުމަދު އިބްތިހާލަށް އަނިޔާ ކުރުމުގެ ސަބަބުން އޭނާ މަރުވި މައްސަލާގައި އާފިޔާގެ މައްޗަށް ކުރާ "ކުއްޖަކު މެރުމުގެ ދައުވާ"ގެ މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދިނީ އައިޖީއެމްއެޗްގައި އިބްތިހާލް ބެއްލެވި ޑޮކްޓަރު އަހުމަދު ޒިޔާނެވެ.

ހެކިބަސްދެމުން އޭނާ ވިިދާޅުވީ އިބްތިހާލްގެ ކަރުގައި ނިޔަފަތީގެ ނިޝާންތަކެއް ހުރި ކަމަށާއި އެ ނިޝާންތަކަކީ އަނިޔާ ލިބުނުތާ މާ ގިނައިރުތަކެއް ނުވާ "ފްރެޝް" ނިޝާންތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެއީ ވަރަށް ބާރަށް ކަރުގައި ހިފުމުން ހުރި ނިޝާންތަކެއް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޒިޔާން ވިދާޅުވި ގޮތުގައި އިބްތިހާލް "މަރުވީ ނޭވާ ހުއްޓުވާލައިގެން" ކަމަށް ބެލެވެ އެވެ.

އާފިޔާ އޭނާގެ ދަރިފުޅު އިބްތިހާލް އުރައިގެން: އެ ކުއްޖާއަށް އަނިޔާކުރީ އެއީ ބައްޕަ ނެތް ކުއްޖަކަށްވާތީ ކަމަށް އާފިޔާ ބުނޭ --ފޮޓޯ/ ސޯޝަލް މީޑިއާ

މީގެ އިތުރުން އިބްތިހާލްގެ މޭކަށިގަނޑު އޮތީ ބިނދިފައި ކަމަށާއި އިބްތިހާލްގެ ތުންފަތާއި ބަނޑަށް އަދި މެޔަށް ވެސް އަނިޔާތަކެއް ލިބިފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިމަތި ފަރާތަށް އަނިޔާވެފައި ހުރި ކަމަށާއި ބޮލަށް ވެސް އަނިޔާތަކެއް ލިބިފައި ހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އިތުރު ލަކުނުތަކެއް ވެސް އިބްތިހާލްގެ ހަށިގަނޑުގައި ހުރި ކަމަށާއި އެކަމަކު އެއީ ކިހާ ދުވަހެއް ވެފައިވާ ލަނުތަކެއް ކަން ނޭނގޭ ކަމަށް ޑޮކްޓަރު ޒިޔާން ވިދާޅުވި އެވެ.

އިބްތިހާލަށް އަނިޔާކުރި ކަމަށް ތަކުރާރުކޮށް އެއްބަސްވެފައިވާ އާފިޔާ އަށް ފުރުސަތު ދިނުމުން އޭނާ ބުނީ ޑޮކްޓަރާ ކުރާނެ ސުވާލެއް ނެތް ކަމަށެވެ.

އިބްތިހާލް ބެލި އެހެން ޑޮކްޓަރަކު ވެސް މީގެކުރިން ވަނީ ކޯޓުގައި ހެކިބަސް ދީފަ އެވެ. އެ ޑޮކްޓަރު ވެސް ބުނެފައިވާ ގޮތުގައި އިބްތިހާލްގެ ކަރުގައި ބާރަށް ހިފާފައި ހުރިކަމުގެ ނިޝާންތައް ހުރި ކަމަށާއި އެއީ އޭނާ މަރުވުމުގެ ސަބަބެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އިބްތިހާލްގެ ބަނޑަށް ލޭ އެޅިފައި ހުރި ކަމަށާއި އާންމުކޮށް އެފަދަ ކަމެއް މެދުވެރިވާނީ ބޮޑު އަނިޔާއެއް ލިބުމުން ކަމަށް އެ ޑޮކްޓަރު ބުނެފައިވެ އެވެ.

