ޚަބަރު / ރާއްޖޭގެ ގާނޫނުއަސާސީ

ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވިދާނެ، އެކަމަކު ޚާއްސަ ގާނޫނަކުން

ފ. ހިމިތީ: ސައޫދީ ސަރުކާރަށް ވިއްކާލަން އުޅެނީ މި ރަށާއި މި ރަށާ ގުޅިފައިވާ ފަޅު ކަމަށް ބައެއް ފަރާތްތަކުން ބުނޭ. ފޮޓޯ ގޫގްލް އާތު

ފ. އަތޮޅު ވިއްކާލާކަމުގެ އަޑުތަކާ އެކު ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދިފައި ވަނީ ގާނޫނުއަސާސީ އަށް 2015 ގައި ގެނައި ބަދަލުގެ އަސްލަކީ ކޮބައިތޯއާ މެދުގަ އެވެ. އެ އިސްލާހުގެ ސަބަބުން ހަގީގަތުގައި ވެސް ރާއްޖޭގެ ސަރަހައްދެއް ބޭރުގެ ފަރާތްތަކަށް މިލްކުކުރެވިދާނެތޯ އެވެ.

ޖުލައި 22، 2015 ގައި ގެނައި އިސްލާހަށް ބަލާއިރު ރާއްޖޭގެ ސަރަހައްދެއް މިލްކުކުރެވިދާނެ އެވެ. އެކަމަކު އެއީ މިލްކުކޮށްދޭ ތަންތަނުގައި ހިންގާ ކޮންމެ ޕްރޮޖެކްޓަކަށް ވަކި ގާނޫނެއް ހަދައިގެންނެވެ. އަދި އެ ޕްރޮޖެކްޓަކީ އެންމެ ކުޑަވެގެން އެއް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކަށް ވާން ޖެހޭނެ އެވެ.

މިހާރުގެ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި އިރު، އޮތީ ރާއްޖޭގެ އެއްވެސް ބައެއް ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުނުކުރެވޭ ގޮތަށެވެ.

ނަމަވެސް އެ ގޮތަށް ކަނޑައަޅާފައި އޮތް، ގާނޫނުއަސާސީގެ 251 ވަނަ މާއްދާ، 2015ގައި ރައްޔިތުންގެ މަޖިލީހުން އިސްލާހުކޮށް، ގާނޫނު އަސާސީ އަށް އިތުރު ކުރި، އަށް މާއްދާގެ މައްޗަށް އެކުލެވޭ 15 ވަނަ ބާބުގައި ބުނާ ގޮތުން ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކޮށްދެވިދާނެ އެވެ.

ގާނޫނުއަސާސީގެ 251 ވަނަ މާއްދާ މިހާރު އޮތީ ގާނޫނުއަސާސީގެ 302 ވަނަ މާއްދާގައި (ގާނޫނު އަސާސީގައި އަލަށް ހިމެނި ބާބުގެ މާއްދާއެއް) ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށެވެ. އަދި ފްރީ ހޯލްޑް އުސޫލުން ބިން ދޫކުރުން ހިމެނޭ ގޮތުން، ބިމުގެ މިލްކުވެރިކަމުގެ ހައްގު ބޭރުގެ ފަރާތަކަށް ދޫކުރުމަކީ، ރާއްޖޭގެ ސަރަހައްދުގެ މައްޗަށް އޮތް ދައުލަތުގެ ސިޔާދަތީ ބާރު އޭގެ ޒާތުގައި ބީވެ، ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުން ކަމަށް ނުބެލެވޭނެ ވެސް ކަނޑައަޅާފައިވެ އެވެ.

އެ މާއްދާގައި ބުނެފައިވަނީ ޝަރުތު ފުރިހަމަވާ ޕްރޮޖެކްޓަކާ ގުޅިގެން އެ ޕްރޮޖެކްޓެއް ހިންގާ ސަރަހައްދުގައި ޕްރޮޖެކްޓް ހިންގާ ކޮންމެ މީހަކަށް ވެސް، ދިވެހި ސަރުކާރުން ޕްރޮޖެކްޓް ހައްގު ދޫކުރެވިދާނެ ކަމަށެވެ. އަދި އެ ހައްގު ދިން ކަމުގައި ވިޔަސް، އެ ސަރަހައްދެއްގައި ރާއްޖޭގެ ގާނޫނުއަސާސީ އާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތައް ފުރިހަމަ އަށް ހިންގޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން 303 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޕްރޮޖެކްޓެއް ހިންގުމަށް ބޭރުގެ ފަރާތަކަށް މިލްކުކޮށްދޭ ސަރަހައްދުގައި ހުރި ގުދުރަތީ ހިކިފަސްތަނުގެ ބޮޑުމިން، ރާއްޖޭގެ މުޅި ސަރަހައްދުގެ ގުދުރަތީ ހިކިފަސްތަނުގެ ޖުމްލައިގެ 10 ޕަސެންޓަށް ވުރެ އެއްވެސް އިރެއްގައި އިތުރުވެގެން ނުވާނެ ކަމަށެވެ.

