ރިޕޯޓް

މި ވެހޭ ބޯ ވާރެޔާއި އޭގެ ސައިންސް

"މާލެއަށް މިދިޔަ ބުދަ ދުވަހު 89.4 މިލިމީޓަރުގެ ވާރޭ ވެހުނު. އޭގެ ތެރެއިން 80 މިލިމީޓަރުގެ ވާރެއަކީ މެންދުރު ފަހު، ތިން ގަޑިއިރުގެ ތެރޭގައި ވެހުނު ވާރޭ. އެހެންވީމަ އެއީ ފުދޭވަރެއްގެ ބޮޑު އަދަދެއް، އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެހެން."

ވާރޭގައި މާލޭގައި ފެންބޮޑުވެފައި އޮތް މަގަކުން މީހަކު ބައިސްކަލެއް ދުއްވާފައި ދަނީ.-- ފޮޓޯ: މިހާރު

ރާއްޖެއަށް ވާރޭ ވެހޭ އަދަދުތަކުން "އަދާޔާ ހިލާފު" ކަމެއް ފެންނާކަށް ނެތެވެ. އެކަމަކު، އަހަރުން އަހަރަށް ބަލައިފި ނަމަ ވާރޭ ވެހޭ ދުވަސްތައް ދަނީ މަދުވަމުންނެވެ. މޫސުމީ ތަފާސްހިސާބުތަކުން އެކަމަށް ބާރު ދެ އެވެ. ނަމަވެސް، ވާރޭ ވެހޭ ގޮތަށް "އާދަޔާ ހިލާފު" ބަދަލުތަކެއް އަންނަމުންދާ ކަން ވަނީ ފާހަގަކުރެވިފަ އެވެ. އެ ބަދަލުތައް ދިރާސާކޮށް، ބެލުން އަދި އޮތީ އެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ވަރަށް ގޯހެވެ. މާލެ އާއި ރަށްރަށުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ލިބުނެވެ. ހާލުގައި ޖެހިގެން ބައެއް މީހުން ވަގުތީ ހިޔާތަކަށް ވެސް ބަދަލުކުރަން ޖެހުނެވެ. ވިއްސާރަ އަދިވެސް ކަނޑާނުލަ އެވެ. އެހާ ވައިގަދަ އެވެ. ކަނޑުތައް ވެސް ގަދަ އެވެ.

ވިއްސާރާގައި ކުޑަ ނަގައިގެން މާލޭގެ މަގެއް މަތީގައި ބަޔަކު މަޑުކޮށްލައިގެން.-- ފޮޓޯ: މިހާރު

މޫސުން ވަރަށް ބޮޑަށް ގޯސްވާނެތީ، ތައްޔާރުވެ ތިބުމަށްޓަކައި މެޓް އޮފީހުން ދުރާލައި، މިދިޔަ ހަފުތާގައި އިންޒާރު ދިނެވެ. އަދި ބޭރުގެ ބައެއް މޫސުމީ އިދާރާތަކުން ވެސް ވަނީ ވެރިރަށް މާލެ އަށް އެވްރެޖުކޮށް މަހަކު ވާރޭ ވެހޭ ވަރަށް ވުރެ ގިނައިން އެންމެ ދެތިން ދުވަސް ތެރޭގައި ވެހޭނެ ކަމަށް ލަފާކޮށްފަ އެވެ.

މޫސުމީ ރެކޯޑުތައް ދައްކާ ގޮތުން، މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މާލެއަށް ވަނީ 190 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. ކޮންމެ އަހަރަކު އޯގަސްޓް މަހު މާލެއަށް އެވްރެޖުކޮށް ވެހެނީ 193 މިލިމީޓަރުގެ ވާރޭ އެވެ. އެހެންވީމަ، މިދިޔަ ހަތަރު ދުވަހު މާލެއަށް ވެހުނީ ގާތްގަނޑަކަށް އެއް މަސްދުވަހުގެ ވާރޭ އެވެ.

