ޚަބަރު / ފެނަކަ ކޯޕަރޭޝަން

ކުޑަހުވަދޫގައި ސްމާޓް މީޓަރުތައް ބޭނުންކުރުން އިފުތިތާހުކޮށްފި

ކުޑަހުވަދޫގެ ގެތަކެއްގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަޝްރޫއު ނިންމައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު މިރޭ އިފުތިތާހު ކޮށްދެއްވާއިރު އަރިހުގައި ފެނަކައިގެ އެމްޑީ މުއާޒު.---ފޮޓޯ: މިހާރު

27 އޯގަސްޓް 2024 - 22:35

10 comments

ކަރަންޓް ބިލް ބޮޑުވާ މައްސަލަ އަށް ހައްލެއް ގެނައުމަށް ފެނަކައިން ދ. ކުޑަހުވަދޫގައި ފެށި ސްމާޓް މީޓަރު ހަރުކުރުމުގެ ޕްރޮޖެކްޓު ނިންމައި މިރޭ އިފުތިތާހުކޮށްފި އެވެ.

ޗައިނާގެ ޑޮންގް ފަންކް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ ޕްރޮޖެކްޓުގެ ދަށުން އެންމެ ފުރަތަމަ މީޓަރުތައް ހަރުކޮށް، ޕައިލެޓް ޕްރޮގްރާމް ފެށީ ކުޑަހުވަދޫގަ އެވެ. މިއީ ރާއްޖޭގެ ރަށެއްގެ ހުރިހާ ގެތަކެއްގައި ސްމާޓް މީޓަރު ހަރުކޮށް، ކަރަންޓު ދޫކުރަން ފެށި ފުރަތަމަ ރަށެވެ.

ކުޑަހުވަދޫގައި ސްމާޓް މީޓަރު ހަރުކޮށް، ނިންމައި މި ރަށުގެ ރައްޔިތުންނަށް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ މީޓަރު ބޭނުންކުރުމަށް ހާއްސަ އެޕެއް ވެސް ތައާރަފް ކޮށްފަ އެވެ.

އެ ރަސްމިއްޔާތެއްގައި އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ހުރިހާ ގެތަކެއްގައި އަދި ވިޔަފާރިކުރާ ތަންތަނެއްގައި ސްމާޓް މީޓަރު ހަރުކުރާނެ ކަމަށެވެ.

ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާގައި ތިމާޥެއްޓާ ބެހޭ މިނިސްޓަރު ތޯރިގު ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު

"ސްމާޓް މީޓަރުން އެ ދުވަހެއްގައި ކަރަންޓު ބޭނުން ކުރެވުނު މިންވަރު އެނގިގެން ދާނެ. އަދި ކުރިއަށް އޮތް ތަނުގައި ގަޑިއިރަކު ބޭނުން ކުރަނީ ކިހާ ކަރަންޓެއްކަން ވެސް އެނގިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު ވިދާޅުވީ ފެނަކަ އިން މި ޕްރޮޖެކްޓް ކުރިއަށް ގެންދުއުމަށް ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. ފެނަކަ އިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޝިތު ވިދާޅުވީ ކުޑަހުވަދޫގައި ހަރުކުރި މީޓަރުތަކަކީ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ މީޓަރުތައް ކަމަށެވެ. ސްމާޓް މީޓަރާ އެކު، ކޮންމެ ދުވަހަކު ވެސް ކަރަންޓް ހޭދަކުރާ އަދަދު ބަލައިލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުޑަހުވަދޫގެ ހުރިހާ ގެ ތަކެއްގައި ފެނަކައިން ސްމާޓް މީޓަރު ހަރުކޮށް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު އާއި އެންވާރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ބައިވެރިވަނީ.-- ފޮޓޯ: މިހާރު

ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ވެސް ގެތަކުގެ ކަރަންޓު ބިލު ބޮޑު ކަމުގެ ޝަކުވާތައް ކުރެ އެވެ. ފެނަކައިން ބުނިގޮތުގައި، ސްމާޓް މީޓަރުތަކުގެ ސަބަބުން ކަރަންޓު ބިލު ވަރަށް ބޮޑަށް ކުޑަވާނެ އެވެ.

10 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިރުސައި

28 August 2024

ރައްޔިތުންނަށް ދޮގުހެދުމާއި އޮޅުވާލުން މުޅިނެވެސް. ފެނަކައިން ބުނީ ސްމާޓް މީތަރުގެ ސަބަބުން ބިލް ކުޑަވާނެއޭ. އެއީ ކިހިނެއްވާ ކަމެއްތޯ؟ ސްމާޓް މީޓަރަށް އޮންނަނީ ހަގުހެޔޮ ރޭޓް ތަކެއްތޯ؟ ނޫނީ އޭގަ RTG އެއް ހުންނަނީތޯ ޕަވަރ ޖެނެރޭޓް ކުރަން؟ ނޫނީ މިހާރު ބޭނުންކުރާ މީޓަރުތަކަކީ ބޭނުންކުރާ މިންވަރަށް ބުރެ ގިނައިން ބޭނުންކުރި ކަމަށް ދައްކާގޮތަށް ބަދަލުގެނެސްފައިވާ މީޓަރުތަކެއްތޯ؟

The name is already taken The name is available. Register?

