ޚިޔާލު / އާ އަހަރު

މުސްލިމުންނަށް އާ އަހަރު ފާހަގަކުރެވިދާނެ؟

މީލާދީ ތާރީޚުން އައު އަހަރެއް ފެށޭ ދުވަހަކީ ދުނިޔޭގެ ކަންކޮޅުތަކުގައި މީސްތަކުން އިހުތިފާލު ކުރާ ދުވަހެކެވެ. މިކަމުގައި މުސްލިމުން ވެސް ބައިވެރި ވެ އެވެ. ނަމަވެސް މިއީ މުސްލިމުންނަށް ހުއްދަވާނެ ކަމެއް ބާވަ އެވެ؟ ހުއްދަ ވާ ނަމަ އެކަމުގައި މުސްލިމުން ސަމާލުވާން ޖެހޭނެ ކަންކަމަކީ ކޮބައި ބާ އެވެ؟

މީލާދީ އައު އަހަރު ފާހަގަ ކުރުން ހުއްދަވާނެ ބާ؟

އިސްލާމް ދީނުގައި އީދުގެ ގޮތުގައި ޝަރުއު ކުރެވިފައިވަނީ ފިތުރު އީދާއި އަޟްހާ އީދު ދުވަހެވެ. އަދި ބައެއް އަޅުކަންތަކާއި ހެޔޮ ޢަމަލުތައް ކުރުމަށް އެހެން ބައެއް ދުވަސްތައް އިހުތިފާލު ކުރުން ޝަރުއު ކުރެވިފައި ވެއެވެ. މިސާލަކަށް ޢާޝޫރާ ދުވަހާއި ހުކުރު ހޯމަ ދުވަސް ފަދަ ދުވަސްތަކެވެ. މީލާދީ ނުވަތަ ހިޖުރީ އައު އަހަރު ފެށޭ ދުވަހަކީ ދީނީ ގޮތުން މުސްލިމުން އިހުތިފާލު ކުރަން ޖެހޭ ދުވަހެއް ނޫނެވެ. އެހެންކަމުން ދެ އީދު ދެ ދުވަސް ފާހަގަކުރާ ގޮތަށް ދީނީ ކަމެއްގެ ގޮތުގައި އައު އަހަރު ފާހަގަކޮށްގެން ނުވާނެ އެވެ.

ނަމަވެސް އާދަކާދައެއްގެ ގޮތުގައި އަދި އިބުރަތްތައް ލިބިގަތުމަށްޓަކައި މިދުވަސް އިހުތިފާލު ކުރުމަކީ ހުއްދަ ކަމެއް ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ. ސަބަބަކީ ދީނުގައި ވަކި ދުވަސްތަކެއް ފާހަގަ ކުރަން ޝަރުއުވެފައި އޮތުމަކީ އެހެން ދުވަހެއް އިހުތިފާލު ކުރުން އޭގެ ޒާތުގައި މަނާވާނެ ކަމަކަށް ނުވާތީ އެވެ. އެއީ އެކަން މަނާކުރަން ދަލީލެއް އައިސްފައި ނެތުމެވެ. ކަމެއް މަނާކުރަން ދަލީލެއް ނެތް ނަމަ އެކަމެއްގެ ހުކުމަކީ އިސްލާމް ދީނުގައި ހުއްދަވުމެވެ. ނަމަވެސް އެކަން ކުރުމުގެ ނިޔަތާއި އެކަން ކުރެވޭ ގޮތާއި އެކަމުގެ ތެރެއަށް އިތުރު ކުރެވޭ ކަންކަމުގެ ސަބަބުން އެ އިހުތިފާލު ކުރުން މަނާ ވެގެން ހިނގައިދާނެ އެވެ.