ވިއްސާރަ މޫސުމުގައި އެވްރެޖުކޮށް ރަށްރަށަށް މަހަކު 100-200 މިލިމީޓަރުގެ ވާރޭ ވެހެ އެވެ.

މާލެއަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް މިހާތަނަށް ރެކޯޑް ކުރެވިފައި ވަނީ ޑިސެމްބަރު 5، 2018 ގަ އެވެ. އެއީ 223.5 މިލިމީޓަރުގެ ވާރޭ އެވެ.

ރާއްޖޭގެ ވިއްސާރައިގެ ރެކޯޑުތައް | މައުލޫމާތު: މެޓް އޮފީސް

މިހާރު މި ކުރަނީ ކޮން ވިއްސާރައެއް؟

ރާއްޖެއަށް ހުޅަނގު މޫސުން ފެށެނީ މެއި މަހު އެވެ. މި މޫސުމުގައި މެއި މަހުން ފެށިގެން ކުރާ ވިއްސާރަ އަށް ފަހު، އޯގަސްޓް މަހަކީ ރާއްޖޭގެ ބޮޑު ބަޔަކަށް އެންމެ ވިއްސާރަ ކުރާ އެއް މަހެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން "ސަރުކާރު" ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެ އަށް ފެށެނީ އިންޓަ ޓްރޮޕިކަލް ކޮންވާޖަންސް ޒޯން ނުވަތަ ދުނިޔޭގެ އުތުރު ބިތާއި ދެކުނު ބިތުން ޖެހޭ ވައި ގުޅޭ ހިސާބުގައި އުފެދޭ ވިއްސާރަ ވިލާތައް ރާއްޖޭގެ ދެކުނުން އައްޑޫގެ ސަރަހައްދަށް މެއި މަހުގައި އެރުމުންނެވެ.

މި ވިލާތައް މަޑުމަޑުން މެދު ރާއްޖޭގެ އަތޮޅުތަކަށާއި އުތުރަށް ފެތުރި ގަނެ އެވެ. އަދި އިންޑިއާ އާއި ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ ހަމައަށް ފޯރަ އެވެ.

އިރު ވަށައި ދުނިޔެ ދައުރުކުރަމުން ދާ ގޮތުގެ ސަބަބުން މި ވިއްސާރަ ވިލާތައް އޯގަސްޓް މަހު މަޑުމަޑުން އަނެއްކާ ވެސް ދެކުނަށް ޖެހެ އެވެ. ދެކުނު އިންޑިއާ ފަސްދީ، ރާއްޖޭގެ މައްޗަށް އެރުމަށް ފަހު ޑިސެމްބަރުގައި އައްޑޫ ފަސްދީ، ދިއުމުން ރާއްޖެ ސަރަހައްދަށް އިރުވައި މޫސުން ޖެނުއަރީ މަހުގައި ފެށެ އެވެ.

ވާރޭގައި މާލޭގައި ފެންބޮޑުވެފައި އޮތް މަގަކުން މީހަކު ހިނގާފައި ދަނީ.-- ފޮޓޯ: މިހާރު

މެޓުން ބުނީ މި ވިލާތައް ދައުރުވާ ދައުރުވުމަށް އެކި އަހަރު ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ގެނުވާ އިތުރު ކަންކަން ހުންނަ ކަމަށެވެ. އެއްކަމަކީ ދިގު މުއްދަތަކަށް ބޮޑު ސަރަހައްދަކަށް އަންނަ ބަދަލުތައް ކަމަށް އެ އިދާރާއިން ބުންޏެވެ.

"މި ދުވަސްވަރު އެގޮތުން ފާހަގަކުރެވެނީ އިންޑިއަން އޯޝަން ޑައިޕޯލް (އައިއޯޑީ) ޕޮޒިޓިވް ހާލަތުގައި ހުރުމެވެ. މި ހާލަތުގައި ހުޅަނގު އިންޑިއާ ކަނޑުގެ ހޫނުމިން އިރުމަތީ ބިތަށް ވުރެ މަތިވެ އެވެ. އެހެންކަމުން ރާއްޖެ ސަރަހައްދުގައި ވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުވެ އެވެ،" އެ އޮފީހުން ބުންޏެވެ.

