ހުޅުމާލެގައި މިއަދު ކާރެއް ފުރޮޅާލާފައި.
24 އެޕްރީލް 2024 - 09:37
ހުޅުމާލެ 1 ގައި ރޭ ފަތިހު ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފަތިހު 5:30 ހާއިރު ސެންޓްރަލް ޕާކް ސަރަހައްދުގައި ހިނގި އެ އެކްސިޑެންޓުގައި ބީއެމްޑަބްލިއު ކާރުގެ ފަހަތުގައި އިން އަންހެނަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެގެން ހުޅުމާލެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުން ކަމަށް ފުލުހުން ބުންޏެވެ.
"އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ވެ އެވެ.
ފުލުހުން ބުނިގޮތުގައި އެ އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ ފަތިހު 5:35 ހާއިރު އެވެ.
އެ ހާދިސާއާ ގުޅިގެން، އެ ކާރު ދުއްވަން އިން މީހާގެ ލައިސަންސް ހިފަހައްޓައި، ކާރު ޓޯކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކަމަކު މި ހާދިސާ ހިނގި ގޮތެއް އަދި ސާފެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނިގަނޑު
24 April 2024
ބީއެމްޑަްލިއު އެއް ފުރޮޅާލުމަކީ އެކަމު ފަސޭހަކަމެއް ނޫން. ވަރަށް ސްޓޭބަލް ކާރެއް އެއީ.
ވީގޮތަކީ
24 April 2024
މިފަހަރު ނަސީބަކުން އެހެންމީހެއްގެ ގައިގައި ނުޖެހި ސަލާމަތް ވެއްޖެ. އެހެންނޫނީ އަޑުއިވޭނީ ނަމާދަށް ގޮއްސަ އަންނަމީހާއާ، ކަސްރަތައް ނުކުމެ އުޅުމީހުންގެ ސަބަބުން ރޭސްކާރަކަށް އަނިޔާވި ވާހަކަ ވިއްޔަ. ގައިމު ޓެސްޓަކަށްވެސް ބަލާލަ ބަލަ ކިހާބާރަކަށް ދުއްވިގެންތޯ ކާރެއްފުރޮޅާލެވެނީ.
ހުސެންބޭ
24 April 2024
ހުސެންބެ މި ފަހަރު ހަމަ ކިރިޔާ ސަލާމަތްވީ
ސަނީސައިޑްބޮންޑް
24 April 2024
ސްޕީޑްހުސެންބެފެނިފަ ރޭސްމާމައްޗަށް އަރުވާލެވުނީހެންހީވަނީ
ބަދަވި
24 April 2024
ތިޔަ ކާރު ގެންގޮސް ކާށީދޫ ކަނޑައް ފައްތަބަލަ މީހަކު މަރުނުވަނިސް ތިޔަމީހުންގެ ބަލާވެރިކަމުން
މޯޑޭ
24 April 2024
ކުރިންވެސް މީހަކު މަރުވީ މިގޮތައް ފަތިހުދުއްވި އެއްޗަކުން ޖެހިފަ ! ސިފައިން މިކަމުގަ ހަރުކަށިފިޔަވަޅުއަޅާ މަގުތައް ރައްކާތެރިކޮއްދެއްވާ ! ގާނޫނައް ގެންނަންޖެހޭބަދަލުތައް ގެނެސްގެންވެސް މިކަންއަވަސްކުރޭ !!!
ހަސަނު.
24 April 2024
ޤަވާއިދު ހަދާލާ ފަތިހު ކާރު ނުދުއްވޭ ގޮތަށް.
އޮނަރަބްލް އަފީފު ދީދީ
24 April 2024
ދައުލަތް ދަރަނިކޮށް އެތައް ސަތޭކަ ބިލިޔަން ޑޮލަރު ނަގައިގެން ކަނޑު ހިއްކުމަށްފަހު އަދި ފުލެޓްތައް ދިން މާލޭ މީހުން އެތަންތަނަށް ލާރި ނުދައްކާއިރުގައިވެސް އުޑުގައި ޖެހޭވަރަށް ފުލެޓް އަޅާފައި މާލޭ މީހުންނަށް ބަހަމުންދާ ތިރަށަކީ ރައްޔިތުންނަށް ބޯހިޔާ ވަހިކަން ހޯދާދޭންވެގެން ތަރައްޤީ ކުރި ތަނެއްކަމަށްވިޔަސް މާލޭ ސަރުކާރުން މިހާރު ދައްކަނީ ޔޮޓްމަރީނާއާއި ޕެސެންޖަރ ކުރޫޒް ޓާމިނަލް އާއި ރޭސިންގ ޓްރެކް ފަދަ ތަންތަން ހަދާ ވާހަކަ!؟ ދެން ކޮބާ މައްސަލައަކީ!
