ރިޕޯޓް

އާބާދީ އިތުރު ނުވެ، ރަތް ރޮނގު ހުރަސް ކުރަނީ!

ނުވަދިހައިގެ އަހަރުތަކުގައި ރާއްޖޭގައި ދަރިމައިވުމުގެ ރޭޓް ހުރީ 7.4 ގައި. އޭގެ ތިރީހަކަށް އަހަރު ފަހުން ހެދި ބޯހިމެނުމުގެ ނަތީޖާ އިން ދައްކަނީ އެ އަދަދު 1.7 އަށް ތިރިވެފައިވާކަން.

ރަށެއްގެ ބަނދަރުމަތީގައި ހުރި ޖޯލި ފަތިތަކެއްގައި ބަޔަކު ޖައްސާލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ތަފާސްހިސާބުތަކުން ދައްކާ ސާފު މަންޒަރަކީ ރާއްޖޭގައި ވިހާ ރޭޓް މަތިނުވެއްޖެ ނަމަ މީގެ ގާތްގަނޑަކަށް 50 އަހަރު ފަހުން އޮންނާނީ މުސްކުޅި އާބާދީއެއް ކަމެވެ. ނޭޝަނަލް ސްޓެޓިކްސް ބިއުރޯއިން ހާމަކޮށްފައިވާ ނަމްބަރުތަކުން މުޅިން ވެސް ފެންނަނީ ރަތް ރޮނގު ފަހަނަ އަޅައި ދާން އުޅޭ ނުރައްކާތެރި ސިގްނަލްތަކެވެ.

ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން (އައިޝާ) ވިދާޅުވި ގޮތުގައި މި ޖީލު ދަމަހައްޓައި، ކުރިއަށް ގެންދަން ކޮންމެ ދެމަފިރިއަކު ވެސް މަދުވެގެން 2.1 ކުދިން ހޯދަން ޖެހެ އެވެ. އެކަމަކު، ސްޓެޓިސްޓިކްސް ބިއުރޯ އިން އެންމެ ފަހުން ހެދި ބޯހިމެނުމުގެ ނަތީޖާ އިން ދައްކަނީ ދަރިމައިވުމުގެ ރޭޓު ރާއްޖޭގައި ވަރަށް ބޮޑަށް ދަށްވަމުންދާ ތަނެވެ.

ނުވަދިހައިގެ އަހަރުތަކުގައި ދަރިމައިވުމުގެ ރޭޓް ރާއްޖޭގައި ހުރީ 7.4 ގަ އެވެ. މާނައަކީ، ދަރިމައިވާ އުމުރުގައި އެވްރެޖުކޮށް ހަތް ކުދިންނަށް ވުރެ ގިނައިން ހޯދަ އެވެ. އޭގެ ތިރީހަކަށް އަހަރު ފަހުން 2022 ގައި ހެދި ބޯހިމެނުމުގެ ނަތީޖާ އިން ދައްކަނީ ދަރިމައިވުމުގެ ރޭޓަކީ 1.7 ކަމަށެވެ. މާނައަކީ ރާއްޖޭގައި މިހާރު ހޯދަނީ ދެ ކުދިންނަށް ވުރެ މަދުންނެވެ.

އެއީ އާބާދީގެ ނިސްބަތަކުން ވިސްނާލާނަމަ ކަންބޮޑުވުމެއް ކަމަށް އައިޝާ ވިދާޅުވި އެވެ.