ބިން މިލްކުކޮށްދެވޭނީ ޖުމްލަ ތިން ޝަރުތެއް ހަމަވާ ޕްރޮޖެކްޓުތައް ހިންގަން ކަމަށް ގާނޫނުއަސާސީގެ 304 ވަނަ މާއްދާގައި ބުނެ އެވެ. އޭގެ ތެރެއިން ފުރަތަމަ ޝަރުތަކީ އެ ޕްރޮޖެކްޓަކީ، އެ ޕްރޮޖެކްޓަށް ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަ ކޮށްފައިވާ ޕްރޮޖެކްޓަކަށް ވުމެވެ. ދެ ވަނަ ޝަރުތަކީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓް ކުރާ ޕްރޮޖެކްޓަކަށް ވުމެވެ. އަދި ތިން ވަނަ ޝަރުތަކީ، އެ ޕްރޮޖެކްޓް ފުރިހަމަކޮށް ނިމޭ އިރު، އެ ޕްރޮޖެކްޓް ހިންގާ ސަރަހައްދުގައި، މެދު ދިޔައިގައި ކަނޑުގެ ސަތުހުން ފެށިގެން މައްޗަށް ހިކިފައި އޮންނަ ޖުމްލަ ބިމުގެ މަދުވެގެން 70 ޕަސެންޓް ބިމަކީ އެ ޕްރޮޖެކްޓަށް ހިއްކާފައިވާ ބިމަށް ވުމެވެ.

ބިން މިލްކު ކޮށްދެވޭ ޕްރޮޖެކްޓުގެ އިންވެސްޓްމެންޓުގެ މިންގަނޑު އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ކުރާ ނަމަ، އެކަން ކުރެވޭނީ ވެސް މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނުއަސާސީގެ 305 ވަނަ މާއްދާގައި ބުނެފައިވެ އެވެ. ނަމަވެސް އެފަދަ ބަދަލެއް ގެންނަން ފާސްކުރާ ގާނޫނު ތަންފީޒުކުރަން ފެށުމުގެ ކުރިން، ހުއްދަ ދީފައިވާ ޕްރޮޖެކްޓްތަކުގެ މައްޗަށް، އަލަށް ފާސްކުރާ ގާނޫނުގައިވާ މިންގަނޑު ނުހިނގާނެ ކަމަށް ވެސް މި މާއްދާގައި ބުނެ އެވެ.

ރާއްޖޭގެ ސަރަހައްދުގެ އެކި ބައިތައް ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިތުރު ކުރި މާއްދާތައް ފާސްކުރީ، މަޖިލިހުގއި އެންމެ މެމްބަރެއް ހިމެނޭ، އަދާލަތު ޕާޓީ ފިޔަވައި، މަޖިލީހުގައި ތަމްސީލްކުރާ އެހެން ހުރިހާ ސިޔާސީ ޕާޓީތަކުގެ ގިނަ މެމްބަރުން ވޯޓު ދީގެންނެވެ. ނަމަވެސް، ފ. އަތޮޅުގެ ބައެއް ސައޫދީ އަރަބިއްޔާގެ އިންވެސްޓަރުންތަކަކަށް މިލްކުކޮށްދޭން އުޅޭ ވާހަކަ ފެތުރުމާ އެކު، އިދިކޮޅު ސިޔާސީ ޕާޓީތަކުންނާއި މަޖިލީހުގެ ބައެއް މެންބަރުން ވަނީ އެކަމާ ދެކޮޅު ހަދަން ފަށައިފަ އެވެ.

32 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ެއިބޫ

03 March 2017

މިއޮތީ ގުޅިގެން ގައުމު ވިއްކާފަ

The name is already taken The name is available. Register?