"ދެ ވަނަ ކަމަކީ ކުރު މުއްދަތަކަށް ކުޑަ ސަރަހައްދަކަށް އަންނަ ބަދަލުތަކެވެ. އެގޮތުން މި ދުވަސްވަރު ފާހަގަކުރެވެނީ މޭޑަން ޖޫލިއަން އޮސިލޭޝަން (އެމްޖޭއޯ)އޭ ކިޔާ ދައުރުވުމެއް މި ސަރަހައްދުގައި ބާރުގަދަވުމެވެ. އެމްޖޭއޯ އަކީ ދުނިޔޭގެ ޓްރޮޕިކަލް ސަރަހައްދުގައި ހުޅަނގުން އިރަށް ދައުރުވާ ދައުރުވުމަކަށް ކިޔާ ނަމެކެވެ."

މެޓް އޮފީހުން ބުނި ގޮތުގައި، އެމްޖޭއޯގެ ބާރުގަދަވާއިރު، ވައިގަދަވުމާއި ވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުވެ އެވެ. އެމްޖޭއޯ ދުނިޔެ ވަށައި ދައުރު ވަނީ ގާތްގަނޑަކަށް 45 ދުވަހުންނެވެ.

އާންމުކޮށް އޯގަސްޓް މަހުގެ 12 ހިސާބުގައި އެމްޖޭއޯ އިރުމަތީ އެޕްރިކާ ސަރަހައްދު ދޫކޮށް، އަރަބި ކަނޑު ސަރަހައްދަށް އަރަ އެވެ. އަދި އޯގަސްޓް 18 ހިސާބުގައި ރާއްޖެ މަތިން އިރަށް ޖެހޭނެ ކަމަށް ބެލެވެ އެވެ.

"އެމްޖޭއޯގެ ސަބަބުން ބޮޑަށް މޫސުން ގޯސްވެގެންދަނީ އެ އަށް ބާރުދޭނެ އިތުރު ކަންކަން ހުރުމުންނެވެ. މި ހަފުތާއަށް ބަލާ ނަމަ، އެއީ އިންޓަ ޓްރޮޕިކަލް ކޮންވާޖަންސް ޒޯންގެ ވައި އަދި ޕޮޒިޓިވް އައިއޯޑީގެ ކަނޑުގެ ހޫނު ކަމެވެ،" މެޓުން ބުންޏެވެ.

ރާއްޖޭގެ މޫސުމީ ރެކޯޑުތައް | މައުލޫމާތު: މެޓް އޮފީސް

ވާރޭ ވެހޭ ވަރު އިތުރެއް ނުވޭ

އެވްރެޖުކޮށް ރާއްޖެއަށް އަހަރަކު ވެހެނީ 2،000 މިލިމީޓަރުގެ ވާރޭ އެވެ.

މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަހްމަދު ޝާބިން ވިދާޅުވީ ވާރޭ ވެހޭ އަދަދުތަކުން "އާދަޔާ ހިލާފު" ބަދަލެއް އަދި ފާހަގަނުވާ ކަމަށެވެ. ނަމަވެސް، ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވާރޭ ވެހޭ ވަރު ކުރިއަށް ވުރެ ވަރަށް ބޮޑުތަނުން އިތުރު ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ އަށް މިދިޔަ ބުދަ ދުވަހު 89.4 މިލިމީޓަރުގެ ވާރޭ ވެހުނު. އޭގެ ތެރެއިން 80 މިލިމީޓަރުގެ ވާރެއަކީ މެންދުރު ފަހު، ތިން ގަޑިއިރުގެ ތެރޭގައި ވެހުނު ވާރޭ. އެހެންވީމާ އެއީ ފުދޭވަރެއްގެ ބޮޑު އަދަދެއް، އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެހެން،" އޭނާ ވިދާޅުވި އެވެ.

