ސިޓީ ކައުންސިލް މެމްބަރު ޒައިދުލް އަމީން: މައުމޫނާ ދެކޮޅަށް ބަޔާނެއް ދޭން ފުލުހުން މަޖުބޫރުކުރާ ކަމަށް ތުހުމަތުކުރި
23 ފެބުރުއަރީ 2017 - 13:58
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ބަޔާނެއް ދޭން ފުލުހުން އެދެމުންދާ ކަމަށް ބުނެ، މިހާރު ބަންދުގައި ހުރި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ފަރާތުން ނެރުނު ބަޔާނުގައިވާ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރައީސް މައުމޫނަށް ތާއީދުކުރައްވާ ޒައިދު ހައްޔަރުކުރީ ފަނޑިޔާރަކު ބްލެކްމެއިލް ކުރަން އުޅުނުކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ގޭބަންދުގައި އޭނާ ބެހެއްޓުމަށް ފަހު އިއްޔެ ވަނީ އަލުން ޖަލު ބަންދަށް ބަދަލުކޮށްފަ އެވެ. އެކަމާ ގުޅިގެން ޒައިދު ނެރުއްވި ބަޔާނުގައި ވަނީ އޭނާ ހައްޔަރުކުރުކޮށްގެން އުޅެނީ މައުމޫނާ ދެކޮޅަށް ބަޔާނެއް ހޯދަން ކަމަށެވެ.
މައުމޫނަށް ތާއީދުކުރެއްވުން ހުއްޓާލައި، ސަރުކާރަށް ތާއީދުކުރެއްވުމަށް ތަހުގީގުގައި ފުލުހުންގެ އިސް އޮފިސަރަކު ޒައިދުގެ ކިބައިން އެދިވަޑައިގެންނެވި ކަމަށް އޭނާގެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި އެ އޮފިސަރުގެ ނަން ވެސް ޖަހާފައިވެ އެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޒައިދުގެ ބަޔާނުގައި ހުރި ކަންކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑްސް އިން ބަލަމުން އަންނަ ކަމަށެވެ. ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑްސްއަކީ ވަކިވަކި ފުލުހުންގެ މައްސަލަތައް ބަލަން ފުލުހުންގެ ތެރޭގައި އޮންނަ ޑިޕާޓްމެންޓެކެވެ.
ޕީޕީއެމްގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ރައީސް ޔާމީނާއި މައުމޫނާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި، ޕާޓީ ހިންގުން ރައީސް ޔާމީނަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެހެންވެ ޕާޓީ ހިންގުން އެމަނިކުފާނުގެ ކޮންޓްރޯލްގެެ ދަށަށް ގެނައުމަށް ޕާޓީގެ ތަކެތި ރައީސް ޔާމީން ފެކްޝަންގެ ބެލުމުގެ ދަށަށް ގެނައިއިރު ޕާޓީގެ އާންމު މެމްބަރުންގެ ދަފްތަރު ހިމެނޭ ހާޑް ޑިސްކެއް ގެއްލިފައިވާ ކަމަށް ރައީސް ޔާމީންގެ ފެކްޝަނުން ބުނެއެވެ.
