ޚަބަރު / ޑްރަގް ޓްރެފިކްކުރުން

ވައިގެ މަގުން އެތެރެކުރި ރެކޯޑް އަދަދެއްގެ ޑްރަގް އަތުލައިގެންފި

ވައިގެ މަގުން އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ވައިގެ މަގުން އެއްފަހަރާ ރާއްޖެ އެތެރެކުރަން އުޅުނު 15 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މިއީ، ރާއްޖެއަށް ވައިގެ މަގުން އެއްފަހަރާ ރާއްޖެ އެތެރެ ކުރަނިކޮށް އަތުލައިގަތް އެންމެ ބޮޑު އަދަދުގެ ޑްރަގެވެ. މީގެ ކުރިން އެއްފަހަރާ ބޮޑެތި އަދަދުތަކުން ޑްރަގް އެތެރެކުރަނީ ކަނޑުމަގުންނެވެ.

އެ އޮޕަރޭޝަންގެ މައުލޫމާތު ދިނުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް މުހައްމަދު މަސީހު ވިދާޅުވީ، އެ މަސްތުވާތަކެތި ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު އީކޭގެ ފްލައިޓަކުން ރާއްޖެ އައި މެލޭޝިއާގެ މީހެއްގެ ދަބަހުން ކަމަށެވެ.

ކަސްޓަމްސް އިންޓެލިޖެންސްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ކަސްޓަމްސް މުހައްމަދު އަފްޒަލް ވިދާޅުވީ، އެ ފިރިހެން މީހާގެ ލަގެޖް ފާސްކުރިއިރު، ގާނޫނާ ހިލާފު ތަކެތި ފެނުމުން އިތުރަށް ފާސް ކުރިއިރު، ޕެކެޓަކަށް އަޅާފައި ހުރި ކެނެބިސް ފެނިފައިވާ ކަމަށެވެ.

ޕޮލިހާއި ކަސްޓަމްސް ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ އިދާރާގެ އިސްވެރިންތަކެއް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަފްޒަލް ވިދާޅުވިގޮތުގައި، އެ ދަބަހުން ފެނުނު 15.38 ކިލޯގެ މަސްތުވާތަކެތީގެ އަގު 12.4 މިލިއަން ރުފިޔާ އަށް އަރަ އެވެ.

އެ މައްސަލައާ ގުޅިގެން އިތުރަށް ބެލިއިރު، ދަތުރުކުރާ ރޫޓް އޮޅުވާލަން އެ މީހާ މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އޭނާގެ އަތުން ފޭކް ޓިކެޓެއް ފެނުނު ކަމަށާއި އެ މީހާ ރާއްޖެ އައިސްފައިވަނީ ބެންކޮކުން ފުރައިގެން ދުބާއީ މަގުން ކަމަށް އަފްޒަލް ވިދާޅުވި އެވެ. އެ މީހާ ރާވާފައި އޮތީ އަފްޒަލް ވިދާޅުވި ގޮތުގައި އަނބުރާ މެލޭޝިއާ އަށް ދާށެވެ.

ފުލުހުންގެ ނާކޮޓިކްސް ކޮންޓްރޯލް އޮޕަރޭޝަންގެ ހެޑް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އިބްރާހިމް އިމްރާން ވިދާޅުވީ އެ ޑްރަގް ގެނައި އުމުރުން 44 އަހަރު މީހާ އާއި އޭނާއާ ގުޅުން ހުރި މެލޭޝިއާގެ 41 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ޕޮލިހާއި ކަސްޓަމްސް ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެސިސްޓެންޓް ކޮމިޝަނާ އޮފް ކަސްޓަމްސް، މުހައްމަދު މަސީހު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި އެ މައްސަލައިގައި ހަތަރު ގައުމެއްގެ މީހުން ބައިވެރިވުން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ޑްރަގް ޓްރެފިކިން އިންވެސްޓިގޭޝަންގެ ހެޑް، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ވަހީދު ވިދާޅުވި އެވެ.

އެކަމަކު އެ މައްސަލާގައި މިހާތަނަށް ދިވެއްސެއްގެ ބައިވެރިވުން އޮތް ކަމަށް އަދި ތުހުމަތެއް ނުކުރެވެ އެވެ.

ވަހީދު ވިދާޅުވީ ޑްރަގްސް ޓްރެފިކިންގެ 31 މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން ދައުވާކޮށްފައިވާ ނުވަ މައްސަލައިގެ ތެރެއިން އަށް މައްސަލައެއް ސާބިތުވާ ކަމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްޒަލް ވިދާޅުވީ މި އަހަރުގެ މިހާތަނަށް ކަސްޓަމްސް އިން 64 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެއީ 106 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ.

އޭނާ ވަނީ ދިވެހިން އާންމުކޮށް ގޮސް އުޅޭ މެލޭޝިއާ އަދި ތައިލެންޑު ފަދަ ގައުމުތަކުގައި އުޅޭއިރު، މީހުން ދޭ ގޮތް ނޭނގޭ ތަކެއްޗަށް ހަވާލު ނުވާން އިލްތިމާސް ކޮށްފަ އެވެ. އަދި މީހުން ދޭ ތަކެއްޗާ ހަވާލުވާއިރު ސަމާލުކަން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

18 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 18%
icon angry icon angry 9%
icon wow icon wow 18%
icon inlove icon inlove 55%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަމޫނާ.

