އެފްއޭއެމްގެ މިދިޔަ ދައުރުގެ ރައީސް ބައްސާމް (ވ) އާއި އެ ދައުރުގެ ސީނިއާ ނައިބު ރައީސް އަލީ އުމަރު: އެ ދައުރު ނިންމާލިއިރު އެފްއޭއެމްގެ ދަރަނި 85 މިލިއަން ރުފިޔާ އަށް ވުރެ މަތި --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހަރު
17 ސެޕްޓެމްބަރ 2024 - 10:32
އެފްއޭއެމްގެ ދަރަނި 85 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރާކަމަށް، އެ އެސޯސިއޭޝަނުގެ ހިންގަން ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީން އެއްކުރި މައުލޫމާތުތަކުން ހާމަވެއްޖެ އެވެ.
އެފްއޭއެމްގެ ދަރަންޏާއި އަދި އެ އިދާރާ ވެއްޓިފައި އޮތް ހާލަތު، ނޯމަލައިޒޭޝަން ކޮމިޓީން އިސްވެ އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
"މިހާރު" އަށް މައުލޫމާތު ލިބުނު މަސްދަރުން ހާމަވާގޮތުގައި ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް، އެފްއޭއެމުން ދައްކަން ޖެހޭ ދަރަނި އުޅެނީ 85 މިލިއަނުގަ އެވެ.
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުން؛ ކޮމިޓީގެ މެންބަރު އަހްމަދު މުއިއްޒު، ޗެއާމަން އަހްމަދު ޒުހޫރު، ކޮމިޓީގެ މެންބަރު ފަރީހާ ޝަރީފް، ކޮމިޓީގެ މެންބަރު އިސްމާއީލް ސިމަން، ކޮމިޓީގެ މެންބަރު އަހްމަދު އަލީ
އެފްއޭއެމްގެ ދަރަންޏާ ގުޅޭ އެކި މަސައްލަތަކުގެ ބައެއް ޝަރީއަތް ނިންމައި، އެ ފައިސާ ދެއްކުމަށް ކޯޓުން ވަނީ މިހާރު ވެސް ހުކުމްތަކެއް ކޮށްފަ އެވެ. މިހާތަނަށް ކޯޓުން ނިންމި ގިނަ މައްސަލަތަކަކީ ޑޮލަރު މާރުކުރުމުގެ ނަމުގައި އެކި ފަރާތްތަކުން އެޑްވާންސްކޮށް ދިވެހި ރުފިޔާއިން ފައިސާ ނަގައި، ޑޮލަރު ދީފައިވާ ނުވާ މައްސަލައިގައި ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމްތަކެކެވެ.
އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި ޑޮލަރު މާރު ކުރުމުގެ ނަމުގައި ކޮށްފައިވާ މުއާމަލާތްތަކުގައި ގިނަ މައްސަލަތަކެއް އޮތީ ފެންމަތިވެފަ އެވެ. ބައެއް މައްސަލަތަކުގައި މާނީ ލޯންޑަރިން އާއި ހިޔާނާތައް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާކަން އޭނާ މައްޗަށް ތުހުމަތު ކުރެވެ އެވެ.
އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި މިހާރު ވަނީ އޭނާއާ ދެކޮޅަށް ޝަރީއަތް ވެސް ފަށައިފަ އެވެ. އަދި ޝަރީއަތް ނިމެންދެން ރާއްޖޭން ބޭރަށް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. ބައްސާމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފީފާއިން ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ.
Mihaaruge hoadhun: Jamaavee, husvaan hindhukolheh!
The most trusted news source in the Maldives
Mihaaru
"މިހާރު" ގެ ހޯދުން: ޖަމާވީ، ހުސްވާން ހިނދުކޮޅެއް!
އެފްއޭއެމުން 2022 ގައި އިއުލާން ކުރި ދިވެހި ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ އުސޫލުން ބޭއްވުމަށް ކުޅޭ ކޮލިފިކޭޝަން މުބާރާތެއްގެ ސުޕޮންސާޝިޕްގެ ގޮތުގައި އެސްޓީއޯއިން ފައިސާ ދިނުމުން ވެސް މުބާރާތް ބާއްވާފައި ނުވެ އެވެ.