މިސާލަކަށް ވަކިބައެއްގެ ދީނީ އިހުތިފާލެއް ފާހަގަ ކުރުން ނުވަތަ އެކަމުގައި ބައިވެރިވުން މުސްލިމުންނަށް ހުއްދައެއް ނުވާނެ އެވެ. މިގޮތުން މަސީހީން ފާހަގަކުރާ ކްރިސްމަސް މުސްލިމުން ފާހަގަކޮށްގެން ނުވާނެ އެވެ. ހަމައެފަދައިން އެއްވެސް މުނާސަބަތެއް ފާހަގަ ކުރާއިރު، އެކަމުގައި ދީނީ ގޮތުން ހުއްދަ ނޫން ކަންތައްތައް ކުރާ ނަމަ ނުވަތަ އެއީ ވަކިބައެއްގެ ގޮތްތަކަށް ތަބާވެ ގަތުމަށް ކުރާ ކަމެއް ކަމުގައިވާ ނަމަ އެކަން ހުއްދައެއް ނުވާނެ އެވެ.

މީލާދީ ތާރީޚު ގުޅިފައިވަނީ ސަލާމް ލެއްވި ޢީސާ ޢަލައިހިއްސަލާމުގެ އުފަންވެ ވަޑައިގަތުމާ އެވެ. އެކަލޭގެފާނަކީ ތައުޙީދުގެ ރިސާލަތު މީސްތަކުންނަށް ފޯރުކޮށްދިނުމުގެ ސިލްސިލާގައި މުހިންމު ދައުރެއް އަދާ ކުރެއްވި ބޭކަލެކެވެ. ވީމާ މިކަންކަން އަހަރެމެން އިހުތިފާލު ނުކުރަންވީ ސަބަބެއް ނެތެވެ. ދީނުގައި މިކަން ޝަރުއުވެފައި ނެތުމުން އޭގެ މާނައަކީ މިއީ ދީނީ ގޮތުން ކުރަންޖެހޭ ކަމެއް ނޫން ކަން އެކަންޏެވެ. އެހެން ހައިސިއްޔަތަކުން ނުކުރެވޭނެ ކަމެއް ކަމަކަށް ދަލީލެއް ނުލިބެ އެވެ. ވީއިރު މުސްލިމުންގެ އާދަކާދައެއްގެ ގޮތުގައި މީލާދީ އައު އަހަރު ފެށޭ ދުވަސް އިހުތިފާލު ކުރެވިދާނެ އެވެ. ހުއްދަ ނޫން ކަމަށް ވިދާޅުވާ އިލްމުވެރިން އެ ދައްކަވަނީ ދީނީ ކަމެއްގެ ގޮތުގައި އެކަން ކުރުން ހުއްދަ ނުވާނެ ވާހަކަ އެވެ. އާދަކާދައެއްގެ ގޮތުގައި ވިއަސް އެހެންމީހުންނާ އެއްފަދަ ވެގަންނަން އެކަން ހުއްދަ ނުވާނެ ވާހަކަ އެވެ.

ދުވަސްތައް ފާހަގަ ކުރުމުގައި މުސްލިމުން ސަމާލުވާން ޖެހޭ ކަންކަން

އާދަކާދައެއްގެ ގޮތުގައި އައު އަހަރު ފާހަގަ ކުރިޔަސް މިކަމުގައި ވިސްނާލަން ޖެހޭ ކަންތައްތަކެއް ވެއެވެ. އެއް ކަމަކީ ވަކި ބަޔަކު ކޮޕީކޮށް އެ މީހުންނާ އެއްގޮތްވެ ގަތުމަށް މިދުވަސް ފާހަގަ ނުކުރުމެވެ. ޢާޝޫރާ ދުވަސް ފާހަގަކުރުން މުސްލިމުންނަށް ކީރިތި ރަސޫލާ ﷺ ހުއްދަ ކުރެއްވި އިރު އެކަން ހުއްދަ ކުރެއްވީ ތަފާތު ގޮތަކަށް އެކަން އިހުތިފާލު ކުރުމަށެވެ. އެއީ އެ ދުވަހު ރޯދަ ހިފައިގެންނެވެ. މި ބީދައިން ބަލާއިރު ޢީސާގެފާނުގެ ނަމަށް ނިސްބަތްވާ ދީނުގެ މީހުން އެ ދުވަސް ފާހަގަކުރާ ގޮތަށް މުސްލިމުން ފާހަގަކޮށްގެން ނުވާނެ އެވެ. އެހެނީ އެކަލޭގެފާނުގެ ބަސްފުޅުތަކާއި އަމުރުފުޅުތަކާ ޚިލާފަށް މަސީހީން އެ ދުވަސް ފާހަގަ ކުރަމުން އެ ގެންދަނީ އެކަލޭގެފާނު އިލާހެއް ނުވަތަ ﷲގެ ދަރިކަލެއް ކަމުގައި ބަލައިގެންނެވެ. ވީއިރު އެކަލޭގެފާނަށް އިހާނެތިވާނެ ފަދަ ގޮތަކަށް އެ މީހުން އެ ދުވަސް ފާހަގަ ކުރަމުންދާއިރު އަޅުގަނޑުމެން އެ މީހުންނާ ތަބާވެގެން ނުވާނެ އެވެ. އޭރުން އަހަރެމެންވެސް ވާނީ މާތް ނަބިއްޔާ ﷺ ބަޔާން ކުރައްވާފައިވާ ފަދައިން ހަމަ އެމީހުންގެ ތެރެއިންނެވެ.

