ސަންލޭންޑް ހުސެއިން ހިލްމީ: ނާޒިމަށް 2.3 މިލިއަން ރުފިޔާ ދޭން އޭނާގެ މައްޗަށް މިދިޔަ ބުރާސްފަތިދުވަހު ވަނީ ހުކުމް ކޮށްފައި.
19 ފެބުރުއަރީ 2017 - 23:14
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސަންލޭންޑް ހޮޓެލްސްގެ އެއް ހިއްސާދާރު ހުސެއިން ހިލްމީގެ މައްޗަށް މިދިޔަ ބުރާސްފަތިދުވަހު ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ، އެކަމަކު ވަގުތީ ގޮތުން ގޭ ބަންދުގައި މިހާރު ހުންނެވި ނާޒިމަށް 2.3 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ޔޫތު މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި، މއ. ވާހާރި، ހުސައިން ހިލްމީގެ މައްޗަށް ހުކުމް އައީ ދެ ފަރާތުގެ ދެމެދު ކުރެވުނު މުއާމަލާތެއްގެ ދަށުން، އެ ފައިސާ ނާޒިމަށް ލިބެންޖެހޭ ކަމަށް ބުނެ އޭނާ ދައުވާ ކުރެއްވުމުންނެވެ.
ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފުގެ ޝަރީއަތަކަށް ނާޒިމް ވަޑައިގަންނަވަނީ: އޭނާ އަށް ދެ މިލިއަން ރުފިޔާ ދިނުމަށް ސަންލޭންޑް ހުސެއިން ހިލްމީ އަށް ކޯޓުން ވަނީ އަންގާފައި.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
މި ފައިސާ ދައްކަންޖެހޭ ކަމަށް ހުސެއިން ހިލްމީގެ ފަރާތުން ކޯޓުގައި އެއްބަސްވެ، މި މަހުން ފެށިގެން އަންނަ ޖުލައި މަހާ ހަމަ އަށް އެކި ފަހަރު މަތިން އެކި މިންވަރަށް ފައިސާ ދައްކައި، އެ ދަރަނި ޚަލާސް ކުރަން އޭނާ ހުށަހެޅުމުން، ނާޒިމްގެ ފަރާތުން އެ ހުށަހެޅުން ގަބޫލުކުރި އެވެ. އެހެންވެ، އެގޮތަށް ފައިސާ ދައްކަން ހުސެއިން ހިލްމީގެ މައްޗަށް ކޯޓުގެ ހުކުމުގައިވަނީ އަންގައިފަ އެވެ.
ނަމަވެސް ކާސްޓް އަވޭ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގައި ބޭންކް އޮފް ސިލޯންގެ މާލޭ ބްރާންޗްގައި ހުރި އެކައުންޓަކުން ނާޒިމަށް ދޫކޮށްފައިވާ އެއްވެސް ޗެކަކަށް ފައިސާ ލިބިއްޖެ ނަމަ، އެ ފައިސާއަކީ ހުސެއިން ހިލްމީ ދައްކަންޖެހޭ އެ ދަރަނިން އުނި ކުރެވޭނެ ފައިސާއެއް ކަމަށް ހުކުމުގައިވެ އެވެ. އެ ޗެކްތަކަކީ ހުސެއިން ހިލްމީގެ ބޭނުމަކަށް ނާޒިމަށް ދޫކޮށްފައިވާ ޗެކްތަކެއް ކަމަށް ހުކުމުގައި ވެ އެވެ.
ހުސެއިން ހިލްމީގެ ސަންލޭންޑަކީ އެކި ރިސޯޓްތައް ހިންގަމުން އަންނަ ކުންފުންޏެކެވެ.
ނާޒިމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ ކުންފުނިން ވަނީ ކުރީގެ ރައީސް މައުމޫންގެ ހަތަރު ބޭފުޅުންނާ ދެކޮޅަށް ވެސް، ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކޮށްފަ އެވެ. އެ ދައުވާ ކުރަނީ އެ ހަތަރު ބޭފުޅުންގެ ނަމުގައި އޮތް ބިމެއްގައި އިމާރާތް ކޮށް ދިނުމުން ފައިސާ ނުދޭ ކަމަށް ބުނެއެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗާނދަނީ ސޭޓު
17 June 2020
4 ލައްކަ ޑޮލަރު ގެ ބަދަލުގަ 3.7 މިލިއަން ޑޮލަރު އިންޓަރެސްޓަށް ކޯޓުން ނަގައި އެދުނީ ކީއްވެ ބާ؟ މި ސުޖާއަކީ ހާދަ މޮޅު މީހެކޭ! ފަހަތުގަ ތިބީ ކޮން ބައެއް؟
އުމަރު
20 February 2017
ޕްރައިވަޓް ސެކްޓަރު އޮތީ ދަރާފައި، އެއީ ސަރުކާރު ޕްރައިވަޓް ސެކްޓަރަށް ދަރާފައިވާތީ
ލަބީދު
20 February 2017
ދަރާފަ އޮތުމަކީ ކުރި އެރުމެއް.