އައްޑޫކޮއްޔާ
24 April 2024
މި އަފީފު މީ މާލޭ މީހުންނާ ދޭތެރޭ ހާދަ ހަސަދަވެރިވާ މީހެކޭ، ދެން އައްޑޫ އެކަނިތަ ތަރައްގީ ކުރަންވީ؟
ދޭހިލޭ
24 April 2024
ފުރޮޅާލީއެއް ނޫން. ކެޕްޓަނުގެ ކުޅަދާނަކަމުން ދުވާ ކާރެއް އުދުހޭ ކާރަކަށް ބަދަލުކޮށް، އުއްޑުން ލޭންޑްކުރީ. ފާހަކޮށްލެވޭ މޮޅުކަމެއް ކޮށްފައިވާތީ މިއަހަރު ޒުވާނުންގެ އެވޯޑް ދީފައި ނިންމާލާ.
ބަލާބަލަ
24 April 2024
ބަލާބަލަ ދުއްވަން އިން ސޮރު އިނީ ހަމައިގަތޯ. މީދެން ތަންކޮޅެއް ބޮޑުވަރެއް. ފަތިސްގަޑީގަ މަގުމަތީގަ މީހުންވެސް ނޫޅޭނެ. އެހެންވެ ހިތުހުރި ވަރަކަށް ބާރަށް ދުއްވީކަމަށް ވާނީ. ޢުމުރަށް ލައިސަންސް ބާތިލު ކުރަން ޖެހޭނެ. މިފަދަ ނުރައްކާތެރި ކަންކަން ހިނގުމަށް ސަރުކާރުން ފުރުޞަތު ދީގެން ނުވާނެ. އެކަށީގެންވާ ހަރުދަނާ ފިޔަވަޅު އަޅަންޖެހޭނެ.
ރެޑްކާރު
24 April 2024
ބާރަށްދުއްވާފަ ދިޔައީ ފަތިސް ނަމާދު ނުކޮށްހުރީމަ އިރު އަރަން އުޅޭތީވެ.
ކަރީމުބޭ
24 April 2024
އެއީ ބީއެމްޑަބުލިޔު އެއް އެ ނުދުއްވާނެ އާދައިގެ ލަޓޯފަޓޯ އެއް ތިމީހަކަށް ފޮލިހުން ވެސް މުއައްސަސާތައްވެސް ކުރަންޖެހިފައި އޮންނާނީ ސެލިއުޓް ރަނގަޅަށް ވިއްޔާ ކޮންމެވެސް ބޮޑެއްގެ ބޭފުޅަަކަށް ވާނީ
މަގޭ އައިޑިޔާ
24 April 2024
އެމީހުންގެ ލައިސަންސު އަމިއްލަޔަށް ބާތިލް ވާފަހަރު ވެސް އާދޭ އެމީހުން ފަހުން ނޫޅޭނެ ދުއްވާކަށް
ޖޫރިމަނާދޯ
24 April 2024
ކާރު ތިތަނުން ނެގުމުގެ ފީ ތިކާރު ދުއްވިމީހާ އަތުން ނަގަންޖެހޭ. އަދި މަގަށް ލިބުނު ގެއްލުމުގެ ބަދަލުވެސް ނަގަންޖެހޭ. ހައިވޭގަވެސް ވަރަށް ގިނަ ތަންތަން އެބަހުރި ގެއްލުން މަރާމާރު ނުކޮށް ބަހައްޓާފަ.
ޔޫސުފްބެ
24 April 2024
ތި ކާރު ތިއޮތީ ހުސެންބެއަށް ބަލައިގެން ދުއްވާފަ