25 ޖޫން 2024 - 14:17
ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި މަރުކަޒީ ބޭންކް އެމްއެމްއޭ އިން މި އަހަރު އެއްވެސް ފައިސާއެއް ނުނަގާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ، އެމްއެމްއޭގެ ރިޒާވްގައި ހުރި 14.7 ބިލިއަން ރުފިޔާ މި ސަރުކާރުން މިހާތަނަށް ނަގާފައިވާ ކަމަށާއި އެއީ ހަމަ ފައިސާ ޗާޕު ކުރުން ފަދަ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވުމާ ގުޅިގެންނެވެ.
ޝަފީގު ވިދާޅުވީ، މި ސަރުކާރުގައި މިހާތަނަށް ހިނގި ހުރިހާ ހަރަދެއް ހަމަޖެއްސީ، ދައުލަތަށް ވަންނަ އާމްދަނީ އާއި ޓީބިލް ވިއްކައިގެން ކަމަށެވެ.
މި މަހުގެ ފުރަތަމަ ހަފުތާއާ ހަމައަށް ދައުލަތަށް ވަނީ 15.4 ބިލިއަން ރުފިޔާ ލިބިފަ އެވެ. ބަޖެޓުން މިހާތަނަށް ކުރި ހޭދަ 18 ބިލިއަން ރުފިޔާ އަށް އަރަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެމްއެމްއޭ އިން އެއްވެސް ފައިސާއެއް ސަރުކާރުން ހޯދައިފައެއް ނުވާނެ އެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ދަށުން އެމްއެމްއޭ އިން ނެގޭ އާމްދަނީގެ އެއް ޕަސެންޓް ވެސް މިހާތަނަށް ބޭނުން ނުކުރާ ކަމަށެވެ.
"އެމްއެމްއޭ އިން ގާނޫނީ ގޮތުން ލިބޭ އެއް ޕަސެންޓް ވެސް. މި އަހަރުގެ މިހާތަނަށް އޭގައި [ސަރުކާރުން] އަތް ނުލާ. ގާނޫނުގެ ދަށުން 271 މިލިއަން ރުފިޔާއާ ހަމައަށް އޯޑީ ކުރުމުގެ ފުރުސަތު ލިބޭ. އެކަމަކު އެއްވެސް ފަހަރެއްގައި ބެލެންސް އޯޑީ ކޮށްފައި ނުވާނެ،" --- ފިނޭންސް މިނިސްޓަރު
އެ ގާނޫނުގައިވާ ގޮތުން ސަރުކާރަށް ވޭތުވެދިޔަ ތިން އަހަރު ލިބުނު ޖުމުލަ އާމްދަނީ އިން އެއް ޕަސެންޓް ހޯދޭނެ އެވެ. ދައުލަތަށް މިހާރު ވަންނަ އާމްދަނީން 270 މިލިއަން ރުފިޔާ ކުރު މުއްދަތުގެ ލޯނެއްގެ ގޮތުގައި ނެގުމުގެ ފުރުސަތު އެބަ އޮތެވެ.
"އަޅުގަނޑުމެން އަބަދުވެސް މި ދައްކާ ވާހަކައަކީ ލިބޭ ރެވެނިއު އަށްވުރެ ހަރަދު އެބަ ގިނަވެއޭ. އެހެންވެ، ހަރަދު މެނޭޖު ކުރުމަށްޓަކައި އެބަޖެހޭ ފައިސާ ނަގަން. އެ ގޮތަށް ބޮރޯ ކުރާ އިރު ރައީސް ވިދާޅުވި ގޮތަށް ހައި ކޮސްޓްގައެއް ދަރަންޏެއް ނަގާފައެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ދައުލަތުގެ ހަރަދު ހަމަޖައްސަން ސަރުކާރުން ޓީބިލު ނެގި އިރު، ޓީބިލުގެ އިންްޓްރެސްޓް ރޭޓު އުޅެނީ 3.5 ޕަސެންޓާއި 4.6 ޕަސެންޓާ ދެމެދުގަ އެވެ.
މިދިޔަ އާދިއްތަ ދުވަހު ޕީއެންސީ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ވެރިކަމަށް އައި ފަހުން މިހާތަނަށް 13 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަން ހޭދަކުރި ކަމަށެވެ.
