އަލިފާނުގެ ހާދިސާގައި ހިނގި ތަނުގައި ސިފައިން ހަރަކާތްތެރިވަނީ.-- ފޮޓޯ: އެންޑީއެމްއޭ
10 ސެޕްޓެމްބަރ 2024 - 11:25
ސޯސަން މަގުގައި ހުންނަ ގާމަގު ކެފޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން ސަރުކާރުން ދެ ލައްކައެއްހާ ރުފިޔާ ދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
ހ. ދޫހިމިރިގޭގައި ހުންނަ ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 57 މީހަކު ހާލުގައި ޖެހުނެވެ. އެއީ 37 ދިވެހިންނާއި 20 ބިދޭސީންނެވެ.
އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް މެނޭޖަރު އުމަރު ފިކްރީ، "މިހާރު" އަށް ވިދާޅުވި ގޮތުގައި ރޯވި ގެއާ ޖެހިގެން ހުރި ރީފްވިއު އާއި ސައުތު އެންޑް ގެއަށް ވެސް އަލިފާނުގެ އަސަރު ކުރި އެވެ.
"އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ރީފްވިއު އަށް ކޮށްފައި ހުރީ. އަނެއް ގެއަށް ދުމުގެ އަސަރުކޮށްފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި ހާލުގައި ޖެހުނު ދިވެހިންގެ ތެރޭގައި ގިނައީ ކުއްޔަށް އުޅޭ މީހުންނެވެ.
އެހެންވެ، އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމާއި ކެއުންބުއިމުގެ ހަރަދުތަކަށް ދެ ލައްކައެއްހާ ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
ގާމަގު ކެފޭ ހުންނަ އިމާރާތުގައި ތިން ފްލޯ ހުރެ އެވެ. އެ އިމާާރާތުގެ މަތީ ދެ ފްލޯ ހަދާފައި ހުރީ ޑެގު އަޅައި ވަށައިގެން ޓިނު ޖަހައިގެންނެވެ. ރޯވި އަލިފާންގަނޑުގައި އެތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެތަނަކީ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެކެވެ.
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ މައުލޫމާތު އެންޑީއެމްއޭގެ އޮފިޝަލުން ނަގަނީ.-- ފޮޓޯ: އެންޑީއެމްއޭ
އިއްޔެ ހަވީރު 3:00 ހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ކުރި މަސައްކަތުން ގަޑިއެއްހާއިރު ފަހުންނެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް މާބޮޑު އަނިޔާއެއް ނުވެ އެވެ. އެކަމަކު ދުމުގެ އަސަރުކޮށްގެން ދެ ބިދޭސީއަކު ހޮސްޕިޓަލަށް ގެންދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޅޭކުޅޭ
10 September 2024
ރަށުތެރޭގައި ގެތަކުގެމެދުގައި ހުންނަގޭގޭގައި މިގޮތަށް ކެފޭ ހަދާއިރު ރައްކާތެރިކަން ކަށަވަރުވާނެގޮތަކަށް ފަރުމާނުކުރެވޭތަންތަނަށް ހުއްދަނުދިނުމަކީ މުހިންމުކަމެއް.
ހުލުހުލޭ
10 September 2024
ތިޔަ ތަނަކީ ބަންގާޅު ބޭފުޅުން ދުވާލަކަށް 100ރ. ބޮލަކަށް ކާންދިނުމާއެކު ނިދުމާއި ފެންވެރުމާއެކު ބައިތިއްބާ އެކަމަޑޭޝަނެއް. ތިޔަތަނުން އެމީހުން ނެރޭ ފައިދާ ތިތާގައި ދިރިއުޅޭ ބޮންދެއް ގާތު އަހާލީމާ އެނގިދާނެ. އެވެރިން ކިޔަނީ |ގެސްޓް ހައުސް'' ތިތަނަށް.
މަސޭ
10 September 2024
ތިޔައީ ކޮންކުންފުޏެއްގެ ބައެއްތަ. ބިދޭސީ އެކަމަޑޭޝަންއެއް ނުހެދޭނެ ދޯ އަމިއްލައަކަށް. ވިސާނުލާއުޅެންޏާ އުޅެވިދާނެތޯއްޗެ.
މަސޭ
10 September 2024
މަ ވެސް ރަށުން މާލެ އައީ ހާލުގަ ޖޭހޭ ވަރުން ، ތިޔަ ތަން ކުއްޔަށް ދީގެން ލާރި ހޯދާއިގެން ޖަޕާނުގަ ދިރި އުޅޭ މީހާ އަތުން ތިޔަ ފަައިސާ ހޯދާ.
އަލްމަން
10 September 2024
އިމާރާތުގެ ވެރި ފަރާތަށް ބިލު ކުރޭ.
ރަދީފްއޮފިޝަލް
10 September 2024
ތިޔަކަމަށް ވެސް ގާނޫނެއް ހަދާ.
ރަދީފްއޮފިޝަލް
10 September 2024
ވަރަށް ރަނގަޅު ނިންމުމެއް. ދައުލަތެއް އޮތުމުގެ އަސްލު ބޭނުމަކީ މިއީ. އިންސާނުން ހާލުގަ ޖެހުނީމަ އެބަޔަކަށް އެހީތެރިނުވާ ދައުލަތެއް އެއީ ދައުލަތެއް ނޫން. 2 ލައްކަ ރުފިޔާ އެއީ މިގައުމުގެ ނިސްބަތުން ވަރަށް ކުޑަ މިންވަރެއް.
ގަދަނޫ
10 September 2024
2 ލައްކަ އެއްތާކު އޮއްވަ އަދި މަ ނުދެކެން. ފެނިއްޖެއްޔާ ހޭނެތިގެން މަ ވެއްޓޭނެ...
ގަދަފެހި
10 September 2024
މަ ނުދެކެން ބައިލައްކަ ރުފިޔާ އެއްތާކު އޮތް ވާ ވެސް. ލާރި
ފޮނުވާލާ
10 September 2024
އެ ދެލައްކަ ދީފައި، އޭގެ ތެރެއިން ނުގަވާއިދުން އުޅޭ ބިދޭސީން ފޮނުވާލިއްޔާ މާ ރަނގަޅުވާނެ.
ރަދީފްއޮފިޝަލް
10 September 2024
2 ލައްކަ އެއީ މިކަހަލަ ކަމެއްގަ އެއްވެސް އެއްޗެއް ނޫން. އަހަރުމެން 2 ލައްކަ ކީއްކުރަން 2 މިލިއަން ރުފިޔާ ވެސް ގެންގުޅުނިން.