އެޗްޑީސީ: މާލީ މުއާމަލާތްތައް މަޑުޖައްސާލަން ވަނީ އަންގާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
19 ޑިސެމްބަރ 2024 - 09:45
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މާލީ މުއާމަލާތްތައް މަޑުޖައްސާލަން އެ ކުންފުނީގެ އޮޑިޓަރު އަންގައިފި އެވެ.
އެޗްޑީސީގެ ޗީފް އިންޓާނަލް އޮޑިޓަރު އިއްޔެ ނެރުނު އިންޓާނަލް މެމޯއެއްގައިވާ ގޮތުން، އެ ކުންފުނިން ހިންގާ މާލީ ގިނަ މުއާމަލާތްތަކެއް ވަގުތީ ގޮތުން މަޑުޖައްސާލަން ވަނީ އަންގައިފަ އެވެ.
އޭގެ ތެރޭގައި "ބިންވެރިޔާ ސްކީމް"އާ ގުޅޭ ހުރިހާ މުއާމަލާތްތަކާއި ބިމާއި ކޮމާޝަލް އަދި ރެސިޑެންސް ޔުނިޓްތައް ދޫކުރުމުގެ އެއްވެސް މުއާމަލާތެއް ނުކުރަން އެންގި އެވެ.
އިމަޖެންސީ ހާލަތެއްގައި މެނުވީ އެއްވެސް ޕްރޮކިއުމެންޓް މުއާމަލާތެއް ނުހިންގުމަށާއި ފައިސާ ދެއްކުމުގެ އެއްވެސް މުއާމަލާތެއް ނުކުރަން ވެސް މެމޯގައި ވެ އެވެ. އެއްވެސް މުވައްޒަފަކު ވަކިކުރުމާއި އަލަށް މަގާމުތަކަށް މީހުން ނެގުން ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
މި ފިޔަވަޅުތައް އަޅަން މެމޯއެއް ނެރުނީ ބިންވެރިޔާ ސްކީމްގެ ލިސްޓުގައި ނެތް ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ވަރަށް ބޮޑަށް ހޫނުވެ، އެ މައްސަލާގައި ޖިނާއީ ތަހުގީގެއް ފުލުހުން ފެށުމާ އެކު އެވެ.
އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވުމާ އެކު، ފުލުހުން ފެށި ހާއްސަ ތަހުގީގު ނިމެންދެން ޕީސީބީން މިއަދު ވަނީ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ހިމެނޭހެން އެޗްޑީސީގެ ބޯޑު އެއްކޮށް ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފަ އެވެ. އެކަމަކު، އެ ކުންފުނީގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) ސަސްޕެންޑެއް ނުކުރެ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ.
ފަޒުލްގެ އެއްބަނޑު އެއްބަފާ ބޭބެ ފަޒީލް ރަޝީދު ހިމެނޭ ގޮތަށް ބަޔަކަށް ބިންވެރިޔާ ސްކީމްގެ ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އިއްޔެ ހަވީރު އެޗްޑީސީގެ އޮފީހަށް ވެސް ވަދެފަ އެވެ.
މި ބޮޑު މައްސަލާގައި ފަޒުލް އަށް ކުރެވޭ ތުހުމަތުތައް އިއްޔެ އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ.
"އަޅުގަނޑުމެން އެއްވެސް ހާލަތެއްގައި މިނިސްޓްރީ އޮފް ހައުސިން އިން ނާންގާ ފަރާތަކަށް، މިތަނުން ބިމެއް ހަވާލުކޮށްފައި ނުވާނެ،" ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވި އެވެ.
މި މައްސަލަ ފެންމަތިވީ އެ ގޯތިތަކުގެ އިންފާރު ރޭނުމުގެ ހުއްދައަށް އެޗްޑީސީގައި އެދުމުން އެ ކުންފުނިން ހައުސިން މިނިސްޓްރީގައި އެ ހުއްދައަށް އެދުމުންނެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ވަނީ އެ ހުއްދަ އަށް އެދުނު މީހުންނަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫން ކަން އަންގައިފަ އެވެ. އާންމު ވެފައިވާ ލިޔުންތަކުގައިވާ ގޮތުން އޭގެ ތެރެއިން އެކަކީ ފަޒުލް ބޭބެ ފަޒީލް އެވެ. އަދި ދެވަނަ މީހަކީ އަބްދުލްމަޖީދު މާހިރު ކިޔާ މީހެކެވެ.