ނަމަވެސް އާދަކާދައެއްގެ ގޮތުގައި އަދި އިބުރަތްތައް ލިބިގަތުމަށްޓަކައި މިދުވަސް އިހުތިފާލު ކުރުމަކީ ހުއްދަ ކަމެއް ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ. ސަބަބަކީ ދީނުގައި ވަކި ދުވަސްތަކެއް ފާހަގަ ކުރަން ޝަރުއުވެފައި އޮތުމަކީ އެހެން ދުވަހެއް އިހުތިފާލު ކުރުން އޭގެ ޒާތުގައި މަނާވާނެ ކަމަކަށް ނުވާތީ އެވެ. އެއީ އެކަން މަނާކުރަން ދަލީލެއް އައިސްފައި ނެތުމެވެ.

ދެވަނަ ކަމަކީ އެ މުނާސަބަތު ފާހަގަކުރާ ނަމަ އެކަމުގައި ﷲ ނަހީ ކުރެއްވި އެއްވެސް ކަމެއް ނުކުރުމެވެ. އެ ދުވަސް ފާހަގަ ކުރުމަށް ބޮޑެތި ހަފުލާތައް ބާއްވައި އިސްރާފުކޮށް، ރާ ބުއިމާއި ޖުވާ ކުޅުމާއި އަދި މިފަދަ ކަންކަމަށް މަގުފަހިކޮށް ފޯރި ގެނައުމަށްޓަކައި ލަވަޔާއި މިޔުޒިކު ކުޅުމާއި ހުއްދަ ނޫން ނެށުންތައް ކުރިއަށް ގެންދިއުން ހަރާމް ވާނެ އެވެ.

ތިންވަނަ ކަމަކީ މުސްލިމުން ކުރާ ކޮންމެ ކަމަކީ ވެސް މަތިވެރި މަގުސަދެއްގައި ކުރާ ކަމަކަށް ހެދުމަށްޓަކައި މިކަމުގައި ވެސް އެފަދަ މަގުސަދެއް އޮތުމެވެ. އިސްލާމީ ނަޒަރުން ބަލާއިރު އެއްވެސް މުނާސަބަތެއް ފާހަގަ ކުރުމުގެ ބޭނުމަކީ އެ މުނާސަބަތުތަކާ ގުޅުން ހުރި ކަންތައްތަކުން ދުނިޔެ އާއި ޢާޚިރަތް ބާއްޖަވެރި ކުރުމަށްޓަކައި އިބުރަތްތަކެއް ހާސިލު ކުރުމެވެ. އެކިއެކި މުނާސަބަތުތަކާ ގުޅުން ހުރި ދީނީ އަޅުކަންތައްތަކުން ވެސް އިބުރަތްތައް ހާސިލު ކުރާ ފަދައިންނެވެ.