ދެމަފިރިއަކު، ކުޑަ ދަރިފުޅާއެކު ރަސްފަންނުގައި މަޑުކޮށްލައިގެން. ރާއްޖޭގައި ފާޓިލިޓީ ރޭޓް ހުރީ 1.7 ގައި ކަމަށް ބޯހިމެނުމުގެ ނަތީޖާތަކުން ދައްކާ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި 515،312 މީހުން ދިރިއުޅޭ ކަމަށް އެ ބޯހިމެނުމުގެ ނަތީޖާއިން ދައްކަ އެވެ. އެކަމަކު، ދިވެހިންގެ އަދަދު އަދި ވެސް ހަތަރު ލައްކައަށް ނާރަ އެވެ. އެންމެ ފަހުގެ ބޯހިމެނުމުގައި ބުނީ 382،639 ދިވެހިން އަދި 132،673 ބިދޭސީން މި ވަގުތު އެބަތިބި ކަމަށެވެ. ކުރީގެ ބޯހިމެނުމަށް 8 އަހަރު ފަހުން ހެދި ގައުމީ ސާވޭގެ ނަތީޖާ ދައްކާގޮތުން 2014 ވަނަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވަނީ 44،317 މީހުންނެވެ. އެއީ، އަހަރަކަށް 5،539 ނުވަތަ މަހަކަށް 462 ކުދިންނެވެ.

އައިޝާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އާބާދީ އިތުރުވާ ރޭޓާ މެދު ކަންބޮޑުވުންތައް އޮތަސް، ރާއްޖޭގައި އަދި ވެސް އޮތީ ޒުވާން އާބާދީއެކެވެ. އެއީ 25-29 އަހަރާ ދެމެދެވެ.

އެންމެ ފަހުގެ ބޯހިމެނުން ދައްކާ ގޮތުން، ރާއްޖޭގެ އާބާދީގައި 15 އަހަރުން ދަށުގައި ތިބީ 20 ޕަސެންޓެވެ. މަސައްކަތްކުރާ އުމުރުކަމަށް ބަލާ 15-64 އަހަރާ ދެމެދުގެ 76 ޕަސެންޓު މީހުން އަދި އުމުރުން ދުވަސްވީ ކެޓަގަރީ 65 އަހަރުން މަތީގެ ހަތަރު ޕަސެންޓް މީހުން ރާއްޖޭގައި އުޅެ އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ މީޑިއަން އޭޖު ނުވަތަ ދެބައިކުޅަ އެއްބަޔަކީ 30 އަހަރު ކަމަށެވެ. އެ އަދަދު 2014 ގައި ހުރީ 26 އަދި 1990 ގައި މީޑިއަން އުމުރަކީ 16 އަހަރުގައި ކަމަށް އައިޝަތު ވިދާޅުވި އެވެ.

"ދުވަސްވީ އާބާދީއަކާ ދިމާލަށް [ރާއްޖެ] މި ދަނީ." އޭނާ ވިދާޅުވި އެވެ.

އެހެން ގައުމުތަކުން މިސާލު ހޯދަން ޖެހޭ

ހަމައެކަނި ރާއްޖޭގައި އެކަންޏެއް ނޫނެވެ. އޭޝިއާގެ އެހެން ގައުމުތަކުގައި ވެސް އާބާދީ މަދުވުމުގެ ނުރައްކާ ކުރިމަތިވެ، ދަރިން ހޯދަން ބާރު އަޅަން ތަފާތު އެކި ނަން ނަމުގައި ސަރުކާރުތަކުން އެހީ ދޭން ވަނީ ފަށައިފަ އެވެ. ޖަޕާނަކީ އޭގެ އެއް މިސާލެވެ.

މުސްކުޅި އާބާދީ އެންމެ ބޮޑު ޖަޕާނުގައި އާބާދީ ދަށަށް ދާން ފެށީ 128 މިލިއަން މީހުން ހަމަވިތަނާ ކަހަލަ ގޮތަކަށް 2008 ގެ ފަހުންނެވެ. ވަޒީފާގެ ސަގާފަތާއި ދިރިއުޅުމުގެ ފެންވަރު އަގު ބޮޑުވުމަކީ ސަބަބެއް ކަމަށް ބަލައި، އާބާދީ އިތުރުކުރަން ޖަޕާނު ސަރުކާރުން މިހާރު ވެސް އަންނަނީ ދަރިން ހޯދުމަށް ހިތްވަރު ދިނުމުގެ ބޭނުމުގައި އަލަށް ކައިވެނި ކުރާ ޒުވާނުންނާއި ތިން އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް އެލަވަންސް ދިނުމާ އެކު، އާބާދީ އިތުރުކުރަން އެތައް ބިލިއަން ޑޮލަރެއް ހޭދަކުރަމުންނެވެ.