ބިންވެރިޔާ ސްކީމަކީ މާލޭ މީހުންނަށް ގޯތި ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ސްކީމެކެވެ. އެ ސްކީމްގެ ދަށުން ވަނީ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ވުރެ ގިނަ ގޯތި ހިލޭ މާލޭ މީހުންނަށް ދިނުމަށް ނިންމައިފަ އެވެ. އެ ސްކީމްގެ ދަށުން ހުޅުމާލެ 2 އިން ދޭން ނިންމި ހުރިހާ ގޯއްޗެއް ހައުސިން މިނިސްޓްރީން ވަނީ އެ ބިންތައް ލިބުނު މީހުންނަށް މިދިޔަ މަހު ހަވާލުކޮށްފަ އެވެ. އެ ގޯތިތަކުގެ ކަންމުޑި ޖަހައި، އިން ވަކިކޮށްދިނުމުގެ މަސައްކަތް ހަވާލުކުރީ އެޗްޑީސީއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނީލް
19 December 2024
ހައްގު ނޫން އެތައް ބަޔަކަށް ފައިސާގެ ބޮޑަތި އަދަދުތައް ނެގުމަށްފަހު ވިނަރެސް ފުލެޓްވެސް ވިއްކި ކަމަށް ވޭ. އެކަންވެސް ބަލާން ޖެހޭ.
މިޖަން
19 December 2024
އޮޱިޓަރު ހުރީނިދިފައި އިހުޟާންފިހާ ކުލިނުދައްކާތާ 1 އަހަރުވެދިޔައިރު ނޭންގުނުއިރު ދެންކޮންކަމެއްއެގޭނީ މިހާރުދައްކަންޖެހޭ 36 ހަލައްކަރުފިޔާނުދައްކާއަދިވެސް އޮޱިޓަރުހަމަނިދިފަ
އޮޑިޓަރު
19 December 2024
އޮޑިޓަރަކީ ކުލި ހޯދަން ހުންނަ މީހަކީތަ؟
އަލި
19 December 2024
އެޗްޑީސީން މިހެން އިއުލާނު ކުރުމެއްނެތި ވ ދީފަހުރި ގޯތި ހާދަގިނަވޭނޭ.އެޗްޑީސީގެ ވެބްސައިޓުން ގަވައިދާއެއްގޮތަށް ގޯތި ލިބުނު ނުވަތަ ގަތް މީހުންގެ ފުރިހަމަ މައުލޫމާތު ހުންނަންވާނެ.
އޮނަރަބްލް އަފީފު ދީދީ
19 December 2024
ކ.މާލެސަރަޙައްދު ބިންތަކާއި، ފުލެޓްތަކުގެމައްޗަށް ސަރުކާރާއި މަޖިލިސްމެންބަރުން ފަދަ ނުފަުޒު ގަދަ ފަރާތް ތަކުން ނާޖާއިޒުބާރު ބޭނުންކޮށްގެން ގޯއްޗާއި ފުލެޓްހޯދާކަން އެންމެނަށްއިގޭ. އެކަމަކު މިފަދަ ވައްކަމުގެ އެއްވެސްމައްސަލައެއް ބެލޭނެގޮތެއް ނުހޯދެނީ "ވަންނާނެތަނެއް ނެތްކަމަށްބުނެދައުލަތުގެ އެހީތެރިކަންނެތި ދިރިއުޅެވޭނެގޮތް ނެތްމީހުނަށޭ ކިޔާފައި" ފުލެޓްދޭމީހުންނަކީ ކޮންބައެއްކަން ނޭގޭގޮތަށް "ސިއްރުން" އެކަންކުރާގޮތަށް ސަރުކާރުން ކަޑައަޅާފައިވާތީ.
އޮނަރަބްލް އަފީފު ދީދީ
19 December 2024
ކ.މާލެސަރަޙައްދު ބިންތަކާއި، ފުލެޓްތަކުގެމައްޗަށް ސަރުކާރާއި މަޖިލިސްމެންބަރުން ފަދަ ނުފަުޒު ގަދަ ފަރާތް ތަކުން ނާޖާއިޒުބާރު ބޭނުންކޮށްގެން ގޯއްޗާއި ފުލެޓްހޯދާކަން އެންމެނަށްއިގޭ. އެކަމަކު މިފަދަ ވައްކަމުގެ އެއްވެސްމައްސަލައެއް ބެލޭނެގޮތެއް ނުހޯދެނީ "ވަންނާނެތަނެއް ނެތްކަމަށްބުނެދައުލަތުގެ އެހީތެރިކަންނެތި ދިރިއުޅެވޭނެގޮތް ނެތްމީހުނަށޭ ކިޔާފައި" ފުލެޓްދޭމީހުންނަކީ ކޮންބައެއްކަން ނޭގޭގޮތަށް "ސިއްރުން" އެކަންކުރާގޮތަށް ސަރުކާރުން ކަޑައަޅާފައިވާތީ.