ނޭދެވޭ ސަގާފަތްތައް ފަތުރަން މަސައްކަތް ނުކުރުން

މި ބަޔާންކުރި ކަންކަމުގެ އަލީގައި ބަލާއިރު މީލާދީ އައު އަހަރު ފާހަގަ ކުރުމުގައި ނޭދެވޭ ސަގާފަތްތަކެއް ފެތުރުމަށް އަޅުގަނޑުމެންގެ ތެރޭގައި ކުރެވެމުންދާ އެކި ކަހަލަ ކަންކަން ހުއްޓާލަން ޖެހެ އެވެ. މިގޮތުން ކުރާ ނޭދެވޭ އެއް ކަމަކީ ޑީޖޭ ގެ ނަމުގައި މަޝްހޫރު ވެފައިވާ، ޑިސްކޯ ލަވަޔަށް އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެގެން ނަށާ ފާހިޝްކަން ބޮޑު ނެށުމެކެވެ. މި ނެށުމުގައި ހިލޭ އަންހެނަކާއި ފިރިހެނަކު އެކަކު އަނެކަކާ ޖެހި އެކެއްގެ އަތް އަނެކެއްގެ ގައިގައި ބާއްވައި، ކަނާތަށާއި ވާތަށް ނުވަތަ ކުރިމައްޗަށާއި ފަހަތަށް ހަރަކާތް ކުރަމުން ދާއިރު ޝަހުވަތްތައް ހިލުމަށް މަގުފަހިވެ އެވެ. ޒަމާނީ ވުމާއި ކުރިއެރުމާއި ތަހުޒީބު ކަމުގައި މިފަދަ ކަންކަން ބަލައި ގަތުމަށް މަސައްކަތް ކުރެވެ އެވެ. އަމިއްލަ ސަގާފަތުގެ ބައެއް ކަމުގައި މިކަން ހެދޭތޯ މަސައްކަތް ކުރެ އެވެ. ނަމަވެސް އަޅުގަނޑުމެން މުސްލިމުން ހަނދާން ކުރަންޖެހޭ ހަގީގަތަކީ މިފަދަ އާދަތަކަކީ، ހަލާލާއި ހަރާމަށް ނުބަލައި، ލަދުވެތިކަމާއި އިއްފަތްތެރިކަމަށް ގަދަރެއް ނުކުރާ ބައެއް މީހުންގެ ފުށުން އަޅުގަނޑުމެންނާ ހަމައަށް އަންނަ ބީރައްޓެހި އާދަތަކެއް ކަމެވެ. ލިބޭ ވަގުތީ ހިތްހަމަ ޖެހުމެއް ފިޔަވައި މިފަދަ އާދަތައް ބަލައިގަންނަން ޖެހޭ ސަބަބެއް ނެތެވެ.

އިސްލާމް ދީނުގައި ޒިނޭ ހަރާމް ކުރެއްވި ހިނދު އެ ކަމަށް މަގުފަހިވާނެ ދޮރުތައް ވެސް ވަނީ ބަންދު ކޮށްފަ އެވެ. އެދުންވެރިކަމާ އެކު، ހިލޭ އަންހެނަކަށް ބެލުން ހަރާމެވެ. އެކަހެރިވުން ހަރާމެވެ. ބީހުން ހަރާމެވެ. ވީއިރު މިފަދަ ނެށުމެއް ހުއްދަ ނުވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މިފަދަ ސަގާފަތްތަކަށް ތަބާވާ ނަމަ މާދަމާ އޮންނާނީ ޒިނޭގެ ނުބައި ޢަމަލު އާންމުވެ، އެކަމުން ދުރަށް ނުދެވޭ ހިސާބުގަ އެވެ. ނޭނގި ތިއްބާ މާތް ﷲ ގެ ކޯފާ އެއް އައިސް މުޅި ތަން ހަލާކު ކޮށްލުމަށް ވެސް އެކަލާނގެ ކުޅަދުން ވަންތަކަން އަޅުގަނޑުމެން އަބަދުވެސް ހަނދާން ކުރަން ޖެހޭނެ އެވެ.