ކުރިން އެވްރެޖުކޮށް މާލެއަށް 3-4 ގަޑިއިރުގެ ތެރޭގައި ވެހެނީ 40-45 މިލިމީޓަރުގެ ވާރޭ އެވެ. އެހެންވެ، ބުދަ ދުވަހު މާލެއަށް ވާރޭ ވެހުނީ އާންމުކޮށް އެވަރުގެ ވަގުތުކޮޅެއްގެ ތެރޭގައި ވެހޭ ވަރަށް ވުރެ ދެ ގުނަ އިތުރަށެވެ.

މާލެއަށް ވިއްސާރަ ދުވަހެއްގައި ކުޑަ އަޅައިގެން ތިބި އަންހެނަކާއި ކުޑަކުއްޖަކު މަގު ހުރަސްކުރަނީ.-- ފޮޓޯ: މިހާރު

މެޓް އޮފީހުގައި ހުރި ރާއްޖޭގެ ފަސް ސަރަހައްދެއްގެ މިދިޔަ 30 އަހަރުގެ ޑޭޓާތަކުން، އެއް އަހަރުން އަނެއް އަހަރަށް ޖުމްލަކޮށް ވާރޭ ވެހޭ އަދަދުގައި މާ ބޮޑު ތަފާތެއް ފާހަގަވާކަށް އަދި ނެތެވެ.

"[ވާރޭ ވެހޭ ވަރު] މަދުވަނީއެއް ވެސް ނޫން، ގިނަވަނީއެއް ވެސް ނޫން. އެކަމަކު އެއް އަހަރުން އަނެއް އަހަރަށް ވާރޭ ވެހޭ ދުވަހުގެ އަދަދު މަދުވަމުން ދަނީ،" ޝާބިން ވިދާޅުވި އެވެ.

އޭގެ އައުޓްޕުޓަކީ ވެހޭއިރުގައި ބޯކޮށް ވެހެނިއްޔޭ. އެ ކަހަލަ ދުވަސްތައް ގިނަވާނެއޭ މޫސުން ބަދަލުވަމުންދާ ވަރަކަށް: ޝާބިން، މީޓިއޮރޮލޮޖިސްޓް

"އޭގެ އައުޓްޕުޓަކީ ވެހޭއިރުގައި ބޯކޮށް ވެހެނިއްޔޭ. އެ ކަހަލަ ދުވަސްތައް ގިނަވާނެއޭ މޫސުން ބަދަލުވަމުންދާ ވަރަކަށް."

އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެއްފަހަރާ މާ ގިނައިން ވާރޭ ވެހުމުން ފެންބޮޑުވުމުގެ ހާދިސާތައް ވެސް އިތުރުވަނީ އެވެ.

މިހާރު މި ފެންނަ ބަދަލުތަކުގެ އަސްލު އަންދާޒާ ކުރެވޭނީ މޫސުމީ ޑޭޓާތައް އިތުރަށް އެނަލައިޒްކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ވިއްސާރައިގައި ފެން ބޮޑުވެފައި އޮތް މާލޭގެ މަގެއްގެ ޓްރެފިކް ފުލުހަކު ބަލަހައްޓަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޝާބިން ވިދާޅުވީ މިހާރު ރާއްޖެއަށް މި ކުރާ ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ. ވައި މަޑުވާން ފަށާނެ ކަމަށް ބެލެވެނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަގީގަތަކީ މޫސުމީ ބަދަލުތައް ވަރަށް ބޮޑަށް ތަޖުރިބާކުރަން ޖެހިއްޖެ ކަމެކެވެ. ކުޑަ އިރުކޮޅަކަށް ވެހިލާ ވާރޭއިން ވެސް ރަށްރަށުގައި ދަނީ ފެންބޮޑުވަމުންނެވެ. އެ ކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައި އަހަރެމެންގެ އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ބުރޫއަރަ އެވެ. އަދި ބޮޑެތި ގެއްލުންތައް ވެސް ލިބެ އެވެ. އެހެންވެ، މި ކަހަލަ ގުދުރަތީ ކާރިސާތަކުން ދުރާލައި ރައްކާތެރިވެ ތިބުމުގެ ނިޒާމު ވަރަށް ބޮޑަށް ހަރުދަނާކުރަން ވަނީ ޖެހިފަ އެވެ.

