ހުޅުމާލޭ ފަޅުގައި އަޅާފައި ހުރި ބައެއް ސަފާރީ ޔޮޓްތައް. ހުޅުމާލެ ބަނދަރުގައި އޮންނަ އުޅަނދުތަކުން ފީގެ ގޮތުގައި ނަގާނެ އަދަދުތައް އެޗްޑީސީން ވަނީ އާންމުކޮށްފައި. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
28 ފެބުރުއަރީ 2017 - 17:46
ހުޅުމާލޭގެ ބަނދަރުގައި އަޅާ އުޅަނދުތަކުން މާދަމާ އިން ފެށިގެން ފީއެއް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ހުޅަނގު ފަރާތު ބަނދަރު ބޭނުންކުރާ ފަރާތްތަކުން އުޅަނދުފަހަރު އެ ތަނުގައި އަޅާފައި ބޭއްވުމުގެ ސަބަބުން އެހެން އުޅަނދުތަކަށް ވަދެނުކުމެ ހަދަން އުނދަގޫވާ ކަމަށެވެ. އެހެންވެ، އެ ތަނުގައި އަޅާ އުޅަނދުތަކުން ފީ ނެގުމަށްޓަކައި ހުޅުމާލޭގެ ހުޅަނގު ބަނދަރު ދެ ޒޯނަކަށް ބަހާލާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އިއުލާނުގައިވާ ގޮތުން ރާއްޖެ އިން ބޭރުން އަންނަ ޔޮޓް ފަހަރާއި ޓޫރިޒަމްގެ ސިނާއަތުގައި ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން ސަފާރީ، ޑައިވިން ދޯނި، އެކްސްކާޝަން ފަދަ ހިދުމަތް ދޭ އުޅަނދުތައް ހުޅުމާލޭގެ ބަނދަރުގައި އަޅާފައި އޮންނަ ނަމަ، އެ އުޅަނދުގެ މީޓަރަކަށް މަހަކު 50 ޑޮލަރު (771ރ.) އެޗްޑީސީ އަށް ދައްކަން ޖެހެ އެވެ.
ލޯންޗާއި މުދާ އުފުލާ އުޅަނދާއި މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އުޅަނދުތަކާއި އަމިއްލަ އުޅަނދުތައް އަޅާފައި އޮންނަ ނަމަ، މީޓަރަކަށް މަހަކު 100 ރުފިޔާ ދޭން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.
އެޗްޑީސީން އެކުލަވައިލި ހުޅުމާލޭގެ ފަރާއި ފަޅު ހިމެނޭ ސަރަހައްދު ބޭނުން ކުރުމުގެ އުސޫލާއި އުޅަނދު އަޅާފައި ބޭއްވުމަށް އެދޭ ފޯމު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މާދަމާ އިން ފެށިގެން އެ އުސޫލާ ހިލާފަށް އަޅާފައި ހުންނަ އުޅަނދުތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ ސަރަހައްދުން ދުރުކުރާނެ ކަމަށް އެޗްޑީސީން ބުނެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސިމު
01 March 2017
ދައުލަތުގެ ކޮރަޕްސަން އިންތިހާއަށްގޮސް ހަރަދުތައް ބޮޑުވީމަ ދެން ފާޑުފާޑުގެ ފީތައް ނުނަގާ ކުރާނީ ކީއްތޯ. ދެމަފިރިންގެ އެނދުމަތީ ފީއެއްވެސް އަދި ނަގަންފްށާނެކަމަށް ފެނޭ ދާދިއަވަހަށް.
Maldives
01 March 2017
ތިޔަފީ ނަގާބަލަ ރާއްޖޭން ބޭރުން ގެނެސްގެން ގެންގުޅޭ ބޯޓްފަހަރުންއެކަނި، މިހާރު މިއޮތްގޮތުން ދިވެހިންގެ ބޯޓް ފަހަރެކޭ ބޭރު މީހުން ރާއްޖެގެނެސްގެން ދުއްވާ ބޯޓްފަހަރެކޭ އެއް އަގެއްމިއޮތީ.
އައްބާ
01 March 2017
މި އިކޮނޮމިސްޓްގެ ވެރިކަމުގައި މިހާތަނަށް އެކިގޮތް ގޮތުން އެދަނީ ފައިސާ ނަގަމުންނެވެ. ޕާސްޕޯޓް އަގު 1000 އާއި 1500 ރުފިޔާއަށް ބޮޑުވީއެވެ. ކަރަންޓްގެ އަގު ބޮޑުވީއެވެ. ކާޑްގެ އަގު ބޮޑުވީއެވެ .ފޯނު ކޯލުން ޓެކްސްނަގަނީއެވެ. ޑިއުޓީ ނުނަގާ ތަކެތީން ޑިއުޓީ ނަގާ ޑަބަލް ޑިއުޓީ ނަގަށް ފެށިއެވެ އިތުތުގަނޑި ކަނޑާލީއެވެ. މުސާރަ ބޮޑުނުވެ ތަކެތީގެ އަގު ބޮޑުވުމާއި ޓެކްސް އިތުރުވުމުން ރައްޔިތުންވަނީ އިތުރަށް ނިކަމެތި ވެފައެވެ. ދެން ވެސް ހަމަބުނަންވީ ތިމަނާއަކީ އިކޮނޮމިސްޓެއްތޯ ؟
ބޭބެ
28 February 2017
ސާބަހޭ ޔާމީނޫ ... ތީވާ އިކޮނޮމިސްޓެއް.
މަނީމަނީ
28 February 2017
މުޅިންވެސް ފައިސާ މައަްސަލައަކީ ރައްޔިތުން ބިކަވާތީ
ހުސެންބެއްޔާ
28 February 2017
ދިވެހި ކަނޑުގައި ދިވެހިންގެ އުޅަނދު އެޅެންވާނެ.
ސަރުކާރު
28 February 2017
ޖަހާ ފޮޑިންވެސް ފީ ނަގަން ފެނޭ. ލޮލް