މިދިޔަ އަހަރަކީ އަލަށް އުފަންވާ ކުދިންގެ އަދަދު، ޖެހިޖެހިގެން ދަށަށް ދިޔަ 8 ވަނަ އަހަރެވެ.

އެ ގައުމުގެ ސަރުކާރުން މިދިޔަ ފެބްރުއަރީ މަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ފާޓިލިޓީ ރޭޓް ވަނީ، އޭގެ ކުރީ އަހަރާ އަޅާބަލާއިރު 5.1 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ޖަޕާނުގެ ދަރިމައިވުމުގެ ނިސްބަތް ހުރީ 1.3 ގަ އެވެ.

ޖަޕާނުގެ އެވްރެޖު އުމުރަކީ 49 އަހަރެވެ.

ގޮއިދޫ ބޮޑުމަގުން ކުދިންތަކެއް ބައިސްކަލް ދުއްވަނީ-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ލަހުފާ ހަލީލް ވިދާޅުވީ މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން 2014-2025 ރިޕޯޓުން ދައްކާ ގޮތުން ރާއްޖޭގެ އާބާދީ ދަތުރުކުރާ މިސްރާބަށް ބޮޑު ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

އެވްރެޖުކޮށް މީހުން ދިރިއުޅޭ އުމުރު ނުވަތަ ލައިފް އެކްސްޕެކްޓެންސީ 78.9 އަހަރަށް މަތިވެފައި ވިއަސް އޭގައި ވެސް ކަންބޮޑުވާންޖެހޭ ކަމެއް އެބައޮތެވެ. އެއީ، މަސައްކަތް ކުރާ ދޮށީ އުމުރުގެ މީހުންގެ އާބާދީ 2020 ވަނަ އަހަރާ ބައްދަލުވިއިރު 15.5 ޕަސެންޓަށް މަދުވުމެވެ. އޭގެ އިތުރުން މަސައްކަތް ކުރާ އާބާދީ ވެސް 68 ޕަސެންޓުން 66 ޕަސެންޓަށް މަދުވެފައިވާ ކަމަށް ލަހުފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލައިފް އެކްސްޕެކްޓެންސީ މަތިވަމުން ދިޔަ ނަމަވެސް ކުދިން ހޯދާ ރޭޓް ދަށްވަމުން ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ

އާބާދީއަށް އަންނަ ބަދަލުތަކަށް ބަލާއިރު 2030 ގެ ނިޔަލަށް 65 އަހަރުން މަތީގެ އާބާދީއަށް ހަތް ޕަސެންޓުގެ އިތުރުވުމެއް ފެންނާނެ އެވެ އެވެ. އަދި 2050 ވަނަ އަހަރު އަންނައިރު އެ އަދަދު 14 ޕަސެންޓަށް އިތުރުވެ، 2050 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ އެވްރެޖު އުމުރު 47 އަހަރުން މައްޗަށް އަރާނެ ކަމަށް ޑިމޮގްރެފިކްސް ސާވޭތަކުން ދައްކާ ކަމަށް ވެސް ލަހުފާ ވިދާޅުވި އެވެ.