އުމަރު

03 March 2017

މިފަހަރު ފ.އަތޮޅަށް ބަޔަކު އަންނަނީ ހަމައެކަނި އިންވެސްޓަރުން ގޮވައިގެންނޫން، ޤައުމެއްގެ ރަސްގެފާނު އަދި ނުފޫޒްގަދަ ރަސްގެފާނެއް ފައިސާގިނަ ރަސްގެފާނެއް، އެހެންކަމުން ދިވެހިން ކަންބޮޑުވަނީ ޤައުމަކަށް މިޤައުމުން ބައެއް ވިއްކާލަންއުޅޭތީ، އެހެންކަމުން ދިވެހި ރައްޔިތުންނަށް ސާފްވާންޖެހޭ ސައުދީ ސަރުކާރާ ދިވެހި ސަރުކާރާތޯ އެގްރީމެންޓެއް ކުރެވެނީ، ނުވަތަ ސައުދީގެ ކުންފުންޏަކާ ދިވެހި ކުންފުންޏަކާތޯ؟ ޖީއެމްއާރަކީ އިންޑިއާގެ ކުންފުންޏެއް އިންޑިއާގެ ސަރުކާރުގެ ނުފޫޒާހެދި އެކުންފުނި ބޭރުކޮށްލަން އުނދަގޫވީ، އެހެންކަމުން ފ.އަތޮޅު ވިއްކާލަނީ އެހެން ޤައުމަކަށްވެއްޖެއްޔާ އެއްވެސް ޒަމާނެއްގައި އެތަނުން އެމީހުން ބާލާނުލެވޭނެ އަދި އެމީހުންގެ ފައިސާގެ ނުފޫޒް ގަދަވެއްޖެއްޔާ ރާއްޖެ އެއްކޮށްވެސް އެމީހުން އަތުލަފާނެ، ޤާނޫނު އަސާސީ އަދި ޤާނޫނުތަށް ފައިސާއަށް ގަނެވޭކަން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދީބްވެސް ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދައްކާލައިފި، އެހެންކަމުން ފ.އަތޮޅާއި ސައުދީއާއި ހެދޭ އެއްބަސްވުން ސާފްވާންޖެހޭ އެކަން ސާފްކުރުމަށް ނިކުންނަ މީހުންނަކީ ދޮންބަންޑާރައިން، މީގެ އެތަކެއް ސަތޭކަ އަހަރުކުރިން ދޮންބަންޑާރައިން ރާއްޖެ ސަމާލަތްކުރިޔަސް ދެނެއް ދިވެހިންނަކަށް ރާއްޖެ ސަމާމަތެއް ނުކުރެވޭނެ ކިތަންމެ ގުރުބާނީއެއްވިޔަސް އަދި ވިއްކާލާފައިވާ ބައެއް ޔޫއެންއަކުންވެސް ހޯދައިނުދޭނެ

The name is already taken The name is available. Register?

އަބްދުއްލާ އަލީ

02 March 2017

އެއްވެސް ބިދޭސީ އަކަށް ބިން މިލްކު ވެވޭކަށް ގާނޫނުއަސާސީ ތަނެއްނުދޭ ނަމަވެސް ދިގުވެގެން 99 އަހަރަށް ބިން ބޭނުންކުރުމުގެ ފުރުސަތި ގާނޫނުއަސާސީން ލިބިދީފާވޭ. ވީމާ99 އަހަރށް ކުއްޔޭ ކިޔަސް ވިކިއެ ކިޔަސް އެއްވެސް މައްސަލަ އެއްނެތް

The name is already taken The name is available. Register?

މުއިއްޒުވުން

02 March 2017

ޤއ ގެ 248 ވަނަ މާއްދާގައި ބުނަނީ ދިވެހިރާއްޖޭގެ އެއްގަމާކނޑާ ޖައްވާ ވިލުތަކާ ފަޅުތަކާފަރުތަކާ މިތަންތަނުގަ ދިރިއުޅޭ އެންމެހާ ތަކެއްޗާ ދެންވެސް ހުރިއެއްޗެއް މިލްކުވެގެންވަނީ ދިވެހިދައުލަތަށެވެ. ދިވެހިދައުލަތް ކަމަށް މިތާބުނެފައިއެވަނީ ދިވެހިރައްޔިތުން އޭގަ ޝާމިލްވާގިތަށްކަމަށްވާތީ ދިވެހިންނަށް ބިން މިލްކުކުރެވުނަސް މިމާއްދާ މިހެން އޮއްވަ ބިދޭސީއަކަށް ބިން މިލްކެއް ނުކުރެވޭނެ. ފާފުއަތޮޅު މިލްކުކުރަންބޭނުންނަމަ އެންމެ ފަސޭހަގޮތަކަށްވާނީ ސަލްމާން މިގައުމުގެ ރައްޔިތަކަށްވުމެވެ. ނޫންނަމަ ޤާނޫނު އަސާސީގެ މިމާއްދާވެސް އިސްލާހު ކުރުމެވެ ނުވަތަ އުވާލުމެވެ.

The name is already taken The name is available. Register?

