ސިނގިރޭޓާއި އެނާޖީ ޑްރިންކުގެ ޑިއުޓީ ބޮޑުކުރުމުގެ ބިލް ދިރާސާކުރާ ކޮމެޓީ ބައްދަލުވުމުގައި އާމިރު (ވ) ވާހަކަ ދައްކަވަނީ: ކޮމެޓީގެ އަޣުލަބިއްޔަތުން ނިންމީ އެނާޖީ ޑްރިންކުން ލީޓަރަކަށް ޑިއުޓީގެ ގޮތުގައި 33.60ރ. ނެގުމަށް.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
27 ފެބުރުއަރީ 2017 - 00:16
އެނާޖީ ޑްރިންކުގެ ދަޅަކުން 8ރ. ބޮޑުކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރި، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ފާސްކޮށްފި އެވެ.
އެކަމަކު މި އިސްލާހަށް އަމަލުކުރަން ފަށާނީ ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ފާސްކުރުމުންނެވެ. މި ބިލާ މެދު މަޖިލިހުން މި ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.
ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހުގެ ބިލް ދިރާސާކުރި ކޮމެޓީން ވަނީ އެ ބިލަށް ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި، ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ އަދަދު ދެ ގުނަ އަށް ބޮޑު ކުރަން ބިލްގައި ހިމަނާފައިވެ އެވެ.
ކޮމެޓީން މި ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ސޮފްޓް ޑްރިންކުން ޑިއުޓީގެ ގޮތުގައި ލިޓަރަކަށް 4.60ރ. ނެގުމަށާއި އެނާޖީ ޑްރިންކުން ލިޓަރަކަށް 33.64ރ. ނެގުމަށް މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ނިންމައިފަ އެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅިއިރު އޮތީ އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން ވެސް ލިޓަރަކަށް 4.60ރ. ނަގާ ގޮތަށެވެ.
ކޮމެޓީން ގެނައި ބަދަލާއެކު ބިލް ފާސްކޮށްފި ނަމަ، 20ރ. އަށް ލިބޭ ރެޑްބުލް ދަޅެއްގެ އަގު 28ރ. އަށް އަރާނެ އެވެ. އަދި 15ރ. އަށް ވިއްކާ އެކްސްއެލް ދަޅެއް ދެން ލިބޭނީ 23ރ. އަށެވެ.
ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ކޮންމެ ސިނގިރޭޓަކުން 75ލ. ޑިއުޓީ ބޮޑުކޮށް، އޭގެ އިތުރުން ސިނގިރޭޓްގެ ކޮންމެ އިންވޮއިސް ވެލިއުއެއްގެ ގޮތުގައި 25 ޕަސެންޓް ނެގުމަށް ވަނީ ހިމަނައިފަ އެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅިއިރު އޮތީ ކޮންމެ ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި 2ރ. އެކަނި ނަގާ ގޮތަށެވެ.
ސިނގިރޭޓް ފޮއްޓެއް މާލޭގައި މިހާރު އެވްރެޖްކޮށް ވިއްކަނީ 50ރ. އަށެވެ. އަދި ވަކިން ސިނގިރޭޓެއް 2.50ރ. އަށް ވިއްކާއިރު، މިގޮތަށް ފާސްކޮށްފި ނަމަ ވަކި ސިނގިރޭޓެއްގެ އަގު 3.50ރ. އަށް ބަދަލުވެގެން ދާނެ އެވެ. އެއީ ސިނގިރޭޓް ފޮއްޓަކުން 20ރ. ގެ ބޮޑުވުމެކެވެ.
ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި މިހާރު ނަގަނީ 1.25ރ. އެވެ.
ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށްގެން 200 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ. ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 497 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އެތެރެކުރިއިރު، ސިނގިރޭޓު އިމްޕޯޓްކޮށްގެން އާމްދަނީގެ ގޮތުގައި 622 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ކުރީ އަހަރު 460 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެތެރެކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދ
28 February 2017
ބައިތުލްމާލު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން!