"މި ހުރިހާ ކަމަށް ބަލާއިރު، ރާއްޖޭގެ އާބާދީ މި ވަނީ ދޮށީ އުމުރުގެ މީހުން ގިނަ އާބާދީއަކާ ދިމާލަށް މިސްރާބު ޖަހާފައި. ރާއްޖޭގެ އާބާދީ އަށް މި ބަދަލުތައް އަންނަން ފަށާފައިވާއިރު، އާބާދީގައި ސިއްހީ ބޮޑެތި މައްސަލަތައް އިތުރުވަމުންދާ ކަން ވެސް ފާހަގަކޮށްލެވޭ،" އޭނާ ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯއިން އިން ހެދި 2020-2021 ގެ ސްޓެޕްސް ސާވޭއާ ހަވާލާ ދެއްވާއި ލަހުފާ ވިދާޅުވީ ރާއްޖޭގެ އާބާދީގައި ހަކުރު ބަލި، ލޭމައްޗަށް ދިއުން އަދި ކޮލެސްޓްރޯލް މަތިވުން ފަދަ ސިއްހީ މައްސަލަތައް ތަހައްމަލު ކުރާ މީހުންގެ އަދަދު ކަންބޮޑުވާ ވަރަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. އޭގެ އިތުރުން ނެޝަނަލް ޔުނިވާސިޓީ އަދި ވިލާ ކޮލެޖުން ހެދި "އިސްރަށްވެހިންގެ ދުޅަހެޔޮ"ކަމާ ގުޅޭ ދިރާސާއިން ވެސް، އިސްރަށްވެހިންގެ 50 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ އެކަނިވެރިކަމާއި ޑިޕްރެޝަން ތަހައްމަލު ކުރާ ކަމަށް ލަހުފާ ވިދާޅުވި އެވެ.

ފިރިހެނުންތަކެއް، އާޓިފިޝަލް ބީޗުގައި ޖައްސާލައިގެން-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަސްތުވާތަކެތީގެ ވަބާގައި 2014 ވަނަ އަހަރު ޖެހިފައިވަނީ 22-36 އަހަރާ ދެމެދުގައި ކަމަށް ވިއަސް 2021 ވަނަ އަހަރު އެ ހިސާބުތައް ވަނީ 17-68 އަހަރާ ދެމެދަށް އިތުރުވެފަ އެވެ.

"މަސްތުވާތަކެތީގެ މުއާމަލާތްތަކުގައި ޝާމިލްވާ މީހުންގެ އުމުރުފުރާގައި 32 އަހަރުގެ ބޮޑު އިތުރުވުމެއް މި ވަނީ ފާހަގަވެގެން ގޮސްފައި. މިއީ ތަފާތު ސަބަބުތަކާ ހުރެ ދޮށީ އުމުރުގެ މީހުންނަށް އިހުމާލު ވެވޭ ކަމާއި އެ މީހުން މަސްތުވާތަކެއްޗަށް ހުށައެޅިގެން ދިއުމާ އެކު، އެ މީހުން އެ ވަބާގައި ޖެހޭ މިންވަރު އިތުރުވަމުން އަންނަކަން ދަލީލުކޮށްދޭ ހެއްކެއް،" ލަހުފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އާބާދީ އަށް އަންނަ މި ބަދަލުތަކަށް އަވަހަށް ފިޔަވަޅު ނާޅައިފި ނަމަ ދައުލަތަށް އެތައް ގޮންޖެހުމެއް ކުރިމަތިވާނެ އެވެ.

"މި ބަދަލުތައް ދެނެގަނެ ދުރާލާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ ދުޅަހެޔޮ ނޫން، ދޮށީ އުމުގެ ބޮޑު އާބާދީއެއް ދައުލަތަށް ބަރޯސާވާ ބަޔަކަށް ވެގެން ދާނެ. ނަތީޖާއެއްގެ ގޮތުން އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް އުފެދުމުގެ އިތުރުން މިއީ ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިގެ ތެރެއިން މިހާރު ވެސް ދޮށީ އުމުރުގެ މީހުންނަށް ކުރަމުންދާ ހަރަދުތައް އެތައް ގުނައަކަށް ބޮޑުވެގެންދާނެ ކަމެއްކަމަށް ބެލެވޭ،" ލަހުފާ ވިދާޅުވި އެވެ.

"މިކަންކަށް ހައްލުކުރުމަށްޓަކައި އާބާދީ އިތުރުކުރުމަށް ސިޔާސަތުތައް ކަނޑައަޅައިގެން މަސައްކަތްތަކެއް ކުރުން މުހިއްމު. ހަމައެއާ އެކު، ދޮށީ އުމުރުގެ އާބާދީއަކީ ބަރޯސާ ނުވާ ދުޅަހެޔޮ އާބާދީއަކަށް ހެދުމަށް ސިޔާސަތުތައް އެކަށަ އަޅަންޖެހޭ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި ގުޅުންހުރި ސިޔާސަތުތަކާއި ޕްރިވެންޓިވް ހެލްތު ކެއާ ނިޒާމެއް ގާއިމްކުރުމަށް ސިޔާސަތުތައް އެކަށައެޅުން ވަރަށް މުހިއްމު."

