ޓޫރިޒަމް މިނިސްޓަރު ފައިސަލް އިންޑިއާގެ ވިސްތާރާ އެއާލައިންގެ މަތިންދާ ބޯޓު ކައިރީގައި ހުއްޓިލައިގެން -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
29 ޖުލައި 2024 - 16:17
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިންޑިއާއަށް ހާއްސަ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު ފައިސަލް ވަޑައިގެންނެވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ ރޯޑް ޝޯއަކަށެވެ. އިންޑިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވަމުން ދާތީ އެ ގައުމުގައި ރާއްޖެ ޕްރޮމޯޓް ކުރަން އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.
މިދިޔަ އަހަރު އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. މިދިޔަ އަހަރު އެ ގައުމުން ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާއިން އައިސްފައިވަނީ 71،000 ޓޫރިސްޓުންނެވެ. މިވަގުތު އިންޑިއާ އޮތީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ލިސްޓުގެ ހަ ވަނައިގަ އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ގެސްޓް ހައުސް އެސޯސިއޭޝަނާއި އެމްއެމްޕީއާރްސީއާ ގުޅިގެން މުހިންމު ތިން ރޯޑްޝޯއެއް އިންޑިއާގައި ބާއްވާނެ ކަން އިއުލާނު ކުރީ މިދިޔަ މަހު އެވެ.
މި ރޯޑްޝޯތައް ބާއްވަނީ އިންޑިޔާގެ ބެންގަލޫރާއި މުމްބާއީ އާއި ނިއުދިއްލީގަ އެވެ.
މިފަދަ ހަކާރާތްތަކެއް ބާއްވަނީ އިންޑިއާ ޓޫރިސްޓުން އިތުރުކުރުމުގެ ބޭނުމުގަ އެވެ. އެ ރޯޑް ޝޯގައި ރާއްޖޭގައި ހުރި ޓްރެވަލް ޕެކޭޖުތަކާއި ދާއިރާގެ މުހިއްމު މައުލޫމާތުތައް ހިއްސާ ކުރާނެ އެވެ. މި ހަރަކާތްތަކުގައި ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ސަފާރީ އާއި ޓުއާ އޮޕަރޭޓަރުން ވެސް ބައިވެރިވާނެ އެވެ.
މި ރޯޑް ޝޯތަކުގައި އިންޑިއާގެ ޓުއާ އޮޕަރޭޓަރުން ވެސް ބައިވެރިވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމާރު ޑެޕިއުޓީޒް
30 July 2024
ބަރާބަރު. ވަރަށް ރަނގަޅު ނިންމުމެއް. 100 ފަސެންޓް ތާއީދު. އަދި ތިޔަ މަސައްކަތް މާބޮޑަށް ފާސްޓް ފޯވަޑް ވާނެ އިންޑިޔާއަށް ހަޑި ހުތުރު ބަހުރުވައިން ހަޖޫ ޖެހި ސަރުކާރުގެ މިނިސްޓަރުންނަށް ދާއިމީ ހަރުކަށި ފިޔަވަޅެއް އަމަލީ ގޮތުން އަޅައިފިއްޔާ. މިހާރު އެވެރިން ސަސްޕެންޑް ކޮށްފައި ސަރުކާރުން މުސާރަ ދޭކަން އެންމެންނަށްވެސް އެނގޭ. އެމީހުންނާއި ހެދި މިހާލާތަށް ދާން މިޖެހުނީ ވެސް! ރައީސް މިކަންތައް ހަމައަކަށް އަޅުއްވާ ދެއްވައިފިއްޔާ ވަގުތުން ތަފާތު ފެންނާނެ!
ޢަލީ ބަލީ
30 July 2024
މިތާގަވާކޮމެންޓްތައް ކިޔާލުމުން އެގެނީ މި ކުޑަ ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ އައިފަހުން ގައިމުވެސް އެއްކަމެއްދިވެހިންނަށް ދަސްވެއްޖެކަން. ގައުމިއްޔަތަށްވުރެ ގައުމުގެވެރިންނަށް މަލާމާތްކުރުމާ، ފުރަށްސާރަކުރުމާ،ހަޖޫޖަހަން ދަސްވެއްޖެކަން. ގަބޫލްކުރަންޖެހޭ ހަގީގަތަކީ، އަހަރަމެންކޮންމެމީހަކައްވުރެ ގައުމު މާބޮޑުވެފަ މުހިންމުކަން.