ވީމާ މީލާދީ އައު އަހަރު ފާހަގަކުރަން ބޭނުންވާ ނަމަ އަހަރެމެންގެ ގޮތަކަށް ވާން ޖެހޭނީ އެންމެ ފުރަތަމަ ކަމަކަށް ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔެ އާއި އާޚިރަތް ބާއްޖަވެރި ކުރުމަށްޓަކައި ކުރި މަސައްކަތްތަކުގައި ހުރި ރަނގަޅު ކަންތަކާއި ނުބައި ކަންތައް ދެނެގަތުމެވެ. އެ އަށް ފަހު، ރަނގަޅު ކަންތަކަށްޓަކައި އުފާކޮށް، ﷲގެ ހަޒުރަތަށް ޝުކުރުވެރިވުމެވެ. މި އުފާވެރިކަން ޢަމަލީ ގޮތުން ފާޅުކުރުމަށްޓަކައި ކުރިން ފާހަގަކުރި ހަމަތަކާއި އުސޫލުތަކުގެ ދަށުން މި ދުވަސް އިހުތިފާލު ކުރެވިދާނެ އެވެ. ނުރަނގަޅު ކަންތައްތަކެއް ފާހަގަ ކުރެވުނު ނަމަ އެކަމާ ހިތާމަކޮށް ﷲގެ ހަޒުރަތުން މައާފަށް އެދުމެވެ. އެފަދަ ކަންތައްތަކުން އިބުރަތް ލިބިގަނެ ކުރިއަށް އޮތް އަހަރު އެފަދަ ކަންތައް އިސްލާހު ކުރުމުގެ މަތިވެރި އަޒުމްތަކެއް ކަނޑައެޅުމެވެ. މުސްލިމުން މީލާދީ އައު އަހަރު ފާހަގަ ކުރާ ނަމަ މިކަން ކުރާނީ މިހެންނެވެ.

29 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 61%
icon wow icon wow 11%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާސާރު

01 January 2025

މި ލިއުން ކިޔައިލުމުން އެނގުނީ މި ދިވެހިރާއްޖޭގައި ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަ ކުރުމަށް ކުރަމުން އައި ކަންކަމަކީ ކުރުން މަނާކުރުމަކީ ކޮށްގެން ވާނެ ކަމެއްނޫންކަމާ ޢެކަލޭގެފާތު އުފަން ކުރެއްވި ދުވަހު އުޑުތަކުން މަލާއިކަތުންވެސް އުފާ ކުރައްވކަމަށް ރިވާތަށް އައިސްފައިވާތީ ގިނަގިނައިން ޞަދޤަަތްކޮށް މިޛިކުރާ އާކުރަން ޖެހޭކަން. އަދި މިދުވަހު އަބޫޖަހުލުވެސް އަޅަކު މިނިވަން ކުރެއްވިތީ ކޮންމެ ހޯމަދުވަހަަކު އޭނާގެ ޢަޛާބު ﷲ ލުއި ކުރެއވި. މިހުރީ މިސާލު

The name is already taken The name is available. Register?

އެންމެ ރަނގަޅު ގޮތް

30 December 2024

އެންމެ ރަނގަޅު ގޮތަކީ ޔަގީންނުވާ ވާހަކަ ދައްކައިގެން މީހުން މުގުނުފުރެއްދުން.

The name is already taken The name is available. Register?

ކާސިމްބެ ދަރި

29 December 2024

މިއީ ތަންކޮޅެއް ބޮޑުވަރު. ދުނިޔެ ތަރައްީޤީވެ ތަމައްދުން ވާ ވަރަކަށް މީހުން ކޮށްއުޅޭ ކަންކަމާ ދިރިއުޅުމުގެ އާދަތައް ބަދަލުވާނެ. ބުއްދީގެ ގޮތުްނ ދެރަވަރު މީހުން މެދުއިރުމަތީގެ ބައެއް ހިސާބުތަކަށް ގޮސް ދީނީ ތައުލީމު އުނގެނުމުގެ ނަތީޖާއަކީ ދީނުގެ ބޭރުން އެމީހުން ހެދުން އެޅުމާއި ސަގާފަތުގައި ގެންގުޅޭ ގޮތްތަކަކީ އިސްލާމް ދީން ކަމަށްހީވުމެވެ. އަދި ތަހުޒީބު ނުވާ މުޖުތަމައުތަކުގެ މީހުން އުޅެމުން އެދަނީ ހަގީގީ އިސްލާމް ދީަނށް ކަމަށް ހީވުމެވެ.