އަބްދުﷲ
27 February 2017
މަށައް ފެންނަނީ 20000 ރ އިން ދަށުން މުސާރަލިބޭ އެންމެންގެ މުސާއިން %99 ޜ ދައުލަތައް ދައްކަން ޖެހޭ ގޮތއްހަދަން އޭ ރައް މުސާރަ ެއްކޮއް ނުނަގާ ރައްޔިތުމީހާ އުފަލުގައި އުޅޭނެ އަދި މަސައްކުރާ މީހުން ގިނަވާނެ
ސްޕީކަރ
27 February 2017
މަޖުލިހުގެ މެމްބަރުންނޭ ! ތިޔަބައި މީހުން ހޮވާފައި ތިޔަތިބީ ރައްޔިތުންގެ ވޯޓުން ! އެބައި މީހުންނަށް ރަނގަޅު ގޮތާއި ލުއިފސޭހަ ގޮތްތައް ހޯދައި ދިނުމަށް ! އެބައި މީހުން ހުރިހާ މީހުންނަކީ ތިޔަބައި މީހުންނަށް ލިބޭވަރުގެ ބޮޑު ޢަމްދަނީއެއް ލިބޭބައެއްނޫން! އެމީހުންނަށް އެލިބޭ މަދު ފައިސާކޮޅު މުޅިން ސަރުކާރަށް އެކި އެކި ގޮތް ގޮތަށް ތަކެތީގެ އަގު ބޮޑުކޮށްގެން ނަގަން ފާސް ނުކުރައްވާ ! ތިޔަ ބައި މީހުންވެސް ނިކަމެތިވެދާނެ ދުވަހެއް އައުމަކީ ދުރުގައިވާ ކަމެއް ނޫންކަން ދަނޭ ! އެހެންވީމާ އެދުވަހަކަށްވެސް އިންތިޒާރުކުރައްވާ ! ސަރުކާރުގެ އެކައުންޓްތަކުގައި ކިތަންމެ ބައިވަރު ފައިސާއެއް ޖަމާކޮށްފައި ހުއްޓަސް އޭގެ ބޭނުން އެއްވެސް ރައްޔިތެއްގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދޫނުކުރައްވާނެކަން ހަނދާން ކުރައްވާ ! ތިޔަ ބިލްތައް ހުށަހަޅާ ފަރާތްތަކަކީ ސަރުކާރަށް ވުރެ ގިނަ ފައިސާ ދުވާލަކު ލިބޭގޮތަށް އެކިއެކި ގޮތްގޮތުން ފައިސާ ލިބޭގޮތަށް އެކިއެކި ވެރިކަމުގައި ހަމަޖައްސައިދީފައިވާ ފަރާތްތައް ! އެފަދަ މީހުންނަކަށް ތަކެތީގެ އަގު ބޮޑުވުމަކުން މާބޮޑު އަސަރެއްނުކުރާނެ ! އެހެނަސް ތިޔަ ބޭފުޅުންނަށް ވޯޓްދެއްވި ނިކަމެތި ރައޔިތުން އެކަމުގެ އިޙްސާސް ކުރަން ޖެހޭނީ ވަރަށްވެސް ހިތް ނުތަނަވަސް ކަމާއެކުގައިކަން ހަނދާކުރޭ! ތިޔަަ ބައި މީހުންނަށް ރައްޔިތުން ދިން ވޯޓްގެ އަގު އެ ފަރުދުންނަށް އަދާކޮށް ޚަލާޞްކޮށްދީ !
ހާލަތު
27 February 2017
ސިގެރެޓާއި ސޮޕްޓް ޑްރިންކާއި އެނަޖީ ޑްރިންކުން ހަށިގަނޑަށް ގެއްލުންވާތީ އެ ބޯމިންވަރު މަދުކުރުމަކީ ހެޔޮ ނިޔެތްނަމަ ހަށިގަޑަށް ފައިދާ ހުރި މޭވާއާއި ތަރުކާރީ އިން ނަގާ ޑިއުޓީ ކުޑަކޮށް އެއިގެ އަގުތަށް އަތްފޯރާ ފަށަށް ތިރިކުރަން އުޅުނީހެެވެ. މިސަރުކާރު އައި ސުންރޭޓްގައި ހުރި މިބާތުގެ ތަކެތިންވެސް މިހާރު ޑިއުޓީއާއި ޓެކްސް ނަގަން ފަށައިފިއެވެ. އިކޮނިމިސްޓް އައިސް ރައްޔިތުން ހަންދަަމަނީއެވެ. ރައްޔިތެއްގެ ދިރިއުޅުމުގެ ހާލަތު ރަގަޅު ކުރަން އެއްކަމެއްވެސް ނުކުރެއެވެ.
ހަމަ ތެދެއް
27 February 2017
ދައުލަތަށް ފައިސާ ވެއްދޭވަރު މަދުވެގެން ކުރާކަމެއްތީ. އެއްގޮތަކަށްވެސް ކޮންޓްރޯލް ކުރަން ކުރާކަމެއްނޫން ތީކީ. އެހެންނަމަ ތިއެއްޗެހި އެތެރެކުރުން ވަކިވަރަކަށް ކޮންޓްރޯލް ކުރާނެ. ނޫނީ ވަކި ކޯޓާއެއްގެ ދަށުން އެތެރެކުރާނީ. ތީހަމަ ޖައްސާ ގޭމު. އެއްގޮތަކަށްވެސް ރައްޔިތުންނަށް ހެޔޮ އެދިގެން ކުރާކަމެއްނޫން ތީކީ.
ކާޖާ
27 February 2017
މަޖިލީހުގެ ގިނަ މެމްބަރުން ސިގެރޭޓް ބޯތީވޭ ސިގެރެޓަކުން 2 ރުފިޔާ ބޮޑު ކުރަން ހުށަހެޅުމުން 1 ރުފިޔާއަށް ކުޑަކޮށްލީއެވެ. އަމިއްލަ އެދުން ބޮޑީ!
ނުބޯނަށް
27 February 2017
ބޮވޭނެ. ބޮވޭނީ ބޮވޭވަރުގެ މީހުންނަށް. ބޯންވާނީ ހަމަ އެމީހުން އެކަނި. ދެން ބޮއިބަލަ. މަށަކަށް ދެނެއް ބޯކަށް ލަހިކެއްނޫން. ނުބޯނަށް ހިލޭދިނަސް ނުބޯނަށް ހުންނާނި ރުފިޔާ ލިބިފައެއްނު.
ހަބޭސް
27 February 2017
ކޮމެޓީ މީހުން އެފައިސާ ދޭންވީނު ؟
ދދ
27 February 2017
އޭރުން ތިބޭފުޅުންގެ ޖީބް މުއްސަދިވާނެ ނުންތޯ އަދި މާކުޑަނުންތޯ؟ ކާކުތޯ ބުނީ އެނާޖީ ޑުރިންކުން ގެއްލުންވެޔެޭ ކޮބައިތޯ އެކަމަށް ހެދި ދިރާސާޔަކީ!
ޥާޓާ
27 February 2017
ހަމަ ލާރި ބޭނުމުގަ. ބަޔަކަށް ގެއްލުމެއްވެދާނެތީއެއް ނޫން. ކޮންމެ ކަމަކަުންވެސް ލާރިގަނޑު ބޮޑުކުރަން.