އެކަމާ ގުޅިގެން ޔާމީން ރޭ ވިދާޅުވީ، މީރާގެ ތަފާސް ހިސާބުތައް ދައްކަނީ ދައުލަތަށް 12 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ވަދެފައިވާ ކަން ކަމަށާއި 13.7 ބިލިއަން ސަރުކާރުން ހަރަދުކޮށްފައިވާއިރު، 1.7 ބިލިއަން ރުފިޔާ ހޯދި ގޮތެއް ސާފު ނުވާ ކަމަށެވެ.
ޓެކްސް އާމްދަނީގެ ގޮތުގައި 12.4 ބިލިއަން ރުފިޔާ ދައުލަތަށް ވަން އިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ، ކެޕިޓަލް ރިސީޓްސްގެ ގޮތުގައި 9 މިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި 157 މިލިއަން ރުފިޔާ ހިމެނެ އެވެ.
އަޅުގަނޑުމެން އަބަދުވެސް މި ދައްކާ ވާހަކައަކީ ލިބޭ ރެވެނިއު އަށްވުރެ ހަރަދު އެބަ ގިނަވެއޭ. އެހެންވެ، ހަރަދު މެނޭޖު ކުރުމަށްޓަކައި އެބަޖެހޭ ފައިސާ ނަގަން. އެ ގޮތަށް ބޮރޯ ކުރާ އިރު ރައީސް ވިދާޅުވި ގޮތަށް ހައި ކޮސްޓްގައެއް ދަރަންޏެއް ނަގާފައެއް ނޯންނާނެ، "--- ފިނޭންސް މިނިސްޓަރު
ފިނޭންސް މިނިސްޓަރު މިއަދު ވިދާޅުވީ، އެމްއެމްއޭ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އޯވަޑްރޯ ކުރި ކަމަށާއި އޭގެ ފަހުން އޯވަޑްރޯއެއް ނުކުރާ ކަމަށެވެ.
"އެމްއެމްއޭ އިން ގާނޫނީ ގޮތުން ލިބޭ އެއް ޕަސެންޓް ވެސް. މި އަހަރުގެ މިހާތަނަށް އޭގައި [ސަރުކާރުން] އަތް ނުލާ. ގާނޫނުގެ ދަށުން 271 މިލިއަން ރުފިޔާއާ ހަމައަށް އޯޑީ ކުރުމުގެ ފުރުސަތު ލިބޭ. އެކަމަކު އެއްވެސް ފަހަރެއްގައި ބެލެންސް އޯޑީ ކޮށްފައި ނުވާނެ،" އޭނާ ވިދާޅުވި އެވެ.
މަރުކަޒީ ބޭންކުން މިދިޔަ މެއި މަހުު ނެރުނު ރިޕޯޓުގައި ވާ ގޮތުން އެންމެ ފަހުން ފައިސާ ޗާފުކޮށްފައި އޮތީ ޑިސެމްބަރު މަހު އެވެ. އެ މަހު ދެ މިލިއަން ރުފިޔާ އޯވަޑްރޯ ކުރި އެވެ. އޭގެ ކުރީ މަހު އޯވަޑްރޯ ކުރީ 1.7 ބިލިއަން ރުފިޔާ އެވެ. މިއަހަރު ފެށުނު ފަހުން އެއްވެސް މަހެއްގައި އެމްއެމްއޭ އިން ފައިސާ ނެގި ކަމަކަށް ހިސާބުތަކުން ނުދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަިއޖޭ
28 June 2024
15،4 ބިލިއަން ލިބުނީ 5.5 ބިލިއަން މުސާރަ 13 ބިލިއަން ޕެންޑިންގް ބިލްސް އާއި ލޯން ތަކަށް 8.6 ބިލިއަން އެޑްމިން އަދި ޔުތީލިޓީ 15.4 ޖުމްލ ލިބުނު އާމްދަނީ 27.1 ޙަރަދު މީ ކޮންވައްތަރު ހިސާބެއް ؟ އަދުރޭ ސަޜ ހަދާ ހިސާބު ތަ މީ
ރިމާހް
26 June 2024
ޔާމީން އަށް ހީވާކަހަލަ އޭނަޔަށޭ ހުރިހާ އެއްޗެއް އިނގެނީ.. ނުނަގާ އެއްޗެއް ކިތަންމެއް ވަރަކަށް ނެގިޔޭ ބުންޏަސް ނެގިކަމަކަށް ނުވާނެ
އަހުނަފް ރަޝީދު
26 June 2024
މިދިޔަ 5 އަހަރު ފައިސާ ޗާޕްކޮށް މިގައުމުގެ އިގްތިސާދު އަދަވަޅަކަށް ވައްޓާލިޔަސް މި ސަރުކާރުން އެކަން ނުކުރާނެ އެހެން. މާލީ ގާނޫނާ އުސޫލުގެ ތެރެއިން ކުރާނީ
ދިހާމް ހުސައިން
26 June 2024
މުއިއްޒްމެން ހިންގާނީ އުސޫލުގެ ތެރެއިން. ކަން ކުރަން ޖެހޭ ގޮތަށް. އިގްތިސާދަށް ގެއްލުން ނުވާނެހެން.