40 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 29%
icon angry icon angry 7%
icon wow icon wow 14%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަކުރުުބޭ

17 August 2024

މިރާއްޖެއަށް ވާރޭ ވެހެނީ ހަމައެކަނި ހުޅަނގު މޫސުމުގައިތޯ؟ އިރުވައިމޫސުމުގާ ވާރެ ނުވެހެނީތޯ؟ އިރުވައި މޫސުމުގައި ވާރޭ ވެހޭކަން މި ލިޔުނުމީހާއަށްނޭގެނީތޯވެސް ސުވާލު އުފެދޭ.

The name is already taken The name is available. Register?

ގައްސާން

16 August 2024

ވަރަށް ވާރޭ ވެހިއްޖެ. "ފުދޭވަރަކަށްވުރެ ބޮޑު އަދަދެކެވެ" ފުދޭވަރަކީ ކިބައިތޯއެވެ،

The name is already taken The name is available. Register?

ސައިންސެއް ނޭގުނު

16 August 2024

މި އާޓިކަލް ކިޔާ ނިމުނު އިރުވެސް ތި ބުނާ ސައިންސް އެއް ނޭގުނު. އެނގުނުހާ ވެސް އެއްޗަކީ އިތުރަށް ތދިރާސާ ކުރަން ޖެހޭކަން. އެކަން އިންގޭ މާ ކުރިންވެސް. ތި މިޓު އޮފީހުން ތި ކަހަލަ ދިރާސާ ކުރާކަމެއް އަދި މިހާތަނަށް އެނގިފައެއް ނެތް. އެވަރުގެ ބަޔަކު ތިބިކަން ވެސް އެނގޭކަށް ނެތް.

The name is already taken The name is available. Register?

އުޑު

16 August 2024

ސްނޯ ކޮޅެއް ވެހުމުގެ ޗާންސް އެއް ނެތްތަ؟

The name is already taken The name is available. Register?

އަހަންމާކަލޯ

16 August 2024

މަ ހީކުރީ ވަރަށް ސައެންޓިފިކޮށް ކިޔާދޭން އުޅެނީކަމަށް ނިމުނު އިރިވެސް އެބުނާ ސައެންސެއް ނޭގެއޯ އިތުރު ޑާޓާ ލިބުނީމާ ޔޯލަ... ކޮންމެއަކަސް ހެޑިން ވަރަށް މޮޅެންނު

The name is already taken The name is available. Register?

ނަނަނަ

17 August 2024

މީހުން ބުނަނީ ތެދެއް. މި ކޮމެންޓް ކުރި ކަހަލަ އަނގަ މޮޅު ޕްރޮފެސަރުން ރާއްޖޭގައި ގިނަވާނީ.

The name is already taken The name is available. Register?

ކަޑަ

16 August 2024

މެޓް ބަންދުކޮފަ ކާނު މަރާމާތުކުރާ އޮފީހެހަދަންވީ

The name is already taken The name is available. Register?

ތިމާވެށި

16 August 2024

ވެސްޓްޕާކް ކައިރީ ފެން ހިންދުމަށް ސަރުކާރުގައި މަސައްކަތް ކުރާ ޒުވާން ދިވެހީންގެ ބަޔަކު ބިދޭސީން ގޮވައިގެން ވަނީ ދާދި ފަހުން މަސައްކަތް ކޮށްފަ އެވެ. އެސަރައްހުދަ ގެ ހާލަތު ރަނގަޅެވެ. ޓްރޭނިންގް ދިނީމަ އަދި ރަނގަޅު މުސާރަ އެއް ދީފި ނަމަ ބިދޭސީން ކުރާ ކޮންމެ ކަމެއް ދިވެހީން ކުރާނެ އެވެ.

