މީހަކު މިސްކިތުގައި ގުރުއާން ކިޔަވަނީ: ހަތިމެއްގައި ދަތް އަޅައި ވީދާލި މީހަކު ވަނީ ހައްޔަރު ކޮށްފައި --- މިހާރު ފޮޓޯ/ފަޔާޒު މޫސާ
07 ޖުލައި 2024 - 16:51
މިސްކިތެއްގައި ބާއްވާފައި އޮތް ކީރިތި ޤުރުއާންގެ ހަތިމެއްގައި ދަތްއަޅައި ވީދާލި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ މަންނާން 36، އެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފަ އެވެ. އަމުރުގައި މަންނާން ބަންދުގައި ބެހެެއްޓުމަށް އަމުރު ކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާތީ އެވެ.
ފުލުހުން ހުށަހަޅާފައިވާ ހާދިސާ ރިޕޯޓުން މަންނާން، މިސްކިތުގައި އޮތް ހަތިމެއްގައި ދަތްއަޅައި ވީދާލައިފައިވާ ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
މަންނާންއަކީ ބިދޭސީ ރައްޔިތަކަށް ވުމުން ފިލައިގެން ހިނގައިދާނެތީ ވެސް އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް އަމުރުގައިވެ އެވެ.
މީގެ ކުރިން ވަނީ ހަތިމަށް ކުޅު ޖަހައިގެން ދިވެހި ފިރިހެނަކު ވެސް ހައްޔަރު ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅިން
07 July 2024
މާ ބޮޑައް ބަޑުހައިވީކަންނޭންގެ!
ހުސެން މުފީދު
07 July 2024
ހަރުކަށި ދީނީ ފިކުރު ފެތުރުމަކީ ވެސް ދީނަށް ފުރައްސާރަކުރާ މީހުން ޓްރިގާ ވާ ކަމެއް.
ޗިންްޗޮން
07 July 2024
ގުރުއާނަށް ކޮން ވަރެއް ތަ މި ބާލަނީ ކޮންމެ .. ނުކިޔަވަންޏާ އަތް ނުލާބަލަ.
ކޮންކޮން
08 July 2024
ގުރުއާނަކަށްނޫން، އެލިޔަފަ އޮތް ހަތިމަކަށް