މިދިޔަ އަހަރު ބޭއްވި ކޮޕް ސަމިޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
06 ޖޫން 2024 - 22:44
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް ވަޑައިގަތުމަށް މޯދީ ދެއްވި ދައުވަތު ގަބޫލު ކުރައްވައި، އިންޑިއާއަށް ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި، މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ރައީސް ފުރާވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އެހެން ބައެއް އިސްބޭފުޅުން ވެސް ވަޑައިގަންނަވާނެ އެވެ.
މިއީ ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަނީ އަންނަ އާދިއްތަ ދުވަހު އެވެ.
މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާކުރައްވާއިރު، އެ ރަސްމިއްޔާތަށް ދުނިޔޭގެ އެކި ގައުމުތަކުން ވެރިންނަށް ވަނީ ދައުވަތު ފޮނުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާފަފ
08 June 2024
ލަދުން ދެފައިވެސް ކައިރި ނުވާނެ
ބިއްޕު
08 June 2024
އިންޑިޔާއާއި ރާއްޖެ ވަތްކެއް ނުވާނެ، ކުރިއަށް ގައުމު
އިންޑިއާ މޯލްޑިވެސް ޕްރޭންޑްޝިޕް
08 June 2024
އިންޑިއާ އަކީ ރާއްޖޭގެ ޝުގަ ޑެޑީ.
ހައިދަރް
07 June 2024
ބަޔަކު ވަރަށް ކަޑަވާނެ މިހާރު. މި ސަރުކާރުން ނޫޅޭ އެއްވެސް ވަރަކަށް އިންޑިޔާ އާ ޖައްސައި ލައިގެންނެއް. މަރުހަބާ ރައީސް
މަންޠިޤް
07 June 2024
ހަމަހިލާ ރައީސް ދާނެކަމެއްނެތް. އޭނަވެސް ނާދޭ ރައީސް ހުވާކުރިއިރު. އޮފިޝަލެއް ފޮނުވައިގެން ހަމަޖައްސާލާ.
ކިނާން
07 June 2024
ރައީސް މުއިއްޒުގެ ފޮރިން ޕޮލިސީ ސަޅޮކަން މީގެންވެސް އިނގެނީ. އެއްވެސް ގައުމަކާ ޒާތީވާނެ ރައީސްއެއް ނޫން މުއިއްޒުއަކީ
އާލިމް ރުޝްދާ
07 June 2024
ބަރާބަރު ނިންމުމެއް ރައީސް ތި ނިންމީ. ދައުވަތު ގަބޫލްކޮށް އެކޮޅުކޮޅުން އެހީ ހޯދާ
އީމާން މުސްތޮފާ
07 June 2024
ބަޔަކު ބުނި މުއިއްްޒް ވެރިކަމުގައި އިންޑިޔާއާ މި ސަރުކާރާ ގުޅުން ނޯންނާނެ ކަމަށް. ހެހެ
ސިނާން މުހައްމަދު
07 June 2024
ރައީސް މުއިއްްޒް ވަރެއް ނެތް. އެއްވެސް ގައުމަކާ ގުޅުން ނުކަނޑާ ކުރިޔަށް މިދަނީ. އެމަނިކުފާނަކީ ހިކުމަތްތެރި ވެރިޔެއް.
އަމީން އަލީ
07 June 2024
ރަނގަޅު. ގުޅިގެން ކުރިޔަށް ދާން ވާނީ