އަލިމަނިކު
20 February 2017
ވިޔަފާރީގައި އެތައް ބައިވަރު މައްސަލަތަ ކުރިމަތިވާ ސަބަބަކީ ހިންގާ މުއާމަލާތްތަކުގައި ތެދުވެރިކަމާއި އިހްލާސްތެރިކަން ގެއްލިފައިވާތީ... މުއްސަދިންނަކީވެސް ބޮޑެތި ދަރަނިވެރިންކަން ފާހަގަވޭ...
މުހައްމަދު
20 February 2017
ރައްޔިތުންނަށް މާތެދުވެރިވެގެން މާ މަތީ ބަޔަކަށް ހެދިގެން މިއުޅޭ އެންމެންގެ ހާލަކީވެސް މިއީ. ކޯޓާ ހިސާބަށް މިބާވަތުގެ މައްސަލަ މިގެންދެވެނީ އެވަރަށް ފައިސާ ހުންނަ ގަޓު ހުންނަ މީހުންނަށް. ނިކަމެތިން މިވެނި ވަރެއް ދޭން އެބައޮތޭ ކިޔާލަކިޔާލަ ތިބެނީ. ނިކަމެތިންނަށް ދޭން އޮތް މިންވަރު ހިސާބުކޮށްފިއްޔާ މިކަހަލަ އެތައް އެތައް މިލިޔަނެއް މި މީހުން ދައްކަންޖެހޭނެ.
މުއްސަނދި
20 February 2017
އެހެންވީމާ މި މަލްޓި މިލިޔަނަރުންނަށް ވުރެ އަޅުގަނޑުމެެން ކަހަލަ އާދައިގެ މީހުން ހަޤީގަތުގައި މާ މުއްސަނދިތާ. ދުވަހަކުވެސް ނޯންނާނެވިއްޔަ މީހަކަށް ދަރާފައެއް ލޯލާރިއަކަށްވެސް!
މެންޓަލިސްޓް
20 February 2017
ވިޔަފާރީގައި އުޅޭއިރު ދިމާވާނެ ބޮޑެތި ކެރިގަނޑުތަކާއި ތޫފާންތަށްވެސް ،،، އޭގެތެރޭން ހިއްވަރާއިއެކު ނުކުންނަ މީހާ ކާމިޔާބްވާނީ ،،، ކިތަންމެ ފަހަރަކު ބަނގުރޫޓްވެފައި ފަހުން މުއްސަނދިވެގައިވެސް އެބަހުރި ،،، ވިޔަފާރިވެރިއެއްވެސް މީހަކަށް ފައިސާއެއް ދެއްކުމަށް އުޒުރުވެރިވެދާނެ ،، ބައެއްފަހަރު އިންވެސްޓްމަންޓްތަށް ގިނަވީމައިވެސް އެބޮނޑިލިބޭ ،،، ސަންލޭންޑް ހިލްމީއަކީ މިހާރު ކާސްޓްއަވޭ ކިޔާ ކުންފުންޏެއް ހައްދަވައިގެން ރިސޯޓްތަކެށްވެސް ހިންގަވާ ބޭފުޅެށް ،،، އެކަން ފަށައިގަނެގެން އުޅޭއިރު ދިމާވާ ތާށިތަށް ތިޔަހުންނަނީ ،،،، ބޭންކުފައިނޭންސް ތާށިވުމާޢި އެހެނެހިހެން ތާށިތަށް ހުރީމައި ދިމާވާނެ ހުރިހާކެމެށްވެސް ،،،،، ވަރަށްވެދުން
ކުޑަދޫ އަހްމަދު
19 February 2017
ހިނި އަންނަނީ! އެކަމަކު މާސިޑީސް އަގުބޮޑު ކާރުގައި އުޅުއްވާތީ ދެކެން! ނަމަވެސް މިހުރީ ހާލަތަކީ ދެއްތޮ؟