ގުރައިދޫގެ މަގެއް މަތި: ގުރައިދޫގައި ހަތަރު މަހުގެ ކުއްޖެއްގެ މަރުގައި ޝައްކު އުފެދޭތީ ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައި
14 ޑިސެމްބަރ 2024 - 19:10
ކ. ގުރައިދޫގައި ތުއްތު ކުއްޖެއްގެ މަރާ ގުޅިގެން ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފި އެވެ.
ގުރައިދޫގައި ރޭ ދަންވަރު ނިޔާވީ ހަތަރު މަހުގެ ކުއްޖެކެވެ. އެ ކުއްޖާ ނިޔާވެފައި އޮތް އިރު ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް އެނގިފައިވެ އެވެ.
ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން މައްސަލަ ރިޕޯޓްކުރުމުން މިހާރު ވަނީ ހަށިގަނޑު މާލެ ގެނެސްފަ އެވެ. އަދި މިހާރު ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގަ އެވެ.
ފުލުހުން ބުނީ ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ރާއްޖޭން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަރާ ގުޅޭ ގޮތުން އަދި އިތުރު މައުލޫމާތެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެންގަބޯ
15 December 2024
ތި ޕޯސްޓްމޯޓަމް ހަދައިގެން އެއްވެސް މީހަކު މިވީހާތަކަށް ނެތް އިންސާފުގެ ކުރިމައްޗަށް ގެނެވިފައި މީބޭކާރު ބޮޑު ހަރަދެއް. މައްޔިތާ އަށްވެސް ކޮންފަދަ ބޮޑު މުސީބާތެއް މީ ޕޯސްޓްމޯޓަމް ހެދުމާ ދެކޮޅަށް މުޅި ރާއްޖޭގައި ސުލްހަވެރިކަމާއެކު މިކަމާ ދެކޮޅަށް ރައްޔިތުންގެ ޢަޑު ސަރުކާރަށް އިއްވަން އެބަޖެހޭ. މީހާ މަރުވީމަ ދެ ފަޅިއަށް ފަޅާ ކުދިކުރަން ވީކީނުން މަރުވީމަ މަރު ސާބިތުކޮށް ވީހާވެސް އަވަހަކަށް ވަޅުލުން އޮންނަނީ މީ ސައްތައިންސައްތަ މުސްލިމު ނޯ
ލޮއްލަ
15 December 2024
ދައުލަތުން ވެއްޖެއްނު މިހާރު މިރާއްޖޭގައިވެސް ޕޯސްޓުމޯޓަމް ހެދޭނެ ގޮތެއް ހަމަޖައްސަން. މައްޔިތާއަށް ކޮންފަދަ މުސީބާތެއް މީދެން އެެހެން ގައުމަކަށް ގެންގޮސް ތަޅުވަތަޅުވާފަ މިތަނަށްގެނެސް ވަޅުނުލެވި މަސްދެމަސް އޮންނަން މިޖެހެނީ. ދެން މަ ކާލާ މިހެން ބުނީމަ.
ސަރުފަރާ
14 December 2024
ކީއްވެބާ ޒަކިއްޔާގެ އާއިލާއިން އެދިފައި ވަނިކޮށް ވެސް އެމަރުގެ ޝައްކުތައް އެރަށުގެ ރައްޔިތުންކުރަނިކޮށް ޕޯސްޓް މޯޓަމް ނުހެދީ
އޮޓޮޕްސީ
15 December 2024
ޕޯސްޓްމޯޓަމް ހަދަނީ މަރުވި ސަބަބު ނުވަތަ ގޮތް އޮޅުންނުފިލާ ހާލަތުގައި އެ ސަބަބު ނުވަތަ ގޮތް ހޯދަން. ޒަކިއްޔާ މަރުވި ސަބަބު ނުވަތަ ގޮތް އެނގޭތީވެ ޕޯސްޓްމޯޓަމް ހަދަން ނުޖެހެނީ... ޕޯސްޓްމޯޓަމް އަކުން ކުށްވެރިވާ ފަރާތެއް ދެނެނުގަނެވޭނެ.