ރައީސަށް
19 December 2024
ރައީސް މުއިއްޒުއެވެ! މަނިކުފާނަށް ކުރި އިތުބާރު ގެއްލިގެން މިދަނީ މިކަހަލަ ކޮރަޕްޓު މީިހުންނާހެދި! ކިޔަންމެ މޮޅެތި ހުވަފެން ދެއްކިޔަސް ތިޔަ ހިންގާ ކޮރަޕްޝަންތަކަށް މަނިކުފާނު ނޫނެކޭ ބުނެ ފިޔަވަޅުއަޅަން ޖެހޭ! ވެރިޔާ ކިތަންމެ ރަނގަޅަސް ދެން ތިބީ މިކަހަލަ ކޮރަޕްޓް މީހުން!
ރައީސޫ
19 December 2024
އޮޅިފަތިހިރީ ވެރިޔާއަށް އިނގޭ ހުރިހާކަމެއް މީހަމަ ގުޅިގެންކުރާވައްކަން
އޮނަރަބްލް އަފީފު ދީދީ
19 December 2024
މަތީގައިދެންނެވި ކަންކަމަށް ހައްލުލިބޭނީ ސޯޝަލް ހައުސިންގ ސްކީމްތަކަށް ފުލެޓްލިބޭމީހުންގެ ފޮޓޯ ހިމެނޭގޮތަށް މައުލޫމާތުއާންމުކޮށް ފުރަތަމަ ބިމާއި ފުލެޓް ޓެކްސް ފުރީކޮށް އޭނާހޯދާ ދެވަނަ ފުލެޓާއި ބިމުން %50 ޓެކްސް އަދި އިތުރަށްހޯދާ ކޮންމެ ފުލެޓަކާއި ބިމުން %100 ޓެކްސް ނަގާންކަޑައަޅާ ސޯޝަލް ފުލެޓްހޯދަން ދޮގު މައުލޫމާތުދިނުމާއި އެފަދަކަމަކަށް އެހީތެރިވުމަކީ ޖިނާޢީކުށެއްކަމަށް ޤާނޫނުގައި ކަޑައަޅައި މީގެ އިތުރަށް ޕްރޮޕަޓީ ޤާނޫނެއްވެސް ވުޖޫދު ކޮށްގެން.
މާއްކޫ އޮޑިޓަރ
19 December 2024
މިދިޔަ 12 މަސްދުވަހު ތިޔަ އިންޓާނަލް އޮޑިޓަރު ހުރީ ނިދާފަތޯ؟ .. ވިނަރެސް ފްލެޓްތައް ވިއްކަމުންދިޔައިރު ކޮބައިތޯ ތިޔަ އޮޑިޓަރު؟ ވިޔަފާރި ބިންތައް ލޮޓްތައް ނިންމާލިއިރު ކޮބައިތޯ؟ ކަންތައްތައް ގޯނިން އެއްކޮށް ބޭރުވެ ފަޅާއެރީމަވެސް މިކަންތަކައް ފަސްއަޅާ ފޮރުވަން އެހީތެރިވާނަންތޯ؟
މެނިކެ
19 December 2024
ހުޅުމާލެ ފޭސްް 1 ގެ ބީޗްސައިޑް ގައ ވެސް ހުންނާނެ މޫދު ކުޅިވަރަށް ގޮޅިގޮޅި ދޫކޮށްފަ. އެތާ ހުންނާނީ 2 ސަރފިންބޯޑް. ދެން އެތަނަކީ އެޗެ.ޑީ.ސީ ގެ އެކުވެރިން ގެ ތަނަކަށްވެފައި ގޮނޑިޖަހާ ކުޑަވަރެއްގެ ކެފޭ އެއް އެތާ އޮންނާނީ ސިގިރޭޓް ބުއިމާއި ޑިސްކޯ ބޭއްވުން.. އެކަމު އެތަން ކުއްޔަށްދީފަޔޯ އޮންނަނީ މޫދުކުޅިވަރަށް. އެ ވެސް ބަލަންވީ މައްސަލަ އެއް
ކުމާރާ
19 December 2024
ރައްޔިތުން އަންގަންވީނު މުޅި ސަރުކާރު ހިންގުން މަޑުޖައްސާލަން؟