ދަރިމައިވުމުގެ ރޭޓް މަތި ނުވެ، މުސްކުޅި އާބާދީއަކާ ދިމާލަށް ދާނަމަ ދެމެހެއްޓެނިވި ތަރައްގީގެ ނަޒަރުން ބަލާއިރު ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ އެވެ. ހަމައެކަނި ހެޑްލައިން ހެދުމުގެ ބޭނުމުގައި ޕޮލިސީ ލެވެލްގައި ތިއްބެވި ބޭފުޅުން މި ވާހަކަ ދެއްކެވުން ހުއްޓާލައި މިކަން ސީރިއަސްކޮށް ނަގަންޖެހޭ ވަގުތު ޖެހިއްޖެ އެވެ. އަވަސް ފިޔަވަޅެއް ނާޅައިފި ނަމަ އޭގެ ގެއްލުން ލިބޭނެ ކަމުގެ ނުރައްކާތެރި ސިގްނަލް ކޮންމެ ދުވަހަކު ވެސް މިދަނީ ލިބެމުންނެވެ.

82 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 82%
icon angry icon angry 9%
icon wow icon wow 9%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލިރުގާމް

11 July 2024

ބޯހިޔާވަހި ކަމުގެ ހައްލު އައީމަ މިކަން ހައްލުވީ . ނިމިދިޔަ ސަރުކާރުން ބޯހިޔާ ވަހިކަން ދިނީ ގެދޮރު ހުރި މީހުންނަށް. ގެނގުޅުނީ ނަސްލި، މާލެ- ރާއްޖެތެރެ ސިޔާސަތެއް. މިވެރިކަމުގަ އަދި ވާނެ ގޮތެއް ނޭނގޭ

The name is already taken The name is available. Register?

ދޮން

11 July 2024

ކުދިން ހޯދައިގެން އުޅޭނެ ތަނެއް ނެތް. ގޯތްޗެއް ނުލިބޭ. ފްލެޓެއް ނުލިބޭ. ރަސްމާލެއިން ގޯތި ލިބޭތޯ މަޑުކުރުން ނޫން ގޮތެއް އަދި ނެތް

The name is already taken The name is available. Register?

ހަމަ ހުވާ

11 July 2024

ތިއީ 100% ތެދެއް !!!

The name is already taken The name is available. Register?

ބަކުރުބޭ

11 July 2024

ޝައްކެއްވެސް ނެތް ރަނގަޅު އާމްދަނީއެއް ލިބި ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސޭނެ ފެންވަރު ހުރި ނަމަ ކޮންމެ މީހަކުވެސް ދަރިން ހޯދައިގެން އުޅެން ބޭނުންވާނެ. އާންމު ދިރިއުޅުމުގެ ހާލަތަށް ބަލާފަ ކޮންމެ ދެމަފިރިއަކުވެސް ބޭނުންވަނީ ގިނަވެގެން 02 ކުދިން. އެވެސް 1 ފިރިހެން 1 އަންހެން ލިބިއްޖެ ނަމަ ދެން ނޫޅޭނެ. ސަބަބަކީ އާމްދަނީއިން ދެކޮޅު ނުޖެހޭތީ ގިނަކުދިން ހޯދައިގެން އެ ކުދިންނަށް ބޭނުންވާ ހުރިހާ ކަމެއް ފުއްދާ ނުދެވޭތީ

The name is already taken The name is available. Register?

1

11 July 2024

އާބާދީ އިތުކުރެވޭނީ އާބާދީ އެއްފަސްކޮށްގެން.

The name is already taken The name is available. Register?