މެންޓަލިސްޓް

02 March 2017

މިއާރޓިކަލް ވަރަށްވެސްފުރިހަމަ ،، ރާއްޖޭގެ ބިންބޭރުމީހުންނަށް މިލްކުކުރެވޭ ބިލްފާސްކުރީ ރާއްޖޭގެ ހުރިހާ ބޮޑެތި ސިޔާސީ ޕާޓީތަށް ކަމުގައިވާ ، އެމްޑީޕީ ޕީޕީއެމް އެމްޑީއޭ ޖޭޕީ ބައިވެރިވެގެން ،،، އަދާލަތު ޕާޓިން އެކަނި ވޯޓް ނުދެނީ ،، އެއީ އެންމެ މެންބަރެއް އިންޕާޓީއެއް ،،، އެމްޑިޕީންވެސް ވޯޓްލުމުގައި 3 ލައިންވިޕްއެއް ނެރެފައިކައިނެތް ،،، އެމީހުންވެސް އެކަމާޢި ރުހިގެން ހުރިހާކަމެށްކުރީ ،،، ރައީސްނަޝީދުވެސް ، ރައީސްޔާމިންވެސް ، ރައީސްމައުމޫންވެސް ، ގާސިމްއިބްރާހިމްވެސް ބޭނުންވެގެން ކުރިކަމެށް ކަމަކީ ،،، އެކަންއެއޮތީ ސާފްކޮށް ފެންނަން ،،،، ވީމާ މިއަދު ނުކުމެ ބަޔަކު ބިލިއަނުން އިންވެސްޓްކުރަންބުނީމައި އެކަމާޢި ދެކޮޅުހެދުމުގެ ކުރީން ތިމާމެން ހާވާފައިއޮތް ހަޑި ނިކަން ދެނެގަނެބަލަ ، އެކަމާޢި ފުރަތަމަ މާފަށްއެދިބަލަ ،،، އޭގެފަހުގައި ކަންކަމާޢި އުޅޭނީ ،، ވަރަށްވެދުން

The name is already taken The name is available. Register?

އަބްދު

02 March 2017

ހަސަންބޭ.... މިހާރު ވެސް ވަރަށް ތަކެތި ވިއްކައިފި. ރައްޔިތުންގެ ޖީބަށް ހައްތާވީ ބުރަ. ކާޑުގެ ސަބްސިޑީ ކަނޑައިފި ކަރަންޓް އަގުބޮޑު ކޮށްފި. ޖީ އެސްޓީ ބޮޑު ވެއްޖެ. ރައްޔިތުންގެ ޖީބަށް ބަރުކުރަން ތިޔަ ތަންތަން ތި ވިއްކަނީ ކީއް ކުރަންހޭ..

The name is already taken The name is available. Register?

ޥަތަންއޯވަތަން

02 March 2017

ޢޯވަތަން...އޯވަތަން....އޯވަތަން..... .ގައުމަަށް ގައްދާރުވާ ހާއިނުންގެ ނިމުން ހިތިވާނެ ކަމަށްބެލެވޭ! ޥަތަނަކޭމީދޯ....

The name is already taken The name is available. Register?

އަހުމަދު

02 March 2017

މަސްވެރިކަމުންވެސް ޓޫރިޒަމުންވެސް ރަށްވިއްކައިގެން ވެސް ފައިދާ ވާތަނެއް ނުފެނެއެވެ. އަބަދު އުޅެނީ ޓީބިލުން ސަލާމަތް ނުވެގެންނެވެ. އެއްދުވަހުން އަނެއް ދުވަހަށް ތަކެތީގެ އަގު ބޮޑުވަނީއެވެ. ވެރިކަން ނިމޭ އިރު ފައިސާ ގިނަވެގެން ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރާ ވެރީން ތަކެއް ވެސް ފެންނާނެއެވެ. އާއްމު ރައްޔިތުން ނަށް ވާ ފައިދާ އެއް ކޮބާ ހެއްޔެވެ؟

The name is already taken The name is available. Register?

އޮޅުވާލަ

02 March 2017

ކުއްޔަށް ދޭ ބިންވެސް އެބިން ނަގާފަރާތުން ގަވާއިދާއި ޚިލާފްވީމާ އަތުލަން އުޅެ މިއުޅެނީ އަތުނުލެވިގެން ، ކޯޓަށް ގޮސް ފުލުހުން ފޮނުވާ އެތައްވަރެއްވާއިރުވެސް އަތުނުލިވާ ބިން އެބަހުރި ، ވީއިރު ބިލިއަން ޑޮލަރުގެ ވިޔަފާރިކުރަން ދޫކުރާ ތަން ގާނޫނެއް އޮތޭކިޔާފައި އަތލާނީ ކިހިނެއް، ވަރަށް ސާފްކޮށް ފެންނަން އޮތްކަމެއްގައި އަދިވެސް ރައްޔިތުން އޮޅުވާލަން މިއުޅެނީ

The name is already taken The name is available. Register?

ބީރުބޮލު

02 March 2017

މަޖުލީސް މެމްބަރުންނަށް ރުފިޔާ ލިބޭނެ ހެން ޕްރޮޖެކްޓް ތަކުން ލާރިކާން ހަދާފަ އޮތް ގާނޫނެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454