ސްޕޮންސާޝިޕްގެ ގޮތުގައި ދިން 1.5 މިލިއަން ރުފިޔާ އަނބުރާ އެސްޓީއޯ އަށް ދެއްކުމަށް މި މަހު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެ އެސޯސިއޭޝަނުގެ ދަރަނީގެ ލިސްޓްގައި، ކްލަބްތަކަށް ދޭން ޖެހޭ ފައިސާގެ ބޮޑު ޕަސަންޓެއް ވެސް ހިމެނެ އެވެ. އަދި މަސައްކަތް ކުރި މުވައްޒަފުންނަށް ވެސް މުސާރަ ދީފައިނުވާތީ ވޭޖް ބިލްގައި ވެސް ބޮޑު ދަރަންޏެއް އެބައޮތެވެ.
ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި މެޗު އޮފިޝަލުކަން ކުރި ބައެއް މީހުން: މެޗު އޮފިޝަލުންނަށް ވެސް ފައިސާ ދީފައި ނުވޭ
އެފްއޭއެމުން ބޭއްވި އެކި މުބާރާތްތަކުގައި ރެފްރީކަން ކުރި ރާއްޖެ އާއި ބޭރުގެ އޮފިޝަލުންނަށް ވެސް ފައިސާ ދީފައި ނުވާ މައްސަލަ ވެސް ދަރަނީގެ ލިސްޓްގައި ހިމެނެ އެވެ. އޭގެ ތެރޭގައި އޮކްޓޯބަރު 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި މަސައްކަތް ކުރި ރެފްރީން އަދި މެޗު އޮފިޝަލުން ހިމެނެ އެވެ.
އެ މުބާރާތުގެ އިނާމު ފައިސާ ވެސް އެފްއޭއެމުން ދީފައި ނުވާ މައްސަލަ ވެސް ޖޫން މަހު ބޭއްވި ސާފްގެ ކޮންގްރެސްގައި ފެންމަތި ކުރި އެވެ.
މި އަހަރު ޖޫން މަހު ބޭއްވި ސާފްގެ ކޮންގްރެސްގައި: ރާއްޖޭން ފައިސާ ދީފައި ނުވާ މައްސަލަ އެ ކޮންގްރެސްގައި ފެންމަތި ކުރި
އެ މުބާރާތުގެ އިނާމު ފައިސާގެ ގޮތުގައި، ޗެމްޕިއަން އިންޑިއާ އަށް ދޭން ޖެހޭ ފައިސާ އާއި ޓީމުތަކުގެ ބައިވެރިވުމުގެ ފީ އާއި ސާފް އޯނާޝިޕް ފީ، އެފްއޭއެމުން ނުދައްކާ މައްސަލަ ސާފްގެ ސެކެޓްރިއޭޓުން ފާހަގަ ކޮށްފައި ވެ އެވެ.
ސާފް ސެކެޓްރިއޭޓުން ބުނެފައި ވަނީ އެ ފައިސާ ހަމަޖައްސައި ދިނުމަށް އެދި ތަކުރާރުކޮށް އެފްއޭއެމްގެ ކިބައިން އެދިފައިވާނެ ކަމަށެވެ. ނަމަވެސް ތިން އަހަރުވާން ދާއިރު ވެސް ފައިސާ ދީފައި ނުވާކަމަށް ސާފްގެ ކޮންގްރެސްގައި ފާހަގަ ކުރި އެވެ.
ނޯމަލައިޒޭޝަން ކޮމިޓީން އަދި މިހާތަނަށް ޕްރެސް ކޮންފަރެންސެއް ވެސް ނުބާވާތީ، އެ ކޮމިޓީ އަށް ވެސް ވަނީ ފާޑުކިޔުން އަމާޒު ވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒާރާއ
17 September 2024
މިވެސް ދެން މީހެއްް.
ނިޔާ24
17 September 2024
މިވަރުން ވެސް މުފާ މެން އުޅެނީ މީނަ ގެންނަން އަދިވެސް. ލަދު
އޮނަރަބްލް އަފީފު ދީދީ
17 September 2024
ދައުލަތުގެ ޤާނޫނުއަސާސީގައި ސާފުކޮށް ބުނެ އަމުރުކޮށްފައިވަނީ "ރާއްޖޭގެ އިދާރީދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުން" ކަމަށް. އެހެންކަމުން ދިވެހި ކުޅިވަރުވެސް ލާމަރުކަޒުކޮށް ހިންގުމަށްޓަކާ، ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައި ކަޑައަޅާ ކޮންމެރީޖަނެއްގައި ރީޖަނަލް އެސޯސިއޭޝަންތައް ޤާއިމްކުރަން ފުރުސަތުހޯދަން ކައުންސިލްތަކުން މަސައްކަތް ކުރާން އެބަޖެހޭ.