ހާމާނު

11 July 2024

އެހެންވީމަ މިހިސާބުން އާބާދީ ގިނަކުރަން މަސައްކަތް މިފަށައިގަތީ.. މިފަހަރު 4 އަނބިން ވެސް ހޯދާނަން.

The name is already taken The name is available. Register?

އަލީ ބަލީ

11 July 2024

ދެން އަވަހަށް އައްޑަނަދީ މައުމޫނަށް . އެއީއެއްނު އާބާދީ ކޮންޓްރޯލް ކުރި މީހަކީ

The name is already taken The name is available. Register?

ގުދުގުދުލީބެއްޔާގެ ތެދުބަސް

11 July 2024

އާބާދީ ހަންމަތަކުރެއްވި ބޭފުޅަކީ މައުމޫނު. އެ އަނެއްކާ އަނެއްކޮޅަށް ޖެހުމުގެ ހިކުމަތުއަމަލީވެސް ހުންނާނީ ހަމަ އެމަނިކުފާނު.

The name is already taken The name is available. Register?

ބޭނުމެއްނެތް

11 July 2024

އާބާދީ ބޮޑުކުރުމުގެ ބޭނުމެއް އެއްގޮތަކަށްވެސް ނެތް. 5 ލައްކައިގެ އާބާދީއެއް ބަލަހައްޓަން ގައުމު ހިންގާނެ ރަގަޅު ސަރުކާރެއް ނުލިބިގެން އުޅޭއިރު އާބާދީ އިތުރުކޮށްގެން އަދި އިތުރު ދަންތުރައެއްގަ ޖެހެން އޮންނާނީ. ބޯހިޔާވަހިކަމޭ ކިޔައިގެން ކޮންމެ ސަރުކާރަކުން އެހާ ހަޑިހާވާ އެބަ. އަލިފުން ފަށައިގެން ކަންކަން ތަރުތީބުން ހިންގަން އެނގޭނަމަ ކޮންމެ ރައްޔިތަކަށް ހިޔާވަހިކަން ހުންނާނެ މިހާރު. އެކަމު އެވަރު ކޮށްލާނެ ސަރުކާރެއް ނާދޭ. ރައްޔިތުންގެ ފައިދާ ނަގަނީ

The name is already taken The name is available. Register?

ހޮޅި ޔާމީ

11 July 2024

އާބާދީ މުސްކުޅިވެ އިގުތިސާދު އިންދަ ޖެހޭނޭކަމެއް ނޭންގޭތަ

The name is already taken The name is available. Register?

ސަނައްޓޭ

11 July 2024

ބޭނުމީ އިނދަ ޖެހެން. އޭރުން ގައިމު މީހުންތަކަށް އެއްޗެއް ވިސްނޭނެތާ

The name is already taken The name is available. Register?

ހޮޅި މުއީ

11 July 2024

އިގްތިސާދު އިނދަޖެހިދާނެ ކޮންމެފަދަ ކަމަކާ ހެދިވެސް. އާބާދީ މުސްކުޅިވާން މެދުވެރިވީ މޮޅެތި އީޖާދުތައް ކުރީތީ. މަރުވެދާނެ ފަދަ ގޮތަކަށް ތިބި މީހުން މަރާ ދުރުވާނެ ގޮތަށް ވެންޓިލޭޓަރަށް ލައި ހޮޅިތައް ގުޅައިގެން ދުނިޔޭގަ ބައިތިއްބޭނެ ގޮތުގެ މޮޅު އީޖާދުތައް ކުރި ގޮތަށް، އާބާދީ މުސްކުޅިވެގެން އިގްތިސޯދު އިނދަޖެހޭނަމަ އެކަމަށް ހަދާނެ ގޮތްވެސް ހޯދެންވާނެ. އިތުރު ފުރާނަތަކެއް ދުނިޔެއަށް އުފަންކޮށް އެކުދިންނާ އަޅާނުލައި ހާލުގަ ޖެއްސުމުގެ ބޭނުމެއްނެތް

The name is already taken The name is available. Register?

ވ×

11 July 2024

މިކަމާ އުޅެންވީ ދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454