ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ބޮލީވުޑްގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްރާއާ ބައްދަލުކުރައްވަނީ.
03 އޯގަސްޓް 2024 - 19:55
އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްރާއާ ބައްދަލުކުރައްވައިފި އެވެ.
ފައިސަލް ވިނޯދުއާ ބައްދަލުކުރެއްވީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އޭނާ އިންޑިއާއަށް ކުރެއްވި ހާއްސަ ދަތުރުގަ އެވެ. ފައިސަލް ވަޑައިގަތީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށް ގެންދިޔަ ރޯޑް ޝޯއަކަށެވެ. އެ ދަތުރުގައި އޭނާ ވަނީ އިންޑިއާގެ ފިލްމު ސިޓީ މުމްބާއީއަށް ވެސް ވަޑައިގެންފަ އެވެ.
އެ ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ފައިސަލް މިއަދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ބޮލީވުޑްގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްރާއާ ބައްދަލުކުރައްވަނީ.
ފައިސަލްގެ ޕޯސްޓުގައި ވިދާޅުވީ ވިނޯދްއާ ބައްދަލުވުމުން ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި ބައެއް ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި ވިނޯދާ އެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެއްވި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ވިނޯދަކީ "މުންނާ ބާއީ" އާއި "ތުރީ އިޑިއަޓްސް" އާއި "ޕީކޭ" އަދި "ސަންޖޫ" ކަހަލަ ބޮލީވުޑްގެ މަޝްހޫރު އަދި ކާމިޔާބު ފިލްމުތަކުގެ ޕްރޮޑިއުސަރެވެ. އަދި އެއީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ވިނޯދް ޗޯޕްރާ ފިލްމްސް ކުޑައިގެ ދަށުން ގެނެސްދިން ފިލްމުތަކެވެ.
އޭނާ ޑައިރެކްޓުކޮށްފައިވާ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 1989 ގައި ގެނެސްދިން "ޕަރިންދާ" އާއި 1994 ގައި ގެނެސްދިން "1942: އަ ލަވް ސްޓޯރީ" އަދި 2000 ވަނަ އަހަރު ގެނެސްދިން "މިޝަން ކަޝްމީރް" ހިމެނެ އެވެ.
އުމުރުން 71 އަހަރުގެ ވިނޯދަށް ވަނީ ހަތަރު ފަހަރެއްގެ މަތިން އިންޑިއާގެ ގައުމީ ފިލްމު އެވޯޑާއި 10 ފިލްމުފެއާ އެވޯޑު ލިބިފަ އެވެ. އޭނާ ވަނީ އޮސްކާ އެވޯޑަށް ވެސް އެއް ފަހަރަކު ނޮމިނޭޓްވެފަ އެވެ. އެއީ 1978 ވަނަ އަހަރު ގެނެސްދިން ޑޮކިއުމެންޓްރީ "އޭން އެންކައުންޓާ ވިތު ފޭސް" އިންނެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ބޮލީވުޑްގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްރާއާ ބައްދަލުކުރައްވަނީ.
ވިނޯދް މިފަހުން ގެނެސްދިން އެންމެ ކާމިޔާބު ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި އަދި ގިނަ ބައެއްގެ ލޯބި ލިބުނު "ޓުވެލްތު ފެއިލް" އެވެ.
ޓޫރިޒަމް މިނިސްޓަރު ފައިސަލް ވަޑައިގެންނެވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ ރޯޑް ޝޯއަކަށެވެ. އިންޑިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވަމުން ދާތީ އެ ގައުމުގައި ރާއްޖެ ޕްރޮމޯޓް ކުރަން އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.
