އިންޑިއާގެ ރައީސް ދްރޫަޕަތީ މުރްމޫއާއެކު ރައީސް ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
10 ޖޫން 2024 - 20:36
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ރައީސް ޑްރޫޕަތީ މޫރްމޫއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިއަދު މެންދުރުފަހު ވެރިރަށް ނިއު ދިއްލީގައި ބޭއްވި އެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުން ބުނީ ދެ ގައުމު އެކުގައި ވަރަށް ގާތްކޮށް އެކުގައި ގުޅިގެން މަސައްކަތް ކުރުމާއި އެހީތެރިވުމުގެ މުހިންމުކަން ދެ ރައީސުން ވެސް ފާހަގަ ކުރެއްވި ކަމަށެވެ.
ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރު ކަމަށް ތިންވަނަ ދައުރަކަށް އިއްޔެ ހުވާކުރެއްވި ނަރެންދުރަ މޯދީގެ ހާއްސަ ދައުވަތަކަށެވެ. މިއީ ރައީސް މުއިއްޒު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ރައީސް ވަނީ މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުއާ އާ ވެސް ބައްދަލުކުރައްވައިފަ އެވެ. ދެ ގައުމު ވަރަށް ގުޅިގެން އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ބައްދަލުވުމަށް ފަހު ޖައިޝަންކަރު ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާގެ ރައީސް ދްރޫަޕަތީ މުރްމޫއާއެކު ރައީސް ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
މޯދީ މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފުގައި އެ ގައުމުގެ ރައީސް ދެއްވި ބެންކުއެޓްގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތެވެ. އެ ރިސެޕްޝަންގައި ބޮޑުވަޒީރު މޯދީގެ އެންމެ އަރިހުގައި ހުންނެވި އެއްބޭފުޅަކީ ވެސް ރައީސް މުއިއްޒެވެ. ދެން ހުންނެވީ ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އެވެ.
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވައިލުމަށް މި ސަރުކާރުން ނިންމުމުން ދެ ގައުމުގެ ގުޅުން ގޯސްވި ނަމަވެސް މިހާރު ވަނީ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. މޯދީ ތިންވަނަ ދައުރަކަށް ހޮވުމާ ގުޅިގެން މޯދީ އާއި ރައީސް ބަދަލުކުރެއްވި މެސެޖުތަކުގައި ވެސް އިސްކަންދެއްވީ އެ ގުޅުން ވަރުގަދަކުރުމަށާއި އެއް ގައުމު އަނެއް ގައުމަށް ބޭނުންވެފައިވާ ކަމުގެ މައްޗަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯސޭހޫ
11 June 2024
ސޭހުމެން ބުނީ ކީކޭބާ މިފަހަރު. ހިލަމެއްވެސް ނުވޭ މިހާރު
ގަޓް
11 June 2024
މިހާރު އިންޑިޔާ އޯކޭވީ؟؟
ޝަޖަންް
11 June 2024
އެމްޑީޕީއަށް އިންޑިޔާއާއެކު ނުދެވުނު ހިސާބަކަށް މިޔަދު ރައީސް މުއިއްޒު ގެންގޮސްދެއްވައިފި. މިއީ ހަމަ ވަރަށް ހިކުމަތްތެރި ރައީސެއް.
މަންދޫހްް
11 June 2024
މަރުހަބާ ރާއްޖޭގެ ހާރިޖީ ސިޔާސަތު ދަމަހައްޓާ ހުރިހާ އެންމެނަށް. ރައީސް މުއިއްޒުގެ އިރުޝާދާއެކު އިންޑިޔާ ސިފައިން ބޭރުވެ ގުޅުމަށް ބޮޑު ކުރިއެރުމެއް ވަނީ ހޯދާފައި.
ފާރިޝްް
11 June 2024
ރައީސް މުއިއްޒުގެ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ފޮނިކަން ދިވެހިންނަށް ފެންނަމުން މިދަނީ.
މަސީހްް
11 June 2024
ރާއްޖޭޔާއި އިންޑިޔާގެ ގުޅުން ކުރިޔަށްވުރެ ބޮޑަށް ބަދަހިވެގެންދާތަން ފެނިގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެެއް.
އިސްމާލްް
11 June 2024
އެމްޑީޕީގެ އިސް ލީޑަރ ޝިޕްއަށް ވަރަށް އުދަގޫވާނެ މިކަހަލަ ހަބަރުތަށް ހަޖަމްކުރަން.
އަބްޑޫޅް +
11 June 2024
މޫރުމޫ ގެ ފުރަގަހުގަ އެއިން ތަރުޖަމާނު، އެއީ ސާޅީ އަޅުފާފަ އިން، އިޓާލީ މީހެއްތަ؟ މުއިޒޫ ޅައިރު ހިންދުސްތާނު ފިލްމު ނުބަލާތީ، އަހުރެންނެކޭ އެއްގޮތަށް، މުއިޒޫ އަށްވެސް، ހިންދުސްތާނު ބަސް ނޭގެނީ ކަންނޭގެ ދޯ؟ އަހުރެންނަކަށް ވެސް ހިންދުސްތާނުގެ އެންމެ ޖުމްލައެއް ފިޔަވައި، ނޭނގެ. ހިޔެއްނުވޭ ދުވަހަކު އެނގޭނެހެނެއްވެސް. އަހުރެންނަށް އެނގޭ ހިންދުސްތާނު ޖުމްލަ އަކީ، "ކަލް ދޯ ބަޖޭ އާޔޭ".
ވެންގަބޯ
11 June 2024
އިންޑިޔާ އަކަށް ވެސް ރާއްޖެއާނުލާ ނޫލެވޭނެ ހަމަ އެފަދައިން ރާއްޖެ އަކަށް ވެސް އިންޑިޔާ އާއި ނުލާނޫޅެވޭނެ އޭސަޔާ ބައްރުގެ ޤައުމުތަކުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރުމަށް ސަރުކާރަށް ކޮވާލަން
ޢަވަސް
11 June 2024
ކިހިނެއްތަ މިވަނީ. މުއިއްޒުތޯ މޯދީ އާއި ބައްދަލުކުރީ. މޯދީ ތޯ މުއިއްޒުއާ ބައްދަލުކުރީ. ކަން ކަން ފެންނަ ގޮތުން ޔަޤީން ކޮށްލަން ބޭނުމީ
އަޕްޑޭޓްވެބަލަ
11 June 2024
ޚަބަރާ ދިމާނުވާ ކޮމެންޓް ނުކޮށްބަލަ. ފުރަތަމަ ޚަބަރު ކިޔާބަލަ. މިއުޅެނީ މޯދީއާ ބައްދަލުކޮށްގެންތަ؟ އެ ޚަބަރުގަ ލިޔަން އުޅުނު ކޮމެންޓް އަދި ކިރިޔާ ތި ލިޔެވުނީ މި ޚަބަރުގަ