އޮނަރަބްލް އަފީފު ދީދީ
17 September 2024
ޤަބީލާވަންތަ ގޮތަކަށް ވޭތުވެދިޔަ 60 އަހަރު ކ.މާލޭގެ ކަންމަތީ ޤުރޫޕްތަކުން ކުރަމުންއައިކަންތައް ބަދަލުކުރަން އެމީހުން ދެކޮޅުހަދާނެ. އެހެންކަމުން ކުޅުދުއްފުށި، ތިނަދޫ، ފުވައްމުލައް އަދި އައްޑޫސިޓިގައި ފުޓްބޯޅައިގެ އެއްވެސްޙަރަކާތެއް ހިންގާން ކައުންސިލްތަކުން އެއްބާރުލުންދޭނީ މިދަންނަވާބަދަލުތައް ގެނެސް އެފަރާތްތަކުގެ ބައިވެރިވުންއޮންނަގޮތަށް ފެޑަރޭޝަން ޤާއިމްކުރުމުންކަމަށް ކައުންސިލްތަކުން އިއުލާންކޮށް މާލޭސަރުކާރަށް އަވަހަށް އަންގާންޖެހޭ.
ސަރީފާ
17 September 2024
ބައްޗު ހޮޓަލުން ދޮނޭ ސައިބޮއެފަ އެފްއޭ އަށް ބިލްކޮއްފަ ލާރި ނުދައްކާ އެތައް ބިލެއް
ފުޓްބޯލ
17 September 2024
ތި ފުޓްބޯޅަ އާ ނޫޅެ ގޯލްޑެން ފުޓްސެލް ލީގު އާއި ރިސޯޓް ލީގް ލީގެއްގެ ގޮތުގައި ގެންދަންވީ އޭރުން ކުޅިވަރު މުޅި ރާއްޖެއައް ފުޅާވީ ފުޓްބޯޅަ ވެއްޖެއާ މާލެ ޓީމަކައް ނޫނީ ކުރިއަރައިގެން ދާނެ ފުރުސަތެއް ނެތް
ބެލެނިވެރިން
17 September 2024
ހަމަ ބާސްކެޓް އެސޯސިއޭސަން އެކޭ އެއްހަމަ ވެއްޖެދޯ . 85 މިލިއަނައްވުރެ ބޮޑުވާނެ ބާސްކެޓް ގެ ދަރަނި ތައް
މުއާ ހަލީމް
17 September 2024
ހުރިހާ ކަމެއްގައި އަލީ އުމަރުގެ ބައިވެރިވުން އޮތް. ބައްސާމް އަތުން އެންމެ ގިނަ ފައިސާ ހޯދީ ވެސް އޭނާ. މިހާރު ތިމަންނަ ހުސް ޗެކްތަކުގައި ސޮއިކޮށްފައި ދިނީ އޭނާ ބުނެގެންނޭ ކިޔާނެ ކަމެއްނެތް. އަލީ އުމަރު ބައިނާޅާ އެންމެ ކަމެއްނެތް ތިތާކުނެތް. ކުޅުނުއިރު ވެސް ބަލިވީމަ ފަނިހަދާނެ. މިހާރު ވެސް މަގާމު ގެއްލުނީމަ މަށެއްނޫނޭ ކިޔާނެ ކަމެއްނެތް
ސަސަޕެންޑްކުރޭ
17 September 2024
އަލީއުމަރުއާއި ބައްސާމު ޖެހޭނީ އުމުރަށް ސަސްޕެންޑްކުރަން.
ކުލާޑީ
17 September 2024
ޢަލީ ޢުމަރު ފުޓުބޯޅައިން ހޯދި ރީތި ނަން، ހުތުރުކޮށް މީހުންގެ ލޯބީގެ ބަދަލުގައި ނަފްރަތު ހޯދައިގެން ތިޔަ ދަނީ، ދަނގަޑޭވެސް އެމަގުން ހިނގުމުގެ ފުރަތަމަ ފިޔަވަޅު އަޅައިފި.