އަމީން އަބްދުﷲ
26 June 2024
ބަޔަކު މީހުން ދައްކާ ވާހަކަ މަށެއް ގަބޫލް ނުކުރަން. ހާއްސަކޮށް ސިޔާސީ މީހުން ދައްކާ ވާހަކަ.އެހެންވެ މަ އަމިއްލަޔަށް އެމްއެމްއޭގެ ރިޕޯޓްތައް ބެލީ. ނެތް މި ސަރުކާރު އައިފަހުން ފައިސާ ޗާޕްކޮށްފައެއް.
އިބާދުﷲ އިސްމާއިލް
26 June 2024
މިސަރުކާރުން އަދި ފައިސާ އެއްވެސް ވަރަކަށް ޗާޕްނުކުރޭ. އެކަން ފެންނަން އެބައޮތް އެމްއެމްއޭގެ ރިޕޯޓް ތަކުން. ޔާމިން ހެދީ ބުހުތާން ދޮގު
އަބްޑޫޅް +
26 June 2024
ހޫނ، އަދި ނުނަގާ. އެ ފައިސާ ނަގަން ހަމަޖެހިފަ އޮތީ، މާދަމާ. މިހާރު ގެންދަނީ ޗާޕު ކުރަމުން.
އިބްރާހީމް ޝަރީ
26 June 2024
ފައިސާ ޗާޕު ކުރިޔަސް އޭގޭ ރިސްކު މެނޭޖް ކޮށްގެން ކުރުމަކުން މައްސަލައެއް ނެތްތާ. މައްސަލައަކީ ކަންކަން މެނޭޖްކުރަން ނޭގުން. ވަޅި ތޫނު ވެދާނެ، އެކަމަކު ވަޅި ބޭނުން ކުރަން ޖެހޭ ހާލަތުގައި އެ ވެސް ބޭނުންކުރަން ޖެހޭނެ. އެކަމަކު އިނގިލި ކަޑައިގެން ނުދާނެ ގޮތަކަށް ބަލައި ރިސްކު ކުޑަކުރަން ޖެހޭނެ. ކަމެއް ކުރަން ޖެހޭ ހާލަތުގައި އެކަމެއް ކުރުން ގޯހެއް ނުން ނަތީޖާ ހާސިލުވާނަމަ. ވަޅި ވަޅި އޭ ތޫނޭ ތޫނޭ ކިޔާ ހުއްޓާނުލާ ގޮވުން ދޭހަކޮށްދެނީ ތިމާއަށް ނެގޭކަން.
ނާބަ
25 June 2024
ޔާމީން ބުނަނީ ތިކިޔާ ހިސާބު ދިމާ ނުވާވާހަކަ ލިބުނު އެއް ޗަކާ ކުރިޚަރަދާ ދިމާނުވި ވާހަކަ އެޔައް ޖަވާބެއް ނުކެރުނު ދޯ ދޭކައް
އެމްސް
25 June 2024
ޢާއްމު ތަންތަނަށް/ރަޢިއްޔަތުންނަށް ދޭން ހުންނަ ފައިސާ ނުދީ އެބަހިފެހެއްޓޭ ނޫންތޯ!