މިއަދު ހެނދުނު ހިނގި އެކްސިޑެންޓުގައި ރޭސް ކާރު ދުއްވަން އިން ޒުވާނާ
06 ސެޕްޓެމްބަރ 2024 - 07:25
ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ރޭ ދަންވަރު ދިޔަ ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އެ ކާރު ދުއްވަން އިން މީހާ ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލަކުން ޖެހުނު ކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 2:48 ހާއިރު ކަމަށެވެ.
"މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން މީހާ ވަނީ ހައްޔަރު ކޮށްފައި. އެއީ 26 އަހަރުގެ ދިވެހި ފިރިހެނެއް،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވެ އެވެ.
ކާރު ދުއްވީ ސ. ހިތަދޫ ވައިލެޓްފެހި، މުހައްމަދު ވިސާމް ސިދުގީ އެވެ.
އެކްސިޑެންޓު ހިނގުމާ އެކު، ސައިކަލް ދުއްވަން އިން އުމުރުން 23 އަހަރުގެ ދިވެހި ފިރިހެން މީހާ މަރުވީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށެވެ.
ސެންޓްރަލް ޕާކް ކައިރީގައި ހުންނަ އުރީދޫ އޮފީސް އިމާރާތާ ދިމާލުން ހިނގި އެ އެކްސިޑެންޓުގައި ޒުވާނާ މަރުވީ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ. އޭނާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއް ފަހުން ކަމަށް ވަނީ އެނގިފަ އެވެ.
ހަފްތާ ބަންދުތަކުގައި ހުޅުމާލޭގައި ސްޕޯޓްސް ކާރުތައް ބާރަށް ދުއްވައި އާންމުންނަށް ނުރައްކާވާ ގޮތަށް ދުއްވާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. މީގެ ކުރިން ވެސް ވަނީ ރޭގެ އެކްސިޑެންޓު ހިނގި ހިސާބުގައި، ބާރަށް ދުއްވި ކާރަކުން ސައިކަލެއްގައި ޖެހި ސައިކަލްގައި އިން މީހަކު މަރުވެފަ އެވެ. އަދި ހުޅުމާލެ 2 ގައި މިދިޔަ މަހު ވެސް ސްޕޯޓްސް ކާރެއް ބާރު ސްޕީޑުގައި ގޮސް ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމީލް
06 September 2024
ނުގަވައިދު ފަޅިން ދުއްވާފަ ދިޔަ މީހާ ކުއްވެރިވާނީ. ސްޕީޑިންގ ޓިކެޓެއް ދީފަ ތީނަ ދޫކޮއްލަން ޖެހޭނީ.
ސްޓިންސަން
06 September 2024
މިރާއްޖެއަކީ ރޭސްކާރު އަދި ކޮއިލް-ކެޕޭސިޓީ މަތި ވެހިކަލް ދުއްވޭވަރުގެ ބޮޑު ބިމެއް އޮތް ތަނެއް ނޫން. މި ތަކެތި އެތެރެކުރުން މަނާ ކުރާކަށް ނުވޭތަ؟ ކިތައް ފުރާނަ ދިޔައިމަބާ ދައުލަތުން މިކަމާ ވިސްނާނީ؟
ނަންހުސްކޮށް
06 September 2024
ގައުމެއް ނެތެއްނޫންތޯއެވެ. ހުރިހާ ބިރެއް ޢާއްމު ނިކަމެތިމީހާއަށް .. ހެޔޮނުވާނެ ތިފަދަ ނުރައްކާތެރި ކަންކަން ކުރާ މީހުންނަށް ޤާނޫނުގެ ތެރެއިން އަދަބު ނުދެވެންޏާ, ޤާނޫނުއިރާލާފަވެސް އަނެކާގެ ޙައްޤު ހޯދައިދީބަލަ ..! ކީއްކުރާ ކޯޓްތަކަކާ, ޕޮލިހެއްތަތީ?
ބައޯކަލޯ
06 September 2024
ކުޑަކުޑަސޮރުންނޭ މިހާރު ބޮޑެތި ކާރުތަކަށްއަރާ ދުއްވާމިނަގަނީ.
ލޮލްބެ
06 September 2024
އަބަދުވެސް އައްޑޫ މީހެއް މިކަހަލަ ކަމެއްގަ ހައްޔަރުކުރާނީ.
ހަންބޯ
06 September 2024
ކަލޯ ހާދަ ވަރެއްވެފައޭ ދޯ ތިހިރީ؟ ބަޔަކުދެކެ ޒާތީވިޔަސް ތިދެން ބޮޑުވަރު. ފޭޒް 2 ގަ އިހަށްދުވަހު ކިރިޔާ މީހެއްގެ ފުރާނަ ދުއްވާނުލި އެކްސިޑެންޓުގަ ކާރު ދުއްވަން އިނީވެސް އައްޑޫ މީހެއްތަ؟
ށަލިނ
06 September 2024
ފުލުހުން އެމީހުންގެ މަސައްކަތް ކުރާނަމަ މިފަދަ ކަންތައް ނުހިގާނނެ
އުންމު އަފީފް
06 September 2024
އޮނަރަބަލް އަފީފް ދީދީއަށް ފެނޭތަ ތިރަށުކުދިން ޤަބީލާ މާލެއަށް އައިސް އުޅޭގޮތުން ދިމާވާ ކަންކަން. ކަމެއް ނެތި މާލޭގަ އުޅޭ ޒުވާނުން އެބައެއްގެ ރަށަށް ފޮނުވާލަން ޖެހޭ.
ށައްކު
06 September 2024
ޕްލޭން އެެއްޗެއްހެން ހީވާކަހަލަ. ޢެކަހަލަ އެކސިޑެންޓް އެބަހުރިވެފައި.
ދަރި
06 September 2024
ހެޔޮނުވާނެ, އައްޑޫ އިންޑިއާއަށް ވިއްކާލަބަލަ. ވިސާ ޖައްސައިގެން ނޫން ގޮތަކަށް އައްޑޫ މީހުންނަށް ރާއްޖޭގެ ރަށްތަކަށް ނާދެވޭނެ ފަދަ ގޮތަކަށް ހަދާބަލަ
ރާވެރިބެ
06 September 2024
މި ނުރައްކާތެރި އަމަލުގެ ސަބަބުން މައުސޫމު ޒުވާނެއްގެ ފުރާނަ ގޮސްފައިވާތީ ދުނިޔޭގެ ތަހުޒީބީ އެހެން ގައުމުތަކުގަ އަމަލު ކުރާ ފަދައިން ކާރު ދުއްވަން އިން މީހާގެ މައްޗަށް މީހަކު މެރިކަމުގެ ދައުވާ ( ސެކަންޑް ޑިގްރީ މަރޑަރ)ގެ ދައުވާ އުފުލަން ޖެހޭ. މިނުކިޔޭނެ އެކްސިޑެންޓެކޭ. އަދި ޝަރިއަތް ނިމެންދެން ބަންދުގަ ބަހައްޓަން ޖެހޭ.
އެކްސިޑެންޓް ސިޓީ
06 September 2024
30 ކިލޯމީޓަރ ސްޕީޑް ލިމިޓްގަ ދުއްވާނަމަ ސީރިއަސް އެކްސިޑެންޓްތަކަކީ ވަރަށް ނާދިރު. ގަވާއިދާ ހިލާފަށް ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނަ އެދިޔައީ އެހެން ވީމަ ނުގަސްތުގައި މީހަކު މަރާލުމުގެ އަދަބު ލިބެން ޖެހޭ.