މިދިޔަ އަހަރު އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. މިދިޔަ އަހަރު އެ ގައުމުން ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާއިން އައިސްފައިވަނީ 71،000 ޓޫރިސްޓުންނެވެ. މިވަގުތު އިންޑިއާ އޮތީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ލިސްޓުގެ ހަ ވަނައިގަ އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ގެސްޓް ހައުސް އެސޯސިއޭޝަނާއި އެމްއެމްޕީއާރްސީއާ ގުޅިގެން މުހިންމު ތިން ރޯޑްޝޯއެއް އިންޑިއާގައި ބާއްވާނެ ކަން އިއުލާނު ކުރީ މިދިޔަ މަހު އެވެ. މި ރޯޑްޝޯތައް ބާއްވަނީ އިންޑިޔާގެ ބެންގަލޫރާއި މުމްބާއީ އާއި ނިއުދިއްލީގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްޑީޕީ މާލެ ދާއިރާގެ ރައީސް
04 August 2024
ވިނޯދުޗޯޕުރާ ސްޓާކީނު ހީވަނީ ބޫޓެއްހެން،
ދެރަވެއްޖެ
04 August 2024
ތި ބައްދަލުވުމުން ފެންނަނީ އިންޑިއާ މީހުން ދިވެހިން ނިކަމެތި ކޮށްލާވަރު. ބައްދަލުކުރީ އޭނާގެ ގެއިން. ބައިތިއްބާދަ ތިބީ ޑެސްކު ކުރިމަތީ މުވައްޒަފުން ހާޒިރު ކޮށްފަ ހުންނަ އުސޫލުން، ވަޒީރަކަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ބޫޓާއެކު ވެއްދުމަކުން ގެއަށް ލިބޭނެ އައިބެއް ނެތް އިރުވެސް ގެއަށް ވެއްދީ ބޫޓު ބާލާފަ، ދިން ހަދިޔާގަ އަތްވެސް ޖައްސާނުލާ. ފައިސަލް ޕްލީޒް ދެން އާދޭ. ކޮންމެ ފެންވަރަކަސް ދިވެހިންނަށް އަހަރެމެން އިހްތިރާމް ކުރާނަން.
މޮހޮއްބަތޭން
04 August 2024
ފައިސަލް އާއި ބައްޕާފުޅު ގައުމަށް ދި ވެވަޑައިގަންނަވާ ގުރުބާނީ އާއި ހިދްމަތް ފަށްފަށުން ޝުކުރު އަދާކުރަން. އަދި ދެބޭކަލުން އަށް ކާމިބިޔާބީ އާއި ފާގަތި ކަން އަބަދަށް މިންވަރު ކުރައްވާށި.
މައިނެހީޖާއޫންގާ
04 August 2024
މޯދީއާ ބައްދަލުކޮށްލާފަ އެދެންވީނު ރާއްޖޭގެ ގޮނޑުދޮށެއްގަ ފަތްޖެހިއެނދެއްގަ 2 މިނިޓެއްހާއިރު މަޑުކޮށްލާފަ ފޮޓޯއެއް ނަގާލަދިނުމަށް. އޭރުން އިންޑިއާ މީހުން ރާއްޖެ އަންނާނެ ފަތުއަޑުކިޔާފަ.
ޚޫން ބަރީ މާންގް
04 August 2024
އަމީތާބު، ޝާހުރުޚާން ފަދަ މަޝްހޫރު މީހަކަށް ދައުވަތު ދީބަލަ ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އަންނަން. ޓޫރިޒަމް ޕްރޮމޯޓްކުރަން މިކަހަލަ ކަންތައް ކުރަންވާނެ.
އަބްޑޫޅް +
04 August 2024
އިންޑިޔާ މީހުންގެ ޖީބަށް އެރެން ފެށީ ދޯ؟
ކޮރަލް
04 August 2024
މިނިސްޓަރު މިނިސްޓރީގަ ހުންނަން ވީ އެވެ. ޓޫރިޒަމް ޕްރޮމޯޓް ކުރަން ބަޔަކު އައްޔަން ކޮށްފަ ވާނެ އެވެ. އެމީހުން ގައުމު ތަކަށް ދާން ވީ އެވެ.
ލައިޝަން
04 August 2024
އިންޑިޔާ އާ އެއްކޮށް އޮންނަންވީ ރީތި ގުޅުން މި ގެންއުޅެނީ މި ސަރުކާރުން. މިހާރު އިންޑިޔާއިން ނޫޅޭ އަހަރުމެންގެ ދާހިލީ ކަންކަމާ ބެހިގަނެގެން. ރައީސް މުއިއްޒު އެ ފުރުސަތެއް ނުވެސް ދޭނެ
މުރުޝިދް
04 August 2024
މި ސަރުކާރާ އިންޑިޔާ އާ ގާތް ގުޅުމެއް އެބައޮތް.. ބަޔަކަށް ހަޖަމްއެއް ނުވާނެ މި މަންޒަރެއް..
ސައްޙާފް
04 August 2024
ފޮަޓޯ އިން ފެންނަނީ ދިވެހި ވަޒީރަކު، ފިލްމު ޑައިރެކްޓަރެއްކުރިމަތީ ސައިޒުވެފައިހުރިތަނެވެ. ތިނޫނީ އެކަނި 2 އަތުން ހަދިޔާދޭތަނެއް ނުދެކެމެވެ. ފަތުރުވެރިކަން ޕްރޮމޯޓްކުރަންވީއެވެ. އެކަމަކު ގައުމުގެ އެންމެ ބިޔަ އިންޑަސްޓްރީގެ ވެރިޔާ ތިލެވެލްއަށް ވެއްޓެންނުޖެހެއެވެ.