31 July 2024

ސިންގަޕޯރ ނަމަ ކުޑަ ކުޑަ ގުރާމުކޮޅެއް ފެނުމާއެކީ އޮންނާނީ މަރުގެ އަދަބު. މި ރާއްޖޭގައި ބެގޭޖް އެލަވަންސް ފުރެންދެން ޑްރަގްސް ގެނަޔަސް ކުޑަ ބަންދަކަށް ފަހު އަނެއް ދޮރާށިން ބޭރު

The name is already taken The name is available. Register?

ތިމާވެށި

30 July 2024

ކޯޓް ތެރެއިން ޑްރަގް އެތެރެ ކުރާ މީހުންނަށް އެހީވާ މީހުން ގެ މައްސަލަ ވ ސީރިއަސް ކޮށް ބަލަން ވީ އެވެ. ޝައްކު ކުރެވޭ މީހުންގެ ފޯން ވެސް އަޑު އަހަން ވީ އެވެ.

The name is already taken The name is available. Register?

ކޮރަލް

30 July 2024

މިހާރަށް ވުރެ ހަރުކަށި އަދަބު ޑްރަގް އެތެރެ ކުރާ މީޙުންނަށް ދޭން ވީ އެވެ. ޖަލުގައި ބުރަ މަސައްކަތް ކުރުވަން ވީ އެވެ.

The name is already taken The name is available. Register?

އެޑްމުންޑޯ

29 July 2024

އެންމެ 5 ދުވަސް ޖެހީމާ ލަފާވަނީ ދޫކޮއްލާނެކަމަށް ، 15 ކިލޯގެ ޑްރަގު އެތެރެކުރީމާވެސް 5 ދުވަސް ، ކަމުގެ މުހިއްމު ކަމާއި އަހްމިއްޔަތު ކުޑަކަން ދޭހަވަނީ

The name is already taken The name is available. Register?

ދިވެހިން ދިވެހިގައުމު ފުނޑާލީ!

29 July 2024

ޑިޕޯޓް ކޮއްލާފަ، މާދަމާ ފްލައިޓުން އަނެއްކާ ވަނަ ދީ!

The name is already taken The name is available. Register?

ސަެްެް

29 July 2024

8 - 5 ޖޮބް ދޫކޮށްލަންވީ ދޯ.

The name is already taken The name is available. Register?

ބުރަތޭރީ

29 July 2024

ވަސްޓަމްސް އާއި ޕޮލިހުން ، މަސްތުވާތަކެތީގެ އަގުބުނެދީގެން ތިޔަކުރައްވާ ޕޮރޮމޯޝަން ހުއްޓާލަންޖެހޭ... ޒުވާން ޖީލަށް އަންގައިދެވެނީ މިއީ ވަރަށް އަގުހުރި އެއްޗެއްކަމަށް. އޭގެ ސަބަބުން އެކުދިންގެ ހިތްތަކުގާއި މިކަމުގެ ތެރެއަށް ވަނުމަށް ނުސީދާ ހިތްވަރުލިބޭ...އަގުގެ ބަދަލުގާ، އޭގެ ގްރާމް ޢާއި ކިލޯބުނުމުން ފުދުނީނޫންތޯ....

The name is already taken The name is available. Register?

ގުލޭނޫރަންމާ

29 July 2024

"އަފްޒަލް ވިދާޅުވިގޮތުގައި، އެ ދަބަހުން ފެނުނު 15.38 ކިލޯގެ މަސްތުވާތަކެތީގެ އަގު 12.4 މިލިއަން ރުފިޔާ އަށް އަރަ އެވެ." މީގެ ރޭޓް ތައް އެމްއެމްއޭ އިން ލިބޭނެ ތޯ؟ މިއީ ހަގީގަތުގައި ގާނޫނާ ހިލާފް، އަދި މަސްތުވާތަކެތި ވިއްކުމަށް ކުރެވޭ އިސްތިހާރެއް ނޫން އެހެން ކޮންކަމެއްތޯއެވެ. ގާނޫނުން ވިއްކުން މަނާ އަދި ދުނިޔޭގަވެސް އަހަންނަކަށް ނޭނގެ މިގޮތަށް މީގެ ބާޒާރުގަ އަގު ޖަހާފަ ހުންނާނެ އެހެން ރެފެރަލް ޕޮއިންޓެއް.

The name is already taken The name is available. Register?

އަކަ

29 July 2024

ދަބަހުގައި 15 ކިލޯގެ ޑްރަގު ހިފައިގެން އަންނާނީ އެއާޕޯރޓް ގައި ތިބޭ ކަސްޓަމްސް ބަޔަކާ ގުޅާ ރާވައިގެން އެތަކެތި ނެރެން ޕްލޭނެއް އޮތީތީ. އެފަދަ ބަޔަކުު އަތުނުކެވެންޏާ ތިބޭފުޅުންގެ މޮޅު ކަމެއްނެތް.

The name is already taken The name is available. Register?

ނާދިރު

29 July 2024

ބޭރަށް ފުރާ ދިވެހިންނަށް، ވަކީން ޚާއްސަކޮށް ޗުއްޓީގައި އާއިލާ ތައް ފުރާއިރު، ލީފްލެޓެއް، ދެއްވުން އެދެން. އަމިއްލަ ސަލާމަތަށްޓަކައި ކުރަންވީ ކަންކަމާއި ނުކުރަން ވީ ކަންކަން ލިޔުއްވާފައި.. ކަސްޓަމްސް އާއި އިމްގްރޭޝަން އަދި ފުލުހުންގެ ތަޖުރިބާ ގެ އަލީގައި. ވަރަށް ބޮޑު ހެޔޮ ކަމެއް ކަމުގައިވާނެ. ދެން ފަހުން ދައްކާނެބަހަނާއެއް ދެން ނޯންނާނެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454