އާފިޔާގެ މަންމަ ހާޒިރުކުރަން ބެލިއިރު އޭނާ އުޅޭ ތަނެއް އަދިވެސް ނޭނގޭ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ މުހުތާޒް ފަހުމީ ވިދާޅުވި އެވެ.

އާފިޔާގެ އާއިލީ މީހުންނާ ބެހޭގޮތުން ގާޒީ ސުވާލު ކުރެއްވުމުން އޭނާ ބުނީ އެއްބަނޑު އެއްބަފާ ތިން މީހަކު ތިބޭ ކަމަށާއި އެ މީހުން އުޅެނީ މާލޭގައި ކަމަށެވެ. ގާޒީ ވަނީ އެ މީހުންގެ މައުލޫމާތު އާފިޔާގެ ކިބައިން ސާފު ކުރައްވައިފަ އެވެ.

އިބްތިހާލަށް އަނިޔާކުރާ ކަން އެނގިތިބެ، އެކަމަށް ފިޔަވަޅު ނޭޅި ކަމަށް ބުނެ ދައުލަތުގެ ފަސް މުވައްޒަފަކަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ. ވަކިން ކުރިއަށް ގެންދާ އެ މައްސަލަ ކޯޓުގައި ދަނީ ހިނގަމުންނެވެ.

އާފިޔާ ކުރިން ވަނީ އިބްތިހާލަށް ކުރި އަނިޔާތައް ކޯޓުގައި ކިޔައިދީފަ އެވެ. އިބްތިހާލްގެ ކަރުގައި ހިިފައި، މޭމަތީގައި ކޮޅުފައިިން ޖަހައި ހެދި ކަމަށާއި އަދި އިބްތިހާލްގެ ގައިގެ އެތަންމިތަނުގައި ފައިންނާއި އަތުން ތެޅި ކަމަށް އާފިޔާ ވަނީ ކޯޓުގައި ބުނެފަ އެވެ. އިބްތިހާލަށް އަނިޔާކުރީ އެއީ ޝަރުއީ ބައްޕަ ނެތް ކުއްޖަކަށް ވާތީ ކަމަށް އާފިޔާ ބުނެފައިވެ އެވެ.

17 ކޮމެންޓް, 89 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 83%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1234

19 February 2017

މީގެ ހިތާމަޔަކީ މާދަމާވެސް އާފިޔާ މަރަން ހުކުމް ކޮށްފިނަމަ ރާއްޖެޔާ ދުނިޔޭގެ އެތަން މިތަނުން ވިމެން ރައިޓްސް ކިޔާ މީހުންތައް ނުކުމެ ހީވާނީ މިގައުމުން އިސްލާމްދީން ދެންމެ އަކު ފުހެލާފާނެހެން. އެކަމު ނުބާލާނެ އެކުއްޖައަށް ލިބުނީ ކިހާ އަނިޔާއެއްތޯއެއް.

The name is already taken The name is available. Register?

ނާނު

20 February 2017

މަރަން ހުކުމެއް ނުކުރެވޭނެ. އިސްލާމީ ޝަރީޢަތުގައި މަންމަ އަކު ދަރިއަކު މެރިކަމުގައި ވިޔަސް މަރުގެ ހުކުމް ނުކުރެވޭނެ. އެއީ މައިމީހާ ކަމަށްވާތީ

The name is already taken The name is available. Register?

ސޭޑް

19 February 2017

ތިޔަ ވާހަކަ އިވުނީމަ ހާދަ ދެރަވެޔޭ. ކުއްވެރިޔާއަށް ހައްގު އަދަބު ދީފަ ދެން ނުލިޔުނިއްޔާ ރަނގަޅީ.

The name is already taken The name is available. Register?

