ޝަމީމަށް ހަމަލާދިން މައްސަލާގައި ދައުވާކުރި ހަތް މީހުން
25 އޯގަސްޓް 2024 - 11:02
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލާގައި ތުހުމަތުވާ ހަތް މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޝަމީމަށް ހަމަލާ ދީފައިވަނީ އޭނާގެ ދަރިފުޅު ސްކޫލަށް ގެންދިއުމަށްފަހު އެނބުރި ގެއަށް ވަޑައިގަންވަނިކޮށް ގޭގެ ދޮރުމަތިންނެވެ. ސައިކަލެއްގައި ޝަމީމަށް ފާރަލަމުން ދިޔަ ދެ މީހަކު މަރުތޭލަކުން އޭނާގެ އަތުގައި ޖެހުމުން، އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ވަނީ ރެނދުލައިފަ އެވެ.
މި މައްސަލާގައި ދައުލަތުން ދައުވާކުރީ ރ. އަލިފުށީ ރިވެލި، މިދުހަތު އާދަމާއި ލ. ގަމު ތުނޑި އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ، ކެމީހިޔާ ޒަޔާން ނަސީރާއި ތ. ތިޔަދިމިގިލީ ރުވާ، އަބްދުލް ހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247 އަހުމަދު މައިސާން ހާޝިމްގެ މައްޗަށެވެ.
މީގެ ތެރެއިން މިދުހަތުގެ މައްޗަށް ދައުވާކުރީ ޝަމީމަށް ހަމަލާދިން ކަމަށް ބުނެ އެވެ. އަދި ޖަޒްލާންގެ މައްޗަށް ދައުވާކުރަނީ މިދުހަތު ގޮވައިގެން ސައިކަލުގައި ގޮސްފައިވާތީ ކަމަށް ބުނެ އެވެ. އަދި މައިސާންގެ މައްޗަށް ދައުވާކުރީ ހަމަލާދިން މީހުން ބޭނުންކުރަން ސައިކަލެއް ހޯދައިދިން ކަމަށް ބުނެ އެވެ.
ބާކީ ތިބި ހަތަރު މީހުންގެ މައްޗަށް ދައުވާކުރީ އެ ހަމަލާ ރޭވުމާއި އަދި ހަމަލާދިން ވަގުތު އެ ސަރަހައްދުގައި އޮތް ކާރެއްގައި މަޑުކޮށްގެން ތިބުމަށްފަހު އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ބުނެ އެވެ.
ހަތް މީހުންގެ މައްޗަށް ވެސް އުފުލީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އެވެ. އެ ހަތް މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙާޛޫ
26 August 2024
ޝަމީމު ހަދާކަލަ ޑީލްއަކުން ނިންމާލާ. އޭރުން އޭނާއަށްވެސް އިނގޭނެ މި ހަދާ ޑީލް ތަކުން އިންސާފް ޤާއިމް ނުކުރެވޭކަން
ރާއްޖެ
25 August 2024
ފޮޓޯގަ ތިބި މީހުންގެ އުމުރު ބަލާލީމާ ގައުމުގެ މުސްތަގުބަލު އޮންނާނެ ގޮތް ފެންނާނެ.
ބަކުން
25 August 2024
އުމުރު ހުސްވަންދެން ޖަލުގަ ބައިތިއްބާ
ބެރެބެދި
25 August 2024
ހަތަރު ކަށިމަތި މާލެ މީހުން އަޑީގަ ތިބެގެން ރާއްޖެތެރޭ މީހުންގެ ދުވަސް ދުއްވާލަނީ މިކަހަލަ ކަންތައްތައް ކުރުވައިގެން
އައްޑޫމީހާާ
25 August 2024
އައްޑޫމީހެއް ނެތް ދޯ
ކަތިރި
26 August 2024
ވަރަށް ބޮޑު ވެއްޓުމެއް
ކެފްޓަން މޯލްޑިވްސް
25 August 2024
އެއްކަމެއްވެސް ސާބިތެއް ނުވާނެ! ބަލަންތިބޭ ކެފްޓަން އިހުސާން
ޖޯކް
25 August 2024
ރާއްޖެތެރޭ މީހުންދޯ އެކަކުނޫން. ރަށަށް ޑީޕޯޓުކުރާ ގާނޫނެއް ހެދިއްޖެޔާ މާލެތެރެ ތަންކޮޅެއް ސޭފުވާނެ.
ބޯގޯސްމީހުން
25 August 2024
އެއް އަތުން މަސްތުވާ ތަކެތި ވިޔާފާރި ކުރަމުން އަނެއް އަތުން ޖިހާދު ކުރަން ވިސްނާ ގްރޫޕު މީހުން ދޯ މީ.