އޮނަރަބްލް އަފީފު ދީދީ
29 July 2024
ޤަބޫލުކުރަން ބަޔަކު ދެކޮޅުހެދިކަމަށްވިޔަސް ކ.މާލެސަރަޙައްދުގެ އެއްވެސް ރިސޯޓަކުން އިންޑިޔާ China ގެ ފަތުރުވެރިންނަށް މަރުޙަބާކިޔަން ތައްޔާރެއްނޫން. # އެހެންކަމުން ޗައިނާއާއި India ގެ މެދުފަންތީގެ ދަތުރުވެރިންނަށް ޙާއްސަކޮށްގެން މާލެއާއިދުރުން އުތުރާއި ދެކުނުގައި ސިޓީހޮޓާތަކެއް (ހަނިމާދޫ، ފަރެސްމާރޮޑާ، ފުވައްމުލައް އަދި އައްޑޫސިޓީގައި) ތަރައްޤީކުރުމަށް ދައުލަތުގެ ސޮވަރިންގ ގެރަންޓީގައި ޗައިނާކުންފުންޏަކާއި ޙަވާލުކޮށްގެން ހޮޓާތައް ހަދާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
29 July 2024
އިންޑިޔާ ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ކުރިން އެޤައުމުތަކުގެ ފަތުރުވެރިންނަށް ފަހިވާނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކާ މަތީގައި ދެންނެވި ހޮޓާތަކުގެ ކުރިންވެސް މިހާރު ކުރެވެން ހުރިކަންކަން ކުރުން ވަރަށް މުހިންމު. # އެގޮތުން އަގުބޮޑު އެތެރޭގެ ދަތުރުފަތުރުގެއަގު ތިރިކުރެވޭނެގޮތެއް ނުވަތަ އިތުރުގޮތްތަކެއް ހޯދުމާއި، އައްޑުއާއި އިންޑިޔާ އަދި އައްޑުއާއި ޗައިނާގެ މަންޒިލްތަކާއި ދެމެދު ޝެޑިއުލްދަތުރުތަކެއް ހަމަޖެއްސުން މުހިންމު.
އޮނަރަބްލް އަފީފު ދީދީ
29 July 2024
އުއްމީދަކީ ވަޒީރުގެ ދަތުރުފުޅުގައި އިންޑިޔާ ސަރުކާރު އޮފިޝަލުންނާއި ޓްރެވަލް އޭޖަންޓުންނާއި އަދި ސާކް ސަރަޙައްދުގެ އެންމެބޮޑު ފްލީޓްއޮތް އިންޑިޔާގެ އެއަރލައިން IndiGo ގެ އިސް ފަރާތްތަކާއި ވާހަކަ ދައްކައިގެން ބެންގަލޯރ އަދި ކޮޗިންގ އިން އައްޑުއާއި ދެމެދުގައި ވީކްލީ ޝެޑިއުލް ދަތުރުތަކެއް ހަމަޖެއްސަން މަޝްވަރާކޮށް އެކަން ކާމިޔާބު ކުރުން. # ގިނަ އަދަދެއްގެ ފަތުރުވެރިން ނުލިބުނު ކަމުގައިވިޔަސް މިހާރުވެސް މިދަތުރުތައް ކާމިޔާބުވާނެކަން ޔަޤީން އިގޭތޯ.
ލަތީ
29 July 2024
ޢައްދޯއް، ނޫސް ބަލާ ލެވޭ ވަރު ކޮއްލަދީ
ބަރުބާދު
29 July 2024
ޕްރޮމޯޓުކުރަންގޮސް ދައްކާވާހަކަ ކިޔޭނުކިޔޭނޭގި ޑިމޯޓުނުވެއްޖެއްޔާ ރަނގަޅު.
ދޮންކަލޯދީދެން
29 July 2024
ހެޔޮ ނުވާނެ މަށައް ބަނޑުދިޔާވާކަހަލަ ބޭހެއްދީ. ލޮބުވެތި އިއްޒަތްތެރި ރައީސް ޑޮކްޓަރު މުއިއްޒުއެވެ. އަހަރެމެންގެ ޓުއަރިޒަމް އިންޑަސްޓްރީ ހިންގަން އިނގިރޭސި މިސްޓަރު ބީން ގެނެސްދެއްވޭނެ ގޮތެއް އޮތްތޯ ބައްލަވައިދެއްވުން އާދޭހާއި އެކު އާދޭސް ދަންނަވަމެވެ. އަޅެ ސާ ޕްލީޒް. އެއިރުން މިއަށްވުރެ ސަޅި ކްލިކްސް ހުންނާނެ ގެރޭ
1
29 July 2024
ލަދު ކޮބާ؟
ހުސްނުބާނޫ
29 July 2024
އޭނަނޫން އެހެންމީހަކު ޓޫރިޒަމް މިނިސްޓަރަކަށް ހަމަނެތީތަ. އޭނަ ހީވަނީ ޖޯކަރެއްހެން. ރައީސް އޮފީހުގެ މިނިސްޓަރަކަށް ނަމަވެސް އެސޮރު ބަދަލުކޮށްދީބަލަ. ފަތުރުވެރިކަމުގެ އިމޭޖު ބިލްޑުކުރަން އެސޮރެއް ކަމަކުނުދެޔޭ.