The name is already taken The name is available. Register?

ކިރުސައި

29 December 2024

މުސްލިމުނަށް ސްކޫލަށް ދެވިދާނެބާ؟ މުސްލިމުންނަށް ވަޒީފާއެއްގަ އުޅެވިދާނެބާ؟ ރީތި ހެދުން އެޅިދާނެބާ؟ މުސްލިމުންނަށް ގަހަކަށް އެރިދާނެބާ؟

The name is already taken The name is available. Register?

ބުނާނަމަ

29 December 2024

ކީރިތި ރަސޫލާގެ މައްޗަށް އެންމެ ފުރަތަމަ ބާވާލެއްވި 5 އާޔަތުންވެސް އެނގިގެން ދަނީ މުސްލިމުންނަށް ޢިލްމު އުނގެނުމަށް ބާރުއަޅުއްވާފަވާ މިންވަރު. ވީމާ މުސްލިމުންނަށް ސުކޫލަށް ދެވޭނެ ދެދުނިޔެއަށްވެސް ފައިދާކުރަނިވި ޢިލްމު އުނގެނެން. އިސްލާމީ ހުދޫދުތަކުގެ ތެރެއިން ވަޒީފާއަށްވެސް ދެވޭނެ އަދި ގަހަށްވެސް އެރޭނެ.

The name is already taken The name is available. Register?

ކިއުންތެރިންގެފަރާތުން ޑރ އަށް

29 December 2024

އެހެންވީމާ އާ އަހަރު ފާގަ ކޮށްލުމަށް ކުރާ ކަންކަން ކުރުމާ ނުކުރުން ހަމަ ހަމަ ތޯ؟ ބޮޑަށް ރަނގަޅީ ކޮންގޮތެއްތޯ. ނޫނީ އެހާ ވަރުގެ ކަމެއް ނޫން ތޯ އެއީ.

The name is already taken The name is available. Register?

ބޯހަލާކުވެދާނެ

29 December 2024

ކަލޭއެކޭ ގެރި ކަތިލަން ބޮޑުކަމަކަށްވެ ބަހަނާ ދެއްކި މީހުންނެކޭ އެއްގޮތް. ލިޔުމުގަ ވ.ސާފުކޮށް ތަފްސީލުކޮށް ބުނެދީފަ އެއޮތީ ތިޔަ ހުރިހާ ސުވާލެއްގެ ޖަވާބު. ލިޔުން ރަނގަޅަށް ކިޔާލީމަ ދޯ ފެންނާނީ.

The name is already taken The name is available. Register?

ނިވިޔާ

28 December 2024

މި އާޓިކަލް ގެ މަގްސަދެއް ނުވިސްނުނު

The name is already taken The name is available. Register?

ނސބު

28 December 2024

އަމިއްލަ.ފަތުވާ ނެރޭ އިލްމުވެރިން މީ. މުޅިން އަމިއްލަ ވާހަކަ ދައްކާފައި އަމިއްލަ ރައުޔު. އެންމެ ބާރުދޭ ހަދީސެއްވެސް ނެއް. ރެފަރެންސެއްވެެސް. އެކަމަކު ޑަކްޓަރުގެ ލަގަބު

The name is already taken The name is available. Register?

ސާމީ619

28 December 2024

ކުރާނަން ފާހަނގަ.

The name is already taken The name is available. Register?

ބަތްކައްކާ ސޭކް

28 December 2024

ހަހަހަހަހަހަ... މިއޮތީ މިވެރިކަމުގަ ވީމަ އާއަހަރު ފާހަގަކުރުންވެސް ހުއްދަވެފަ... އަނެއްކާވެސް އެމްޑީޕީ ވެރިކަމަށްއައީމަ ހަރާމްވާނެ!!!!

The name is already taken The name is available. Register?

އަހަރުން

28 December 2024

އުފަންދުވަސް ފާހަގަކުރެވެންޏާ ކުރެވެންވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454