The name is already taken The name is available. Register?

ކޮރަލް

16 August 2024

ކުޑަ އިރުކޮޅަކަށް ވެހިލާ ވާރޭއިން ވެސް ރަށްރަށުގައި ދަނީ ފެންބޮޑުވަމުންނެވެ. ހުރިހާ ރަށެއްގެ ކައުންސިލް ތަކުން ލީފް ލެޓް ތައް ބަހަން ޖެހެ އެވެ. ރައްޔިތުންނަށް ވިއްސާރަ މޫސުމުގައި ކުރާނެ ކަން ކަމާ ނުކުރާނެ ކަންކަން ހަނދާން ކޮށްދޭން ޖެހެ އެވެ. ގުގުރުމާ އެކު އެލޮކްޓްރޯނިކް ސިސްޓަމް ތައް ހަލާކު ވާ ވާހަކަ އަކީ ނޫސް ތަކުން އިވޭ އަޑެކެވެ. މިކަން ވެސް ހައްލު ކުރުމަށް ރައްޔިތުންނަށް ކަން ކުރަން ވާ ގޮތް ކިޔާ ދޭން ވީ އެވެ.

The name is already taken The name is available. Register?

ސުހާނާ

16 August 2024

ޢާންމުކޮށް ރާއްޖެއަށް ގިނައިން ވާރޭ ވެހޭ ދުވަސްވަރަކީ މޭމަހުން ފެށިގެން ޑިސެންބަރުގެ ނިޔަލަށް ކަމަށް ވިޔަސް، ހުޅަނގު މޫސުމާއި އިރުވައި މޫސުމުގެ ދުވަސްތައް ރާއްޖޭގައި ކުރިއްސުރެ ކަނޑައެޅިފައިވާ ގޮތަކީ، ހުޅަނގު މޫސުން ފެށެނީ އެޕްރީލް 08 ގައި "އައްސިދަ" ނަކަތުން. އެ މޫސުން ނިމެނީ ޑިސެންބަރު 09 ގައި "ދޮށަ" ނަކަތުން. އިރުވައި މޫސުން ފެށެނީ ޑިސެންބަރު 10 ގައި "މުލަ" ނަކަތުން. އެ މޫސުން ނިމެނީ ވިދިގެން އަންނަ އަހަރުގެ އެޕްރީލް 07 ގައި "ރޭވަ" ނަކަތުން.

The name is already taken The name is available. Register?

raajje

16 August 2024

އާޓިކަލްއިން ފާހަގަވީ މާލެއާ ރަށްރަށުގައި ވަޅުލާފައިވާ ފެންހިންދާހޮޅިތަކާ ފެންހިންދާ މުޅިނިޒާމު ކައިރިމުސްތަގުބަލެއްގައި ފެއިލްވެ ބޭނުމެއްނުހިފޭއެއްޗަކަށްވާނެކަން، މާލޭގެ މަގުތަކުގަވެސް ފެންހިންދަންލާފަހުންނަނީ ފަލަމިނުގައި 4 ނުވަތަ 6 އިންޗިހުންނަވަރުގެހޮޅި، މީވަރަށްހިމަ، މެލޭޝިޔާތަންތަނުގައި މަގުގެފެންހިންދާނިޒަމުގެ ހޮޅީގެރޭން ގުދުވެލައިގެން ހިނގާލާފަދެވޭ، ދިވެހިންއަބަދުވެސް މަސައްކަތްކުރަނީ ދުވަސްކޮޅަކުން އެމަސައްކަތް އަލުންކުރަންޖެހޭގޮތަށް

The name is already taken The name is available. Register?

ހޮޅީގެބޮޑުމިން

16 August 2024

މެލޭޝިޔާއާ ރާއްޖޭގެ ބިން އޮތީ އެއްގޮތަކަށްތަ އުފެދިފަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454