ބުރޯ

19 February 2017

އިސްލާމް ދީނުގެ ޝަރީޢަތުގައި އޮންނަ ގޮތުން, މަރަށް މަރު ހިފޭނީ , އެ ކަން ވަކި މީހަކު ކުރި ކަމުގެ ތެދު ހެކި ލިބި ގެން, ނުވަތަ އޭނާ އެކަމަށް އިއުތިރާފް ވުމުން. މިތާ އޭނާ އެކަން ކުރިކަމަށް އިޢުތިރާފް ވެއްޖެ. އެހެން ކަމުން މަރުގެ ހުކުމް ލިބެން ޖެހޭ. ވަކި މީހެއް, ކޯޓެއް ނޯންނާނެ! ހަމައެކަނި ﷲ ގެ ބަސް!

The name is already taken The name is available. Register?

މުހައްމަދު

19 February 2017

ކޮންމެގޮތެއްވިޔަސް މަންމަޔަކު ދަރިފުޅަކަށް އާދަވެގެން އެވަރުބޮޑެތިއަނިޔާ ދޭންކެރުނުކަން

The name is already taken The name is available. Register?

އުމަރު

19 February 2017

ދެރަވޭ، ވަރަށް ދެރަވެއްޖެ

The name is already taken The name is available. Register?

ނަން

19 February 2017

ދަންނަވަންތޯ މިވަގުތު ތި ކުއްޖާ މަރުވިގޮތް އެންގުމެއްނޫން މުހިންމީ . މުހިންމީ ތިޔަ އަނިޔާވެރިޔާ އަށް އަދަބު ކަނޑައަޅާ ތަންފީޒުކުރުން.

The name is already taken The name is available. Register?

ލޮލީތާ

19 February 2017

ހިތް ރޮއްވާލައިފި

The name is already taken The name is available. Register?

ރަދީފް އެންޑް ރަފައިދާ

19 February 2017

މަރާލިގޮތެއް މިހާރު މިހިއްމެއްނޫން. ބޭނުންވަނީ އިންސާފު. އަދިވެސް ފެންނަނީ މަރުހުކުން ތަންފީޒްކުރަން އުޅޭއުޅުމުގައި ބަހަނާ ދައްކާތަން. ބައެއް ފަހަރު ހީވޭ ދެންމެދެންމެ ތަންފޒުކޮށްފާނެހެންވެސް. ދެން ބުނާނެ މަޖުލީހަުން އެވެނިބިލެއް މިވެނިބިލެއް........އެވެނިގަވައިދެއް މިވެނިގަވައިދެއް.........އވެނިކަމެއް ފުރިހަމައެެއްނުވޭ މިވެނިކަމެއް ފުރިހަމައެއްނުވޭ...........މިކަހަލަ ކޮންމެސް ހާސަރުތަކެއް ދަާތާވެސް އެތައްޒާމާނެއް.

The name is already taken The name is available. Register?

ފާރިސް

19 February 2017

އިސްލާމް ދީނުގައި އާފިޔާއަށް އޮންނަ ހުކުމެއް ނޭނގޭ. އެކަމަކު އިބްތިހާލަށް އިހުސާސް ކުރެވުނު ވޭނެއް އާފިއާއަށްވެސް އިހްސާސް ކުރެވޭވަރުގެ ހުކުމެއް ތަންފީޒު ކުރަން ގޮވާލަން. ގައިމު ރުޅިއައިސްގެން މަގުމައްޗަށް އެއްލާލިޔަސް އެމައުސޫމް ކުއްޖާފުޅަށް އެހީވާނެ މީހުން އުޅޭނެ.

The name is already taken The name is available. Register?

މެެންޓަލިސްޓް

19 February 2017

އެހެންވީމައި ޑޮކްޓަރއަށް ޔަގީނެއްނުވޭތާ ،، އިބްތިލާހްމަރާލީ ނޭވާހާސްކޮއްލައިގެން ކަމެށް ،،، ވަރަށްވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454