ޒައިދުގެ ބަޔާނުގައިވާ ގޮތުން ފުލުހުން ބޭނުންވަނީ އެ ހާޑް ޑިސްކު އޮތީ މައުމޫންގެ ބެއްލެވުމުގެ ދަށުގައި ކަމަށާއި ސަރުކާރާ ދެކޮޅު ރޭވުންތަކެއް މައުމޫން ރާއްވަވާ ކަމަށް ބުނެ ބަޔާނެއް ދިނުމަށެވެ. އޭގެ ބޭނުމަކީ މައުމޫން ހައްޔަރުކުރުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
24 February 2017
މިސަރުކާރުގައި ހުރިހާ މުއައްސަސާތައް ހިނގާނީ މިހެން އެއީ އެމީހުންގެ މައްސަލައެއްނޫން އެމީހުން އެހެންބުނެ އެގޮތަށް ނޫޅެފިއްޔާ ވަޒީފާ ގެއްލޭނެ އެހެންވެ ފުލުހުންނެއް ގާޒީންނެއް މިނިވަން މުއައްސަސާއެއްކިޔާނެ ކަމެއްނެތް އެންމެން ވަޒީފާގެބިރުގައި އަބަދުވެސް ކުރާނީ ޕާޓީއަށް ފޯމުފުރުމާ ޕާޓީ ދެމެހެއްޓުމުގެ މަސައްކަތް އެއީ މިހާރު މިދެންނެވި ތަންތަނުގެ ވަޒީފާ ބަޔާނަކީ ދެން އެންމެނަށްވެސް އެނގޭ ދޯ މިކަން ދެން އަވަހަށް މައުމޫނުވެސް ޖަލަށްލާ ނާޒިމަށްހެދިގޮތަށް ހަތިޔާރު ވަައްދާ އެ ހޯދާފަވެސް ޖަލަށް ލެވޭނެނުންދޯ މީދެން އެހެންމީހަކު ގުރުމާންކުރަން ޖެހޭކަމެއްތަ
ހެޔޮނުވާނެ.
24 February 2017
މައުމޫނާ ނުކުޅޭ.
ޒުލްފާ
23 February 2017
ޕޮލިހުން ކުރާ އެއްވެސް ކަމަކަށް ދިވެހިން މިހާރު ޤަބޫލެއް ނުކުރޭ އަދި އިތުބާރެއްވެސް ނެތް.
ޢަލީ
23 February 2017
މަދު ބަޔެކޭ ނުބުނެވޭނެ ދޯ މުޅި މުއައްސަސާ އެހެން އޮއްވާ. ފުލުހުންވެސް, ކޯޓުތައްވެސް ކަނޑައެޅިގެން ސިޔާސީ ހަތިޔާރެއް ގޮތުގަ ބޭނުން ކުރެވޭ އެއްވެސް އުނދަގޫކަމެއް ނެތި. މިއީ މަދުބައެއްގެ ބޮލުގަ އެޅުވޭވަރު ކަންކަމެއްނޫން. މިއީ ނިޒާމުގަ ހުރި މައްސަލަ.
ސަރީފުބެ
23 February 2017
މިގޮތަށް ނުހައްގުން އަނިޔާ ދޭއިރު ކިހިނެއްތޯ ވޯޓް ދޭނީ. ސޮރީ ރައީސް ޔާމީން.
ރޮވޭ
23 February 2017
ހެޔޮނުވާނެ މީހެއްގެ 30 އަހަރު ނުވާ ޅަ ދަރިއަކު ތިޔަގޮތަށް ތުހުމަތޭ ކިޔައިގެން ޖަލުގަ ގެންގުޅެން.
އުތުރު
23 February 2017
ހަމަ ހިނި އަންނަނީ....ހިނިއަންނަނީ...ހަމަ ގަދަޔަށް ހިނި އަންނަނީ...ނުހޭންހުއްޓަސް ހިނި އަންނަނީ
މައިލޭޑީ
23 February 2017
ޒައިދުގެ ހިތްވަރަށް ސާބަސް
ހާސިމި
23 February 2017
ފުލުހުންގެ މަދުބައެއްގެ އަމަލުތައް ހުންނަގޮތުން ބަދުނާމުނީ މުޅި މުއައްސަސާ އެއްވެސް ކުށެއްނެތި މީހުން ހައްޔަރުކޮސްގެން އެތައްޒަމާނަކު ގެންގުޅެ ކުށެއްނެތް އެތައްބައަކަށް ހުކުމްކޮށް ޖަލަށްލާ އަރުވާލާ ރައްޔަތުންފަނާކޮއްފި.
ޒާޒާ
23 February 2017
ޕޮލިހުންގެ އަގުވައްޓާލީ އޭ ބުނެ 13 އަހަރަށް ޖަލަށް