ސްމާޓް ކަރަންޓް

28 August 2024

ސްމާޓް މީޓަރ ބޭނުން ކޮށްގެން ރައްޔިތުންނަށް ފައިދާއެ ވާނީ "އޮފް-ޕީކް" ގަޑި ތަކަށް ދަށް ރޭޓެއް ތައާރަފް ކުރީމަ!

The name is already taken The name is available. Register?

ޖަލީލީ

28 August 2024

ވަރަށް ކުރިން ހަދާފަ އިންނަ 600 ކވ ކަމަށް މިހާރުވެސް މި ހުންނަނީ އާންމުންގެ ރޭންޖުގަ. މީތި 1200 ކވ އަށް ބަދަލު ކުރަން ޖެހޭ ހައުސްހޯލްޑް ރޭންޖު. މިހާރު ބޭސިކްކޮށް ބޭނުންކުރަންޖެހޭ އިލެކްޓްރިކް އެޕްލަޔަންސް ގިނަ ވެއްޖެ

The name is already taken The name is available. Register?

ރޮކެޓް

28 August 2024

ތިވެސް ކުރީގެ ސަރުކާރުން ހިންގާފައިވާ ބޮޑުވެގެންވާ ޕްރޮޖެކްޓެއް

The name is already taken The name is available. Register?

އާޝޯހު

28 August 2024

ކުޑަހުވަދޫ ވުރެ ކަރަންޓް ބިލް ބޮޑު ރަށެއް މި ދިވެހި ރާއްޖެއަކު ނޯންނާނސ

The name is already taken The name is available. Register?

raajje

28 August 2024

ސުމާޓުމީޓަރުގެ ސަބަބުން ކަރަންޓުބިލު ކުޑަވާނެއެއްވެސްގޮތެއްނޯންނާނެ، ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވާލުމަށްހަދާ ބުހުތާންބޮޑު ދޮގެއް، ސުމާޓުމީޓަރަކަސް އެނބުރޭމީޓަރަކަސް ނުވަތަ ޑިޖިޓަލްމީޓަރެއްވިޔަސް ޔުނިޓުތަކަށްޗާޖުކުރަނީ އެއްރޭޓަކުންނޫންތަ؟ ދެން ސުމާޓުވީމާ ކަރަންޓުބިލުކުޑަވަނީ ކިހިނެއް؟ ސުމާޓުމީޓަރުލީމާ ބޮޑަށްއެކިއުރޭޓުވާނެ، އެހެންވީމާ ކަރަންޓުބިލުވަންޏާވާނީ ތަންކޮޅެއްބޮޑު، އެޑުވާންޓޭޖުއޮންނާނީ ސަރވިސްޕުރޮވައިޑަރއަށް މާނައަކީ ފެނަކައަށް

The name is already taken The name is available. Register?

ތިރަށު މީހުންގެ ޒަމާން ތި ދިޔައީ

28 August 2024

އަޅުގަނޑު މީ މ. އަތޮޅު މީހެއް މިއަތޮޅުގެ ވަރަށް ގިނަ ރަށްރަށުގައި ތި ސްމާޓް މީޓަރ ހަރުކޮށްފި. އާދަޔާ ޚިލާފަށް ބޮޑުވާނެ. ބައެއް މަސްމަހު ހުންނަ ވަރަށް ހުރެވެސްދާނެ. އަނެއްބައި މަސްމަހު ވަރަށް ބޮޑުވާނެ. އޭސީ ނެތް ހަމައެކަނި ދިއްލުން ހުންނަ ގޭގެވެސް ބަލާފަ އެނގޭތީ މި ކޮމެންޓް ކުރަނީ. އެވްރެޖްކޮށް %15 އާއި %20 އާއި ދެމެދު ބޮޑުވާނެ. އެހެންވެ ފެނަކައިން އަވަސް އަރުވާލާފަ އެކަން އެކުަނީ. އޮޅުވާލުމެއްގެ ތެރޭ ރައްޔަތުން.

The name is already taken The name is available. Register?

ައައްޔަ

28 August 2024

ހަތަރެސްފަޔައް ލޯތްބެއް ހުރިއްޔާ ތިމީޓަރާ ގާތްނުވާތި!

The name is already taken The name is available. Register?

ހެހެހެ

27 August 2024

ތިޔަބުނާ ސްމާޓް މީޓަރެއްގެ ފޮޓޯއެއް ދައްކާލިނަމަ ދޯ!

The name is already taken The name is available. Register?

މުގާދު

27 August 2024

ހެޔޮނުވާނެ ތި މީޓަރ ހަރުކުރަން. 2 ގުނަ ބޮޑުވޭ ކަރަންޓް ބިލް މި ރަށުގެ ބައެއްގޭގަ ހަރުކޮށްފި އެހެންވެ ރައްޔިތުން ބޭނުންނުވޭ ތި މީޓަރު ހަރުކުރާކަށް މޮޅު ނަމެއް ކިޔާލަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454